“ކީއްވެ ތިހެން ތި އެހީ؟” އަލްތާފް އެހިއެވެ. “ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން” ސައުދާ ބުނެލިއެވެ. ” އާނ އަހަރެންނަށް އޭނަ ކަމުދޭ” އަލްތާފް ބުނެލިއެވެ. “އަހަރެން ވަރުދާގެކަންތައް ކޮށްދެންތަ؟ ބޭނުމިއްޔާ އެ ކަންތައް ކޮށްދީފައިނަން” ސައުދާ ބުނެލިއެވެ. ”އަސްލުވެސްތަ ؟ ސައުދާ އެކަންތައް ކޮށްދޭނަންތަ؟” އަލްތާފް ވަރަށް އުފާވިއެވެ. “އެކުވެރިން ހުންނަނީ ކޮންކަމަކު؟” ސައުދާ ބުނެލިއެވެ. “އެކަމަކު ކިހިނެތް ހަދާނީ؟ ” އަލްތާފް އެހިއެވެ. ” އަހަރެންނަށް އިހަށް ފެންނަނީ ދެމީހުން އެކަކު އަނެކަކާއި […]
މިހެން ބުނުމާއެކު ހުޒާމާ ފޯނު ކަނޑާލިއެވެ.ފޯނު ބޭއްވި ގޮތަށް ޖަޒްލާ އޮތީ ފުން ވިސްނުމެއްްގެ ތެރޭގައެވެ. ސްކޫލް މާހައުލުން ނިއަމް އަށް ކުރިމަތިވަނީ ކޮން ކަހަލަ އަނިޔާ ތަކެއް ބާއެވެ؟ އެވާހަކަ އޭނާ ކައިރީ ނިއަމް ނުބުނަނީ ކީއްވެ ބާއެވެ؟ އެހެނަސް ގިނައިރު ވިސްނުމުގައި ހުންނާކަށް ހާލަތު ތަނެއް ނުދިނެވެ. ކޮޓަރި ތެރެއަށް ދުވެފައި ނިއަމް އައުމުންނެވެ. “މަންމީ. މަންމީ. ނިއަމް މިއައީ މާމަ އާ އެއްކޮށް ޕާރކަށް ގޮއްސަ.” ނިއަމ ްގެ އަޑުގައި ވަނީއުފާވެރިކަމެވެ. […]
ޝަޔާލް ގެ އަތުތެރެއިން ސަލާމަތް ވުމަށް ޔާޝާ ގަދަ ހަދަމުން ދިޔައެވެ. ނަމަވެސް އެކަތައިގެ ބާރު އެކުލެވޭ އެއަތުގެ ތެރެއިން އޭނާއަށް ސަލާމަތް ވާނެ ގޮތެއް ނޭނގުނެވެ . ގަދަހަދަމުން ދިޔަ ޔާޝާ ގެ ހަށިގަނޑުގައި ހިފާ ޝަޔާލް އޭނާ އެނދުމައްޗަށް ވައްޓާލިއެވެ. ޝިކާރައަކަށ ްދަހިބެތި ވެފައިވާ ވަލު ކުއްތާ އެއް ފަދައިން އޭނާ ޔާޝާގެ ގައިމައްޗަށް ވެއްޓިގަތެވެ. ރަހުމެއް ނެތި އޭނާ ޔާޝާގެ އިއްފަތްތެރިކަން ފޭރިގަތެވެ. ޔާޝާގެ ރުއިމާއި ހަޅޭކު އަޑުތައް އޮބިގެންދިޔައީ އެވެ. […]
ގެޔަށް އައިސް ޖަޒްލާ އެނދުމައްޗަށް ބަންޑުން ވެއްޓި ގަތެވެ. އޭރު އޭނާގެ ސިކުނޑީގައި އެތައް ޚިޔާލް ތަކެއް ދައުރުވަމުން ދިޔައެވެ. ޒީވާން އޭނާ އަށް ޚާއްސަ ނަޒަރކުން ބަލން ހުރިހެން އޭނާއަށް ހީވަނީއެވެ. ޒީވާންގެ ޚިޔާލު ސިކުނޑިން ނެރެނުލެވިގެން އުޅެނީ އެހެނވެއެވެ. ނަމަވެސް އެތައް ރީތި އަންހެން ކުދިންނެއް ޒީވާނ ްއަށް ވާނެ އެވެ. އެހުރިހާ ކުދިންގެ ތެރެއިން އޭނާއަށް ބަލަންވީ ކީއްވެ ހެއްޔެވެ؟ ފިރެހެނ ކުއްޖަކުހިތް އެދޭ ކަހަލަ ސިފައެއް އޭނާގެ ކިބަޔަކު ނެތެވެ. […]
ރާގު: ތުޗެ ކިތްނާ ޖާނޭ ލަގޭ ހަމް ހިތުގެ ޖަޒުބާތޭ ލޯބިވޭ އިޝްގު އެ މީ ހިތް ބުނެޔޭ އަހާ ލޮލްގާ ތިބާ ވީ ޖާޒުބީ ހޭލީ ހިތޭ އަދު ލޯބިން ފުރޭ ޔާރު ދުށުމޭ މަގެ ލޯ އެދޭ ހިތްމޭ އެދޭ ހޫރީ ދުށުން ދޫ ތުންފަތް ކިޔާނީ އަދް ތިނަން މަގެ ނަފްސާ ޖަނޭ ކަލާ ތީ ދޫ ތުންފަތް ކިޔާނީ އަދް ތިނަން މަގެ ނަފްސާ ޖަނޭ ކަލާ ތީ މަގެ ލޭގާ […]
އޭގެ އަނެއް ދުވަހެވެ. ޝަޔާމާ އިސްކޫލުން އަތުވެއްޖެއެވެ. ޝަޔާމާ އިސްކޫލުން އައިސް ގެޔަށް ވަންނައިރަށް ޝަޔާމާއަށް ފެނުނީ އިއްޔެ ދިމާވި މުސްކުޅި ބޭބެ ގޭގައި އިންދައެވެ. ”ދަރިފުޅު އައީތަ” ޝަކީލާ ގޮވައިލިއެވެ. ”ދަރިފުޅާ” ”މިއީ މިރަށު ވަރަށް ގިނަ ބަޔަކު ޤަދަރު ކުރާ މީހެއް” ”އާދަމްމަނިކު” ”ދަރިފުޅާއި ބައްދަލުކުރާށޯ އެއައީ” ވަހީދު ބުނެދިނެވެ. އާދަމްމަނިކު އިންތަނުން ތެދުވެ ޝަޔާމާ ގާތަށް އައެވެ. ”ޝަޔާމާ ” ”ބޭބެއަށް މާފުކުރޭ” އާދަމްމަނިކު އެހެން ބުނުމުން ޝަޔާމާ ސިހުނެވެ. ޝަޔާމާގެ މައިންބަފައިންނަށްވެސް […]
މިއަދަކީ ޝަޔާމާގެ އިސްކޫލްގެ ފުރަތަމަ ދުވަހެވެ. ޝަޔާމާގެ އުމުރަކީ އިސްކޫލު އެހެންކުދިން ފަދައިން 18 އަހަރެވެ. ޓީޗަރު ޝަޔާމާ ހުރިހައި ކުދިންނަށް ތަޢާރަފްކޮށްދިނެވެ. ޔަޝްފާން ޝަޔާމާއަށް ޝިކާރަވެރިޔަކު އޭނަގެ ޝިކާރަޔަށް ބަލައިހެން ބަލައިލިއެވެ. ޝަޔާމާ އިސްކޫލު ކުދިންނާއި ސަލާން ކުރަންފެށިއެވެ. ޔަޝްފާން ގާތަށް އައިސް ސަލާމްގެ އަތް ދިއްކޮށްލިއެވެ. ޔަޝްފާން އެ އަތުގައި ހިފިއެވެ. އަތުގައި ހިފަހައްޓައިގެން އެ ރީތީ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އަތުން ދޫކޮށްލައިކަށް ނޫޅުނެވެ. ޝަޔާމާ ރަކިވިއެވެ. ”ޔަޝްފާން”ޓީޗަރު ނުރުހިފައި ގޮވައިލިއެވެ. ޔަޝްފާން […]
ހަވީރުގެ ވަގުތެވެ. ޔުމާނާ އިނީ ފާތުންގެ ގޭގައެވެ. ފާތުންގެ ކޮޓަރީގައެވެ. ޔުމާނާ އެ އައީ ޝައީމް އެދުނު އެދުމާއި އެގެޔަށް ދިޔުމުން ކަންވީގޮތާއި ޝަޔާމާ އަކީ ޔުމާނާ ވަލުތެރެއިން ދުށް އަންހެންކުއްޖާކަން ބުނެދޭށެވެ. ”ކީކޭ” ”ތިބުނީ ވަލުތެރެއިން ދުށް އަނަހެންކުއްޖާއަކީ ޝަޔާމާއޭތަ” ޔުމާނާގެ ވާހަކަތް އަހައިފައި ފާތުންނަށް އަހައިލެވުނެވެ. ޔުމާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ”އެ މީހާ އެކަމު ކީއްވެ ޝަޔަމާ ދިރިހުރި ވާހަކަ ބުނުމުން ރުޅިއައިސް ޔުމާނާ އަތުގައި ހިފައި ދަމައިފައި ގެއިން ނެރެލީ” […]
އިރު އޭގެވާޖިބު ކޮށްއަދާ ޓާޓާ ކިއީ ނިންމާލުމަށް ވަރުބަލި ކަމެއް ދާހިއްލުމެއް ރަތްމޫނުގައި ވެސް ނުމެވެއޭ ރަންރަތު ކުލައިން އުޑުމަތިއެކީ ބަބުޅާވިދާ ކުރިއޭ ޖަރީ ރަން ރިހި މުތުން ލޮނުގަނޑު އެކީ ފަރިކޮށް މިތާ ދިއްލައިފިއޭ ކުރެހުންތެރިން މޮޅު ކުރެހުމުން ޝާއިރު ތަކުން ޅެން ބައިތަކުން ކުރެހުން ލިޔުން މޮޅު ހުނަރަކުން ސިފަވެސްނުވާ ހާރީތިއޭ އެކިކަންކަމަށް އައިސް ތުނޑިމަތީ ތިބިމީހުނޭ ހަމަ ދާން ފެށީ މާހައުލު ހުސްވީ ހަމަހިމޭން ރާޅެއްގެ މިޔުޒިކު ފިޔަވައޭ އިރު އޮއްސެނިއްޔޭ […]