ކާމިޔާބު ދިރިއުޅުމަކަށް، ފުރިހަމަ ސިއްހަތެއްގެ މުހިންމުކަން
އާދޭހެވެ. މި ދަންނަވަނީ ކާމިޔާބު ދިރިއުޅުމެއްގެ ވާހަކައެވެ. ގަހެއްގެ ތެރެއިން ފުރޭނިގެން އަންނަ އިރުގެ ދޯއްޖެއްގެ ބީދައިން ކާމިޔާބު ދިރިއުޅުމަކަށް ވާސިލުވެވޭނީ ފުރިހަމަ ސިއްހަތެއް ލިބި ފުރިހަމަ ވެގެންނެވެ. ސިއްހަތެއް ނެތިއްޔާ ދިރިއުޅުމެއްގެ ބޭނުމެއް ވެސް ނެތެވެ. ސިއްހަތެއް ނެތިއްޔާ ފުރިހަމަ ކަމެއް ނުލިބޭނެއެވެ. ސިއްހަތެއް ނެތިއްޔާ އުފަލާއި އަރާމާއިއެކު ވެއަތު ކުރެވޭނެ ރަން ޒަމާން އެއޮތީ ހަމައިން ނެއްޓިފައެވެ.
އަހަރެމެންގެ މުޖްތަމައުގެ އަފްރާދުންނޭވެ. މި ދިރިއުޅުމަކީ އަބަދުހެން އުފަލާއި އަރާމާއި އެކު ދުއްވާލެވޭނޭ ދިރިއުޅުމަކީ ނޫނެވެ.ތިމާ މޮޅު ދަރިވަރަކަށް ވެސް ވާން ޖެހެއެވެ. އެއީ އެންމެ ބޮޑު އަޒުމަކަށް ވާން ޖެހޭނެ ކަމުގައި ދަންނަމެވެ. މިކަމަށް ހުރަސް އަޅާނޭ އެއްޗަކީ ބަލިކަށި ކަމެވެ. ފުރިހަމަ ސިއްހަތެއް ނެތުމެވެ.
ރަނގަޅު ކާނާ ކެއުމާއިއެކު ވިޓަމިން ގިނައިން ހުންނަ އެއްޗިހި ކެއުމުން ހަށިގަނޑު ތާޒާވެއެވެ. ގަވާއިދުން ކަސްރަތު ކުރުމާއި ހަރަކާތްތެރިވެ އުޅުމުން ރީތި ހަށިގަނޑެއް ލިބެއެވެ. މުސްކުޅި އުމުރުގައި ތިބާ ރަނގަޅު ސިއްހަތެއްގައި ދެމިހުންނާނީ ތިބާ ތިބާގެ ޒުވާން އުމުރުގައި ކެއި އެއްޗެއްގެ ފައިދާ އިންނެވެ. ފައިދާހުރި ރަނގަޅު ކާއެއްޗެއް ނުކައިފި ިނަމަ، ތިމާ ނަފްސަނީ ގޮތުން ބަލިކަށި ވެއެވެ. ތިބާ ބަލިމަޑު ކަމެއްގެ ތެރެއަށް ގެބެން ނަގާނީ މަދު ދުވަސްކޮޅެކެވެ.
“ރަނގަޅު ކާނާ އަކީ ފުރިހަމަ ސިއްހަތެއްގެ ތަޅުގަނޑި އެވެ. ފުރިހަމަ ސިއްހަތެއް ލިބިގެން ކާޟިޔާބު ދިރިއުލުމަކަށް ރުޖޫއަވާނީ ތިބާގެ އަމިއްލަ މަސައްކަތުންނެވެ.
– ނިމުނީ –
އަލުގަނޑު ކުޑަކުދިންނަށްޓަކައި ލިޔެފައި މިވާ މަޒުމޫނު މިހާ ކުރުވީތީ މާފަށް ްއެދެމެވެ.
6 Comments!
Comments are closed.



varah reethi ❤ black flowerge ehen vaahaka eh libeyne kamah ummedhu kuran ??
Thank you❤ labba .. varah avah libeyne
Varah reethi ?
Hi .. varah reethi mi mazmoonu??❤
Varah reethi mi mazmoonu .. thankolheh kuruveema massala akee ..ekamaku dhem faharakun dhigu kollachey!!❤
varah salhi Allahumabarik