ފިރިމީހާގެ މޫނަށް ބަލައލި އަލީޒާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ގެ ނަސޭހަތެވެ. ރައުލް ގެލޮލާއި ލޯ ސީދާ ކޮށްލުމަށްފަހު އަލީޒާ ހިނިތުން ވެލިއެވެ.އަލީޒާގެ ލޮލަށް ބަލަހައްޓައިގެން ހުރި ރައުލްގެ ލޮލަށް ލާނެތްކަން ވެރިވިއެވެ. އެކަން އިހުސާސްކުރެވުނު އަލީޒާ ރައުލް އަށް އަތުނުވާން ްދުއްވައިގަތެވެ. ފާލަންމަތިން ަފައިބައިގެން ގޮސް އަލީޒާ އަށް ދޮންވެލިގަނޑުގައި ކިރިޔާ ފައި އަޅާލެވުނު ކަމެވެ. އޭނާގެ ހަށިގަނޑު ރައުލް ގެ ބާރުގަދަ ދެއަތުގެ ތެރޭގައި ހައްޔަރުވެގެން ދިޔައެވެ. ލުއި ފަތެއް ފަދައިން ރައުލް […]
” މަންމާ އަހަރެންނަށް މާފްކުރޭ، އޭރު އަހަރެންނަށް ނުވިސްނުނީ، މަންމައާ މެދު އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް، މަންމަ އެނބުރި އާދޭ އަހަރެން ކައިރިއަށް، އަހަރެން މަންމަ ދެކެ ވަރަށް ލޯބިވާނާން،” ( ނުހާ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީ އިނދެ ގިސްލަމުން ރޮމުން ކިޔަމުންދިޔައެވެ.) ގަޑި އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންދިޔައެވެ. ނުހާ އަދިވެސް އިނީ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީގައެވެ. މި ގޮތުގައި ވަގުތުތައް ހޭދަ ކުރަމުންދަނިކޮށް ނުހާއަށް […]
ތިއީ މިތުރުން ނުހަނު އެކުވެރި މި އެސްފިޔައިން މަށަށް ލިބެވުން ތިއީ އެކި ގޮތްގޮތުން ދެން ހަމަ އެހީތެރިވާ މަދަދު ގާރުން ތެދޭ”ބީ ގާރލް” ތިއީ ފުރަތަމަ މަށަށް ލިބެވުނު މި އެކުވެރިޔާ އެދޭ އެދުމޭ މިއީ އަދުވެސް ސަރޕޯރޓިވް ކޮށް ކޮމެންޓް ކުރުން ޝަލީން ތިޔައީ މަގޭ މިތުރޭ ނުހަނު ހިތް ހެޔޮ އެހާ އެކުވެރި ޅެމާ ވާހަކަ މަގޭ ހުރިހާ ކޮމެންޓުކުރޭ އެހާ ލޯބިން “މެރޫން” “ލަވްޒާ” “ހުސެން” “ލަމްއާ” “ދިރާވިޝް” “އިޝް” ނަމޫނާ […]
މާޒީގެ ހަނދާންތައް ސިކުނޑި އަށް ވެރިވުމުގެ ކުރިން ޖަޒްލާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ގިނައިރު މަޑުކުރަން ނުހަދާ އެނދުން ތެދުވިއެވެ. ފާހަނާއަށް ވަން ޖަޒްލާ އަވަހަށްމޫނު ދޮވެލައި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސައިލިއެވެ. ޖަޒްލާގެ ސިކުނޑި އަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދިޔަ މާޒީގެ އެކި ހަނދާން ތަކުން ދުރު ވުމަށް އޭޏަ ބޭނުންވީ ކޮފީ އެއް ބޯލުމަށެވެ. ޖަޒްލާ ކޮފީ އެއް ހަދަން ވެގެން ކޮޓަރިން ނުކުތް އިރު ސޯފާގައި ޝިފާނާ ޓީވީ ބަަލަން ހުއްޓެވެ. […]
ފުރާވަރު އުމުރުގައި ކުދިންނަށް ކައްކަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. އެކަމުން ގެއްލުމެއް ނުވާއިރު، އެކަމުން ނުހަނު ގިނަގުނަ ފައިދާތަކެއްވެއެވެ. މާދަމާ ކެއްކޭނީ އަދު ކައްކަން ދަސްކުރި އެއްޗެކެވެ. ކުދިން ކާހިތް ނުވާ އެތައް އެއްޗެއް އަމިއްލައަށް މީރު ގޮތްގޮތަށް ތައްޔާރު ކޮށްގެން ކައި އުޅެއެވެ. ކުދިން ކައްކަން ހިތް ޖައްސުވާ އެކަން ކުރަން ފެށުމުން މިއީވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިގޮތަށް ތައްޔާރު ކުރާ ކާނާއަށް ތަޢުރީފު ކުރުމަކީ އެކުދިން އެކަމަށް ހިތް ޖެހޭލެއް […]
ވިސްނާލަމާތޯއެވެ. ވިސްނާލަންވީ މުޖްތަމައު އާއި މެދުގައެވެ. މިކުޑަ ދިވެހި ރާއްޖޭގެ ދޭސީން އެއް ފަސްގަނޑެއް ގައި އުޅޭ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ މިކުޑަ ފަސްގަނޑަކީ އާބާދީގެ ގޮތުން ހަތަރު ލައްކައާއި ގާތްކުރާ ވަރަސް މީހުން ދިރިއުޅޭ ގައުމެކެވެ. މި އެންމެން އެއްފަސްގަނޑެއްގައި އުޅޭނަމަ، ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ވައި ނުސާފުވެ ބަލިމަނޑު ކަމެއް ފެތުރޭނޭ ކަމީ ޔަގީން ކަމެކެވެ.މި ކުޑަ ދިވެހި ރާއްޖެ ބަލިމަޑު ކަމެއްގެ ތެރެއަށް ނުގެބެވޭ ގޮތަށް އަތޮޅުތަކެއް އުފެދިފައިވާ […]
އާދޭހެވެ. މި ދަންނަވަނީ ކާމިޔާބު ދިރިއުޅުމެއްގެ ވާހަކައެވެ. ގަހެއްގެ ތެރެއިން ފުރޭނިގެން އަންނަ އިރުގެ ދޯއްޖެއްގެ ބީދައިން ކާމިޔާބު ދިރިއުޅުމަކަށް ވާސިލުވެވޭނީ ފުރިހަމަ ސިއްހަތެއް ލިބި ފުރިހަމަ ވެގެންނެވެ. ސިއްހަތެއް ނެތިއްޔާ ދިރިއުޅުމެއްގެ ބޭނުމެއް ވެސް ނެތެވެ. ސިއްހަތެއް ނެތިއްޔާ ފުރިހަމަ ކަމެއް ނުލިބޭނެއެވެ. ސިއްހަތެއް ނެތިއްޔާ އުފަލާއި އަރާމާއިއެކު ވެއަތު ކުރެވޭނެ ރަން ޒަމާން އެއޮތީ ހަމައިން ނެއްޓިފައެވެ. އަހަރެމެންގެ މުޖްތަމައުގެ އަފްރާދުންނޭވެ. މި ދިރިއުޅުމަކީ އަބަދުހެން އުފަލާއި އަރާމާއި އެކު ދުއްވާލެވޭނޭ ދިރިއުޅުމަކީ ނޫނެވެ.ތިމާ […]
ކޮރޯނާ މުސީބާތް، މިއި ބޮޑު ވަބާއެއް، ނެތޭ ނެތިވެ ގޮސްފާ، މިއީ ބޮޑު ވަބާއެއް، ކުރަންވީ ކަމެއް ނެތް، ބުނަންވީ ބަހެއް ނެތް، ދުލުން އަދު މިކިޔެނީ، މިއީ ބޮޑު ވަބާއެއް، ދުލުގަ އަދު ގޮށެއް އޮތް، މޮހޭނޭ ގޮތެއް ނެތް، މިއީ އޭގެ މިސާލޭ، މިއީ ބޮޑު ވަބާއެއް، ޑޮކްޓަރުންނާއި ނަރުހުން، ކުރީ ބޮޑު މަސައްކަތް، ނުވީ ކާމިޔާބޭ، މިއީ ބޮޑު ވަބާއެއް، ވަގުތީ އެ ފަރުވާ، ނުލިބި މަރުވެ ދިޔައީ، ފުރާނައިގެ ކިތަކެއް؟ މިއީ […]
ކަތީބު އިންނެވީ ޓީވީދޮށުގައި އިހުޒަމާނުގެ ހިންދީ ފިލްމެއް ބަލައިށެވެ. ގޭތެރޭގައި އެހެން މީހަކު ނެތެވެ. ”އައްސަލާމަޢަލައިކުމް” މީހަކު ގޮވައިލިއެވެ. ކަތީބު އެ އަޑަށް ފަހަތްބަލައިލިއެވެ. ދޮރުމަތީގައި ހުރީ ފާތުންނެވެ. ”ފާތުން” ކަތީބު ދޮރުމައްޗަށް އަރައި ހުއްޓުނެވެ. ” މިގެޔަށް ތި އައީ ކީއްކުރަން” ކަތީބު އެއްސެވެ. ”ކަތީބުންނަކީ ސަލާމްބަލައިގަނެ މެހެމާނުން ގެޔަށް ވައްދައި ބައެއްވެސް ނޫންތަ”ފާތުން މަލާމާތުގެ ރާގެއްގައި ބުންޏެވެ. ”ވަޢަލައިކުމުއްސަލާމް” ކަތީބު ސަލާމްބަލައިގަތެވެ. އަދި ފާތުން އެތެރެޔަށް ވެއްދިއެވެ. ”މެހެމާނަކަށް ވާނީ މިގެޔަށް އަންނަން ފާތުންނަށް […]