ބައިބޯވެ ހަލަބޮލިވެފައިވާ މީހުންގަނޑު ތެރެއިން އިޒާން ވަރަށް ހަލުވިކަމާއި އެކު ދިޔައެވެ. އިރުކޮޅުކޮޅުން ފަހަތްވެސް ބަލައިލައެވެ. އޭނާ ލަމުންދިޔަ އަވަސް ނޭވާތަކުންނާއި މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާ އެހުރީ ބިރުގަނެފައިކަން އެނގެއެވެ. އިޒާން ސިއްސައިގެންދިޔައީ އޭނާގެ ކަނާތް ފަރާތުން މީހަކު އައިސް އެކުޑަކުޑަ އަތުގައި ހިފައި ލަތްކެއް ޖަހައިލުމުންނެވެ. ”ނޫން މަންމާ! އަޅުގަނޑަށް އަނިޔާ ނުކުރޭ. ނޫން މަންމާ!” އިޒާން ރޮއެ އާދޭސް ކުރަމުން ދިޔައީ އޭނާގެ އުފަން މަންމައަށެވެ. އެތުއްތު ކުއްޖާގެ އަޑު އެތަނުން އެކަކަށްވެސް […]
މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ އެކަމަކު މިހިތުގައި އެވާ ލޯބި ބަޔާން ކޮށްދޭން އުނދަގުލޭ ތިޔަ ލޯބިވާއަށް އަންގަދޭނީ ކިހިނަކުންހޭ އަހަރެންގެ މޭމަތީ އަތްއަޅާ މިހިތުގަ ތެޅޭ ވިންދު އިޙްސާސް ކޮށްލަ ބަލާށޭ ކަލާ އަހަރެން ކައިރި ހުންނައިރު މިހިތުގަ ވިންދު ތެޅޭލެއް އަވަސްވެޔޭ ކަލާ އަހަރެން ކައިރި ނުހުންނައިރު ކަލާ ދެކެ ހަނދާން ކުރެވެނީ ކިތައް އިރެއް ނުވަތަ ކިތައް ރެއެއް ވަންދެން ނުނިދަ ހުންނަ ކަމެއް ހަމަ ހުދު […]
ގަދަވަޔާއި ވިއްސާރައިގެތެރޭ ހަނާ ދުވެފައި ދިޔައީ ކުޑަކުދިންގެ ބަގީޗާއާ ދިމާލަށެވެ. ދެލޮލުން ކަރުނަ އޮހޭ ހަަލުގައެވެ. އޮހެމުންދާ ކަރުނަތަކަކަށް ނިމުމެއް ނާދެއެވެ. ހަނާ ދުވެފައި ގޮސް ހުއްޓުނީ ބަގީޗާގައި ހުރި ފިތުރޯނު ގަހެއްގެ ދޮށުގައެވެ. ހަނާ ސިއްސައިގެން ދިޔައީ ފަހަތުން ޒުވާނަކު އައިސް އޭނާ ކައިރިއަށް މަޑުކުރި ތަން ފެނިފައެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއްގައި ފެންނަލެއް އެހާމެ ރީއްޗެވެ. އެހާމެ ފުރިހަމައެވެ. ކަޅު ކުލައިގެ ރީތި ދެލޮލެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުން ވުމެކެވެ. […]
” އަހަރެންވެސް އަލްތާފް ދެކެ ލޯބިވޭ އަލްތާފް” އެ ޖުމްލަ ފެނުމުން އަލްތާފްގެ ހިތް އުފަލުން ފޮޅުނެވެ. އެ ކާޑު މޭގައި ލައްކޮށްލިއެވެ. އަލްތާފްއަށް ހީވީ އަރުތެރެ ހިތިވެގެން އުޅެނިކޮށް ފޮނިކާއެއްޗެއް ލިބުންހެނެވެ.އަލްތާފްއަށް ބޭރު ދޮރުން ވަރުދާ ބޯދިއްކޮށްލިތަން ފެނުނެވެ. އަލްތާފް ވަރުދާ ކައިރިއަށް ދިޔައެވެ. އަދި އެހިއެވެ.” މީ ހަމަ ވަރުދާ ފޮނުވި ކާޑެއްތަ؟” އަލްތާފްއަށް ޤަބޫލުނުކުރެވިގެން އަހައިލެވުނެވެ. ވަރުދާ ރަކިގޮތަކަށް ހީނލައި ބޯޖަހައިލިއެވެ. ” ވަރުދާ އަހަރެންގެ ގާރލްފްރައިންޑަށް ވާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ […]
ދެމީހުން ވާހަކަދައްކަން ތިއްބަ ޝާމިން ކޮޓެރިން އިސްޖަހާގެން ހުރެ ނުކުތެވެ. އޭނަގެ މޫނުމަތިން ކަމަކާ ހިތާމަ ކުރާކަން ހުދު ލީޒާއަައްވެސް އެނގިގެން ދިޔައެވެ. 2 ވަނަ ބައި ” އޭ ކޮންކުއްޖެއް؟ “ލީޒާ ހިނިތުން ވުމާއެކު އަހާލިއެވެ. ” އެއީ މަގޭ ދަރި ޝާމިން “ޒާހިރު ޝާމިން ގެ މޫނައް ބަލާލުމައްފަހު ޖަވާބުދިނެވެ. ޒާހިރު ޝާމިންއަށް ސައި ބޯން ގޮވިއެވެ. ޝާމިން އިސްޖަހާގެންހުރެ އައިސް މޭޒު ގާތު އިން ގޮނޑިޔަކު އިށީނެވެ. ޒާހިރުވެސް ސައިބޯން އިށީނުމުން ލީޒާ […]
ފުރަތަމ ބައި އުޑުމަތި ސާފު ރީތި ދުވަހެކެވެެ. ގަޑިން މިހާރު ހެނދުނު 6 ޖެހީއެވެ. ނަމަވެސް އެ ކުޑަކުޑަ ށާމިން އަކައް އަދިވެސް ނުނިދެއެވެ. ށާމިން އަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. އޭނަގެ މަންމަ ހަނާ ވަނީ މީގެ 1 އަހަރު ކުރިން ނިޔާވެފައެވެ. ށާމިންގެ ހުރިހާ ކަމެއް ބަލަނީ އޭނާގެ ބައްޕަ ޒާހިރުއެވެ. ޒާހިރަކީ ށާމިން އައް ވަރަށް އިހާނެތިކޮށް ކަންކުރާމީހެކެވެ. އޭނައަކީ މުއްސަނދި ކަމާގެން އުޅޭމީހެކެވެ. ހަނާ ނިޔާވީއްސުރެ ށާމިން ދަނީ އަބަދާ […]
ެ. ” އަހަެ. ” އަހަރެން ލޯބިވޭ ވަރުދާދެކެ” އަލްތާފް އެހެންބުނުމުން ވަރުދާއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހައިރާންވެ ބަލަހައްޓައިގެން ހުރެވުނެވެ. އެވާހަކަ އެހައި ފަސޭހައިން ބުނެވުނީތީ ޙުދު އަލްތާފްވެސް ހައިރާންވިއެވެ. ”އަހަރެން ލޯބިވޭ ވަރުދާދެކެ” އަހަރެންގެ ގާރލްފްރައިންޑަށް ވެދާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ އެއްވެސްއެއްޗެއް ނުބުނެ ހުރީއެވެ. ” އޯކޭ ދެން ދަނީ އިނގޭ” އަލްތާފް ދާން ހިނގައިގަތެވެ. ” އަލްތާފް” ވަރުދާ ގޮވައިލިއެވެ. އަލްތާފް ހުއްޓުނެވެ. އަލްތާފް އުފާވިއެވެ. ހިނިތުންވިއެވެ. ވަރުދާ އަލްތާފްގެ ކައިރިއަށް […]
“އަލްތާފް” “ކިހިނެތްވެފައި ތި އޮތީ؟” އަނަސް އައިސް އަލްތާފްގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ. “ކަމެއްނުވޭ” ގޮތަކަށް އަލްތާފް ބުނެލިއެވެ. އަނަސް އަލްތާފްގެ ކައިރީގައި އެ ޖޯލިފަތީގައި އިށީންނެވެ. ” އެހެންނުވާނެ. ވަރުދާ ހަނދާންކުރަނީދޯ؟” އަނަސް ބުނެލިއެވެ. “ހާދަ ދުވަހެއްވެއްޖެޔޭ އޭނަ ނުފެންނަތާ” އަލްތާފް ބުނެލިއެވެ. “އަހަރެން ހީކުރީ އެ ބައްދަލުވުމަށްފަހު ދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އެފެދޭނެކަމަށް. އޭނަ އެހައި ހަނދާންވަންޏާ އެގެޔަށް ދާންވީނު؟ އޭނަ ގޭގެ އެޑްރެސް އެނގޭތަ؟” އަނަސް އެހިއެވެ. “ދެމީހުން ކޮންވާހަކައެއް ތި ދައްކަނީ؟ […]
އޮހޮރެމުން ދިޔަ ލޭތަކުން ހުދު ދޮންވެލިގަނޑު ރަތް ކޮށްލަން ނެގީ ފަޅި ސިކުންތެކެވެ.. ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ.. ބޮލުގެ އެއްފަޅި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.. އެހާ ވަރަށް އަނިޔާ ލިބިފައިވެއެވެ.. ދިރުމެއް ގެ ކަންފުޅެއްވެސް ނެތް ހަށިގަނޑު ދަމަމުން މަގުމައްޗަށް ނެރުނީ އަހަރެންނެވެ.. ވެލިގަނޑު މަތީގައި ދަމައިފައި ގެނައިކަމުގެ ނިޝާން ފެންނަން ހުއްޓެވެ… އެއީ ރަތް ދޫލައެއްހެން އޮތް ކޯރެއް ފަދަ ލެޔެވެ.. ލޮލުން ފައިބަމުން ދިޔަ ކަރުނަ ހީވަނީ ލޭހެންނެވެ… ވާނީވެސް […]