މައާފުކުރުމަކީ ކޮބައިހެއްޔެވެ؟ އިނގޭ ހެއްޔެވެ؟ މީހަކާ ދިމާއަށް ބުނެވޭ ގޮތަކުން ނުވަތަ މަޖަލަކަށް ބުނާ އެއްޗަކުން އަނެއް މީހާއަށް ހިތުގަ ޖެހިދާނެއެވެ. އަނެކާއަށް ހިތުގަ ޖެހުނުކަން އެގިގެން މައާފަށް އެދުމުން އަނެކާ މައާފް ކޮށްދީފާނެއެވެ. އެކަމް ހިތައް އެރިން ހެއްޔެވެ. ތިޔަ މީހުން ކިތައް ބަޔަކަށް ނޭގި ނަމަވެސް ހިތުގަ ޖައްސާފަ/ދެރައެއް ދެވިފަ އޮންނާނެއެވެ. އެކަން ކުރެވުނުކަންވެސް އަމިއްލައަށް އެނގޭނީ ވަރަށް މަދު ބަޔަކަށެވެ. ނޫނީ އެމީހާއަށް އެކަހަލަ ކަމެއް ދިމާވީމަ، އޭނާއަށްވެސް އެހެން މީހަކަށް އެހެން […]
އަހަރެން މިކިޔާދޭން އުޅޭ ވާހަކައަކީ މިދުނިޔޭގައި ގިނަ އަންހެނުންނަށް ދިމާވާ ކަންތައްތަކުގެ ވާހަކައެވެ. އަހަރުމެން އަންހެނުންނަކީ ކެތްތެރި ބައެވެ. ފިރިމީހާއަށާއި ދަރިން އަދި މައިންބަފައިންނަށް އަޅާލާއި އޯގާތެރިކަން ލޯބި ދޭ ބައެވެ. އަދި އަހަރުމެން އަންހެނުންގެ އުނި ސިފައަކީ ފިރިމީހާ ކުރާ ގޯސް ކަންތައްތަކާއި އުޅުމަށް ބަދަލު އަންނައިރު އެކަމަށް ލޯކަނުވެގެން ހުރުމެވެ. އެހެން ނުހަދާށެވެ. އަންހެނުންނޭ ތިބާގެ ފިރިމީހާ ތިބާގެ ބޭނުމެއްނެތް (ލޯބިނުވާ ހިނދު) ވަރިކޮށްފިނަމަ، ތިބާގެ ދަރިންނަށް ޙަރަދު ކުރިޔަސް އުއްމީދު ކޮށްގެން ނުހުންނާށޭ […]
އެންމެ ކުޑައިރުވެސް އަހަރެން ހަނދާން ހުންނަގޮތުގައި އަހަންނަށް އަބަދުވެސް އެއް ހުވަފެނެއް ތަކުރާރުކޮށް ފެނެއެވެ. އުމުރުން އެންމެ ފަސް އަހަރުގައި މި ހުވަފެން ފެންނަންފެށިގޮތަށް ފަނަރަ އަހަރު ފުރެންދެން އަހަރެންނަށް މި ހުވަފެން އެކިރޭރޭ މަތިން ތަކުރާރުކޮށް ފެންނަމުން ދިޔައެވެ. އެކަމު އެ ހުވަފެންތައް ނަސީބަކުން 16 އަހަރު ފުރުމަށް ފަހުން ނުފެނެވެ. އަހަންނަކީ މިހާރު އުމުރުން 26 އަހަރުގެ ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު މީހަކީމެވެ. އެކަމަކު އެހުވަފެނުގައި ފެނުނު މަންޒަރާއި ކަންތައްތައް ހީވަނީ ހަޤީޤަތުގައިވެސް އަހަންނަށް […]
މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ އެކަމަކު މިހިތުގައި އެވާ ލޯބި ބަޔާން ކޮށްދޭން އުނދަގުލޭ ތިޔަ ލޯބިވާއަށް އަންގަދޭނީ ކިހިނަކުންހޭ އަހަރެންގެ މޭމަތީ އަތްއަޅާ މިހިތުގަ ތެޅޭ ވިންދު އިޙްސާސް ކޮށްލަ ބަލާށޭ ކަލާ އަހަރެން ކައިރި ހުންނައިރު މިހިތުގަ ވިންދު ތެޅޭލެއް އަވަސްވެޔޭ ކަލާ އަހަރެން ކައިރި ނުހުންނައިރު ކަލާ ދެކެ ހަނދާން ކުރެވެނީ ކިތައް އިރެއް ނުވަތަ ކިތައް ރެއެއް ވަންދެން ނުނިދަ ހުންނަ ކަމެއް ހަމަ ހުދު […]
ރޭނގަޑުގެ ވަގުތުގައި ބޯކޮށް ވާރޭ އޮހެމުން ދާއިރު ޒީދާންގެ އަތުގައި ވަނީ ޒާހީގެ ސިޓީއެވެ. އަދި އެ ސިޓީ ކިޔާކަށް ނުކެރި ހުރެ ސިޓީ ހުޅުވާލަމުން އޭގައި ލިޔެފައި އިން ސިޓީ ކިޔާލިއެވެ. ލޯބިވާ ޒީދާންއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްލައިގެން މިސިޓީ މިލިޔަނީ އަހަރެންގެ އިހުސާސްތައް ބަޔާންކުރަންށެވެ. ޒީދާންއަށް ހަނދާން ވޭހެއްޔެވެ؟ ނޫނީ އިނގޭހެއްޔެވެ؟ އަހަރެން ޒީދާން ދެކެ ވީ ހަޤީޤީ ލޯތްބެވެ. އަހަރުމެން ދެމީހުން ކުޑައިރުއްސުރެއް ބޮޑުވެ އެކުގައި ސްކޫލަށް ގޮސް ޔުނިވަރސިޓީއަށް ދާން ޖެހުނީ […]
މިހިތުގައިވާ އުދާސްތައް އަންގަދޭނީ ކިހިނަކުންހޭ، ބޭރުފުށުން ކިތަންމެ އުފާކޮށް އުޅުނަސް، އަޑިއަޑިން މިދަނީ ހިތް ކުދިކުދި ވެގެންނޭ، މިހިތުގައިވާ ކަންތައް ކިޔައިދޭން ބޭނުމޭ، އެކަމަކު އަޑުއަހާނެ މީހަކު ނުވޭ، ކޮންމެ މީހަކުވެސް އެމީހެއްގެ ޝަކުވާއެއް އޮވޭ، ތިމާމެން އެހެން މީހަކުގެ ވާހަކަތައް އަޑުއަހަން އިދެފަ ބުނެފާނެއޭ، ތިމަންނައަށް ވެސް އިނގެއޭ ތި އިހުސާސްތައް، އެހެން ބުނުމުން ތިމީހުން ނުބުނާށޭ، ކަލޭއަށް އަހަރެންނަށް ކުރެވޭ އިހުސާސްއެއް ނޭނގޭނެއޭ، އިނގޭހޭ، އެންމެ ގަދަޔަށް ހީލާފާއި މަޖާކޮށް އުޅޭމީހުންގެވެސް، […]