Skip to content
އެސްފިޔަ

ހިފީމެ އަތުގާ 3

ދެވަނަ އެޕިސޯޑުގެ ތެރެއިން..

“ހިނގާ ފްލޯރަލް ތީމް އަކަށް ޑެކަރޭޓު ކުރަން.. ފްލާވާރސް އާ ބަޓާރފްލައިސް ލައިގެން.. ވަރަށް ކިއުޓު ވާނެ..” ހައިނާ ހިޔާލީ ގޮތަކަށް އަތް ދެކޮލުގައި ޖައްސައިގެން އިނދެ ބުނެލިއެވެ. “ހައިނާ” ފިރުޝާން ގޮވާލިއެވެ. “ޔަޕް..”ހައިނާ ބުނެލިއެވެ. “ބޭބީކޮޅާ..މި އުޅެނީ އެކެއްގަތަ؟އޭނ ފްލާވާރ އޯ” *ހައިޝަން ބުނެލިއެވެ.

*މިތާގައި ހައިޝަންގެ ނަމުގެ ބަދަލު ގައި އިންނާނީ ފިރުޝާންގެ ނަމެވެ.

ތިންވަނަ އެޕިސޯޑު

“ތިއަށްވުރެ ރަނގަޅުވާނެ ބެޓްމޭން ޖަންގިޔާ ބުރި ކުރުހިއަސް..ނޫނީ ސްޕައިޑާރމޭން ބޮކްސާ ކުރުހަން ވީނު!” ފިރުޝާންއަނެއްކާ ވެސް ބުނެލިއެވެ. “އައްޗި! ފިރުޝާން ގައިގައި ތިހުރިހާ އެއްޗެއް ކުރުހަބަލަ” ހައިނާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ނޭންގޭތަ؟ މަ ގައިގައި ހުންނާނެއޭ ކުރުހާފަ” ފިރުޝާންގެ މޫނުމަތީގައި ވަނީ ލާނެތް ކަމެވެ. “ކޮންތާކުއޭ؟” ހައިނާ ވެސް ދޫ ނުކުރާން ބުނެލިއެވެ. “މިތާ އިނދެފައި ނުއެއް ބުނެވޭނެ ދޯ! އެކަމު ހައިނާ އެހާ ބަލާ ހިތްވެގެން އުޅެންޏާ ދައްކާލަފާނަން! ހިނގާ އަވަހައް ފަހަނައަށް ދާން” ފިރުޝާންގެ ޖަވާބު އަވަހެވެ. އެވަގުތު ހައިނާގެ ހިނިތުންވުން ފަނޑުވެ މޫނަން ރަތްކުލަ ވެރިވިއެވެ. “ހުއް! މަ ނޫޅެން ބަލާ ހިތަކުންނެއް! އަމިއްލަ އަށް ބަލާބަލަ..” ހައިނާބުނެލިއެވެ.

“އަނާ! ފިރުޝާން! ދެން ހުއްޓާލަންވީނުދޯ!” އައިރީ ބުނެލީ ހައިނާ އާއި ފިރުޝާންގެ ކަންތައް މާމައްޗައް ދާން ފެށުމުންނެވެ. “މަތަ ފެށީ؟ މިހިރަ ފައިވާން ކިބައޭ ފެށީ” ހައިނާ ތުން އަނބުރާލަމުން ބުނެލިއެވެ. “އަހަ އަހަ… ފައިވާން ކިބައޭ؟؟ އެހެންވިއްޔާތީ ބޮޑު އިސްޓާކީނު ބުރި” ފިރުޝާން ބުނެލިއެވެ. “ކަލެއަށް މަ ފެންނަނީ އިސްޓާކީނެއްގެ ގޮތުގައިތަ؟ އޭން! ބޮޑު ބެޓްމޭން ޖަންގިޔާ ބުރި” ހައިނާ ފިރުޝާންއާއި ދިމާޔަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. “ނޫން! ފެންނަނީ.. ބުނަންވީތަ؟” ގޮނޑިން ތެދުވެ ހައިނާ އާއި ކައިރިވެ  ހައިނާ ދިއްކޮށްލި އިނގިލީގައި ފިރުޝާންގެ އިނގިލި އޮޅާލަމުން ބުނެލިއެވެ. “ބުނެބަލަ!” ފިރުޝާން އާއި ހަތަރު ކަޅި ހަމަކޮށްލަމުން ހައިނާ ބުންޏެވެ. “އޭ މިސް އެއޮށް ބަލަނީ!!” ހައިޝަން އެދެމީހުން ހުއްޓުވުމަށް ޓަކައި ބުނެލިއެވެ. އެވަގުތު ހައިނާ އަވަހަށް ފިރުޝާންގެ އިނގިލިން، އިނގިލި ދަމައިގަތުމަށްފަހު ފިރުޝާންގެ މޭގައި އަޅާ ބާރަށް ކޮށްޕާލިއެވެ.

އެވަގުތު މުޅި ކުލާސް ތެރެއަށް ގުގުމައިގަތީ ބަން ކިޔާފައި މީހަކު ވެއްޓުނު އަޑެވެ. އެންމެން އެ އަޑު ދިމާޔަށް ބަލައިލިއިރު ފެނުނީ އެކޮޅުކޮޅުން ވެއްޓިފައި އޮތް ފިރުޝާނެވެ. “ކިހިނެތްވީ؟” އެވަގުތު ދޮރުކައިރީގައި ފޯނެއްގައި ހުރި ފާއިޒާ މިސް ފޯނު ކަންފަތުން ދުރުކޮށްލާ އަނެއްފަރާތައް އެނބުރެމުން އަހާލިއެވެ. ވެއްޓިފައި އޮތް ފިރުޝާނު ފެނުމާއި އެކު ފާއިޒާ މިސް ދުވެފައި އައިސް ފިރުޝާން ކައިރީ ހުއްޓި ކިހިނެތްވީތޯ އަހާލިއެވެ. އެވަގުތު ހައިނާ އަށް ބަލައިލެވުނީ ފިރުޝާން އާއި ދިމާއަށްށެވެ. ފިރުޝާންވެސް އެވަގުތު އޮތީ ހައިނާއަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ނަމަވެސް ހައިނާގެ މޫނުމަތިން ހާސްކަން ފެނުނީ ފިރުޝާންގެ ހިތްގައިމު މޫނަށް ވެރިވެފައިވާ ރުޅިވެރި ކަމުގެ އަސަރުތަކުންނެވެ.

“މިސް އަޅުގަނޑު ނުބަލަ އުޅެނިކޮށް މިތާ އޮތް ގަލަމަކަށް އެރުނީ..” ލޯމަރައިލައިގެން ހުރި ހައިނާއަށް ލޯ ހުޅާވާލާހަމަޖެހުމުގެ ނޭވާއެއް ލެވުނީ ފިރުޝާންގެ އަޑު އިވުމުންނެވެ. ލޯހުޅުވާ ފިރުޝާން އާއި ދިމާޔަށް ބަލައި ލަމުން ވައިއަޑުން “ތެންކިޔޫ”އޭ ބުނެލިއެވެ. ނަމަވެސް އެވަގުތު ފިރުޝާން އަނެއްފަރާތައް ނަޒަރު ހިންގާލަމުން ތެދުވުމާއި އެކު ހައިނާގެ ހިތުގައި ހީވީ މީހަކު ވިކާލިހެންނެވެ. ފިރުޝާން ތެދުވެ ގޮނޑީގައި އިށީންދެ ހަމަޖެހިލަމުން ވާހަކަ ފޮތްތެއް ނަގާ ކިޔަން ފެށިއިރު ދެންމެ ކަމެއް ވީހެންވެސް ހީނުވެއެވެ. “ފިރުޝާން! ސޮރީ” ހައިނާގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ. “އޭތް! ފިރުޝާނޫ! މަ މަޢާފަށް އެދެފިންދޯ!” ހައިނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ފިރުޝާނޫ! އޭނ މަ މިބުނީ ސޮރީއޭ” ހައިނާ މިފަހަރު ހަޅޭއް ލަވައިގަތެވެ.

އެވަގުތު އެހެން ގުރޫޕުތަކުގައި ތިބި ކުދިންނާ ފާއިޒާ މިސްގެ ނަޒަރުވެސް ހައިނާއަށް ހުއްޓުނެވެ. ހައިނާ ލަދުން އިސްޖަހާލުމަށް ފަހު ކައިރީގައި ހުރި ފިބާ ފޮށްޓާ ކުޅެން ފެށިއެވެ. “މަށައް އިވުނޭ ހައިނާ ސޮރީ ބުނި އަޑު..އަދި އަހަރުން އެހާ ބީރެއް ނުވެއޭ” ކިޔަން އިން ވާހަކަ ފޮތުން ނަޒަރު ވަކިކޮށްނުލާ ފިރުޝާން ބުނެލިއެވެ. ފިރުޝާންގެ އަޑުގައިވި ފިނިކަމުން އެއީ ދެންމެ ހައިނާ ރުޅި އަރުވަ އަރުވާފައި އުޅުނު ކުއްޖެކޭ ވެސް ނުބުނެވޭނެއެވެ. ހައިނާވެސް އިތުރަށް އެއްޗެއް ބުނަން ބޭނުންނުވުމާއިއެކު އަނެއްކާވެސް ފިބާ ފޮށްޓާއި ކުޅެން ފެށިއެވެ.  މީގެ ކުރިން ހައިނާއަށް ފިރުޝާން އޭނާއަށް ޖެއްސުން ކުރުމުން ރުޅިގަދަވެވެއެވެ. ފިރުޝާން އޭނާއަށް ޖެއްސުން ނުކޮށް މަޑުހުންނާނެނަމައޭ ހިތައް އަރައެވެ. ނަމަވެސް މިއަދު އޭނާއަށް ފިރުޝާންގެ ބީރައްޓެހި ކަމުން އުނދަގޫ ވެއެވެ. ހިތުގައި ހުސްކަމެއް ވާއިރު ފިރުޝާން އަނބުރާ އޭނާއާ ސަކަރާތް ޖަހާނެ ނަމައޭ ހިތައް އަރައެވެ.

“އައްސަލާމް ޢަލައިކުމް” ކުލާސް ދޮރު ކައިރީ ހުރެ ޠާޢިލް ސަލާން ގޮވާލި އަޑަށް ހުރިހާ ކުދިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. “ޠާއިލް! ހާދަ ލަހުން!” ފާއިޒާ މިސް ސުވާލުކޮށްލީ ޠާއިލް ގޮސް ގޮނޑީގައި އިށީންނުމުންނެވެ. އެވަގުތު ހައިޝަން އާއި އައިރީގެ ހަތަރު ކަޅި ހަމަވިއެވެ. “މިސް ފަޙަނާއިން ފެން ނާންނާތީ ލަސްވީ!” ޠާއިލް ޖަވާބު ދިނެވެ.                                                                ******************************************************************   “އޭ އެހެންވީމަ އެއްގަޑި ފަނަރަ އަށް ހައިޝަން ގެއަށް ދޯ” ހައިތަމް ދަބަސް ގޮނޑިން ނަގަމުން  ބުނެލިއެވެ. “ހޫމް.. މާނީ އަންނަށްޗޭ ބަލާ” މެތްސް ފޮތް ކަބަޑުން ނަގަމުން އައިރީ ބުނެލިއެވެ. “އޯކޭ އައިއްކޮ ގެއިން ނިކުންނާތި 1 ގަ… އަނާ ތަތްވާނެ ފިނިހަކަ އަކަށް ވުރެން..” މާނީ ނިކުންނަމުން ބުނެލިއެވެ. “އޯކޭ.. އެހެން ވީމާ 1 ގަ ނިކުންނާނަން އިނގޭ” އައިރީ ބުނެލިއެވެ. ” އޯކޭ ބަލާ ނަޔަސް! މަ ދާނަން ހައިޝަންމެން ގެޔަށް  އެއްގަޑި ފަންސަވީހުގަ.. ތަންކޮޅެއް ލަސްވާނެ!” ހައިނާ މަޑުމަޑުން މިހެން ބުނެ ކުލާހުން ނިކުތެވެ. ހައިނާގެ މޫނުމަތީގައިވީ މަޑުމޮޅި ކަމުގެ އަސަރުތަކެވެ. އެހެންޏާ އަބަދުވެސް މަޖާ މޫޑެއްގައި ހުންނަ ހައިނާގެ އަޑުންވެސް ދެރަވެފައިވާކަން އިނގެއެވެ. މާނީ އާއި އާއިރީގެ ދެމެދުގައި ބައްދަލު ކޮށްލެވުނު ނަރަޒުން ވެސް ދެމީހުން އެދެމީހުންގެ އެކުވެރިޔާއަށް ޓަކައި ދެރަވެފައިވާ ކަން ޔަޤީންވާނެއެވެ.

” އޭތް ފިރުޝާނޫ! ހީވޭ ކަމެއްހެން! ތިއޮތީ ސަމާސާ ވިހަވެފަ! ކަލޭދެން ހައިނާ ކިބައިން މަޢާފަށް އެދޭ! ” ގޮނޑިން ތެދުވެ ފޮތްދަބަސް ކޮނޑުގައި އަޅުވާލަމުން ހައިޝަން ބުނެލިއެވެ. އެވަގުތު ކުލާހުން ނިކުމެ ބޫޓަށް އަރަން ހުރި ފިރުޝާނަށް ކަމެއް ވީހެންވެސް ހީނުވެއެވެ. ބޫޓަށް އެރުމަށްފަހު ހިނގައިގަންނަމުން ފިރުޝާން ބުންޏެވެ. ” އޭ މަވެސް ކުޑަކޮށް ލަސްވާނެ! އެކަމަކު ބައި ވުމުގެ ކުރިން ދާނަން!” “އެ ސޮރު ނުވާނެ ރަނގަޅެއް” ދެފަރާތަށް ބޯ ހޫރުވާލަމުން މާނީ ބުނެލިއެވެ.

ކުއްޖަކާއި ފަހު ކުއްޖެއް ކުލާހުން ނިކުންނަމުން ގޮސް މިހާރު ކުލާހުގައިތިބީ އައިރީ އާއި ހައިޝަން އާއި ޠާއިލްގެ އިތުރުން މާނީއެވެ. އާދައިގެ މަތިން ކުލާހުން އެންމެ ފަހުން ނިކުންނަ ކުދިން ކުޑަދޮރު ލައްޕާ ބޯޑު ފޮހެ އަދި ލައިޓު ނިވުން ފަދަ ކަންތައް ކުރަންޖެހެއެވެ. އެހެން ކަމުން އެކުދިން އަވަސްވެގަތީ އެކަންތައް ކުރުމަށެވެ. ކުޑަދޮރުތައް ލައްޕަން ހުރި އައިރީ އާއި ހައިޝަން ފަހަތަށް އެނބުރި ބަލައިލީ ސުޕަވައިސަރު އާދިލް އެދެމީހުންނަށް ގޮވާލި އަޑަށެވެ. ” އައިރީ، ހައިޝަން! ނިމިގެން އޮފީހަށް ވަދެލާފައި ދައްޗޭ!” މިހެން ބުނުމަށް ފަހު ޢާދިލް އޮފީހަށް މިސްރާބު ޖެހިއެވެ. އެވަގުތު އައިރީ އާއި ހައިޝަން އަށް އެކުއެކީ ޠާއިލް އާއި ދިމާޔަށް ބަލައިލެވުނެވެ. ބޯޑު ފޮހެން ހުރި ޠާއިލް ފަހަތަށް އެނބުރި ދެމީހުންނަށް ބަލައިލުމަށްފަހު ދެކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ބޯޑު ފޮހެން ފެށިއެވެ. އޭރު ލައިޓުތައް ކައިރީ ހުރި މާނީގެ ތޫނު ސިކުނޑިއަށް މިތާގައި ކަމެއް ހިނގާކަމުގެ ޝައްކެއްވިއެވެ. އެވަގުތު މާނީ ޠާއިލް ކައިރިއަށް ދިޔުމަށްފަހު އެއްބުމަ އަރުވާލިއެވެ. “އޭތް! މަންޖޭ މަށަށް ވެސް އިނގޭ އެއްބުމަ ކީތްކުރަން، އެއްބުމައިގެ އެއްބައި ވެސް އަރުވަން!” ޠާއިލް މާނީ އާއި ދިމާޔަށް ބުނެލިއެވެ. “އާރްރްގްގް” މާނީ ތުންއަނބުރާލަމުން މިހެން ބުނެ ޠާއިލް އާއި ދުރަށް ހިނގައިގަތެވެ.

“އައްސަލާމު ޢަލައިކުމް” ސުކޫލުގެ އޮފީހުގެ ދޮރު މައްޗައް އަރައި ސަލާމް ގޮވާލި އައިރީ އާއި ހައިޝަންގެ ހިތް ދިޔައީ ބާރުމިނުގައި ތެޅެމުންނެވެ. އޮރީހުގެ ރިސެޕްޝަނުގައި އިން މީހާ ސަލާމް ބަލައިގަތުމާއިއެކު ދެމީހުން މަޑުމަޑުން ހިނގާލާފައި ގޮސް ސިޑިން އަރަންފެށިއެވެ. ސިޑިން އެރުމަށްފަހު ދެމީހުން ފުންނޭވާއެއް ދޫ ކޮށްލަމުން ކަނާއަތް ފަޅީގައި ހުރި ސުޕަވައިސަރުގެ ކެބިންއަށް މިސްރާބު ޖެހިއެވެ.

ކުރިމަތިގައި ހުރި ކޮންޕިޔުޓަރަށް ނަޒަރު ހިންގައިގެން އިން އާދިލް އަށް ސިހުންވީ ކެބިންގެ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވާލަމުން ކަރުކެހިލާ އެތެރެއަށް ވަންނާށޭ އާދިލް ބުނެލިއެވެ. “އަސްލު ސާރ މިއަދު އައިރީ އާއި ހައިޝަން މިގެނައީ ވަރަށް ބޮޑު ކަމަކު. ސޯ އަށް އިނގޭ މި ކަން ވާނީ ހަމައެކަނި ތިދެކުދިންނަށްކަން. ސަބަބަކީ މިކަން ކުރުމުގެ ޤާބިލުކަން ހުރީ ހަމައެކަނި ތި ދެކުދިން ގައިގައި ކަމަށްވާތީ. ކުރި އަހަރު ބުނި ފަދައިން މި ފަހަރުގެ ޕްރައިޒްޑޭ ބޭއްވުމަށް ހަމަޖެހިފައިވަނި އެހެން އަހަރުތަކެކޭ ތަފާތުކޮށް އަހަރުގެ ކުރީ ކޮޅު. އެހެންކަމުން މިފަހަރު ފެބުރުއަރީގައި ސާރމެން ބޭނުންވަނީ މިކަން ނިންމާލަން. މިހާ ކުޑަދުވަސް ކޮޅެއްގައި ސާރ މެންނަށްވެސް އިނގޭ ކުދިންނަށް އުނދަގޫވާނެކަން މިކަންކުރަން. ނަމަވެސް އައިރީއަށާއި ހައިޝަން އަށް މިކަން ކުރެވޭނެ.މި ފަހަރުގެ ޕްރައިޒްޑޭގެ ހުށައެޅުން ތެރިންނަކީ ތިދެކުދިން. މިކަމާއި ގުޅޭ އެހެން މަޢުލޫމާތުތައް ސާރ އަދި ތިކުދިންނާއި ހިއްސާކޮށްލާނަން. ދެން މިވަގުތު ދިޔައަކަސް އެންމެ ރަނގަޅު!” އާދިލް އޭނާ ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އެދެކުދިން ފޮނުވާލިއެވެ.

******************************************************************

އައިރީ އާއި ހައިޝަން އޮފީހައް ވަނުމުން މާނީއަށް ޖެހުނީ ޠާއިލް އާއި އެކުގައި އަންނާށެވެ. ސުކޫލު ގޭޓުން ބޭރަށް ދެމީހުން ފިޔަވަޅު އެޅީއްސުރެ ޠާއިލް މާނީއާއި ބެހެންފެށިއެވެ. “މާނީ! މަންޖެ މިއަދު ހަމައެއް ނޫންދޯ!” މާނީ ފަހަތުން ހިނގަމުން ދިޔަ ޠާއިލް އަހާލިއެވެ. “އައްދޭ! އަދި ކިރިޔާތަ ޠާއިލް އަށް އިނގުނީ މަ ހަމަ ނޫންކަން! ބަލަ މަ ކަލެއާ އެކީ ހޭދަކުރި ބަދުނަސީބު އަށް އަހަރުތެރޭގައި ކަލެއަށް ގެޓުނުވި” މާނީ ލޮގުފޮތް އަތަށް ހެޔޮވަރު ކޮށްލަމުން ބުނެލިއެވެ. “އާން ނޭންގޭނެ އެއްނު! މަންޖެއެކޭ މޫސުމެކޭ ތަފާތެއް ނެތެއްނު!” ޠާއިލް ބުނެލިއެވެ. “ތިބުނީ؟” މާނީ ސުވާލުކުރިއެވެ. “އަޅާ ނުލާ! މާނީ ކަހަލަ ކުދިންނަކަށް ނުވިސްނޭނެ!” ޠާއިލް މިހެން ބުނެ ޖީބުން ސުޕާރީއެއް ނަގައި ކާލިއެވެ.

“އޭތް! މަންޖެ ހިތަށް އަރަނީ ކީކޭ؟ އަލުން ހައިނާ އާއި ފިރުޝާން ވާހަކަ ދައްކާނެތަ؟” މާނީ ޖަވާބު ނުދިނުމުން ޠާއިލް އަނެއްކާ ސުވާލު ކުރިއެވެ. “މަ މީ މާމޮޅައް ފިއުޗާރ އިނގޭ މީހެއްދޯ! މަށައް އިނގޭތަ؟” މާނީ ޖަވާބު ދިނުމުގެ ރާގުންވެސް އުނދަގު ވާކަން އިނގެއެވެ. “އާނ! މަންޖެ ތީ ހަމަ ފައްކާ ސުޕަހިޔުމަން އެއްނު!” “ހޫން މަމީ ސުޕަހިޔުމަންއެއް! ހިތްހަމަ ޖެހިއްޖެތަ؟” މާނީގެ ގާތަށް މިފަހަރު ވަނީ ހަމަ ރަނގަޅަށް ވެސް ރުޅި އައިއްސިއެވެ. މާނީ މިހެން ބުނެ ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. “އޭތް!  މަށާއި އެކީދާން މަޑުކޮށްބަލަ” ހަލުވި ފިޔަވަޅުތަކެއްގައި ޠާއިލް ގޮސް މާނީއާއި އެއްވަރުކުރިއެވެ. “އަމިއްލައަށް އާދެބަލަ!” މާނީ މިހެން ބުނެ ފެންފުޅި އަނގައިގައި ޖެހިއެވެ. “އޭތް މާނީ! ހިނގާބަލަ އަހަރަމެން ދެމީހުން ރައްޓެހިވާން!” ޠާއިލް ކުއްލިއަކަށް މިހެން ބުނުމާއި އެކު ފެންފުޅިއަނގަޔަށް ޖަހައިގެން ހުރިމާނީ ކޮށިއަރައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (41)

  1. ?kookie?

    Me first dho☺️☺️☺️
    Mibai ves vara salhi Masha Allah ???????
    Waiting for the next part sis

    1. sunflower girl
      ?kookie?

      Yes ur dear?.. Congratulations??… Thnk u??.. Keep waiting darls?

  2. NooR

    ކަލޯ ގަޔާ މަ ދެއެއް ތަ؟މަށަށް ހީވަނީ އަވަސް ރަހްމަތެއްގަ ކޮމެންޓެއް ނުކުރެވޭނެ ހެން

    1. sunflower girl
      NooR

      Hehe.. Ur second?.. Dhen avas rahumathehga cmnt kohlaa?

  3. Maany

    Wow mi part vx varah reethi masha Allah
    Waiting for the next
    Luvv u

    1. sunflower girl
      Maany

      Thnks maany?.. Keep waiting sisoo?.. Lym?

  4. Ruuruu?

    Mashaa allah. Varah reethi mi bai vs. ??❤️
    Waiting for 4 vana part ah. ?

    1. sunflower girl
      Ruuruu?

      Thnks ruuruu?.. Keep waiting dear?

  5. ?Ril?

    Hiii laii❤️❤️❤️
    Mi part ves vrh Sali❤️❤️❤️
    Masha Allah❤️❤️❤️❤️
    Keep it up lwbi koloooo❤️❤️❤️❤️
    Hehhehehe❤️❤️
    Waiting for the next part ❤️❤️❤️❤️
    Love uuu sooo much❤️❤️❤️
    Stay safe doonyaaa ❤️❤️❤️

    1. sunflower girl
      ?Ril?

      Hey?… Thnks sis?.. I’ll try ?.. Keep waiting luv?.. Stay safe too ???

  6. ?Ril?

    Hiii laii❤️❤️❤️??
    Mi part ves vrh Sali❤️❤️❤️ ??
    Masha Allah❤️❤️❤️❤️
    Keep it up lwbi koloooo❤️❤️❤️❤️
    Hehhehehe❤️❤️??
    Waiting for the next part ❤️❤️❤️❤️
    Love uuu sooo much❤️❤️❤️
    Stay safe doonyaaa ❤️❤️❤️??

    1. sunflower girl
      ?Ril?

      Hey?… Thnks sis?.. I’ll try ?.. Keep waiting luv?.. Stay safe too ???

    2. sunflower girl
      ?Ril?

      Lovee you more ?

  7. ?Ril?

    Oopps double vefaa srry ?????

    1. NooR
      ?Ril?

      E ee manje aa alhaiganegen ulhey ethiige kanthah

    2. ?Ril?
      ?Ril?

      Aaan manjeyy vedhaane
      Ekamku manje ah ingeythr ma esorah yess bunikan

    3. NooR
      ?Ril?

      Koya huvaaa??????????????

    4. ?Ril?
      ?Ril?

      Aaan koyaa kon duvaheh
      Naangaalevunu dhw
      Dhen esoru uleygothuna dera vegen yess ey bunee
      Esoru vareh nei mihaaru manjeyy

    5. Laiba
      ?Ril?

      ކަލޯ އެންމެ ފަހުން އާރިފު ސޮރު ރިލްގެ ހިތް ވަގަށް ނެގީ ކަމަށް ފެންނަނީ ??

    6. ?Ril?
      ?Ril?

      Aaan Koyaa esoru ge lwbi kaamiyaabu veenu

    7. Laiba
      ?Ril?

      ހައެހައެ..
      އެއްލި ކަޅިގޮސް ހުރަސްވީ
      އެސްފިޔައިގެ އެޑްމިން އާއޭ
      ލިޔުނު ސަޅިސަޅި ކޮމެންޓު ފެނިފާ
      ހިތް މަދީފީމޭ
      އަލުން ރިޕްލައި ނުދިނުމުން ދެން
      ކުރާނެ ކަމެއް ނޭނގުނޭ

    8. ?Ril?
      ?Ril?

      Hehehhehe
      Waa waa haadha Sali eyy
      ❤️❤️❤️❤️❤️❤️❤️❤️???

    9. Laiba
      ?Ril?

      Lol???…
      Thnks..
      Your exams onnaniy kon irakun?

    10. ?Ril?
      ?Ril?

      Hhehehe
      Wlcm
      Mihaaru mee exam dhuvas varu
      Next week gaa nagaane fahu 3 exams
      U menooo

    11. ?Ril?
      ?Ril?

      Midterm exams (bodu exams) onaneee november
      U men vess dhw

    12. Eekko_11
      ?Ril?

      Omg ril!!!!
      Aslah ves yes bunee tha???
      Aarifoo dhen hurihaa comment eh publish koh dheythi
      Ril miss you so much?

    13. ?Ril?
      ?Ril?

      Heiiiii eekkkoo
      Lahbba Ril bunefin Yesss eyyyy
      Heheheh Aan bunin u guysss ge cmnt tha publish kohdeyshey dhen koh deynvaane dhw heheh
      Miss uuu more eekkoo and love u so much

  8. ❤shyn❤

    Maasha Allah ??????…??❤❤❤❤❤?????v.reethi mi part vx ??????????curiously waiting for the nxt prt ?????????????????lve u dear❤❤❤❤❤❤❤❤????????????????

    1. ❤shyn❤
      ❤shyn❤

      Plus v.majaa mi part…hy hy badahthadhu vehje ?????????????????????????????????????????????????????????

    2. sunflower girl
      ❤shyn❤

      Thnk u?.. Keep waiting ?.. Lym

  9. shaayan

    eyy mii laiba ge stry eh tha???? adhi neynge e kameh… kurin bunelinama… adhi mi vhk ehkoh kiyaalaaaf cmmnt eh kohlevey thoa balaanan ingey… luv u laiiiiiiiiiiiiiii

    1. sunflower girl
      shaayan

      Yea sis?.. Hehe.. Kurin nubunevuniyma dhw??.. Okay.. I’ll wait for the cmnt?.. Lym

    2. Shaayan
      shaayan

      Hey laii…? Masha allah lai vvv molhu ingey…??? Hama speechless…? Adhi neynge lai ehaa molhah stry liyan dhanna kameh…? Heheh…? Lymmmmmmmmmmm nd morrreeeee sweetheart..❤️?? Stay safe nd tc sweetie???

    3. sunflower girl
      shaayan

      Hey✌️… Thnks????… Hehe?.. Lym moreeeeeeeeeeeeee an moreeeeeeeeeeeeee… Stay safe and tc?

  10. Eekko_11

    Hey my baby little bestie❤️❤️❤️❤️
    Mi part hama obi
    Alheyyyyyyy maany bunaany keekey baa dhw????
    Waiting for next sweety
    Lyssssssssm and tc dhooni
    Stay safe ☺️❤️☺️❤️??❤️☺️❤️☺️❤️??❤️?❤️

    1. sunflower girl
      Eekko_11

      Hey yo?.. Thnks?.. Let’s see maaniyge answer akiy kobaatho?.. Keep waiting ?.. Lym and tc?.. Stay safe

  11. Shaima shaee

    Masha Allah Vrrrr Reethi mipartves…. M??????Curiously waiting for maanys ans……. Waiting for next…… Keep it up be safe???????????

    1. sunflower girl
      Shaima shaee

      Thanks?.. Keep waiting ?.. Maaniyge ans ingeyne next part ga?.. Thnks and stay safe

  12. Baby grl

    Ooh…mee lai ge stry eh thaaa❤❤❤
    Mi part vx v salhi ingey lwbiiii ????
    ???maasha allah
    Waiting for the nxt ?????
    ????luv u lwbikolhuuu..be safe

    1. sunflower girl
      Baby grl

      Yea.. Thanks?… Keep waiting ?.. Lym lwbi.. You too

  13. Laiba

    ޔާ.. އަހަރުމެން ވެސް

Comments are closed.