އަރައިގެން އައި އިރާއެކު މީހުންތައް މަގުމަތީގައި ހޭލަމޭލަވެ އުޅުނެވެ. ގިނައީ ގޭދޮށު ކުނިކަހަން އުޅޭ އަންހެންވެރިންނެވެ. އަހަރެންވެސް މަންމައާއެކު ގޭދޮށް ވަށައިގެން ހުރި ކުނިތައް ކަހާ ސާފުކުރުމުގައި އުޅުނީމެވެ. މާހައުލުގައި ތިބި އެންމެންގެ ހިތްތައްވެސް ވަނީ އަވަސްވެފައެވެ. ހުދު އަހަރެންގެ ހިތް ވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. މިއަދަކީ ދިހަ އަހަރުވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބިގެންދާ ދުވަހެވެ. އެންމެންވެސް ހިތާއި ހިތުން ދުއާކުރަމުން ދިޔައީ އެމީހެއްގެ […]
މިއަދަކީ ކަޅު ފޮއި ރޭނގަޑެއްފަދަ އަނދިރި ދިރިއުޅުމުން އަހަރެންނަށް ނިކުމެވި ހަޔާތުގެ އާ ބާބެއް ފެށުމަށްޓަކައި އަހަރެންގެ ފުރަތަމަ ފިޔަވަޅު މި ބިންމަތީގައި ނަގާ ދުވަހެވެ. އެހެންކަމުން އަހަރެން ނަގާ ކޮންމެ ފިޔަވަޅަކާއެކު ދިޔައީ އަހަރެންގެ އަޒުމު ހިތުގައި ބިންވަޅު ނެގި ވަރުގަދަވަމުންނެވެ. އަހަރެން މަންމައާ ބައްދަލު ނުވާތާ އެތައް އަހަރެއް ވެފައިވުމުން އަހަރެންގެ ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ނަމަވެސް އަހަރެން މިއަދު މިދަނީ އާ އަޒުމަކާ އާ ހިތްވަރަކާއެކުގައެވެ. މާޒީވެ ގޮސްފައިވާ ކަންތައް ބަދަލުކުރުމަށެވެ. […]
” މަންމާ އަހަރެންނަށް މާފްކުރޭ، އޭރު އަހަރެންނަށް ނުވިސްނުނީ، މަންމައާ މެދު އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް، މަންމަ އެނބުރި އާދޭ އަހަރެން ކައިރިއަށް، އަހަރެން މަންމަ ދެކެ ވަރަށް ލޯބިވާނާން،” ( ނުހާ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީ އިނދެ ގިސްލަމުން ރޮމުން ކިޔަމުންދިޔައެވެ.) ގަޑި އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންދިޔައެވެ. ނުހާ އަދިވެސް އިނީ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީގައެވެ. މި ގޮތުގައި ވަގުތުތައް ހޭދަ ކުރަމުންދަނިކޮށް ނުހާއަށް […]
އަޅުގަނޑު މިއަދު ތިޔަ ލޮބުވެތި ކިޔުންތެރިންނާ މައިންބަފައިންނަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވަރަށް ޢިބުރަތްތެރި ވާހަކައެއް ހިއްސާކޮށްލާނަމެވެ. ( މި ވާހަކަޔަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ވާހަކަޔެކެވެ.) ނާޒިމްއަކީ ޒުވާންފުރައިގެ ދުވަސްތައް ކަޑައްތު ކުރަމުންދާ މީހެކެވެ. އޭނާޔާ އޭނާގެ އަނބިދަރިން އުޅެމުންދަނީ ވަރަށް ފުދުންތެރިކަމާ އެކުގައެވެ. ނާޒިމްމެންގެ މި އާއިލާ ދިރިއުޅެމުންދަނީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ކ.މާލޭ ގައެވެ. އޭނާގެ މި އަމާން އޮމާން ދިރިއުޅުން ކޮޅިގަނޑެއްގެ ތެރެޔަށް ވެއްޓިގެން ދިޔައީ […]
އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމައުގައި އެންމެ ކާމިޔާބުއެއް ބަޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އަންހެނުންނެވެ. މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތުން ބެލިޔަސް އަންހެނުންގެ އަދަދު މާ ގިނައެވެ. މިކަމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަމެވެ. ހަމަމިފަދައިން އިސްލާމްދީނުގައިވެސް އަންހެނުންގެ ދަރަޖަ ފިރިހެނުންނަށްވުރެ އެތައް ގުނައެއް މަތިވެރިވެގެންވެއެވެ. ކުރު އިބާރާތާކުން އަންހެނުން ސިފަ ކުރާނަމަ ސިފަ ކުރެވޭނީ އަގުބޮޑު ޖަވާހިރެއްގެ ގޮތުގައެވެ. އަންހެނުންނަކީ މިހާ ގަދަރު ވެރި ބަޔަކަށް ވެފައިވާއިރު އެ މީހުންނަށް ލިބެންޖެހޭ ފުރުސަތުތައް އެންމެ ފުރިހަމަ ގޮތުގައި […]