މިރޭ ވަރަށް މާއިރާ ނިދަން އޮށޯތީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވެއެވެ. ފަށްޖެހިއެނދު ހިފައިގެން ގޭ ފެންޑާއަށް ނުކުތީ ނިދިއަންނަ ގޮތް ވުމުން އެތެރެއަށް ވަނުމުގެ ނިޔަތުގައެވެ. މާދަމާއަކީ އަހަރެންގެ އުފަން ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރަން ފުރާ ދުވަހެވެ. ގޭ މީހުން އަދި ނުނިދައެވެ. މަންމައާއި ބައެއް އަވަށްޓެރިން ވެސް ގޭތެރޭގައި ހޭލިމޭލިވެ އުޅެއެވެ. އަހަރެން ފުރާތީ ދަތުރު މައްޗަށް ގެންދާ ބޯކިބާ ފިހުމުގައެވެ. އަހަރެންގެ ރަށަކީ ހއ.އުތީމެވެ. ނަލަ ރީތި ހިތް ފަސޭހަ […]
ހެނދު ހެނދުނާ މިއަދު ވެސް ރާނިޔާ ތައްޔާރުވަނީ އޭނާގެ ބައްޕަ ފުރޮޅުލީ ގޮނޑީގައި ބައިންދައިގެން ގޭދޮރުން ނުކުންނާށެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެ އާދައެވެ. ރާނިޔާގެ އުމުރުން މިހާރު 25 އަހަރު ފުރިއްޖެއެވެ. އޭނާގެ ބައްޕަ ޢަލީ ވަހީދަކީ މުޅި ރާއްޖެއަށް މަސްހޫރު ޝެފެކެވެ. ނަމަވެސް މިއަދުކު ނޫނެވެ. އެއީ މާޒީއެވެ. ޢަލީ ވަހީދަކީ އޭނާގެ ޒުވާން ދުވަސްވަރު ރިސޯޓް ތަކުގެ ބޮޑުކައްކާ އެކެވެ. ބޮޑު އަގުގައި ބޮޑެތި ޕާރޓީތަކަށް ކައްކާ ދެއެވެ. ރާއްޖޭން ބޭރުގައި ވެސް […]
އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އަހަރެން ދިރިއުޅެމުން އައީ ރާއްޖެތެރޭގެ ރަށެއްގައެވެ. އަހަރެމެންގެ ރަށަކީ އާބާދީ ކުޑަ ރަށެކެވެ. އެހެންކަމުން އަހަރެމެން ރަށުގައި ފިރިހެނުން ހިތްކިޔާ ކަހަލަ އަންހެން ކުއްޖަކު މަދުން ނޫނީ ނޫޅެއެވެ. އަހަރެމެން ރަށުގައި ރީތިކަމަށް ކިޔާ މަދު ކުދިންގެ ތެރެއިން އެކަކީ އަލީޝާއެވެ. އަލީޝާއަކީ އަހަންނާއި ދާދި އެއް ފުރާވަރެއްގެ ކުއްޖެއެވެ. އަދި އޭނާ ދިރިއުޅެނީ އަހަރެމެން ގެއާއި އިންވެގެން އިންނަ ގޭގައި ކަމުން އަހަންނަށް ވަރަށް ގިނައިން އޭނާ ފެނެއެވެ. […]
ބައިބޯވެ ހަލަބޮލިވެފައިވާ މީހުންގަނޑު ތެރެއިން އިޒާން ވަރަށް ހަލުވިކަމާއި އެކު ދިޔައެވެ. އިރުކޮޅުކޮޅުން ފަހަތްވެސް ބަލައިލައެވެ. އޭނާ ލަމުންދިޔަ އަވަސް ނޭވާތަކުންނާއި މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާ އެހުރީ ބިރުގަނެފައިކަން އެނގެއެވެ. އިޒާން ސިއްސައިގެންދިޔައީ އޭނާގެ ކަނާތް ފަރާތުން މީހަކު އައިސް އެކުޑަކުޑަ އަތުގައި ހިފައި ލަތްކެއް ޖަހައިލުމުންނެވެ. ”ނޫން މަންމާ! އަޅުގަނޑަށް އަނިޔާ ނުކުރޭ. ނޫން މަންމާ!” އިޒާން ރޮއެ އާދޭސް ކުރަމުން ދިޔައީ އޭނާގެ އުފަން މަންމައަށެވެ. އެތުއްތު ކުއްޖާގެ އަޑު އެތަނުން އެކަކަށްވެސް […]
ރޭ ހަތަރު ދަމު ނުނިދާ ހޭލާ ސާމިލާ ހުރީ އޭނާގެ ފިރިމީހާ ފަވާޒު ގެއަށް އަތުވެދާނެކަމުގެ އުންމީދުގައެވެ. އެންމެ ފަހުފަހަރަށް ވެސް ފެނިލަން ބޭނުންވާތީއެވެ. މާދަމާ ހެނދުނު މިގެއިން ސާމިލާ ނުކުންނަން ޖެހޭނެއެވެ. އަބަދު ރޮވެނީއެވެ. ކަރުނަ ހިކޭ ގޮތެއް ނުވެއެވެ. ބޮލުގައި ވެސް ހުންނަނީ ރިއްސާފައެވެ. މުޅި ގައިގާ ވެސް ރިހެނީއެވެ. މީހާ ހީވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އެނދުގައި އޮވެފައި ތެދުވެގެން އުޅޭ މީހެއް ހެންނެވެ. ވެއްޓީދާނެހެން ހީވާތީ ކޮޓަރީ ތެރޭގައި ވެސް […]
ޖިންނި ޝައިތާނުންނަކީ އުޅޭ އެއްޗެއް ކަމެއް އޭރު އަހަންނަކަށް ޤަބޫލެއް ނުކުރެއެވެ. އަހަންނަށް އިހުސާސް ކުރެވިފައި އޮތީ އެއީ ޚިޔާލީ އެއްޗެއްގެ ގޮތުގައެވެ. ޖިންނީންގެ އުނދަގޫ ކުރިމަތިވެ ޖިންނި މޮޔަވާ ވާހަކަވެސް އަހަރެން އަޑުއަހައި އުޅެނީ މީހުން ކިޔާތީއެވެ. ދުވަހަކުވެސް އެފަދަ ކަމެއް އޭރު އަހަންނަށް ތަޖުރިބާ ކުރެވިފައި ނުވުމުންނާއި، ޖިންނި އަވަލާފައިވާ މީހަކާއި ދިމާވެފައި ނުވުމުން އަހަންނަށް ޤަބޫލު ކުރެވުނީ އެއީ ހަޤީޤަތެއް ނުވާ “ފުލޯކު” ވާހަކަތަކެއް ކަމުގައެވެ. އެ ހުރިހައި ކަމެއް ބަދަލުވެ އަހަންނަށް […]