ނޯޓް: މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށްތައް ހުރުން އެކށީގެންވެއެވެ. އެހެންކަމުން، މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. ހެދުނު ގާތްގަނޑަކަށް 7 ޖެހިހާއިރު ހޭލައިގެން ފެން ވަރައިލައިގެން އަހަރެން ދާން ތައްޔާރުވީ ޔަލާ މެންގެ ގެއަށެވެ. ޔަލާ އަކީ އަހަރެންގެ އަވަށްޓެރިއެކެވެ. އަދި އެހާމެ ގާތް އެކުވެރިއެއްވެސް މެއެވެ. އަހަރުމެން ދެ ކުދިންވެސް ކިޔަވަމުން އަންނަނީ ގުރޭޑު 12 ގައެވެ. ކޮންމެ އަކަސް އަހަރެން […]
އެޕިސޯޑް 2 ……………. ހެނދުނުގެ ތާޒާ ވަގުތެވެ.ޝާލީ އުޅުނީ ސައިހަދާށެވެ.އެވަގުތު އެތަނަށް އެދެމަފިރިން ގެ ދަރިފުޅު ކަމުގައިވާ 10 އަހަރުގެ ޒާރާ އެތަނައް އައެވެ.”ދަރިފުޅާ ހޭލެވުނީ ތަ އަވަހައް ދޭ ތައްޔާރު ވެގެން ސައިބޯން ބައްޕަ ވެސްއަރުކޮޅަކުން އަންނާނެ ސައިބޯން”.ޝާލީ ބުންޏެވެ. ލިއުޝާ:”ދައްތާ ދައްތާ”. ޝާލީ:”ކިހިނެއްވީ ލިއު”. ލިއުޝާ:”ފިހާރަ އަށް ދާން ވެގެން”. ޝާލީ:”ފިހާރައަށް ދާއިރު މާސް އަޅައިގެން ދައްޗޭ އިނގެ”. ލިއުޝާ:”ހުމްމް”. “ކޮބާދެމީހުން ކޮން ބަހުސް އެއްގަ”.ޔަމަން އައިއްސަ އެހިއެވެ.”ލިއު ފިހާރަ އަށް ދާން ވެގެން.”ޝާލީ […]
ޖުލައި މަހުގެ ތެރޭގައި
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ އެވެ އެ ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވެސް މިހަތުގަިވެޔޭ 1ވަނަ ބައި ޖޯޑު ކިރު އަދި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ ވެސް މިހަތުގަިވެޔޭ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މުހައްމަދު ހުސައިން މަނިކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ
އިރުގެ ދޯދިތައް ދުނިޔެއަށް މަރުޙަބާ ކިޔަމުންދިޔަ ވަގުތެވެ. ކޮވެލީގެ ނަލަ ގޮވާލުމުގެ އަޑުވެސް މަދުން ނަމަވެސް އިވެމުން ދިޔައެވެ. ޖެހެމުން ދިޔަ އަރާމު ވައިގެ ބާނިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. އެ ހިތްގައިމު ވަގުތުގެ އިސްތިޤުބާލުގައި އަތިރިމަތީގައި ތާރާ ފިޔަވައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މަދު ފަހަރަކު ނޫނީ އެ އުމުރުފުރާ ގެ ކުއްޖަކު އެގޮތަށް އެކަނިމާއެކަނި އިންނަ ތަނެއް ނުފެންނާނެއެވެ. ބަލާބެލުމަށް އަދި އެއީ 18 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހަމުގެ […]
އިވެމުން ދަނީ ވެނީ ރުއިމުގެ އަޑެވެ.ފެންނަމުން ދަނީ ހިތާމައިން ކެތްނުކުރެވިގެން އުޅޭ މަންޒަރެވެ.އަހަރެންގެ ކުރިމަތީ ހުރިހާ ކަމެއް ވެގެން އެދަނީއެވެ. އަހަރެންނަށް ކުރެވޭނެ ކަމެއް ނެތެވެ. ނުރޯށޭވެސް ބުނެލެވޭނެ ނަމަ ކިހާ ރަގަނޅު ހެއްޔެވެ. ގިނަ އިރުތަކެއް ނުވެ އަހަރެން ހިނެވިއްޖެއެވެ.ލޯމަރާލެވިއްޖެ އެވެ. ހަށަމަށް އަތް ނެގީ އަހަރެންގެ އެއްވެސް ބާރަކައި ނުލައެވެ.ހުދު ފޮތީގެ ކަފުނުގެ ތެރެއަށް ލެވިގެން އެދިޔައީއެވެ.އެތަށް ބަޔަކު މޫނު ދެކެން އައެވެ. ހިތަށް ކިތަންމެ އަސަރެއް ކުރަމުން ދިޔައެވެ. އެއަށްފަހު ސަންދޯކުގެ ތެރެއަށް […]
“ސޮރީ ސޮރީ” ދަހުލާން ވައިއަޑުން ބުނެލިއެވެ. އެވަގުތު އެ އަންހެން ކުއްޖާ ދަހުލާން އާވީފަރާތަށް އެނބުރުނެވެ. އޭރު އެކުއްޖާ ހުރީ ރުޅިން ރަތް ވެފައެވެ. އެކުއްޖާ ފެނުމާއި އެކު ދަހުލާން އަށް ވައި އަޑުން ” އޯޝިޓް” އޭ ބުނެލެވުނެވެ…………. ހަމަ އެއާއި އެކު އެއީ މިއަދު ކުލާހުން ވެސް އޭނައާ މުޑި އެރި ކުއްޖާކަން ހަނދާން ވުމާއެކު ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. އެނބުރުން ވަގުތުވީ އެ އަންހެން ކުއްޖާވެސް ދަހުލާން އާ ދިމާލަށް އެނބުރުން ވަގުތުކަމުން […]
ކުއްލިއަކަށް މުޅި ކާރަށް ލޮޅުން އެރިއެވެ. ކާރުގެ ތެރެއަށް ވަދެގެން އައި ސައިކަލުގެ ފުރޮޅު އައީ ސީދާ އަހަންނާއި ދިމާއަށެވެ. ރަވާން ވަރަށް ހުށިޔާރެވެ. އެ އަތުގެ ހިމާޔަތުގެދަށަށް އަހަރެން ގެންގޮސް، އެ ހަމަލާއިން އަހަރެން ސަލާމަތްކުރިއެވެ. އަހަރެން އޮތީ ރަވާންގެ ދަށުގައެވެ. ސައިކަލުން ޖެހުނީ ރަވާންގެ ބޮލާއި ބުރަކަށީގައެވެ. ހަމަ ޖެހުމާއިއެކުހެން، ބޮލުން ތަންގަނޑެއް ކަފައިގެންގޮސް، ލޭތައް ބުރައިގެން ދިޔަތަން ފެނުނެވެ. އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފޯނު ދުރަށް ހޫރާލާފައި ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. އަނގަމަތީގައި […]
ވާހަކަ އަޕް ނުކޮށް ވ. ގިން ދުވަސް ވީތީ ކިޔުން ތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. އެހެން ކަމުން އަލުން ފެށިގެން 2 ވަނަ ބަޔާ އެއްކޮށް ގެނެސް ދެމެވެ. —————– 1 ވަނަ އެޕިސޯޑް —————– ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ […]
ޔާނީ…ދިގު އިސްކޮޅެއްގެ ވެރި ޔާނީ އަކީ ވަރަށް ރީތި ކުއްޖެކެވެ. މަޑު މުށިކުލައިގެ ލޮލާއި ދިގު ފަން އިސްތަށިގަނޑަކީ ޔާނީ ރީތިކަން އިތުރުކޮށްދޭ ދެ ސިފައެވެ. އަހަރެންނަށް ޔާނީ ވަރަށް ރީއްޗެވެ. އަބަދުކަހަލަގޮތަކަށް އަހަރެންނަށް އިނދެވެނީ ޔާނީ ގެ ހިޔާލުތަކުގައެވެ. ކޮންމެ ރެޔަކުހެން އަހަރެންގެ ހުވަފެނުގައި ޔާނީ ފެނެއެވެ. ޔާނީ އަހަރެންނަށް އެންމެ ފުރަތަމަ ފަހަރު ފެނުނު ދުވަސްމަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ މިއަހަރުގެ ކުރީކޮޅެވެ. ފުރަތަމަ ސެމިސްޓާރގެ ފުރަތަމް ކުއާޓާއެވެ. އެއީ ކެމިސްޓްރީ […]