ކައިރީގައި ހުރެލަން އަދު ބޭނުންވޭ … ހަވީރުގެ ހިތްގައިމު ވަގުތެވެ .ހުކުރު ދުވަސް ކަމުން ރަށު އަތިރިމަތީގައި އުޅޭ މީހުން އެހެން ދުވަސް ދުވަހާ ބަލާފަ ގިނައެވެ.ޒުވާން ފުރައިގެ އަންހެން ކުދިން އިރު އޮއްސޭ މަންޒަރު ފޯނުގައި ރައްކާ ކުރަމުން ދިޔަ އިރު،އަނެއްބައިމީހުން ދިޔައީ އެމީހުންގެ ލޯބި ލޯބި އާއިލާ އާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުންނެވެ. ހަމަ އެހެން ކުދިންނެކޭ އެއްފަދައިން ޝާނާ ދިޔައީ އިއްޝާމް އާއި އެކު ހީސަމާސާ […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު އަހަރެން އަހަމެވެ. ހުދު ޤުރުއާނުގައި ވެސް އެކަން ބަޔާން ކޮށްފައި އެބަ އޮތެވެ. ދިރިއުޅުމުގައި އެތައް ގަރުނައެއް ފަހަނަ އަޅައި ގޮސްފިއެވެ. ނަމަވެސް އަދިވެސް އަހަރެން މިއޮތީ ފުންމިން ނޭނގޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އެހީތެރިކަމުގެ އަތްތައް މަދީކީއެއް ނޫނެވެ. އެއްވެސް ބަޔަކަށް އަހަރެން މިތަނުން ސަލާމަތް ކުރެވޭ ކަމަކަށް ނުވީއެވެ. މަކަރާއި ހީލަތުން ފުރިގެންވާ (ޔަހޫދީން) ގެ ތޫނު ވަޅިތަކުގެ ގޮވައްޗަކަށް އަހަރެން ވެގެން ދާނެ ކަމަށް ފަހަރެއްގައިވެސް […]
ޕާރޓް-1 ހިތްގައިމު ނަލަނަލަ ހަވީރެކެވެ. ޖުނޭދު އަދި ޝަކީލު ތިބީ ގޮނޑުދޮށުގައި ހުރި އަޅޮލެއްގައި ކުރުނބާ ބައްނާށެވެ.ޝަކީލް ހަދާއިފައިވާ ކުރުނބައެއް ޖުނޭދު އަށް ދިނެވެ.އަދި ޝަކީލު ވެސް ކުރުނބައެއް ހަދާލުމަށްފަހު ބޯންފެށިއެވެ.ދެމީހުން ވެސް ކުރުނބާ ބޯ ނިންމާލައިފައި އޮލަ ވާހަކައެއްގައި ތިއްބެވެ.އިރުކޮޅެއް ފަހުން ޖުނައިދުގެ މަންމަ ފާތުމާ ހަވީރުގެ ސައިބޯނި ގޮވިއެވެ.”އާނ މަންމާ މިދަނީ”ޖުނައިދު ގޮވައިލިއެވެ. އުމުރުން 18 އަހަރުގެ ޖުނައިދު އަކީ އެރަށުގައި ހުރި އެންމެ ރީތި ސޮރޭ ބުންޏަސް ދޮގަކަށް. ނުވާނެއެވެ.ކަސްރަތީ ހަށިގަނޑަށް ބަލާލައިފާ […]
“އެ ކުއްޖާވެސް އެ އުޅެނީއެއްނު އިސްތަށިގަނޑެއް ނުޖަހާ. އެކުއްޖާގެ ވެސް އެއޮތީ ހަމަ ރެޑް ހެޔާރއެއް. ދެން ކީތްވެ ޔަން ތި އުޅެނީ އިސްތަށިގަނޑު ޖަހައިގެން.” ރުކައިން އެކުއްޖާ ދިޔަ ދިމާއަށް ޢިޝާރާތްކޮށްލުމަށްފަހު ބުންޏެވެ. “އައި ހޭޓް ވެން ޕީޕަލް ސްޓެއާރސް އެޓް މީ.” ޔަންހާ ތުން ދަމައިލަމުން ބުންޏެވެ. “ޔޫ ޖަސްޓް ހޭވް ޓު ގެޓް ޔޫޒް ޓު އިޓް ޔަންންން! ޕްލީޒް.. ޖަސްޓް ފޯރ މައި ސޭކް.. ތި އިސްތަށިގަނޑު ނުޖަހާ އުޅެފާނަންތަ؟” ރުކައިން […]
ޚާޝިޔާ ސައިބޮއެމެ ނިމުމުން މަޑުކުރަން ބޭނުންވިޔަސް، ތާނިޔާއާ ބަދަހި ވާހަކަ ދެއްކުމަށް ނުކުޅެދިފަ ވިތާ…. މާމަޑުންހުރެ ހުސްވެގޮތް އެތަނުން ނުކުންނަން ދިޔަޔަކަސް، ފާރަލާން ބޭނުންވެގެން އޮތް ގާދިރަށްމެ ބަލައިލިތާ… ދާދި އަވަހަށް ނުކުތުމަށްއެޅި ފިޔަވަޅަށް ހުއްޓުންއަޔަސް، ގާދިރާ ކުރިމަތިލަމުން ވަގުތުން އެގޭން ނުކުމެއްޖެތާ….. ހާދިޘާ ހިނގި ގޮތްގޮތާމެދު ޚާޝިޔާ ވިސްނަން އިނަސް، ކާރިޘާ ފަދައިން ހިތަށްއަދު ދުއްތުރާ ފެތުރިއްޖެތާ……. ފާރުގާ އިންނެވި ގަޑިން ރޭގަނޑުގެ ނުވައެއް ޖެހިޔަކަސް، ފާރުކޮށްފާ ވީ ހިތަށް ދިނުމަށް ތަސައްލީ އިނދެފިތާ…. މާއަރާމު […]
ޒަޖާވެސް ބޯ ޖަހަމުން ދޮރު ލައްޕައިލުމަށްފަހު ޖަޝަމްގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ހިނގައިގަތެވެ. ތޫ އެހެން އެ ރުއީ ލޫ ދައްތަ ދޮންބެ މިގެއަށް ގެނައިމަބާއެވެ؟ ނުވަތަ ލޫ ދައްތަ ތޫ އާއި ދިމާއަށް އެއްޗެހި ކީމަ ބާއެވެ؟ ނޫނީ ދޮންބެ ތޫ ދެކެ ލޯބި ނުވާތީ ބާއެވެ؟ ޖަޝަމް ސިޑިން ފައިބަމުން ދިޔައިރު އޭނާގެ ވިސްނުމުގައިވަނީ މިކަހަލަ އެއްޗެއްސެވެ. ޒަޖާގެ ޙާލަކީވެސް ހަމަ މިއީއެވެ. އަހަރެންނަށް ހަމަޖެހިލައިގެން އުފާވެރިކަމާއިއެކު ދިރިއުޅެވޭނީ ކޮން ދުވަހަކުން ބާވައެވެ؟ […]
ޒަކްވާން ގެއްލުނު ވާހަކަ އިސާހިތަކު މުޅި ރަށުގައި ފެތުރުނެވެ. ހުރިހާ އެންމެންގެ ތެރޭގައިވެސް އެންމެ ގިނައިން ދެކެވެނީ އެވާހަކައެވެ. ފުލުހުންގެ ޓީމެއް ޒަކްވާން ގެއްލުމުގެ ސަބަބުން މުޅި ރަށް ހޯދަން ފަށައިފިއެވެ. އަނެއް ދުވަހުގެ އިރު އެރިއިރުވެސް ފުލުހުންގެ މި މަސައްކަތަކަށް އެއްވެސް ވަރަކަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. ޒަޖާ އާދައިގެ މަތިން މިއަދުވެސް ތެދުވެ މޯޅިވެފައިވާ މޫނަކާއިއެކު ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އަންނަން އުޅޭ ތޫފާނުގެ ޙިލަމެއްވެސް ނުވާ ޙާލު އިސްކޫލު ތެރެއަށް […]
ޔަންްހާ އެންމެ ފުރަތަމަވެސް ކޮޓަރިއަށް ވަދެފައި އިސްތަށުގަނޑު ނަގައި އެނދު މައްޗަށް ވައްޓައިލިއެވެ. ޔަންހާ އުޅެނީ އިސްތަށިގަނޑެއް ޖަހައިގެންކަން އިނގެނީ ކިޔާރާއަށާއި ރުކައިންއަށާއި ދާއިންއަށާއި މާއިޝްގެ އިތުރުން ޔަލީނާއަށާއި އަޒްލާންއަށެވެ. ޔަންހާ ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ނިކުމެ ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނުން ގަޑި ބަލައިލިއެވެ. އެއިރު ގަޑިން ހަތަރު ގަޑި ފަންސާސް ހަތެކެވެ! ޔަންހާ އަވަސްއަވަހަށް އިސްތަށިގަނޑުން ފެންހިއްކައިލުމަށްފަހު ހެޔާރ ޑްރައިއާރއަކުން އިސްތަށިގަނޑު ހިއްކައިލިއެވެ. އެއަށްފަހު އަލަމާރިން ކަކުލާއި ހިސާބަށްއަރާވަރުގެ ހުދު […]
މަޑުމަޑުން އަތުގައިހުރި ހުޅުންބުތަށްފިލަންފެށިއެވެ. ހަންގަނޑުގެ އަޑިއަށްވަންނަމުންދިޔައެވެ. މިވަނީ ކިހިނެއްހެއްޔެވެ. ޔަލްވީއަށް މުޅިއަތަށް ބެލެމުންދިޔައެވެ. ކަރުގައި އަތްލުމަށްފަހު ހުޅުނބުތަށްހުރިތޯ ބަލަމުންދިޔައެވެ. ބިންދާލިބޮޑު ރާޅާއެކު ޔަލްވީ އޮޔާއި ދަމައިގަތެވެ. ފައިޖެހުނަސް އޭނާއަށް ވަގުތުން ހަދާނެގޮތްހުސްވިއެވެ. ކުއްލިއަކަށް އެފަޅުރަށައް މޫދަށްއެރުނުދުވަސް ހަނދާންވަމުންދިޔައެވެ. ބައެއްފަހަރު މައްޗަށްއެރެއެވެ. ރަށާދުރަށްދާ މަންޒަރުފެންނަނީ ވަރަށްވެސް ހިތިކޮށެވެ. ފައިޖެހޭތޯ ބަލަމުންދިޔަނަމަވެސް މިއޮތީ ފައިޖެހޭ ހިސާބަކު ނޫންކަން އިގުމާއެކު ޔަލްވީގެ ހިތްވަރު އޮބުނެވެ. އެހެނަސް ފައިން ޖެހޭތޯ މަސެއްކަތްކުރަމުންދިޔައެވެ. އަކުނިވަޔަށް ދަމަންފެށުމާއެކު ޔަލްވީއަށް ރޮވެންފެށުނެވެ. ހިތްވަރެއްލާފައި މައްޗަށް އެރުނިއްޔާ ވާރޭގެ […]