ޔޫޝައު ކީކޭ ހިތަށް އަރައިގެން އޭނައާ ކައިރިވީ..” ޔަޝާން ރުޅިއައިސްފައި އެހިއެވެ.”ދޮންބޭ މަށެއް ނުހަދަމޭ އެހެނެއް.. ޤަބޫލު ކޮށްބަލަ..” ޔަޝާން އާއި ދިމާއަށް ބަލަން ހުރެގެން ޔޫޝައު ބުންޏެވެ.”ނުކުރާނަން ޤަބޫލެއް..” މޭޒުގައި ދެ އަތުން ޖަހަމުން ޔަޝާން ރުޅިވެރިކަމާއި އެކު ޔޫޝައު އަށް ބަލާލިއެވެ.”އިތުބާރު ކުރަން ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެއޭ ދޮންބޭ..އޭނަ އެ ހަދަނީ ދޮގު..” ޔޫޝައު ޔަޝާންއަށް ވިސްނައިދެވޭތޯ އުޅުނެވެ.”އޭނަ ނުހަދާނެ މަށަކަށް ދޮގެއް.. ހަނދާން ކުރާތި.. ދެން ދުވަހަކު ވެސް އޭނާއާ […]
ނޭވާ ލާނީ ކިރިޔާ އެވެ. މިތަން ފެނުނީ ވީސާދު އައްށެވެ. ހީވީ ވީސާދު ގެ މާޒީ ވީސާދުއާ ބައްދަލު ކުރި ހެންނެވެ. ވީސާދު ގެ ވިސްނުން އަބުރާ އައިސްފިއެވެ.ބަލާކަންނުހުރެ މިންސާވް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާދޭން ފެށުނެވެ. ﷲގެ އިރާދަފުޅުން އެހާ ބޮޑު އަނިޔާއެއް ނުލިބެއެވެ. މިކަމާ ވިސާދު ﷲ އަށް ހަމްދުކުރެވުނެވެ. އެކުވެރިޔާ ކައިރިޔަށް ވަދެ މަޢާފަށް އެދުނެވެ. މިންސާވްގެ ލޮލުން އިޚްތިޔާރަކާނުލައި ކަރުނަތައް އޮހިގަތެވެ. އުފާވެރި ކަމުގެ ކަރުނަ އެވެ. ވީސާދު އަށް […]
ސައިކަލު މަތީގައި އިން އިރުވެސް މައިޝާއަށް ވިސްނެމުން ދިޔައީ އީމާ އާއި ދެމެދު ކުރެވިގެން ދިޔަ މަޝްވަރާ އާއި މެދު އެވެ. އެހެންކަމުން ގެއާއި ހަމައަށް އައިސް މަޑުކޮށްލިއިރުވެސް އޭނާއަށް އެކަން ރޭކާވެސް ނުލީއެވެ. “މައި.. މައިޝާ” ދެތިން ފަހަރު ގޮވާލުމަށް ފަހު މައިޝާގެ ހަބަރެއް ނުވުމުނެ ފަހަތަށް އެނބުރިލާ ކުޑަކޮށް މައިޝާގެ ގައިގައި ކޮއްޓާލަމުން އީތަން ގޮވާލިއެވެ. ސިހިފައި މައިޝާ ބަލާލުމުން ނުފައިބަންހެއްޔޭ އީތްނ ބުނެލިއެވެ. ވަށައިގެން ނަޒަރު ނިނގާލިއިރު ގޭގެ ދޮރުމަތީ ތިބެވުމުން […]
“ހާދަ ހެނދުނާ.. ނިޝް ރޮނީތަ ޒިއާ ގެންދަން..” ނަވްޔާ ހެމުން އެހިއެވެ.”ނޯ.. ނަވް.. ނިޝް.. ނިޝް ދެކުނިންތަ މަގުމަތިން..” ނުކްޝާން ކުރެހިފައިވާ އަޑަކުން އެހިއެވެ.”އަހަރެމެން ނުނިކުންނަން ގެއަކުން އިއްޔަ ހަވީރަށް ފަހަކު.. ނުކް؟؟..” ނަވްޔާ ދެލޯ ކައިރި ކޮށްލިއެވެ.”ނިޝް ގެއްލިގެންނޭ މިއުޅެނީ.. އެހާ ޖެއްސުން ކުރިޔަސް ދުވަހަކު ވެސް އޭނަ ނުފިލާނެ.. އޭނަ..” އަޑު ތުރުތުރު އަޅަން ފެށުމުން ނުކްޝާން ވާހަކަ މެދު ކަނޑާލިއެވެ. ނަވްޔާ އަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ނުކްޝާން ޔަމްހާއަށް ފޯނު ދީފައި […]
ކޮންތާކަށް މާ އަވަސް އަރުވާލައިގެން؟؟..” ނުކްޝާން އެހިއެވެ.”ބައްޕަގެ ރިޒޯޓެއްގަ ރޯވެގެން މި ދަނީ.. ވަރަށް މަދު ތަނެކޯ ހުރީ ސަލާމަތުން.. ވަރަށް އަވަހަށް ދާން ޖެހޭ އެބަ.. ޒާއިފް ކައިރީ ބުނެލާ އިނގޭ ގޮސްފިއޭ..” ފޮށި ހިފައިގެން ޔޫޝައު ކޮޓަރިން ނިކުތީ ފަޔަށް ހިނި އަރައިގެން އުޅޭ ފަދައަކުންނެވެ. ނުކްޝާން މެންނަށް އެއްޗެއް ނުބުނެވެނީސް ޔޫޝައު ނުކުމެގެން ގޮސްފިއެވެ.”ދެރަ ދޯ.. ޔޫޝައުގެ އާއިލާ އެންމެން ކިހާ ދެރަ ވާނެ..” ނީކިޔާ ދެރަވިއެވެ. އެވާހަކަ އަޑުއަހަން ދޮރުކައިރީގައި ހުރީ […]
މިއަދަކީ މިންސާވް ގެ 19 ވަނަ އުފަންދުވަހެވެ. މިންސާވް އަށް ވަނީ މިރޭ 8:30 އަށް ޑްރީމް ރެސްޓޯރެންޓަށް ކޮލެޖުގެ އެކުވެރިން ތަކެއް ކެއުމަކަށް ދައުވަތު ދީފައިވާ. ގަޑިން 8 ޖެހޭއިރު މިންސާވް ހުރީ ތައްޔާރު ވެގެންނެވެ. އައިސް ބުލޫ ކުލައިގެ ހުޑީ އަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ބޯ ރީތި ގޮތަކަށް ސްޓައިލް ކޮށްލައިގެން ހުރިއިރު ވަރަށް ރީއްޗެވެ. އަވަސް އަވަހަށް ނިކުމެގެން ސައިކަލުގަ ދިޔައެވެ. މަޑުމަޑުން ދުއްވާފައި ދިޔައީ ވިއްސާރަ ވެހުމުގެ ސަބަބުން […]
ޔަމްހާ ވަރަށް ހިތްހަމަ ޖެހިފައި އިންތަން ފެނި ނުކްޝާން އަށް ވެސް ހިނިތުންވެވުނެވެ. ނުކްޝާން ކޮޓަރިއަށް ވަތް އިރު ހުރީ ވަރުބަލި ވެފައެވެ. ފެންވަރަން ވެގެން ވަންނަން އުޅެނިކޮށް ޔަމްހާއަށް ނޭނގިގެން ނުކްޝާންގެ ގައިގައި ޖެހިފައި ވެއްޓެން އުޅުނެވެ. ހުޝިޔާރު ކަމާއެކު ނުކްޝާން ޔަމްހާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ލަދުން އިސްޖަހާލައިގެން ޔަމްހާ ހުރިއިރު މޫނުމަތިން ލަދުވެތިކަން ފެންނަން ފެށިއެވެ. ޔަމްހާ އާއި ދުރުވާ ހިތް ނެތުމުން ނުކްޝާން އިތުރަށް ކައިރިވާން އުޅެނިކޮށް ފޯނު ރިންގްވާންފެށިއެވެ. […]
ގެއަށް ދިޔައިރު ނީކިޔާ އާއި ޔޫޝައު ވާހަކަ ދައްކަން ތިއްބެވެ. ލަމާން ފެނުމުން ނީކިޔާ ދުރުބަލަންފެށި ގޮތުން ލަމާން ހިތުގައި ސުވާލު އުފެދުނެވެ.”މިގެއިން ސައި ބޮއިގެން ދާންވާނީ..އާދޭ އެތެރެއަށް..” ނުކްޝާން އެހެން ބުނެ އެތެރެއަށް ވަނުމުން ނަވްޔާ އާއި ޔަމްހާ އަދި ޔޫޝައު ވެސް އެތެރެއަށް ވަނެވެ. ނީކިޔާ ވަންނަން ދިއުމުން ލަމާން އަތުގައި ހިފާ ހުއްޓުވިއެވެ.”ހާދަ އަވަހަކަށް ދާން ތި އުޅެނީ..” ލަމާން ހިނިތުންވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ނީކިޔާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން ދަތިވެ އެ […]
“ޕިސް ޕިސް.. ކަލޭމެން ނުކުރާ ކަމެއް ނޯންނާނެ ދޯ ކުޑައިރު.. އަނެއްކާ ކަމެއް ގޯސްވީބާ.. ނުކް ނާހަންތަ؟” އިސްޖަހާލައިގެން ދިޔަ ނީކިޔާއަށް ޔަމްހާ ބަލާލިއެވެ.”ނޫން އެހީން.. އެކަމަކު ކޮންމެ ފަހަރަކު ވެސް ބުނަނީ ކަމެއް ނުވެއޭ.” ނުކްޝާން ވެސް ނީކިޔާއަށް ބަލާލިއެވެ.”ހިނގާބަލަ.. މޮޅަށް އެކްޓް ކުރަން އިނގުނަސް ކުއްލިއަކަށް ސިހުނީމަ އިނގިދާނެ.” ނުކްޝާން ޔަމްހާ ބުނެގެން ނީކިޔާ އާއި ދިމާއަށް ހިނގައިގަތް އިރު ޔަމްހާ އާދަޔާ ޚިލާފަށް އަނގަ ގަދަކަން ފާހަގަ ވިއެވެ.”ނީކް ނީކް..” ޔަމްހާ ނީކިޔާއަށް […]