ގަދަވަޔާއި ވިއްސާރައިގެތެރޭ ހަނާ ދުވެފައި ދިޔައީ ކުޑަކުދިންގެ ބަގީޗާއާ ދިމާލަށެވެ. ދެލޮލުން ކަރުނަ އޮހޭ ހަަލުގައެވެ. އޮހެމުންދާ ކަރުނަތަކަކަށް ނިމުމެއް ނާދެއެވެ. ހަނާ ދުވެފައި ގޮސް ހުއްޓުނީ ބަގީޗާގައި ހުރި ފިތުރޯނު ގަހެއްގެ ދޮށުގައެވެ. ހަނާ ސިއްސައިގެން ދިޔައީ ފަހަތުން ޒުވާނަކު އައިސް އޭނާ ކައިރިއަށް މަޑުކުރި ތަން ފެނިފައެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ފެންނަލެއް އެހާމެ ރީއްޗެވެ. އެހާމެ ފުރިހަމައެވެ. ކަޅު ކުލައިގެ ރީތި ދެލޮލެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުން ވުމެކެވެ. ރަތް ކުލައިގެ އިސްތަށިގަނޑު ވަނީ ތެމިފައެވެ. މޫނު މަތީގައި ވަނީ ތާޒާ ކަމާއި އުފާވެރިކަމެވެ.
ހަނާ ފިތުރޯނު ގަސް ދޮށުގައި ހުރި ބެންޗެއްގައި އިނދެ މޫނުގައި ދެއަތް އަޅާ ބާރަށް ރޯންފެށިއެވެ. އެ ޒުވާނާ އައިސް ސުވާލު ކުރިއެވެ. ” ކޮއްކޮ ކީއްވެ ތިރޮނީ؟” ކަމެއްނުވެ އޭބުނެ ހަނާ ޖަވާބު ދިނެވެ. ހަމަ އެއާއި އެކު ޒުވާނާ އިތުރު ސުވާލެއް ކުރިއެވެ. ” ކަމެއް ނުވާނަމަ މި ގަދަ ވަޔާ ވިއްސާރައިގައި މިތަނަށް ރޮމުން އައުމުގެ ބޭނުމަކީ ކޮބާ…؟ ޝެއާ ކޮށްބަލަ… އަހަރެން އެހީ ވާނަން…. ދެން ޝެއާ ކުރަން ބޭނުން ނުވަންޏާ…. މައްސަލައެއް ނެތް.. މިދަނީ ދާން..” މިހެން ބުނެ އެ ޒުވާނާ ހިގައިގަތެވެ. އެ ޒުވާނާ ފަސް އެބުރި ބަލާލި ވަގުތަކީ ހަނާވެސް އެ ޒުވާނާއާ ދިމާލަށް ބަލާލި ވަގުތެވެ. ދެމީހުން ހަތަރު ކަޅި ހަމަވިއެވެ. ހަނާގެ ލޮލުން ކަރުނަތަށް ފައިބަންފެށިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
ހަނާއަށް ގެއަށް ދެވުނު އިރު ހުރީ އިރު އޮއްސި ހަތެއް ޖަހައިފައެވެ. ގެއަށް ދެވުމާއި އެކު އެއްޗެހި ބަދަލު ކޮށްގެން ހަނާ ނިދަން އޮތެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ސިކުޑިތެރޭ ކެކެމުން ދިޔައީ އެ ޒުވާނާގެ ޚިޔާލުތަކެވެ. އެ ރީތި މޫނެވެ. އެ ހިއްގައިމު ހަށިގަނޑެވެ. ލޯ ހުޅުވައިގެން ހުއްޓަސް، ލޯ މަރައި ލިޔަސް އޭނާގެ މޫނު ސިފަ ވަނީއެވެ. ކުރާނެ ކަމެއް ނޭނގި އެހެން އޮއްވާ ހަނާއަށް ނިދުނެވެ. ނިދުނީ ކިހާ އިރެއްގައި ކަމެއް ހަނާ އަކަށް ނޭނގެއެވެ.
މުޅިން އާ ދުވަހަކަށް އިރު އަރައިފިއެވެ. ހަނާއަށް ހޭލެވުނީ އިރުގެ އަލި އައިސް ހަނާގެ މޫނަށް ބޮސް ދޭންފެށުމުންނެވެ. ހަނާ ފާހާނާއަށް ވަދެ ފެންވަރައި، ރީތިވެގެން ސައިބޯން ނިކުތެވެ. އޭރު ހަނާގެ މަންމަ ނިއުމާ ހުރީ ސައި ހަދާށެވެ. ދެމައިން ވެގެން ސައި ހަދައި ނިމުމުން ހަނާގެ ބައްޕަ ނޫމާންއާއި ކޮއްކޮ ކަޔާ ސައިބޯން އައެވެ. ސައިބޮއި ނިމިގެން ހަނާ ތައްޔާރުވީ އޮފީހަށް ދާށެވެ. ދާހިތަކުން ނޫނެވެ. ގަދަ ވަޔާއި ވިއްސާރައިގެ ތޫފާނަށްފަހު އުޑު މަތި ސާފުވެފައި ރީއްޗެވެ. ގަސްތަކަށް ދިރުން އައިސް މާތަށް ފޮޅިފައި ހުއްޓެވެ. އޮފީހަށް ވަންތަނާހެން ލޮލުގައި އަޅައިގަތީ އެއްކަލަ ޒުވާނާއެވެ.
“ޝަހީ…. އެއީ ކާކުތަ…؟ ހާދަ ހޭންޑްސަމްއޭދޯ…؟ އަހަންނަށް ހީވަނީ އަހަންނަށް އޭނަ ދެކެ ލޯބި ވެވިއްޖެހެން…” ހަނާ އޭނާގެ ހިތުގެ އުދާސްތަށް ޝަހީދާއަށް ކިޔައިދެމުން ދިޔައެވެ.
“އޭ…. ބޮޑުު މޮޔަޔާ…. އެއީ ބޮސްގެ ހަގު ދަރިފުޅު.. މުނީޒު… މިދިޔަ ހަފްތާ އޭނަ ރާއްޖެ އެ އައީ… މިއަދު އޮފީހަށް އެ ނިކުތީ… ހާދަ އަވަހަށް ލޯބި ތިވީ..” ޝަހީދާ، އެއީ ކާކުކަން ބުނެދީ، ސަމާސާ ކޮށްލުމުގެ ގޮތުން ހަނާއާ ދިމާކޮށްލިއެވެ.
” އޭ… ނޫނޭ…. އަހަންނަށް އޭނަ ފެނުނު.. އިއްޔެ އިރު އޮއްސުނު ވަގުތު ކުޑަކުދިންގެ ބަގީޗާ ކައިރިން….” ހަނާ އޭނައަށް މުނީޒް ފެނުނު ވާހަކަ ޝަހީދާ ކައިރީ ބުންޏެވެ
” އޯކޭ… އޯކޭ.. ލޯބިވަންޏާވޭ… ހިނގާ އަވަހަށް މަސައްކަތާއިގެން އުޅެން.. މިހެން ތިއްބާ ބޮސް އައިސްދާނެ….” މިހެންބުނެ ޝަަހީދާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ހަނާވެސް މަސައްކަތާއިގެން އުޅެންފެށިއެވެ
ގަނޑިން މެންދުރު ދެގަނޑި ބައި ވީއެވެ. ހަނާ އޮފީސް ނިންމައި ގެއަށް ދާން ހިގައިގަތެވެ. މާގިނަ އިރުތަކެއް ނުވެ، ގެއަށް ދެވުނެވެ. ރޭގަ ރަނގަޅަށް ނުނިދޭތީ ހަނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އެހެންކަމުން ހަނާ ގެއަށް ގޮސް ފެންވަރައި ނިމިގެން އަރާމު ކޮއްލިއެވެ.
ހަވީރު ފިނިޖެހުމުން ހަނާ ދިޔައީ އަތިރިއާ ދިމާލަށެވެ. ރަށުގެ އުތުރު ކޮޅުގައި އޮތް ބޮޑު ތުނޑިއަށެވެ. ހަނާ ދިޔައީ އެކަންޏެވެ. އެހެންނަމަވެސް، ތުނޑިއަށް ނުދެވެނީސް އޮފީސް ކުދިންތަކަކާ ދިމާވިއެވެ. އެންމެން އެކީ ތުނޑިއަށް ދިޔައެވެ. ދޮންވެލި ގަނޑުމަތީ އެމީހުންގެ ފައި ޖެހުމުން ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް ވެގެން ދިޔައެވެ. އެހާމެ ހިތްގައިމެވެ. ކުދިިކުދި ވިނަގަސް ތަށް ފަޅާ ތުނޑީގެ އެބައި އޮތީ ފޮރުވާލާފައެވެ. ކުއްލިއަކަށް ހަނާގެ ލޮލުގައި އަަޅައިގަތީ ރާޅާއަޅަން ހުރި ޒުވާން ފުރައިގެ ކުއްޖެކެވެ. އޭނާ ފެންނަ ފެނުމަށް ދަންނަ ކުއްޖަކާ ވައްތަރެވެ. އެހެންކަމުން ހަނާ ޝަހީދާ އަށް ގޮވައި އޭނަ ކައިރީ އެވާހަކަ ދެއްކިއެވެ. “އޭ.. ބަލަ އެއޮޮތް ހަށިގަނޑެއް… ކާކުތަ އެއީ..؟”
“އެއީ މުނީޒެއްނު… އަދިވެސް ބުނާނެ ލޯބިވެވިއްޖެ އޭ…. އެކަމަކު ފެނުނަސް ނޭނގެ….” ޝަހީދާ ހަނާއާ ދިމާކުރިއެވެ.
ޝާހީދާ މިހެން ބުނެ އެއްކައިރިއަށް ޖެހިލިއެވެ. ހަނާ ހުރީ މުނީޒުއާ ދިމާލަށް ބަލާށެވެ. އޭނާގެ ދޮން ހަށިގަނޑާ، ލައިގެން ހުރި ހުދުގަމީހާ ވަރަށް ގުޅެއެވެ. ހަނާ އެހެން ހުރެފައި ގޮސް ޝަހީދާ މެންނާއެކު ސަކަރާތްޖަހާ މަޖާކުރަން އިންދާ، ކުއްލިއަކަށް ފަހަތުން މީހަކު އައިސް ހަނާމެން ސިއްސުވައިލިއެވެ. ހަނާއަށް ހަޅޭއް ލަވައިގަނެވުނެވެ. އެންމެން އެކީ ކަހަލަ ގޮތަކަށް އެދިމާ ބެލިއެވެ. ހަނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެން ކުދިންނާ ހިލާފަށެވެ. ހަނާ ލަދުވެސް ގަތެވެ. ހަޅޭއް ލަވައިގަނެވުނީތީއެވެ. އަދި އެހާމެ އުފާވެސް ވިއެވެ.
******************************************************
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah reethi
Waiting for the next part
thank you
aneh part is on the way
insha allah gina dhuvas thakeh nuve kiyaalevey varu vaane???