Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއެހެނިހެން

ލީން 2…

Aishath Aala Level 1
November 24, 2018 3 Mins Read
9 Comments

އޭނާގެ ފަރި ހިނގުމުގެ ޖާދޫގައި އަހަރެން ޖެހުނުހެން ހީވިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަހަރެން އަނެއްކާވެސް މޫދުގެ އޮއެވަރަށް ސަމާލުކަން ދިނީމެވެ.

ދެން އިވުނީ ހިމޭން މިޔުޒިކެއްފަަދަ ހުނުމެއްގެ އަޑެވެެ. އަހަރެން އަޅައެއް ނުލަމެވެ. އަނެއްކާވެސް އެފަދަ ހިތްގައިމު ހުނުމެއްގެ އަޑު އިވުނެވެ. މިފަހަރު އަހަންނަށް އެ ދިމާލަށް ނުބަލާ ނީނދެވުނެވެ. މޫނު އަނބުރާލާ އެ ނުދަންނަ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލީމެވެެ. ހީވާ ގޮތުންނަމަ އޭނާ ހުރީ ފޯނެއްގައެވެ. ރާޅުޖަހާ ފަށުގައި ފައިގެ އިނގިލިތަކުން މޫދުގެ ލޮނުގަނޑާއި ސަމާސާ ކުރަން ހުރިއިރު އެއްއަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓެވެ. އަނެއް އަތުން ހިފައިގެން ހުރި ފައިވާން ބިންމަތީ ބެހެއްޓުމަށްފަހު އޭނާ ހަށަމަށް އަތް އަރުުވާލިއެވެ. ޒަމާނީ ފެޝަނަށް ލޯބިކުރާކަން އޭނާ ލައިގެން ހުރި ހެދުމުން އެނގެއެވެ. އަހަރެންގެ ނަޒަރު އޭނާއާއި ވަކިނުކޮށް އިންދާާ އޭނާ އަހަންނަށް ބަލާލިއެވެ. ވެރިކުރުވި ސިހުމެއްގެ ސަބަބުން އަހަރެން ވަގުތުން އޭނާއާއި ދުރަށް ބަލަން ފެށީމެވެ.

އޭނާގެ ނަޒަރު އަހަންނާ ވަކިނުކުރާހެން ހީވާންފެށިއެވެ. އަހަރެން ތެދުުވެެ ގެއާއި ދިމާލަށް މިސްރާބުޖެހީމެވެ. މަގުގެ އެއްފަަރާާތުުންް އިސްޖަހާލައިގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގެއާއި ހިސާބަށް ފޯރިއިރު ވާރޭ ކަނި ޖަހައެވެ.

ކޮޓަރިތެރޭ ހޫނުގަނޑު ހިފާލާފައި ހުރުމުން އަހަރެން ޓީޝާޓު ބާލާ ގޮސް އޭސީ ފުލްކޮށްލީމެވެ. ފަންކާާ މަޑުކޮށްލުމަށްފަހު ނިދޭތޯ އަހަރެން ލޯ މަރާލީމެވެ.

އައު ދުވަހަކަށް އިރު ފެނުން ތޮޅެލިއެވެ. ކޮވެލިހާލުގެ  ގޮވުންތަކަށް އިޖާބަދީ, އަހަރެން ތެދުވީމެވެ. ވަޒީފާއަށް ނިކުތުމަށް ހަމަޖެހިފައިވާ ފުރަތަމަ ދުވަސް ކަމުން ގަޑިނުޖެހި ދެވޭތޯ އަވަސްވެގަތީމެވެ.

އަހަންނަށް ލިބުނީ އަލަށް  ރަށުގައިި ހުޅުވި ގެސްޓް ހައުސްއިިންް ރޫމް ބޯއީ އެއްގެ މަގާމެެެވެެ. ގެއިން ނިކުމެ އަހަރެން އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަރެންގެ މަންޒިލަށް ވާސިލުވިއިރު އަށްގަޑި ބައި ވެއްޖެެެެެއެވެ.

“މޯނިން ކައިލް” ރިސެޕްޝަނުގައި ކޮމްޕިއުޓަރަށް ސަމާލުކަން ދީގެން އިން ރާޔާ ޓައިޕުކުރުމައިގެން ކުރިޔަށް ދިޔައިރުު ނުހަނު ފަރިތައެވެ.

“މޯނިން” އަހަރެންވެސް ހެނދުނުގެ ސަލާން ޖަވާބެއްގެ ގޮތުގައި ދިނީމެވެ.

“އޭ ކައިލް، މަށަށް މިއަދު ވަރަށް ބޮޑު ކަމެއް ކޮށްދޭންވެއްޖެ” އަހަރެން ފިޔަވަޅެއް އެެޅިި މަންޒަރު ދެކެފައި ރާޔާ ބުންޏެވެ.

“އަނެއްކާ ކޮން ކަމެއް؟ މާ ބޮޑު ކަމެއް ނުޖައްސައްޗޭ. ވަޒީފާގައި ކަމާ ނުގުޅޭ ކަންތައް ކުރަނީއޭ ކިޔާފަ ވަކިވެސް ކޮށްލަފާނެ. އެހާ ރުޅިގަަދަ މެނޭޖަރެއް ލިބިފަ މިހިރީ” އަހަރެން ރާޔާ ކައިރީ އިން ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ.

“ސާބަހޭ ކަމާ ގުޅޭ މަސައްކަތެކޭ ޖައްސަން މިއުޅެނީ. މަގޭ ކައިރީގަ ބުނީީ ކޮށްދޭށޭ. ބަޓް ލުކް ހައު ބިޒީ އައި އެމް. ސޯ އައި ނީޑް ޔޫ ޓު ޑޫ މީ ދެޓް ފޭވަރ” ރާޔާ ޓައިޕުކުރުން ހުއްޓާލުމަށްފަހު އަހަންނަށް ބަލާލިއެވެ.

“ހމމ.. ކޮން ކަމެކޭ ކޮށްދޭންވީ؟” އަހަރެން ގޮނޑިން ތެދުވެ ރާޔާގެ ޖަވާބަކަށް އިންތިޒާރުކުރީމެވެ.

“ލީން ކިޔާ އައު ރިސެޕްޝަނިސްޓެއް މިއަދު އަހަރެމެންނާ ޖޮއިން ކުރޭ. އިރުކޮޅަކުން އަންނާނެ. އައި ނީޑް ޔޫ ޓު ޝޯ ހަރ އެރައުންޑް” ރާޔާގެ ބޭނުން އޭނާ ހުށައެޅިއެވެ.

“އޯކޭ” ކުރު ޖަވާބެއް ދިނުމަށްފަހު އަހަރެން ބޭރުގެ ބަގީޗާ ތެރެއަށް ނިކުތީމެވެ. އާންމުކޮށް ބަގީޗާ ބެލެހެއްޓުމުގެ މަސައްކަތުގައިި އުޅޭ މީހުންް އެމީހުންގެ މަސައްކަތުގައި ޝާމިލްވެ އުޅެއެވެ. އަހަރެން އެމީހުންގެ ހަރަކާތަށް ނަޒަރު ދީގެން ހުއްޓާ ފޯނު ރިންގުވާން ފެށިއެވެ.

“ހަލޯ ކީކޭޭ ސަޒޫ؟” އަހަރެން ފޯނަށް ޖަވާބުދިނީމެވެ.

“އޭ, ރާޔާ ބުނީީ ލީން ގައިޑް ކޮށްދެނީ ކައިލްއޭ. އަވަހަށް އާދެބަލަ ގޭޓު ކައިރިއަށްް. އޭނަ އެބަހުރި އައިސް” އެކޮޅުން ސްޓާފެއް މައުލޫމާތު ދިނެވެ.

އަހަރެން އަވަސް ހިނގުމެއްގައިި ހަލުވި  ކަމާއެކު ގޮސް ގޭޓު ކައިރީ ހުއްޓުނީމެވެ.

“ލީން, މީޓް ކައިލް. އަވަރ ސްޓާފް. ކައިލް, މީޓް ލީން. އަވަރ ނިއު ސްޓާފް” މެނޭޖަރު އަހަރެމެން އެކަކު އަނެކަކަށް ފަހުމް ކޮށްދިނެެވެ.

އަހަންނަށް ލީން ފެނުމުންވެސް އޭނާއެއީ ރޭގައި ފެނުުނު ކުއްޖާކަން އެނގުނެވެ. ނަމަވެެސްް ލީންއަކަށް އަހަރެން ފެނުނުކަމުގެ އިހުސާސް ކުރެވުނު ކަމުގެެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

“ހައި، ލީން” އަހަރެން ކަރު ކެހެމުން ވާހަކަަދެއްކީމެވެ.

“ހައި ކައިލް” ލީންވެސް ފަރި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.

“ހިނގާ ބުރެއް ޖަހާލަން މިތަން ވަށާ؟ އޭރުންނެއްނު ކުޑަކޮށްވެސް މިތާގެ ވާނުވާ އެނގޭނީ” އަހަރެން ހީލީމެވެ.

“އާނ ހިިނގާ ދޯ” ލީން އޭނާގެ ހޭންޑް ބޭގަށް ފޯނު ކޮށްޕާލަމުން އަހަންނާ އެކީ ހިނގައިގަތެވެ.

އަހަރެމެން އޮލަ ވާހަކައިގައި މުޅި ގެސްޓް ހައުސް ފަތަހަކޮށް ނިންމާލިއިރު ގަޑިން މެންދުރު ބާރަ ޖެހީއެވެ. އަހަރެން ލީން ރިސެޕްޝަން ކައިރިއަށް ލުމަށްފަހު ބްރޭކް ގަޑިކަމުން ކައިރީގައި ހުރިި ކަޑައަކަށް ދާން ހިނގައިގަތީމެވެ.

“ކައިލް, ކައިލް, މަޑުކޮށްބަލަ” ލީން ގޮވާލުމުން އަހަރެން ފަސްއެނބުރި ފަހަތް ބަލާލީމެވެ.

“ކީއްވީ؟” އަހަރެން ދެ ބުމަ އަރުވާލީމެވެ.

“އަހަރެންްގެވެސް.. ބްރޭކް ގަޑި މިއީ. ކައިލް އާއެކީ ދިޔަސް އޯކޭތަ އުނދަގޫ ނުވަންޏާ؟” އިސްޖަހާލައިގެން އަތުގެ އިނގިލިތަކާއި ކުޅެންް ހުުރެެ ލީން ލަދުރަކި ކަމާއެކު ބުންޏެވެ.

“އާނ އޯކޭ. އާދޭ” އަހަރެން ހިނިތުންވެލީމެވެ.

އަހަންނާއިި ލީން އިށީނދެ ހަމަޖެހިލީ މީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައެވެ. ދެމީހުން ދެމީހުންނާ ވާހަކަދައްކަމުން ގޮސް ކައި ނިންމާލިއެވެ. އަހަރެން އިތުރު އެއްޗެއް ބޭނުންތޯ އަހާލީމެވެ.

“އޭ ނޫން މާ ގިނަޔަކުން ނުކެވޭނެ” ލީން ޅަގޮތަކަށް އެކަމާ ދެކޮޅުހެދިއެވެ.

އަހަރެން ހީލާފައި ތެދުވެ އޭނާ ގޮވައިގެން ގެސްޓް ހައުސްއާާއިި ދިމާލަށް ހިނގައިގަތީމެވެ. ލީން ރިސެޕްޝަނަށް ލާފައި އަހަރެން ނިކުތީ ބޭރަށެވެ. ބަގީޗާ ތެރޭގައި ހެދިފައިވާ މާ ގަސްތަކަކަށް ގެއްލިފައި ހުއްޓާ މީހަކު އަހަރެންގެ ކޮނޑުގަައިި މަޑުމަޑުންް ޖަހާލިއެވެ. ފަސްއެނބުރި ބަލާލިއިރު ރާޔާ ފާޑަކަށް ހީގަނެގެން ހުއްޓެވެ.

“ކިހިނެއްވީ؟” އަހަރެން ބުމަ އަރުވާލީމެވެ.

“ކަމެއްނުވޭ, ލީންއާއި” ރާޔާ ރަނޑުގޮތަކަށް ބުންޏެވެ.

“އޭ ތިކަހަލަ ކަމެއް ނޫނޭ. ވީ އަރ ޖަސްޓް ފްރެންޑްސް” އަހަރެންނަކަށްް ރާޔާގެ އެސަމާސާ ކަމަކުނުދެއެވެ.

“ދެން ކީއްކުރަންނޯ ކަޑައަށް ދިޔައީ؟” ރާޔާ އަހަރެން ދަށްކޮށްލަން އުޅޭކަހަލައެވެ.

“ކަޒް ވީ ވޯންޓެޑް ޓު ނޯ އީޗް އަދަރ. ރާޔާ”   ދެން ތިކަހަލަ ސަމާސާ ކޮށްގެން ނުވާނެ” އަހަރެން ދުރު ބަލަމުން ހިތްހަމަނުޖެހި ހުރެ ޖަވާބުދިނީމެވެ.

“އޯކޭ އޯކޭ” ރާޔާ ހެމުން ހެމުން ޖަވާބުދިނެވެ.

“އޭ ދެންް މަ ދަނީ. މިހެންް ތިބެވިދާނެ އިރު އޮއްސެންދެން. ޑިއުޓީ ނިމޭ ގަޑި ވެސް ޖެހިއްޖެ” އަހަރެން ރާޔާއަށް އަންގާލާފައި ނިކުތީ ގެއަށް ދިއުމަށެވެ.

އާދައިގެ ހިނގުމެއްގައި އަހަރެން ގެއާއި ހިސާބަށް ފޯރިއިރު އިރު އޮއްސިއްޖެއެވެ. އަހަރެން ކޮޓަރިއަށްް ވަނުމަށްފަހު ޔުނިފޯމް ބާލާ ކޮނޑުގައި އަޅުވާލީމެވެ. ނިދަން ލާން ގެންގުޅޭ ސޯޓު ލައިގެން އަހަރެން ދިޔައީ ބަދިގެއަށެވެ. ތިރީ ކަބަޑު ހުޅުވާލާ ކޮފީ ޕެކެޓެއް ނަގާ ކޮފީ ތަށްޓެއް ގިރާލީމެވެ. ގޮނޑީގައި އިށީނދެގެން އިނދެ ފޯނާއި ކުޅެމުން ދިޔަޔަސް ދޭތެރެ ދޭތެެރެއިން ކޮފީ ކޯވަރެއްވެސްް ބޯލަމެވެ.

ކުއްލިއަކަށްް ކޮޓަރިއާއި ދިމާލުން އެއްޗެއް ވެއްޓުނު އަޑުު އިވުނެވެ. އަހަރެން ސިއްސައިގެން ދިޔައެވެ. އެކަނިމާއެކަނި އެޕާޓުމެންޓެއް ހިފައިގެން އުޅޭއިރުު މީހަކު ވަނީކީ ނޫނެވެ. އަދި އަމުދުން އަހަރެން އިނީީ ވަނަސް ފެންނާނެ ގޮތަކަށެވެ.

އަހަރެން މަޑުމަޑުން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވީީމެެެވެެ. އޭރުވެސް އަހަރެންގެ ހިތުގައި ޝައްކުތަށްް ފުނިޖެހި އޭތި މީތި ހިތުގައި އެނބުރެމުން ދިޔައެވެ.

ކޮޓަރިތެރޭ ހުރީ ހަމަ އޭނާއެވެ. އެއީ އޭނާ ނޫން ދެވަަަަނަަ އެހެން މީހެއް ނޫނެވެެ. ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ.

“ލީން؟ އިސް ދެޓް ޔޫ؟؟؟؟؟………..”

Share Article

Follow Me Written By

Aishath Aala

Level 1

Other Articles

Previous

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 8

Next

އެހެނަސް…(15)

Next
November 24, 2018

އެހެނަސް…(15)

Previews
November 24, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 8

9 Comments!

  1. shaha says:
    November 24, 2018 at 12:29 am

    ???Wow ??? vvvvv reethi mi vaahaka???

  2. shaha says:
    November 24, 2018 at 12:59 am

    Waiting for next part curiously
    ???

    1. Aishath Aala says:
      November 24, 2018 at 11:25 am

      V haaves avahakahh i will publish the third part??

  3. Aishath Aala says:
    November 24, 2018 at 11:23 am

    Shaha thanks ?

  4. Zidhan /R. Vaadhoo says:
    November 25, 2018 at 9:07 am

    Wowo… this is amazing
    So curious now! ?

  5. Aishath Aala says:
    November 27, 2018 at 10:41 am

    Thnkx zidhan?. Again, sorry…

  6. Leen says:
    November 29, 2018 at 6:48 pm

    Alhugadu hadha famous ey???

  7. Leen says:
    November 29, 2018 at 7:08 pm

    Reethi dhennnn????

  8. Leen says:
    December 29, 2018 at 7:24 pm

    Hey… Feshaifiyya ninmanves jeheyne……

Comments are closed.


All Right Reserved!