Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުލުނުނެތް ލޯބި
Featuredހަޤީޤީހިތާމަލޯބި

ކުލުނުނެއް ލޯބި 2

afraah Level 1100 Login
June 23, 2021 2 Mins Read
7 Comments

ދެމީހުން ވާހަކަދައްކަން ތިއްބަ ޝާމިން ކޮޓެރިން އިސްޖަހާގެން ހުރެ ނުކުތެވެ. އޭނަގެ މޫނުމަތިން ކަމަކާ ހިތާމަ ކުރާކަން ހުދު ލީޒާއަައްވެސް އެނގިގެން ދިޔައެވެ.

2 ވަނަ ބައި

” އޭ ކޮންކުއްޖެއް؟ “ލީޒާ ހިނިތުން ވުމާއެކު އަހާލިއެވެ. ” އެއީ މަގޭ ދަރި ޝާމިން “ޒާހިރު ޝާމިން ގެ މޫނައް ބަލާލުމައްފަހު ޖަވާބުދިނެވެ. ޒާހިރު ޝާމިންއަށް ސައި ބޯން ގޮވިއެވެ. ޝާމިން އިސްޖަހާގެންހުރެ އައިސް މޭޒު ގާތު އިން ގޮނޑިޔަކު އިށީނެވެ. ޒާހިރުވެސް ސައިބޯން އިށީނުމުން ލީޒާ ތެދުވެ ދެން މިދަނީއޭ ކިޔާފަ ހިނގައިގަތެވެ. އެވަގުތުވެސް ލީޒާއަށް އެކުޑަކުޑަ ޝާމިން އާދޭތެރޭ ހިޔާލު ކުރެވެންފެށިއެވެ. އެކުޑަކުއްޖާގެ އިހުސާސްތައް ލީޒާއަށް ދެނެގަނެވުނެވެ. އަދި އިތުރަށް ދެނެގަންނަން ބޭނުންވެސްވިއެވެ. ނަމަވެސް ހިތުގައި އެ އުފެދުނު ސުވާލުތައް ބޭއްވުމައްފަހު އެއްވެސް ބަހެއް ނުބުނެ ލީޒާ ނިކުމެގެން ދިޔައީއެވެ.

ދެބެއިން ތިބީ ސައިބޯށެވެ. ކާމޭޒު ދޮށުން އެއްވެސް އަޑެއް ނީވެއެވެ. ޒާހިރަކީ ޝާމިން އާ އެއްވެސްވަރަކަށް ވާހަކަ ދައްކާ މީހެއް ނޫނެވެ.  ބޭނުންވާ މުހިންމު އެއްޗެއް ނޫނީ ނުބުނާނެއެވެ. ސައި ބޯންވެސް އެ ގޮވީ ބޭރުން އައި މީހަކު ގޭގަ ހުރުމުންނެވެ. އިސްޖަހާގެން އިނދެ ޝާމިން ސައިބޮމުން ގެންދިޔައެވެ. ސައިފޮދެއް ބޯލުމަށްފަހު ޝާމިން ތަށި ބަހައްޓަނިކޮށް މޭޒު މައްޗަށް ސައިތަށި ބަންޑުންވިއެވެ. ޝާމިން ދިޔައީ ސިއްސާގެންނެވެ. ސައިތައް މުޅިތަނަށް ބުރައިގެންގޮސް ޒާހިރުގެ ގަމީހަށްވެސް އެޅުނެވެ. ޒާހިރު ގާތައް އައިރުޅީގަ ތެދުވެ ޝާމިންގެ ކަންފަތުގައި ވަރަށް ބާރަށް ހިފާ އަނބުރާލިއެވެ. އަދި ވަރަށް ބާރަށް ހަޅޭއްލަވާގަނެފައި ބުންޏުވެ. ” ކިހާދެރަވެއްޖެ ކަމެއްމީ…. އޮފީހައްދާން ވާއިރަށް މުޅި ގަމީހެންނު ތި ހަޑިކޮށްލީ. ތަންކޮޅެއް ބަލާލައިގެން އުޅެބަލަ. ” މިހެން ބުނެފަ ޒާހިރު ދިޔައީ ކޮޓެރިއަށެވެ. އޭރު ޝާމިންއަށް ހުރީ ވަރަށް ތަދުވެފައެވެ. ކަންފަތުގަ ހިފާލިލެއް ބާރުކަމުން ހަމަ ކިރިޔާހުރީ ނުރޮވިއެވެ. ނަމަވެސް އެއީ އާދަ ކަމުގައިވުމުން ޝާމިން އެނާގެ ބައްޕަ އާދިމާލައް އެއްވެސް ބަހެއް ނުބުނެއެވެ.

ޒާހިރު ހެދުން ބަދަލުކުރުމަށްފަހު ނިކުމެގެން ދިޔައިރުވެސް ޝާމިން އިނީ މޭޒު ދޮށުގައި ގަބުވެފައެވެ. އިރުކޮޅެއް ވަންދެން ޝާމިން އިނުމަށްފަހު ތެދުވެގެން މަޑުމަޑުން ގޮސް ކޮޓެރިއައްވަދުނެވެ. އަދި އެނާގެ ކަބެޑުން ކޮންމެވެސް އެއްޗެއް ހިފައިގެންގޮސް ކޮޓެރީގެ ކަނަކު އިށީނެވެ. އެއީ އޭނަގެ މަންމަގެ ފޮޓޯގަނޑެކެވެ. އިރުކޮޅެއް ވަންދެން ޝާމިން އެ ފޮޓޯގަނޑަށް ބަލަހައްޓާގެންއިނެވެ. އޭނަގެ ލޯވަނީ ކަރުނައިން ފުރިފައެވެ. މޫނުމައްޗައްވަނީ އަނދިރިކަން ވެރިވެފައެވެ. މާޔޫސްކަންމަތީ އިނދެ ވިސްނާ ފިކުރުކުރެވެންފެށުނެވެ. އެ ކުޑަކުޑަ ހިތަށް ހަމަކެންނުވެ ލޮލުން ކަރުނަތައް އޮހެންފެށުނެވެ. މާގިނައިރުތަކެތްނުވެ މަންމަގެ ފޮޓޯގަނޑު ކަރުނައިން ތެންމާލިއެވެ. ފޮޓޯގަނޑަށް ބަލަން އިނދެ ޝާމިން ގިސްލާ ރޮމުން ކިޔައެވެ. ” މަންމާ…. މަންމަ އަހަރެން ދުކޮށްލާފަ ތިދިޔައީ ކީއްވެ؟ މަންމަ ނެތީމަ އަހަރެން ހާދަ ދެރަވެޔޭ.. މަންމަ އަހަރެންގާތު ހުރިނަމަ އަހަރެން މިހާލަކު އުޅޭކަށް ނުޖިހޭނެ. މަންމާ…. އަހަންނަށް މިތާކު އެއްވެސް އުފަލެއް ނެތް. މަންމަ ނެތީމަ ބައްޕަ އަހަންނަށް ވަރަށް އަނިޔާކުރޭ. ބައްޕަ އަހަރެންދެކެ އެއްވެސްވަރަކަށް ލޯތްބެއްނުވޭ. އަހަރެންނާ އަޅާލާނެ އެއްވެސްމީހަކު މިތާކުނެތް. މަންމާ… މަންމަ މަތިން އަހަރެން ވަރަށް ހަނދާންވޭ” މިހެން ރޮމުން ބުނެ ޝާމިން މަންމަގެ ފޮޓޯގަނޑުގައި ބައްދާލިއެވެ. ނަމަވެސް މިތުއްތު ކުއްޖާގެ ވާހަކަތައް އަޑުއަހާނެ އެއްވެސްމީހަކެއެތާކުނެތެވެ. އެހެން އިނދެ ހިތާމަކޮށް ވަރުބަލިކާމާ، މާޔޫސްކަމާއެކު ޝާމިން އަށް ނިިދުނީއެވެ.

މެންދުރުފަސްވެ ގަޑިން 2 ޖަހަނީއެވެ. ޒާހިރުވެެސް އޮފީހުންއައިސް ގޭގަ މުޑުކޮށްލައިގެން ޓީވީ ބަލަން އެނދުމަތީ އޮށޯވެ ހަމަމަޖެހިލައިގެން އޮތެވެ. ޝާމިން އަދިވެސް އޭނަގެ ކޮޓެރިއަކުން ނުނިކުމެއެވެ. އިރުކޮޅެއްފަހުން ދޮރުގަ ޓަކިޖަހާ ސަލާމް ގޮވާއަޑު ބޭރުން ޒާހިރުއަށް އިވުނެވެ. ޒާހިރުގޮސް ދޮރުހުޅުވާލިއިރު ލީޒާ ހުރީ ކާއެއްޗެހި ހިފައިގެން އައިސްއެވެ. އެތެރެއަށް ވަންނާށޭ ބުނުމުން ލީޒާ ވަދެ ކާމޭޒުމަތީ ކާއެއްޗެހިތައް ބެހެއްޓިއެވެ.” ސަލާމް ނުގޮވާ މިގެޔައް ލީޒާ ވަދުމަކުން މައްސަލައެއްނެތޭ.” މިހެން ޒާހިރު ލިޒާއާ ދިމާލައް ހީލުމާއެކު ބުންޏެވެ. ލީޒާވެސް ޒާހިރުގެ މޫނައް ބަލާލުމއްފަހު ހީލިއެވެ. އެވަގުތު ޒާހިރު ލީޒާގާތު ކާންގެނައީ ކޯންޗެއްތޯ އަހާލިއެވެ. ” ބިރިޔާނީބަތާ ކުކުޅާ… ވަރަށް މީރުވާނެ” މިހެން ލީޒާ ހިނުތުންވުމާއެކު ބުޏްޏެވެ. އަދި ކާމޭޒުމަތީގައަ ލީޒާ ތަށިތައް އަތުރާލުމައްފަހު ކާންގޮވިއެވެ. ޒާހިރު އައިސް ކާމޭޒުދޮށުގައި އިށީނދެ އިނދެގެން ކާން ފެށިއެވެ. ނަމަވެސް ޝާމިން އެއްނާދެއެވެ. އަދި ގޭތެރެއިން ފެންނާކައްވެސް ނެތެވެ. އެހެން ކަމުން ލީޒާ ޒާހިރު ގާތު ” ކޮބާ ޝާމިން؟.. ކާކައްް ނާދޭތަ؟” މިހެން ބުނެ ސުވާލު ކުރިއެވެ. ޒާހިރު މީރުކޮށް ކާން އިނދެ ބުންޏެވެ. ” އޭނަވީ ކޮޓެރީގަ ނިދާފަ. ކާން ބޭނުމިއްޔާ ނިކުމެގެން އަމިއްލައަށް އައިސް ކައިފާނެއެއްނު.” ޒާހިރުގެ ރާގު ހުރިގޮތުން ލީޒާއަށް ޒާހިރަކީ ކޮންކަހަލަ މީހެއްކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. އޭނައަކީ ދަރިންނާ ދޭތެރޭ ކުލުނެއް ނޯންނަ މީހެއްކަން ލީޒާ އަށް ފާހަގަވިއެވެ.

އަދި ނުނިމޭ

 

ނޯޓް: މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ. އެހެންކަމުން ކިޔުންތެރިންގެ ކޮމެންޓް އަޅުގަނޑަށް ވަރަށް މުހިންމެ.

 

 

 

Share Article

Follow Me Written By

afraah

Level 1100 Login

Other Articles

Previous

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (36)

Next
June 23, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (36)

Previews
June 23, 2021

7 Comments!

  1. Huzkõ says:
    June 23, 2021 at 11:33 am

    Varah reethi mivaahaka. Hithah mi aranee shaaminge kanthahahtha leeza ah engeyne baaey.
    Dhen inbayah inthuzaaru kuran.❤❤❤

    1. Afraah adam says:
      June 24, 2021 at 1:16 pm

      thank you.

    2. Afraah adam says:
      June 24, 2021 at 1:22 pm

      dhen in bai varah avahah upkohdheynan.

  2. ?YEOJA? says:
    June 23, 2021 at 3:01 pm

    Mi part vxxx vrh reethi
    Masha Allah
    Keep it up
    And vrh emotional stry eh ??
    Waiting for the next part
    Stay safe and tvgc?

    1. Afraah adam says:
      June 24, 2021 at 1:19 pm

      thank you so much. dhen in part ves reethi vaane kamah ummeedhu kuran. stay safe.

  3. Adheeba Adam says:
    June 24, 2021 at 8:44 am

    V.v.v.salhi waiting for part 3 ??

    1. Afraah adam says:
      June 24, 2021 at 1:20 pm

      thank you.

Comments are closed.



All Right Reserved!