” މީގައި ހުންނާނެ ކޮއްކޮގެ ހެދުން. ބުނީމެއްނު މި ކޮޓަރި މަށަށޭ. އެހެންވެ އަހަރެން މި އެއްޗިހި އަޅައިދިނީ ކޮއްކޮ އެހެން ކޮޓަރިއަކަށް ބަދަލުވާތީ. އެހެން އެއްޗިހި ކޮއްކޮ އަމިއްލައަށް ގެންދޭ. ” ވަފްދާ ބުނެލިއެވެ. ވަރުދާ ހުރީ ހައިރާންވެފައެވެ. ތެދެކެވެ. ކޮޓަރި ވަރުދާ ދިނެވެ. އެކަމު ވަރުދާ ބޭރަށް ނިކުމެލާއިރަށް އަވަހަށް އޭނަ ކޮޓަރިން ނިކުއްމުވަން ފޮށި ތައްޔާރުކޮށްގެން އޭނަގެ ދައްތަ އިންނާނެކަމެއް ނޭނގެއެވެ. އެހައި ކެތްމަދުވެ އަވަސްއަރުވައިލައިގެން ކޮޓަރިން ވަރުދާ ނިކުމުއްވަން އުޅޭނެކަމަކަށް ހިއެއްނުކުރެއެވެ. […]
” އަލްތާފް” ވަފްދާއަށް އަލްތާފް ފެނުމާއެކު އަވަހަށް ގައިގައި ރަޖާއަޅައި ނިވާވިއެވެ. އަދި ބުރުގާއަޅަން އުޅުނެވެ. ހަގީގަތުގައި ވަފްދާ އެހެންއޮތީ އަލްތާފް އަންނަކަން އެނގޭތީ އަލްތާފްއަށް ދައްކަންވެގެންނެވެ. އަލްތާފް ދޮރުގައި ޓަކިދިންކަމާއި ދޮރުހުޅުވިކަން ވަފްދާއަށް އެނގުނެވެ. މިހާރު އަލްތާފްއަށް ވަފްދާ ފެނުމުން އެކްޓްޖައްސަނީއެވެ. އެވަގުތު ވަރުދާ ފާޙާނާއިން ނުކުތެވެ. އަލްތާފް ލަދުން އަވަހަށް ދޮރުލެއްޕިއެވެ. ވަރުދާއަށް ކަންވީގޮތް އެނގުނެވެ. ” ދައްތަ މިތާ ކީއްކުރަނީ؟” ވަރުދާ ވަފްދާގެ ގާތަށް ގޮސް ހުއްޓި ރީތިބަހުން އެހިއެވެ. ” ކޮޓަރިބެޑް […]
ވަފްދާ އުފާކުރިއެވެ. އެ ޒުވާން ހަށިގަނޑާއި އަލިދޮންމޫނާއި ފަން ބޮލާއި ލުއި ހިނިތުން ވަފްދާގެ ހިތް ލަންބުވައިލައިފިއެވެ. ” އަލްތާފް” ޝިހާމް އާއި ނާހިދާ އެމީހުން ގާތަށް އައެވެ. ” ލައްބަ. ވަރުދާގެ ބައްޕަ ކިހިނެތް؟” އަލްތާފް އެހިއެވެ. “ރަގަޅު. އަލްތާފް މިތާ… ” އަޅުގަނޑު ބުނެގެން އައީ” ބައްޕަގެ ވާހަކަ ފުރިހަމަނުކުރެވެނީސް ވަރުދާ ބުނެލިއެވެ. ވަރުދާ ވަރުދާގެ މައިންބަފައިންނަށް އަފާފް އާއި އާމިނާ އާއި އަނަސް ތަޢާރަފްކޮށްދިނެވެ. ” މި އެންމެން އައީ ވަރުދާ ބުނެގެންތަ؟” […]
އެ ފާދިރީ ހީނލައިފައި ބުނެލިއެވެ.” އޭ މިތުރާއޭ މީހެއްގެ ގާތަށް ދާންބުނާކަށެއް އަހަރެމެން މިއުޅޭހެން އުޅޭ ދީންވެރި މީހަކު އަހުރެނެކަށް ނޭނގެއެވެ. މިއޮތީ ފަތުރަތުގެ ޒަމާނެވެ. ޖާހިލުކަން މިވަނީ ޢާންމުވެފައެވެ. އެކަމަކު ނަބިއްޔެއްގެ ޒަމާން މިވަނީ ގާތްވެފައެވެ. އެ ބޭކަލަކު ފޮނުއްވޭނީ އިބްރާހިމްގެފާނުގެ ދީނާއިގެންނެވެ. ފާޅުވާނީ ހިޖާޒްކަރައިންނެވެ. އެ ބޭކަލަކު ދެ ފަރުބަދައެއްގެ ދެމެދުގައިވާ ކަދުރުރުއްގިނަ ތަނަކަށް ހިޖްރައަށް ވަޑައިގަންނަވާނެތެވެ. އެބޭކަލެއްގެ އެއް ޢަލާމަތަކީ އެބޭކަލަކު ސޮދަޤާތެއް ފަރިއެއްނުކުޅުއްވާނެއެވެ. ހަދިޔާ ފަރިއްކުޅުވާނެތެވެ. ދެބޮބިފަޅިދެމެދުގައި ޢަލާމަތެއްވާނެއެވެ.އެއީ ނަބީކަމުގެ ސިއްކައެވެ. […]
ސަލްމާން ފާރިސިއަކީ ފާރިސްކަރައިގެ ސޮފާންގެ ދައްޔުއޭ ކިޔޭ ރަށެއްގެ މީހެކެވެ. ބައެއް ރިވާޔަތުގައި އަހުވާޒުގެ ބައްރިޔާތަކުގެ ތެރެއިން ޝާމްގެ ބައްރިޔާއެއްގެ މީހެއްކަމުގައި ވެއެވެ. ސަލްމާން ފާރިސީގެ ބައްޕައަކީ ސޮފާންގެ މާތްމީހެކެވެ. އެ ރަށުގެ ވެރިމީހާއެވެ. ސަލްމާންގެފާނުގެ ބައްޕަ ސަލްމާންގެފާނުދެކެވައި ލޯތްބަކުން އެސްފީނާއެއްޖެހިދާނެތީ އެއްގޮތަކަށްވެސް ގެއިން ބޭރަކަށް ދިޔަކަ ނުދެއްވައެވެ.އެއްގޮތަކަށްވެސް މީހުންނާއި މައްސުނިވެ އުޅުއްވިޔަކަ ނުދެއްވައެވެ. ސަލްމާންގެފާނުއަކީ އަލިފާނަށް އަޅުކަންކުރަމުން އައި މީހެކެވެ. އަޅުކަންކުރާ އަލިފާންގަނޑުގެ ކައިރީ އަބަދު އުޅެ އުޅެ އެކަމަށް ސަލްމާންގެފާނަށް ލޯބިޖެހިއްޖެއެވެ. ސަލްމާންގެފާނުގެ ބައްޕަ […]
” ކޮއްކޯ؟ ކޮއްކޯ؟” އަލްތާފް އޭނަގެ ކޮއްކޮއަފާފްގެ ކޮޓަރީގެ ދޮރުގައި ޓަކިދީ އޭނަޔަށް ގޮވަމުންދެއެވެ. ” ކޮއްކޯ ނުނިމޭތަ؟ ” އަލްތާފް ގޮވައިލިއެވެ. ” މިނިމެނީ ބޭބޭ؟” އަފާފް ގޮވައިލިއެވެ. ” ކޮބާ އަފާފް ނުނިމޭތަ؟” އާމިނާ އައިސް އެހިއެވެ. އިރުކޮޅެއްފަހުން އަފާފް ކޮޓަރިން ނިކުމެއްޖެއެވެ. އަފާފް ހުރީ ޕީޗްކުލައިގެ ހެދުމަކާއި އަޅި ބުރުގަލެއްގައެވެ. ފުށްޖަހައިފައެވެ. ލޮލުގަޔާއި ތުންފަތުގައި ޕިންކް ކުލައެވެ. ” ހާދަ އިރެއްވެއްޖެ. ބޭބެ ނިމިގެން ހުންނަތާ ކޮންއިރެއް؟” އަލްތާފް ބުނެލިއެވެ. ” ބޭބެ […]
އަބޫ ޔަޒީދުއަށް މީހަކު ދެންނެވިއެވެ. އޭ އަބޫ ޔަޒީދެވެ. މިރޭމިއީ ނަސާރާއިންގެ ޗުއްޓީ ޙަފްލާރެއެވެ. ވީމައި ހިނައިގަނެ އެމީހުންގެ މޮނެސްޓަރީއަށް ގޮސް އެމީހުންގެ ތެރެއަށް ވަންނާށެވެ. ﷲގެ ޙިކުމަތުން އަޖައިބުފެންނާނެއެވެ. އަބޫ ޔަޒީދު ހިނައިގެގެން ގޮސް އިރާޤުގައިވައި ބުސްރާގެ މޮނެސްޓަރީއަށްވަނެވެ. ދެން ފާދިރީ އެމީހުންނަށް ނަސޭހަތްދޭން ކޮޅަށް ހުއްޓުމުން ފާދިރީ ވިދާޅުވިއެވެ. އަހަރެންނަކަށް ނަސޭޙަތެއް ނުދެވޭނެއެވެ. މި މޮނެސްޓަރީއަށް މުހައްމަދީއެއް{މުސްލިމް މީހެއް} ވަދެއްޖެއެވެ. އެބައިމީހުން ސުވާލުކުރިއެވެ. މިތާ އަހަރެމެންގެ ތެރޭގައި މުހައްމަދީއެއް{މުސްލިމް މީހެއް} އިށީނދެއް އިންކަމެއް އެނގެނީ […]
ވަރުދާގެ އުފަންދުވަހުގެ ޕާރޓީއަށް ތައްޔާރުވާން ޝިހާމް ބަޔަކު ގެނެސް ގޭތެރެ ޒީނަތްތެރިކުރުވަނީއެވެ.ކުދި ކުދި ބޮކިފަތިތައް އެލުވަން ބަޔަކު އުޅެއެވެ… ހެޕީ ބާތްޑޭ ޖަހައިފައި އިން ބޭނަރއެއް ހިފައިގެން ހަރުގަނޑަކަށް އަރައިގެން މީހަކު އުޅެއެވެ.ނާހިދާ ސުފުރާމަތި ރީތިކޮށް ތަރުތީބު ކުރެއެވެ. ” ނާހިދާ ހެދިކާޔަށް އޯޑަރު ދިނިތަ މިހާރު؟ ޝިހާމް އެހިއެވެ. ނާހިދާ އާއެކޭ ބުނެ ޖަވާބުދިނެވެ. ” ކޮބާ ކޭކު؟” ޝިހާމް އަނެއްކާ ސުވާލުކުރިއެވެ. އެހެން ބުނިތަނާ އަންހެނަކު ބޮޑުކޭކެއް ހިފައިގެން އައިސް ވަނެވެ. ” ބަލައިގެން […]
” އެ.އެ. އެއީ ރައްޓެއްސެއް. އުފަންދުވަހުގެ ތަހުނިޔާކިޔަން ގުޅީ” ފުރަތަމަފަހަރަށް ވަރުދާ އޭނަގެ މަންމައަށް ދޮގުހެދިއެވެ. ” އުފަންދުވަހު ގެ ތަހުނިޔާއޭ؟ މާދަމާއެއްނު އަދި އުފަންދުވަސް” ނާހިދާ ބުނެލިއެވެ. ” ބާރަޖެހީމައި ދެން އަނެއްދުވަހަށް ވީނު” ވަރުދާ ބުނެލިއެވެ. ” އެހެންވިއްޔާ ހެޕީ ބާތްޑޭ” ނާހިދާ ބުނެލިއެވެ. ” ޝުކުރިއްޔާ. ކީއްވެ ހޭލައި ތިއުޅެނީ؟” ވަރުދާ އެހިއެވެ. ” ފެންފޮދެއް ބަލައި އައީ . ދަރިފުޅު މީހަކާއި ވާހަކަދައްކައި އަޑު އިވިގެން މި ގޮވައިލީ” ނާހިދާ ބުނެލިއެވެ. […]