އެލީ
މޮޔައިން ތެންމާ ޒާތުގެ ކަނި ވާރޭ ކޮޅެއް މާ ހެނދުނަކާއި ވެހުނެވެ. އެ ކަމަކު މިހާރު ދުނިޔެ ތެރެއަށް ކެނޑިގެން ދާން މި އުޅެނީ، ހިތަށް ފިނިކަން ލިބިގެން ދާ، ހިޔާލުތަށް ފަނާކޮށް ލާނެ، ސާފު ރީތި ހެނދުނެކެވެ.
ފަންކާގެ ވަޔަށް ނަށަމުން ދިޔަ ފަން އިސްތަށި ގަނޑާއި ކުޅެލަ ކުޅެލާ އިން އެލީގެ ނަޒަރު ވަނީ އޭނަގެ ފޯނުގެ ” ފާރު ކަރުދާހުގައި ” ހުރި ފޮޓޯ ގަނޑަށެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދާ ހިނިތުން ވުމުން، ޔަގީން ވާ އެކައްޗަކީ، އެ ފޮޓޯ ގަނޑުގައި އެވަނީ އޭނައަށް ވަރަށް ޙާއްސަ މީހެއްކަމެވެ. އާއެކެ. އެއީ އޭނަގެ ލޯބިވެރިޔާގެ ފޮޓޯއެކެވެ. އެއީ އޭނަގެ ހިތުގެ ރަސްކަން ކުރަމުން އަންނަ ޒިހާން އެވެ.
އެލީގެ ހިޔާލުތަށް ކުރަހަމުން ދިޔައީ މިވީ އެއްމަހެއްހާ ދުވަހު ޒިހާނާއިއެކު ހޭދަވި އުފާވެރި ވަޤުތުތަކެވެ. އޭނަ އެއްމެ ހަނދާން ހުންނަނީ ޒިހާން އޭނައަށް ލޯބި ހުށައެޅި ވަޤުތެވެ. އޭނަވެސް، އެހާ ބޫނުންވެފައި ހުއްޓާ ކޮލެޖުގެ ހުރިހާ ކިލާސް ކުދިން ކުރިމަތީ އަނގަ ބަހުން ޒިހާން ހުށައެޅި ހުށައެޅުމެވެ. އެެންމެން ކުރިމަތީ އެހުމުން ލަދުން ހުއްޓެއް ކަމަކު އެލީ އާބަސް ބުންޏެވެ. އެރޭ ޒިހާން ދިން ފިނިފެންމާ އަދިވެސް އެލީގެ ކޮޓަރީގެ ބިތެއްގައި ހަރު ކުރެވިފައި ހުއްޓެވެ.
މިވީ ކުޑަ ދުވަސްކޮޅު ޒިހާންގެ ފަރާތުން ލިބުުނު، ލޯތްބާއި އަޅާލުމުގެ ސަބަބުން، ޒިހާންއާއި ދުވަހަކުވެސް ވަކިވުމެއް އޭނަ ނޭދެއެވެ. ބަލިވެއްޖެ ނަމަ އާއިލާއަށްވުރެ ޒިހާންގެ އޯގާތެރިކަން އޭނައަށް ލިބެއެވެ. ނުބުންޏެއް ކަމަކު، ބޭނުންވާ ބައެއް އެއްޗެހި ހޯދާލަ ދެއެވެ. ހިތާމައެއް ކުރިމަތިވާ ވަޤުތު ހިތްވަރު ދެމުންދިއެވެ.
އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ކާފަ ނިޔާވި ދުވަހުއެވެ. ލޯބިވާ ކާފަ މަރުވުމުން އެލީއަށް ލިބުނު ހިތާމައަށް ލުޔެއް ހޯދަ ދެވޭތޯ ޒިހާން މަސައްކަތް ކުރީ އޯގާތެރިކަމުގެ ފިރުމުންތަކާއި އެކުއެވެ.
މާތް ﷲ ގެ އިރާދަފުޅުން އެލީއަށް ލިވިފައި އެވަނީ އަގުބޮޑު ޖަވާހިރެކެވެ. ރަހުމާއި ކުލުނުގެ މައްޗަށް ވިހާފައި ހުރި އާދަމުގެ ދަރިއެކެވެ.
މަސައްކަތުގައި މުޅި ރޭދުވާ ހޭދަ ކުރި ނަމަވެސް އެލީއަށް ވަޤުތު ހުސްކުރުމަކީ ޒިހާން ވަރަށް އިސްކަންދޭ ކަމެކެވެ.
ޒިހާނަކީ ފަސްވަޤުތު ނަމާދު ކުރާ، ދީނީ ކަންކަމަށް އިސްކަންދޭ ކުއްޖެކެވެ. ފިރިހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. މީހުންގެ އިހްތިރާމާއި ލޯބި ލިބިފައިވާ މިނިވަން ނޫސްވެރިއެކެވެ. އަމިއްލަ އޮންލައިނެއް ހިންގަމުން އަންނަ ކުޅަ ދާނަ “ބިޒްނަސް މޭން” އެކެވެ. އޭނަގެ އުމުރުން ވިހި އަހަރެވެ. އަދި އެލީ އޭނައަށް ވުރެ އަހަރެއް ހަގެވެ.
އާންމު އުސޫލުން ބިޓުން ކުރާ ކަންކަން މި ދެމީހުންވެސް ކުރެއެވެ. އެލީ ހިތްހަމަ ޖައްސައިދޭން ހަވީރު ފިނީގައި ރައިޑަށް ނިކުމެއެވެ. ހަފްތާ ބަންދުގައި ކޮންމެވެސް ރެސްޓައުރެންޓަކަށް ކާން އަރައެވެ. ނުވަތަ ކައިރިގައި އޮތް ރަށަކަށް ޕިކްނިކް ހަދާލަން ދެއެވެ.
ޒިހާންއަކީ އެލީގެ ނަސީބެވެ. މި ދެ ލޯބިވެރިންގެ ވެސް ދުޢާއަކީ އުމުރަށް އެކުގައި ވުމެވެ. ދެން އޮތީ ދެމީހުންގެ ހިތްވަރެވެ.
ކުއްކިއަކަށް އެލީގެ ހިޔާލުތަށް ފޫއަޅުވަަލީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. “އާން މިދަނީ” އޭނަ ބުނެލިއެވެ.
8 Comments!
Comments are closed.






Salam, Alhuganduge Liyunthah Alhuganduge Rasmee Facebook page “Liyaa Kujjaa” in faseyha kamaa eku hoadhaaleveyne. Page ah Like eh dhevvaa!
Shukuriyyaa!
poh
Paragraph ah nuiye ehkon eh paragraph akah liyununama… Overall varah reethi mi vaahaka… Next part Koniraku up kohdheny zidhan.. I love the starting ❤️❤️❤️
Nope nope nope, zidhan liyefa huri goiy hama habeys. kiyan faseyha vaanee paragraph thakah bahaalyma. plus eii liyumuge reethi gothaky vess.
Yes i know that much nope ??.. But i just said my point of view.. I like it that way.. N zidhan dhn oi part thankolheh dhigu kohlahchey ingey.. ❤️❤️
Good luck vvvv nice
Varah reethi…..
To be honest you’re one of the amayzin writter I’ve seen so far.
All the best boy!