ނޯޓް: މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށްތައް ހުރުން އެކށީގެންވެއެވެ. އެހެންކަމުން، މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. ހެދުނު ގާތްގަނޑަކަށް 7 ޖެހިހާއިރު ހޭލައިގެން ފެން ވަރައިލައިގެން އަހަރެން ދާން ތައްޔާރުވީ ޔަލާ މެންގެ ގެއަށެވެ. ޔަލާ އަކީ އަހަރެންގެ އަވަށްޓެރިއެކެވެ. އަދި އެހާމެ ގާތް އެކުވެރިއެއްވެސް މެއެވެ. އަހަރުމެން ދެ ކުދިންވެސް ކިޔަވަމުން އަންނަނީ ގުރޭޑު 12 ގައެވެ. ކޮންމެ އަކަސް އަހަރެން […]