Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުލުނުނެތް ލޯބި
Featuredހަޤީޤީހިތާމަލޯބި

ކުލުނުނެތް ލޯބި 1

afraah Level 1100 Login
June 21, 2021 2 Mins Read
10 Comments

ފުރަތަމ ބައި

އުޑުމަތި ސާފު ރީތި ދުވަހެކެވެެ. ގަޑިން މިހާރު ހެނދުނު 6 ޖެހީއެވެ. ނަމަވެސް އެ ކުޑަކުޑަ ށާމިން އަކައް އަދިވެސް ނުނިދެއެވެ. ށާމިން އަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. އޭނަގެ މަންމަ ހަނާ ވަނީ މީގެ 1 އަހަރު ކުރިން ނިޔާވެފައެވެ. ށާމިންގެ ހުރިހާ ކަމެއް ބަލަނީ އޭނާގެ ބައްޕަ ޒާހިރުއެވެ. ޒާހިރަކީ ށާމިން އައް ވަރަށް އިހާނެތިކޮށް ކަންކުރާމީހެކެވެ. އޭނައަކީ މުއްސަނދި ކަމާގެން އުޅޭމީހެކެވެ. ހަނާ ނިޔާވީއްސުރެ ށާމިން ދަނީ އަބަދާ އަބަދުމެ ހިތާމަކުރަމުންނެވެ. މަންމަގެ ލޯބިން މަހުރޫމުވެ އަދި ބައްޕަގެ ލޯބިވެސް ށާމިން އައްނުލިބެއެވެ. މިކަމާހެދި ށާމިން ކޮންމެ ރެޔަކު ރޮއެ ހިތާމަ ކުރެއެވެ. ކޮޓެރީގެ ކަނަކު ބަސް ހުއްޓިފަ މާޔޫސް ކަންމަތީ ފަތިސް ވަންދެން އިނދެއެވެ.

ފަތިހު ފަތިހާ ޒާހިރު އޮފީހައް ދެއެވެ. އޭނަ އަކީ ގެ އިމާރައްކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ގެ ބޮޑުމީހާއެވެ. ޒާހިރު ތައްޔާރުވެގެން އޮފީހައްދާން ނުކުތް އިރު ށާމިން އިނީ ށާމިން ގެ ކޮޓެރިން ނުކުންނަ ސިޑި މާތީ އިށީންދެގެންނެވެ. ޒާހިރު އަވަސް އަވަސް ކޮއްލައިގެން ނިކުމގެން ދަމުން ށާމިން އާދިމާލައް ބުންޏެވ.ެ ” ދައްތަ ސާބޯ އެއްޗެހި ގެނައިރުން ސާބޯތި. “މިހެން ބުނެ ޒާހިރު ނުކުމެގެން ދިޔައެވެ. ށާމިން ވަނީ އޭނަގެ ކޮޓެރިއަށެވެ. އޭނަ ގެންގުޅޭ 2 ރޮބެޓް ހިފާގެން ކުޅެންް އިންދަ އޭނައައް ނިދުނީއެވެ. 2 ގަޑިއިރެއްހާއިރު ފަހުން ގޭ ދޮރުގަ މިހަކު ޓަކިޖަހާ އަޑައް ށާމިން އައް ހޭލެވުނެވެ. ޔަގީނުންވެސް އެއީ ގެއައް ކާނގެންނަ މިހާއެވެ. ށާމިންގެ މަންމަ ނިޔާވީއްސުރެ އެގެޔައް ކާއެއްޗެހި ގެންނަނީ އެހިސާބު ގަނޑު މީހެއްކަމައްވާ ށާއިރާއެވެ. ދެތިންފަހަރު ދޮރުގަ ޓަކިޖެހުމުން ށާމިން ދޮރު ހުޅުވާލިއެވެ… އަދި ކާކުތޯ ބަލާލުމައްފަހު ވަރަށް  ބާރަށް ދޮރުލައްޕާފަ ދުވެފަ ގޮސް ށާމިން ކޮޓެރިއައް ވަދުނެވެ. އެެއީ ނުދަންނަ މީހަކު ދޮރުގަ ޓަކިޖެހިޔަސް އޭނަ ދޮރެއް ނުހުޅުވާނެއެވެ. އަނެއްކާ ބޭރުން ޓަކިޖެހިޔެވެ. އަދި ދޮރުހުޅުވުމައް ބުންޏެވެ. ނަމަވެސް ށާމިން އެއް ދޮރެއް ނުހުޅުވިއެވެ. ބޭރުގަ ހުރީ ނުދަންނަ އަންހެނެކެވެ.

ކަންދިމާވި ގޮތުން އެވަގުތައް ޒާހިރުއައް ގެއައް އާދެވުނެވެ. ގެއައް ވަންނަ ދޮރުމަތިން އެއަންހިނާއާ ދިމާވިއެވެ. އޭރު އެއަންހެނާ ދޮރުގަ އަނެއްކާ ޓަކިޖަހަނީއެވެ. ޒާހިރު އޭނާއާ ” ކާކުހޯދަންތޯ ތިޔައ “މިހެން ބުނެ ސުވާލު ކުރިއެވެ. ” އަހަންނަކީ ލީޒާ.. މިޔަދުން ފެށިގެން މިގެޔައް ކާއެއްޗެހި ގެންނާނީ އަހަރެން “މިއަންހެން މީހާ ޖަވާބުގައި ބުންޏެވެ. ޒާހިރު ކުޑަކޮށް ހާސްވާ ކަހަލަ ގޮތަކައް ” ކޮބާ ށާއިރާ… އޭނައައް ކިހިނެއްވީ “މިހެން ސުވާލު ކުރިއެވެ. ލީޒާ ކުޑަކޮއް ހީލުމައް ފަހު ބޮންޏެވެ ” ށާއިރާ މަންމަ ބަލިވެގެން ރޭގަ ރަށަށް ފުރާފި. އަހަންނަކީ އޭނަގެ ރައްޓެއްސެއް. އެހެންވެ އޭނަ އަހަރެންނާ މިގެޔައް ކާއެއްޗެހި ގެނައުމައް ހަވާލުކޮއްފަ ދިޔާއީ. “ލީޒާގެ ވާހަކަ ދެއްކިގޮތަކުން އޭނާއަކީ ވަރަށް ހިންހެޔޮ މީހެއްކަން ޒާހިރައް އެނގުނެވެ. ޒާހިރު ގެއައް ވަންނަމުން ލީޒާ ގާތު ގެއައް ވަނުމައް ބުންޏެވެ. ދެމީހުން އެއްކޮއް ކަހަލަ ގޮތަކައް ވަތް އިރު ށާމިން އެއް ފެންނާކައް ނެތެވެ. އޭނަވީ އޭނާގެ ކޮޓެރީގައެވެ. ލީޒާ ކާއެއްޗެހި ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އަދި މޭޒު ކާރީ ހުރި  ީގޮނޑިއަކު އިށށީނެވެ. ޒާހިރުވެސް ކުޑަކޮއް ލިޒާއާ ވާހަކަ ދައްކަން ފެއްޓިއެވެ. ” ކޮން އިރަކުނދެން ށާއިރާ އަންނާނީ “ޒާހިރު ސުވާލު ކުރިއެވެ. ” ށާއިރާ ބުނީ މަންމަ ކުޑަކޮއް ހަމަޖެހެލީރުން އަންނާނަމޯ. ދެން ބަލާ 1 މަސްދުވަސް ކަމަށް “ލީޒާ ޖަވާބުގައި ބުޏެވެ. ދެމީހުން ވާހަކަ ދައްކަަން ތިއްބަ ށާމިން ކޮޓެރިން އިސްޖަހާގެން ހުރެ ނިކުތެވެ. އޭނަގެ މޫނުމަތިން ކަމަކާ ހިތާމަ ކުރާކަން ހުދު ލީޒާއައް ވެސް އެނގިގެން ދިޔައެވެ.

އަދި ނުނިމޭ

ނޯޓް: މީ އަޅުގަނޑުގެ ފުރަތަމަ ވާހަަކަ. އެހެންކަމުން ކިޔުން ތެރިނގެ ކޮމެންޓް އަޅުގަނޑައް ވަރަށް މުހިންމު.

2 ވަނަ ބައި ވަރަށް އަވަހައް ލެވޭނެ.

 

 

 

Share Article

Follow Me Written By

afraah

Level 1100 Login

Other Articles

Previous

އިމްތިޙާން

Next

ތަމަންނާ 13

Next
June 21, 2021

ތަމަންނާ 13

Previews
June 21, 2021

އިމްތިޙާން

10 Comments!

  1. huzaam says:
    June 21, 2021 at 1:47 pm

    Waiting for part 2❤

    1. Ahmed Afraah says:
      June 22, 2021 at 10:56 am

      thanks. can’t wait for you gys to see it.

  2. Adheeba Adam says:
    June 21, 2021 at 3:46 pm

    V.salhi?

    1. Ahmed Afraah says:
      June 22, 2021 at 10:41 am

      thank you

  3. Princess says:
    June 21, 2021 at 7:40 pm

    V reethi vhk eh mee v kiyaahithun mi keeves❤️❤️❤️❤️

    1. Ahmed Afraah says:
      June 22, 2021 at 10:40 am

      thank you so much. glad you like that.

  4. ?YEOJA? says:
    June 21, 2021 at 8:12 pm

    1st part vxx vrh reethi
    Masha Allah
    Heevey reethi vaane hen
    Kuri ah oi baige inthizaarugaa
    Stay safe

    1. Ahmed Afraah says:
      June 22, 2021 at 10:47 am

      thank you for your support.
      varah avahah 2 vana bai up kohdheynan.
      stay safe.

  5. luvza says:
    June 21, 2021 at 9:02 pm

    mi vaahaka kiyaafa kuh huri kan faahaga kuran ekam alhu gandah enme faahaga vee ehchakee shaamin adhi shaairaa liyefai vaa iru shaviyani beynun kohffa hurikan well enmenah ves ingeyne kanne shaviyanin feshey baheh noanaane kan sooo
    shift + c dhivehin = ޝ so shaairaa and shaamin or ehen nan an liyaa iruves sheen beynun kuraany
    plus mivaahakaige furathabayaa balaafa varah reethi 2 vana bayah inthizaaru kuran

    1. Ahmed Afraah says:
      June 22, 2021 at 10:53 am

      iraadha kurehvihya mikankan rangalhu kohladheynan.
      thidhehvaa ehbaarulumah varah bodah shukurihyaa.
      2 vana bai varah avahah upkohdheynan.

Comments are closed.



All Right Reserved!