މުނީޒު ދިޔައީ ސިއްސައިގެނެވެ. ކޮފީ ތަށި ބަންޑުން ވީމަކާއެއް ނޫނެވެ. ހަނާ ހާސްވެ، ހަޅޭއްލަވައިގަތީމައެވެ. ހަނާ އަވަސް ވެގަތީ އެތަން ސާފުކުރާށެވެ. މޭޒުމަތީގައި އޮތް ފޮތިގަނޑެއް ނަގައި ސާފުކުރަމުން ދިޔައެވެ. ޝަހީދާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުނީޒުވެސް ހަމަ އެހާލުގައެވެ. “އައްޗާ.. ހާދަ ރަނގަޅު މަންޖެ އެކޭދޯ… މުނީޒު އަވަހަށް އޭނައާ މެރީ ކުރޭ… ރަނގަޅު އަތްބެއް….” ހުދާ ހަނާއާ ދިމާކުރަމުން ބުންޏެވެ. “އާނ… ދޯ.. ތިކަމާ އުޅެން އެބަ ވިސްނަން….” މުނީޒު މިހެން ބުނުމާއި […]
“ހަނާއޭ…؟ ކޮނަ ހަނާއެއް..؟” މުނީޒު ކުރި ސުވާލަށް ހަނާ ޖަވާބު ދިނުމާއި އެކު މުނީޒު އެހިއެވެ. ” ހަނދާނެއް ނުވޭތަ؟ ކުރީ ދުވަހު ހަވީރު ތުނޑީގަ ތިއްބާ ސިއްސުވާލީމެއްނު އޮފީސް ކުދިން ތަކެއް… އަދި މިއަދު އޮފީހުން ފައިލެއްވެސް ހަވާލުކުރީމެއްނު…” ހަނާ ވަރަށް މަޑުމަޑުން ލަދުގަނެފައި ބުންޏެވެ. ހަނާ މިހެން ބުނުމާއިއެކު މުނީޒަށް އެ ކާކުކަން އެނގިގެން އެހިއެވެ. “ހާދަ ނުގަނޑިއެއްގަ، ކަމަކުތަ ތިގުޅާލީ؟” ހަނާ ވަރަށް ފުންނޭވާ އެއްލާފައި ބުންޏެވެ.” އާނ…. ކަމަކުއެއްނުން ގުޅާނީ… އަނެއްކާ […]
ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. އެމީހުން ސިއްސުވައިލީ މުނީޒެވެ. އޭނާ ހުރީ ވަރަށް ހެވިފައެވެ. މަޖާ ވެފައެވެ. މީގެ ކުރިން ވާހަކަ ނުދައްކާ ކުދިން ތަކަކަށް ވިޔަސް، އޮފީސް ކުދިންނަށް ވުމުން ހަމަ މަޖާ ކޮށްލީއެވެ. “އޭ މީނަ ދޯ….؟ އަޅޭ… ކިރިޔާ އެއްނު ބިރުން ފިތްކަނޑައިގެން ނުދިޔައީ….” ޝާނީ ބުންޏެވެ. “ހަހަހަހަ…… ފިތްކަނޑައިގެން ނުދެ އެއްނު… ސޯ.. ނޯ ވޮރީސް…” މުނީޒު މިހެން ބުނެ ހޭން ފެށިއެވެ. ހަނާވެސް މުނީޒާ ބައި ވިއެވެ. “އެބުނާހެން ފިތްކަނޑައިގެން […]
ގަދަވަޔާއި ވިއްސާރައިގެތެރޭ ހަނާ ދުވެފައި ދިޔައީ ކުޑަކުދިންގެ ބަގީޗާއާ ދިމާލަށެވެ. ދެލޮލުން ކަރުނަ އޮހޭ ހަަލުގައެވެ. އޮހެމުންދާ ކަރުނަތަކަކަށް ނިމުމެއް ނާދެއެވެ. ހަނާ ދުވެފައި ގޮސް ހުއްޓުނީ ބަގީޗާގައި ހުރި ފިތުރޯނު ގަހެއްގެ ދޮށުގައެވެ. ހަނާ ސިއްސައިގެން ދިޔައީ ފަހަތުން ޒުވާނަކު އައިސް އޭނާ ކައިރިއަށް މަޑުކުރި ތަން ފެނިފައެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ފެންނަލެއް އެހާމެ ރީއްޗެވެ. އެހާމެ ފުރިހަމައެވެ. ކަޅު ކުލައިގެ ރީތި ދެލޮލެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުން ވުމެކެވެ. […]
ޖުމާނާއާއި އަހަރެންގެ ކައިވެންޏަށް 3 އަަހަރު ވެއްޖެެއެވެ. އަމާންކަމާއި އުފާވެރި ކަމާއެކުގައެވެ. މިހާރު އަހަރެމެންނަށް ދެކުދިން ލިބިއްޖެެއެވެ. އަނޫފް އާއި އަލޫކެވެ. ދުޅަހެޔޮ، އުފާވެރި ސިއްހަތެއްގައި އެދެކުދިން ބަލައި ބޮޑުކުރުމުގެ ބުރަ މަސްއޫލިއްޔަތު ގިނައިން އުފުލަމުން ދަނީ ޖުމާނާއެވެ. އަހަރެން ވަޒީފާ އަދާކުރަމުންދާތީ، ގިިނަ ފަހަރު އެކުދިންނާއި ޖުމާނާ ގާތުގައި ގޭގައި މަޑުކޮށް ނުލެވެއެވެ. އާއެކެވެ. އަހަންނަކީ ބިޒީ ޝެޑިއުލެއްގެ ވެރިޔަކީމެވެ. ނަމަވެސް މިހުރިހާ މަސައްކަތެއް ކުރަމުން މިދަނީ ހަމަ އެކަނި އަހަރެންގެ ދެފިރިހެން ކުދިންގެ ހައްޤުއެވެ. […]
ދުވަސްތަށް ފާއިތުވަމުން ގޮސް ޝާނީ ނިޔާވިތާ 9 މަސް ވެއްޖެއެވެ. ޝާނީ ނިޔާވި ކަމުގައިވިޔަސް، އަހަރެންގެ ހިތުގައި ޝާނީ އަށް ދެވިފައިވާ މަޤާމަށް ބަދަލެއް ނާދެއެވެ. ޝާނީގެ ހަދާންތަށް ހިތަކުން ފޮހެވިގެނެއްނުދެއެވެ. އެކުގައި އުޅުނު ދުވަސްތަކުގެ މަތިން ހަދާނެއްނުނެތެއެވެ. ޝާނީ ނިޔާވި ދުވަހުގެ ކަންތަށް ހަދާން ނައްތާލަން މަސައްކަތް ކުރިޔަސް ހަމަ އިތުރަށް ހަދާން އާ ކުރެވެނީއެވެ. ދެންމެ ވީ ކަމެއް ހެން ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ހިތަށްއަރާ އެދުވަހު އެހޮސްޕިޓަލަށް ނުދެވުނުނަމައޭ. . . […]
މެންދުރު ނި މި ހަވީރު ވުމާއި އެކު އަހަރެން ތުޑިއަށް ދިޔައީ މެވެ. ރީތި ސާފު ދޮންވެލިގަނޑެކެވެ. ބިއްލޫރި ގަނޑެއްފަދަ މޫދެކެވެ. ހަމަހިމޭން މާހައުލުގައި ދޮންވެލިގަޑު މަތީ އަހަރެން ހިނގަމުން ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ރީތި އަންހެން ކުއްޖެކެވެ. ފައި ހިމަ ކަޅު ޖިންސަކާއި ރަތް ޓޮޕެއް ލައިގެން ހުރި އިރު އުމުރުން ހަގު ފާޑެއް ޖަހައެވެ. ވައިގެ ތެރެއަށް އުދުހިލަން ދޫކޮށްފައިވާ ކަޅުކަން ގަދަ އިސަތަށިގަނޑު އޭނާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެއެވެ. އިރުގެ […]