******** ލިޔާން ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދުނީ މީހަކާވެސް އަނގައިން ނުބުނެއެވެ.. އެދިޔަ ގޮތަށް ގޮސް ލިޔާން ވަދުނީ ފާހަނައަށެވެ… ފެންމާގަނޑު ދޫކޮށްލުމުން ފެންތައް ލީޔާންގެ ދޮން ހަންގަނޑުގައި ޖެހެމުން ދިޔައީ އެއްވެސް އުނދަގުލަކާ ނުލައެވެ..ލިޔާންގެ ސިކުނޑީ ތެރޭގައި އެބުރެމުން ދަނީ މީގެ ދެތިން މިނެޓް ކުރިން ފެނުނު މަންޒަރު ތަކެވެ… ލިޔާންގެ ހިތް މިހާ ނުތަނަވަސް ވާންވީ ސަބަބެއް ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ… ލީނާ އަކީ އޭނަ 17 އަހަރުން ފެށިގެން […]
މާޒީ 1 އިރުގެ ދޯދިތައް މުޅި ކޮޓަރިއަށް ފެތުރިގެން ދިޔައީ ވައިރަހެއް ފަދައިން ނެވެ. ލިޔާން އަށް ސިއްސައިގެން ގޮސް ހޭލެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑު އޭނާގެ ކަނދުރާ މަތީގައި ބީހިލިހެން ހީވެގެން ނެވެ. ރަނގަޅަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ލިއެވެ. އެއްވެސް މީހަކު ނެތްކަން ޔަގީންވުމުން ލިޔާން އެނދުން ތެދުވެ ހަމަޖެހިލިއެވެ. ދެންމެ ހިނގި ކަންތައްތަކުގެ ސަބަބުން ލިޔާން އަށް މާޒީގެ ހަނދާންތައް އާ ވާން ފެށި އެވެ. **********2 […]
އޮހޮރެމުން ދިޔަ ލޭތަކުން ހުދު ދޮންވެލިގަނޑު ރަތް ކޮށްލަން ނެގީ ފަޅި ސިކުންތެކެވެ.. ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ.. ބޮލުގެ އެއްފަޅި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.. އެހާ ވަރަށް އަނިޔާ ލިބިފައިވެއެވެ.. ދިރުމެއް ގެ ކަންފުޅެއްވެސް ނެތް ހަށިގަނޑު ދަމަމުން މަގުމައްޗަށް ނެރުނީ އަހަރެންނެވެ.. ވެލިގަނޑު މަތީގައި ދަމައިފައި ގެނައިކަމުގެ ނިޝާން ފެންނަން ހުއްޓެވެ… އެއީ ރަތް ދޫލައެއްހެން އޮތް ކޯރެއް ފަދަ ލެޔެވެ.. ލޮލުން ފައިބަމުން ދިޔަ ކަރުނަ ހީވަނީ ލޭހެންނެވެ… ވާނީވެސް […]