Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ހުވަފެން

e.m.p.r.e.s.s Level 1
December 29, 2019 2 Mins Read
3 Comments

ޔާނީ…ދިގު އިސްކޮޅެއްގެ ވެރި ޔާނީ އަކީ ވަރަށް ރީތި ކުއްޖެކެވެ. މަޑު މުށިކުލައިގެ ލޮލާއި ދިގު ފަން އިސްތަށިގަނޑަކީ ޔާނީ ރީތިކަން އިތުރުކޮށްދޭ ދެ ސިފައެވެ.

އަހަރެންނަށް ޔާނީ ވަރަށް ރީއްޗެވެ. އަބަދުކަހަލަގޮތަކަށް އަހަރެންނަށް އިނދެވެނީ ޔާނީ ގެ ހިޔާލުތަކުގައެވެ. ކޮންމެ ރެޔަކުހެން އަހަރެންގެ ހުވަފެނުގައި ޔާނީ ފެނެއެވެ.

ޔާނީ އަހަރެންނަށް އެންމެ ފުރަތަމަ ފަހަރު ފެނުނު ދުވަސްމަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ މިއަހަރުގެ ކުރީކޮޅެވެ. ފުރަތަމަ ސެމިސްޓާރގެ ފުރަތަމް ކުއާޓާއެވެ. އެއީ ކެމިސްޓްރީ ކްލާސްއިންނެވެ. ޔާނީ އިންނަނީ ވެސް އަހަރެންނާއި ޖެހިގެން އިންނަ ޑެސްކްގައެވެ. ޔާނީ އާ ވާހަކަ ދެއްކޭތޯ އަހަރެން އަބަދުވެސް މަސައްކަތްކުރަމެވެ.

ޔާނީ އަށް އަހަރެން ނުވެސް ފެންނަފަދައެވެ.

އަހަރެން ކިޔަވަން ދަށްކަމުން އެންމެފަހުން ކެމިސްޓްރީ ކުލާސްއިންވެސް އަހަރެން ފެއިލްވިއެވެ.

ކުލާސް ނިމުމުންވެސް އަހަރެން ޔާނީ ފެނޭތޯބަލަމެވެ.

ކްލާސް ގަޑީގައިވެސް ޔާނީ ހެއްވަން މަސައްކަތް ކުރަމެވެ. އެންމެފަހުން ޔާނީ އަހަރެންދެކެ ފޫހިވާންފެށިއެވެ. އަހަރެން މާވަރަކަށް ޔާނީގެ ފަހަތުން އުޅޭތީ ކަންނޭންގެއެވެ.

ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް އަހަރެންގެ އުންމީދުތައް ފެނައްވެގެން ދާންއުޅޭހެން ހީވާންފެށިއެވެ. ޔާނީއަށް ކަމުދާކުއްޖަކު ފެނިއްޖެއެވެ.

އަޒްކާން އަކީ އަހަރެންނަސް ވުރެ ރީތި ކިޔަވަން ވެސް މޮޅު ކުއްޖެކެވެ. އަހަރެން ވަރަށް ހިތުޖެހުނެވެ. އެކަމަކު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކްލާސް އިން ޔާނީ ފެނުނަސް އަޅާވެސް ނުލަމެވެ. ފްރީގަޑިތަކުގައި ވެސް ޔާނީ އަށް ނުފެނިވޭތޯ އަހަރެން ބަލަމެވެ.

ކޮންމެ ރެޔަކުހެން މިހާރުވެސް ހުވަފެނުގައި ޔާނީ ފެނެއެވެ. ކުރިންފެންނަ ކަހަލަގެ ރީތި ހުވަފެންތަކެއް ނޫނެވެ. ރީތި މާތަކާއި ރީތި ތަންތަނެއް ނުފެނެއެވެ،

އަޒްކާންއަށް އަނިޔާކުރަނިކޮށްފެނުނެވެ. އެއާއެކު ޔާނީ ޔާނީގެ އެނދުގައި ނިދާންއޮއްވާފެނެއެވެ. އޭރުވެސް ޔާނީލޮލުން ހޯސްލާފައި ކަރުނަތައްފައިބަމުން ދެއެވެ.

އަޒްކާންގެ އަނގަމަތީގައި ޓޭޕްއެޅުމަށްފަހު އަތުގައި އައްސާފައި އޮތް ވާގަނޑު އަދިވެސް ބޮޑަށް ބާރުކޮށްލީމެވެ. އަޒްކާންގެ ލޮލުން އޭރުވެސް ކަރުނަތަށް ފައިބަމުން ދިޔައެވެ. ބޮލުންވެސް ލޭތަށްފައިބަމުން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެކޭ ހިތައްވެސް ނާރާކަހަލައެވެ. ތެދުވެ ދަގަނޑު ގަނޑެއް ނަގާ އަތަށް ހެޔޮވަރުކޮށްލަމުން އަޒްކާންގެ މޫނައް ބަލާލީމެވެ. އަޒްކާން ދެލޯބޮޑުވެގެން ދިޔައެވެ.

އަޒްކާން އަށް އަނިޔާކޮށްކޮށް އެންމެފަހުން އަހަރެން ފޫހިވެގެން ފަހަތަށްޖެހިލީމެވެ. މުޅި ބިންމަތިވަނީ ލޭގެ ކޯރެއްއުފެދިފައެވެ. އަތުން ލޭތަށް ފޮހެލަމުން އަޒްކާންގެ މޫނާއި ދިމާއަށް ގުދުވީމެވެ. އަދި ނެވާލާތޯ ބަލާލީމެވެ.

”އަދިވެސް މަރެއްނުވޭ؟” އަހަރެންގެ ހިތަށްއެރިއެވެ. ގުދަނުގެތެރެއަށް އަހަރެން ނަޒަރު ހިންގާލީމެވެ. ޕެޓްރޯލްފުޅިތަކެށް ލޮލުގައި އަޅާގަތެވެ. ބުމަ އަރުވާލަމުން އަހަރެން ޕެޓްރޯލްފުޅިނަގާ އަޒްކާންގެ ގަޔަށް އަޅާލީމެވެ. އަދި ޖީބުން ލައިތަރެއް ނަގާ އަޒްކާން ރޯކޮށްލުމަށްފަހު ގުދަނުން ނުކުމެގެން އައީމެވެ. ގުދަނުންނުކުމެ އަހަރެންގެ މޫނުމަތީގައި އަޅާފައި އިން މާސްކްނެގީމެވެ. އަނދަމުންދިޔަ ގުދަނަށް ބަލާލިވަގުތު ވިހަ ހިނިތުންވުމެށް އަހަރެންގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.

ހޭލެވުމުންވެސް އަހަރެންގެ މޫނުމަތިން އެއްވެސް ކަހަލަގެ ހާސްކަމެއް ނުފެނެއެވެ. އަހަރެންގެ ހިތައްއެއްވެސް އެއްވެސް އެއްޗެއްނޭރިއެވެ. އަހަރެން މިހާ ރަހުމް ކުޑަވި ކޮންއިރަކުބާއެވެ.

އާދައިގެ މަތިން އަހަރެން އަވަސް އަވަހައް ރެޑީވެގެން ދިޔައީ ސްކޫލަށެވެ. ކްލާހަށް ވަތްއިރު ޔާނީ ޔާނީގެ އެކުވެރިންނާއި ވާހަކަދައްކަން ހުއްޓާފެނުނެވެ. ޔާނީގެ މޫނުމަތިން ހާސްކަން ފާޅުވަން ހުއްޓެވެ.

” އަޒްކާން ފޯނެއްވެސް ނުނަގާ ” ޔާނީ ބުނި އަޑު އިވުނެވެ. އެދުވަހު އަޒްކާން ސްކޫލަކަށް ނާދެއެވެ.

ޖެހިގެން އައިދުވަހު ޔާނީވެސް ސްކޫލައް ނާދެއެވެ. އެންމެފަހުން ކެއްނުކުރެވިގެން ޔާނީގެ ރައްޓެއްސެއްގާތު ވީގޮތް އަހާލީމެވެ.

އަޒްކާން ގެއްލިގެން ހޯދަންވެގެން ޕޮލިހުން މަސައްކަތްކުރަނީއެވެ. ޔާނީއާ ސުވާލްކުރަންވެސް ޕޮލިހުން އައެވެ. އެންމެ ފަހުން އަޒްކާން ފެނިފައި ވަނީ ޔާނީއަށްވީމައެވެ.

އަހަރެން އަޅާވެސް ނުލަމެވެ. ގެއަށް އައިސް ދަބަސް ގޮދަޑިމައްޗައް އެއްލާލަމުން ޓީވީ ހުޅުވާލީމެވެ. ސްކޫލްގާތުގައި ހުރި ގުދަނެއްގައި ރޯވެގެން އުޅޭވާހަކަކިޔަމުން ދިޔައެވެ. ދެލޯބޮޑުކޮށްލާފައި އެތަނަށް އަހަރެން ބަލާލީމެވެ. އެއީ ކުރިންރޭ ހުވަފެނުގައި އަހަރެން ރޯކޮށްލި ތަނެވެ.

” ކޯއިންސިޑެންސް ؟ ” އަހަރެން ޓީވީ އެހެން ޗެނަލްއަކަށް ބަދަލްކޮށްލަމުން ބުނީމެވެ.

އަރައިގެން އައިއިރާއެކު މުލިރަށުގައި އޮތި އަޒްކާންގެ ވާހަކައެވެ.

ރޯވެފައިވާ ގުދަނުގެތެރެއިން އަޒްކާންގެ ފުރާނަނެތްމަސްގަނޑު ފެނުނެވެ. މުޅިރަށުތެރޭގައި އޮތީ އަޒްކާންގެ މަރުގެ ވާހަކައެވެ. ޕޮލިހުން ބުނިގޮތުގައި އަޒްކާންގެ މަރުއެއީ އެކަސިދެންޓްއެކެވެ. ސިނގެރޭޓްއެއް ބޯންވެގެން އެގުދަނައް ވަދެ އުޅެނިކޮށް ކޮންމެވެސް ގޮތަކުން އެތަނުގައި ރޯއިވިއެވެ. އެގުދަނަކީ ޕެޓްރޯލް ހަން ބަހައްޓާތަނެއް ކަމުން އެއީ ވުން އެކަށީގެންވާކަމެކެވެ.

ޖެހިގެން އައިދުވަހު ޔާނީ ސްކޫލަށް އައެވެ. އެކަމަކު އެއްވެސް ކުއްޖަކާ ވާހަކައެއް ނުދައްކައެވެ. ޔާނީގެ މޫނުމައްޗައްބަލާލުމުން ޔާނީ އެއްވެސް ވަރަކަށް ނިދާފައި ހުރުހެނެއްހީއެއްނުވެއެވެ. މޫނުމަތިން ފާޅުވާންހުރީ ވަރުބަލިކަމެވެ. ދެލޯވެސް ވަނީ ރޮއުމުގެ ސަބަބުން ރަތްވެފައެވެ.

ވަރައް ހިތްވަރުކޮއްލާފައި އަހަރެން ޔާނީގެ ގާތައް ދިޔަމެވެ. އަދި ވެގެން އުޅޭގޮތް އަހާލީމެވެ.

ޔާނީ ފެށީ ރޯށެވެ.

އަދި ޔާނީ އަށް ހުވަފެނުގައި އަޒްކާންއަށް މީހަކު އަނިޔާކޮށްފައި މަރާލިތަން ފެނުނީކަމައް ބުންޏެވެ.

ޔާނީގެ ގާތުގައި ހަމަޖެހިލުމައްބުނަމުން އަހަރެންގެ ގަޔާ ގާތްކޮށްލީމެވެ. އަދި ޔާނީގެ ގައިގައި ބައްދާލީމެވެ.

” ތެންކް ޔޫ…އައިމް ސޯ ހެޕީ ޓް ހޭވް ސަޗް އަ ގުޑް ފްރެންޑް ލައިކްޔޫ ” ޔާނީ ބުންޏެވެ.

ޔާނީގެ ކޮނޑުގައި އަހަރެންގެ ދަތްދޮޅި ޖައްސާލަމުން އަހަރެން ދުރަށް ނަޒަރު ހިންގާލީމެއެވެ.

އެއާއެކު ވިހަ ހިނިތުން ވުމެއް އަހަރެންގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.

 

Share Article

Follow Me Written By

e.m.p.r.e.s.s

Level 1

I'm a curious 18 year old who loves reading and writing ...............

Other Articles

Previous

ތަޤްދީރު

Next

އާދޭސް ކުރާ ހިތްވޭ…1

Next
December 30, 2019

އާދޭސް ކުރާ ހިތްވޭ…1

Previews
December 29, 2019

ތަޤްދީރު

3 Comments!

  1. Lamko says:
    December 30, 2019 at 8:25 am

    E boy kujjaa eulhenii yaanyy ah vc gotheh handhantha…… Mi story varah reethi…… Hama habbu???❤️❤️curiously waiting for the next part……. ❤️❤️❤️

  2. taetae says:
    December 30, 2019 at 1:00 pm

    nice concept…waiting for next part…:)

  3. razeenaa says:
    January 2, 2020 at 10:51 pm

    aboy ah fenunu huvafeneh noontha?
    dhen aslah kihinehtha miv

Comments are closed.



All Right Reserved!