މައިޝާ ހަމަޔަކަށް އެޅުނު ވަގުތު ވީ އީތަން ވެސް ބްރޭކަށާއި މައިޝާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އައި ވަގުތަށެވެ. މައިޝާ އިން ހާލު ފެނުމުން އީމާ ކައިރި ސުވާލު ކޮށްލުމުން ކުރު ގޮތަކަށް އީމާ ކަން ހިގައި ދިޔަ ގޮތް ކިޔައި ދިނެވެ އެހެން ނަމަވެސް މައިޝާ އާއި ނިހާލް އާއި ދެމެދު ހިނގި އެއްވެސް ކަމެއް ނޭނގޭތީވެ އެވާހަކަ ނުދައްކާ ބޭއްވީ މައިޝާ އަމިއްލަ އަށް ކަން ހިގ ގޮތް ކިޔައިދޭން އެއްބަސް ވުމުންނެވެ. […]
“އަޅެ ނަން ބުނެބަލަ..” ޔަޤީން ކުރަން ލަމާން ބޭނުންވިއެވެ.”ފަހުން ބުނާނަން.. ބުންޏަސް ލަމާންއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތްހެން ހީވަނީ.” ނީކިޔާ އިސްޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.”އަޅޭ އެހެންތަ.. އިރާދަކުރެއްވިޔާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން.. ޑޯންޓް ވޮރީ ނީކް..” ލަމާން ހިތަށް ތަދުވަމުން ދިޔަ ނަމަވެސް ހިނިތުންވެލިއެވެ. ޝައްކު ކުރެވުނަސް ޔަޤީން ނުވާތީ ލަމާން ވެސް ހިތް ނުތަނަވަސް ވިއެވެ.”އަސްލު ވެސް އެ އަންހެން ކުއްޖާ ލަމާން ދެކެ ލައިކް ވާނެ.. […]
ވަކިވެދިޔައީ އަންގާނުލައި….. ” އިޔާޝް އެވެ. އަހަންނަށް މަޢާފު ކުރާށެވެ. އަންގާނުލައި އިޔާޝާއި ވަކިވާން ޖެހުނީތީއެވެ. އެއްގޮތަކަށްވެސް ހީނުކުރައްޗެވެ. އަހަރެން އިޔާޝް ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެހެނަސް އަހަރެންނަށް އިތުރު ގޮތެއް ނެތެވެ… ފަހަރުގައި ނަމަ އިޔާޝް އަހަރެންގެ މި ސިޓީ ކިޔަން ވެސް ބޭނުން ނުވެދާނެއެވެ. އަހަރެންނަކީ އިޔާޝްގެ ދިރިއުޅުމަށް އައި މައްސަލަ ބޮނޑިއެއްތާއެވެ. މަޢާފު ކުރާށެވެ. އިޔާޝްގެ ދިރިއުޅުމަށް ހުރަސް އެޅުނީތީއެވެ…” އަހަރެން އެ ސިޓީގެ ބައެއް ކިޔާލީމެވެ. ސިޓީ […]
“އަސްލު ނަސީބެއް ދޯ ޔޫޝައު އައިކަން ވެސް.. އަހަރެމެން ދެމީހުން ދާއިރު ޔަމް ހުންނަނީ ގޭގަ އެކަނި ފޫހިވެފަ..” ނީކިޔާ ހީލިއެވެ.”ދެން ނުޖެހޭނެއޭ ފޫހިވާކަށް ހެހެ..” ބޭނުންވާ ކަމެއް ކާމިޔާބު ވީފަދަ ހިނިތުންވުމެއް ހިނދުކޮޅަކަށް ޔޫޝައުގެ މޫނުމަތިން ފެނުނެވެ.”އޭ ހަމް ކޮބާތަ..” ނީކިޔާ ކުއްލިއަކަށް ހުރެފަ އަހާލި ސުވާލުން ޔަމްހާ ވެސް ޝައުގުވެރިވިއެވެ.”އޭނަ..އޭނަ ވީ މަގޭ ފްރެންޑެއްގެ ގޭގަ.. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަސްލުގެއަށް ޗޭންޖް ވާނެ..” ނުކްޝާން ޖަވާބު ދިނެވެ. އެ ޖަވާބުން ވެސް […]
މިރޭ ވަރަށް މާއިރާ ނިދަން އޮށޯތީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވެއެވެ. ފަށްޖެހިއެނދު ހިފައިގެން ގޭ ފެންޑާއަށް ނުކުތީ ނިދިއަންނަ ގޮތް ވުމުން އެތެރެއަށް ވަނުމުގެ ނިޔަތުގައެވެ. މާދަމާއަކީ އަހަރެންގެ އުފަން ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރަން ފުރާ ދުވަހެވެ. ގޭ މީހުން އަދި ނުނިދައެވެ. މަންމައާއި ބައެއް އަވަށްޓެރިން ވެސް ގޭތެރޭގައި ހޭލިމޭލިވެ އުޅެއެވެ. އަހަރެން ފުރާތީ ދަތުރު މައްޗަށް ގެންދާ ބޯކިބާ ފިހުމުގައެވެ. އަހަރެންގެ ރަށަކީ ހއ.އުތީމެވެ. ނަލަ ރީތި ހިތް ފަސޭހަ […]
“މި އެބަ ޖަހާތަ ނުލަފާ މީހެއް ވައްތަރު..” އެމީހާ ފެނުމުން ނުކްޝާން ގާތަށް އައީ ހިންޏެވެ. ނާންނަންވީ ސަބަބެއް ނެތެވެ. އެ ފިރިހެން މީހާ ތަންކޮޅެއް ފަލަކޮށް ، ބަނޑެއް ލާފައި ހުރި އިރު ތުނބުޅި ވެސް ފުދޭވަރަކަށް ދިގެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު އެއީ މީހުން މަރާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުއްލިއަކަށް އެއީ އެމީހައޭ ބުނުމުން ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވީއެވެ.”ތެދޭ.. އުހުނ ކިތަންމެ ނުލަފާ މީހަކު ވެސް އުޅެދާނެ […]
ހެނދު ހެނދުނާ މިއަދު ވެސް ރާނިޔާ ތައްޔާރުވަނީ އޭނާގެ ބައްޕަ ފުރޮޅުލީ ގޮނޑީގައި ބައިންދައިގެން ގޭދޮރުން ނުކުންނާށެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެ އާދައެވެ. ރާނިޔާގެ އުމުރުން މިހާރު 25 އަހަރު ފުރިއްޖެއެވެ. އޭނާގެ ބައްޕަ ޢަލީ ވަހީދަކީ މުޅި ރާއްޖެއަށް މަސްހޫރު ޝެފެކެވެ. ނަމަވެސް މިއަދުކު ނޫނެވެ. އެއީ މާޒީއެވެ. ޢަލީ ވަހީދަކީ އޭނާގެ ޒުވާން ދުވަސްވަރު ރިސޯޓް ތަކުގެ ބޮޑުކައްކާ އެކެވެ. ބޮޑު އަގުގައި ބޮޑެތި ޕާރޓީތަކަށް ކައްކާ ދެއެވެ. ރާއްޖޭން ބޭރުގައި ވެސް […]
ޒިޔާން މެންގޭ ކުރިމައްޗަށް ސައިކަލް ހުއްޓާލަމުން ނުކްޝާން ފޭބިއެވެ. އޭރު ކުޑަ ކުއްޖެއް ރޯއަޑު އިވުމުން ދިޔައެވެ.”އައްސަލާމް ޢަލައިކުމް..” ނުކްޝާން ސަލާމް ގޮވާލިއެވެ. އަންހެނެއް ސަލާމް ބަލައިގަންނަމުން އެތެރެއަށް އައުމަށް އެދުނެވެ. އޭރު ހަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ރޮމުން ދިޔަ ތުއްތު ކުއްޖެއް ކައިރީގައި ހުއްޓާލެވޭތޯ ބަލަން އިނެވެ. ހީވާގޮތުން އެއީ ޒިޔާންގެ ދެކުދިންނެވެ.”ނުކްޝާން ދޯ.. އާދޭ..” ހިނިތުންވަމުން ކޮޓަރިއަށް އައުމަށް ޒިޔާން އިޝާރާތް ކޮށްލިއެވެ.”ވަރަށް ބޮޑަށް ސޮރީ އިނގޭ އެގަޑީގަ ހަޅޭއްލަވައި ގަނެވުނީމަ.. […]
ބައިބޯވެ ހަލަބޮލިވެފައިވާ މީހުންގަނޑު ތެރެއިން އިޒާން ވަރަށް ހަލުވިކަމާއި އެކު ދިޔައެވެ. އިރުކޮޅުކޮޅުން ފަހަތްވެސް ބަލައިލައެވެ. އޭނާ ލަމުންދިޔަ އަވަސް ނޭވާތަކުންނާއި މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާ އެހުރީ ބިރުގަނެފައިކަން އެނގެއެވެ. އިޒާން ސިއްސައިގެންދިޔައީ އޭނާގެ ކަނާތް ފަރާތުން މީހަކު އައިސް އެކުޑަކުޑަ އަތުގައި ހިފައި ލަތްކެއް ޖަހައިލުމުންނެވެ. ”ނޫން މަންމާ! އަޅުގަނޑަށް އަނިޔާ ނުކުރޭ. ނޫން މަންމާ!” އިޒާން ރޮއެ އާދޭސް ކުރަމުން ދިޔައީ އޭނާގެ އުފަން މަންމައަށެވެ. އެތުއްތު ކުއްޖާގެ އަޑު އެތަނުން އެކަކަށްވެސް […]