“ދުރުވެބަލަ ކަޔާން! އަހަރެން ގަޑި ޖެހެނިއްޔޭ!” އިޒްހާއަށް ރުޅިއާދެވުނެވެ. “އަރާ!” އިޒްހާ ކަޔާންއަށް ބަލައިލީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ. “ލަސްވެގެނެއްނު ތި އުޅެނީ؟ ދެންވެސް އަރާބަލަ އަވަސްކުރަން ބޭނުމިއްޔާ.” ކަޔާން އެހާ ސީރިއަސްކޮށް އެހެން ބުނުމާއިއެކު އިޒްހާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ***** އިޒްހާ ހިމޭންކަމާއިއެކު ގޮސް ކަޔާންގެ ސައިކަލުގެ ފަހަތަށް އެރީ އަރަން ނާރަން ހުރެފައެވެ. ކަޔާން ގާތަށް އައީ ލާނެތް ހިންޏެކެވެ. “ވަޓް؟” އިޒްހާ ދެބުމަ ކައިރިކޮށްލިއެވެ. “ހާދަ ލަދުންނޭ ދޯ ތި އުޅެނީ.. […]
އެކަނި ވެރިކަން އިޙްސާސް ވުމާއި އެކު ރީހާންގެ ދެލޯ ފެންކަޅިވިއެވެ. ފަސްއަހަރު ލޯތްބަށްޓަކައި މަސައްކަތް ކުރުމުން ވެސް މިހެން މިވީ ކީއްވެ ހެއްޔެވެ؟ ރީހާން ކުށެއް ކޮށްގެން ހެއްޔެވެ؟ ވެގެން ވާނަމަ މިހާރު ޔަޤީނުންވެސް ލިއީޝް އާއި ހެދި އެ ހިތް ފޮތި ފޮތި ވެފައިވާ ގޮތް ދައްކާނެއެވެ. ކޮންމެ އަކަސް ހަލާކު ވެފައި އޮންނަ އެއްޗެއް އަލުން ނުހެދޭނެ ކަން ރީހާން ވެސް ދަނެއެވެ. ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ. ފުރަތަމަ ނުތަނަވަސްވި ނަމަވެސް ދެން […]
އައިލީން ހެމުން ހެމުން ފަހަތް ބަލާލި ވަގުތު ސިހުނެވެ. ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނަަމަވެސް އެ ހިތް އުފަލުން ތެޅިލިއެވެ. އަޔާޝް މެނާ އެއްކޮށް އެހުރީ ލޯންޗް އިން ފެނުނު ޒުވާނާއެވެ. އެއީ އަޔާން ބާއެވެ؟ އެއީ އަޔާން ނަމަ އޭނަ ހުންނާނީ އައިލީންމެން ގޭގައެވެ. އެއްގެއެއްގައި އުޅެންޏާ އޭނައަށް ވާނެ ގޮތެއް ވެސް ނޭނގެއެވެ. އައިލީންއަށް ނޭނގި ނަމަވެސް އަޔާންގެ ފުރަތަމަ ނަޒަރުން ވަނީ އެ ހިތާ ކުޅެލާފައެވެ. އެތައް ޚިޔާލު ތަކެއްގައި ހުއްޓާ […]
“ނޯ. ކީތްވެ އަހަރެން އިޒޫ ސްޓޯކްކުރާނީ؟ އަހަރެން ހިތްހަމަ ޖައްސައިލަން ބީޗަށް އައިތަނާ ފެނުނީ އިޒޫ މިތާ އިށީނދެއިން ތަން. އެހެންވެ އިޒޫ އެކަނި އިނީމަ މިތަނަށް އައީ.” ރުކައިން ‘އިޒޫ’ އޭ ކިޔައިގެން ވާހަކަދެއްކުމުން އިޒްހާއަށް ހެވުނެވެ. “އެހެން؟ ސޯ.. ރުކައިން އަހަންނަށް އިޒޫ ކިޔަންޏާ އަހަރެން ދެން ރުކައިންއަށް ގޮވާނީ ރުކް އޭ ކިޔާފަ. އެންމެ ރަނގަޅުތަ…؟” އިޒްހާ ބުނެލިއެވެ. “އިޒޫ ބޭނުންގޮތެއް. އެން ކީތްވެ އަހަރެން މިތަނަށް އައި އިރު އެހާ މޫޑީވެފަ […]
ހުކުރު ދުވަސް ކަމުން ހޭލައިގެން ކުރާނެ ކަމެއް ނޯންނާނެތީ މާހީ ރީޝަމްއަށް އުނދަގޫ ކޮށްފައި އަލުން އާނިޔާ ކޮޓަރިއަށް ގޮސް ނިދީއެވެ. ފެންވަރާލައިގެން ރީޝަމް އުޅުނީ ކޮޓަރިތެރެ ސާފު ކޮށްލަންށެވެ. ކިޔެވުމުގައި ބިޒީ ވުމުން މިހާރަކަށް އައިސް ރީޝަމް އަށް އެކަމުގައި އުޅެވޭނީ މަދު ފަހަރަކުއެވެ. ކޮޓަރިތެރޭގައި އޮތް ކުޅޭ އެއްޗެހިތައް ނެގުމަށްފަހު ބިތުގައި މަދު މަދުން ހުރި ކިލާތައް ފޮޅާ ސާފު ކުރިއެވެ. ދޮންނަން ވެފައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން ދޮރު ކައިރީގައި ބަހައްޓާފައި […]
ހޫނު ކަރުނަތިކިތައް ފައިބަމުން ދިޔައިރު އެ ފުހެލަން ރީހާން މަސައްކަތެއް ނުކުރެއެވެ. އަނބުރާ ރާއްޖެ ދާންވީ ކަންނޭނގެއެވެ. ނަމަވެސް ލިއީޝްއަށް ކުރެވޭ އިންތިޒާރެއްގެ ބޮޑު ކަމުން ރީހާންއަށް އިތުރަށް ވިސްނާކަށް ނުކެރުނެވެ. އެވަގުތު އައި ކުއްލި ރުޅީގެ ހުރިހާ ވަރެއް ބޭލުނީ އޮށޯވެ އޮތް އެނދުގެ ބާލީސް ތަކަށެވެ.”ވައި ޑިޑް ޔޫ ޑޫ އިޓް ލިޝް.. އައި ޑިޑް މައި ބެސްޓް ޓު ފައިންޑް ޔޫ އެން ލުކް އެޓް ނައު.. އައި ކާންޓް ޓޭކް ދިސް […]
” ވިޝާން!.. ދެން އަހަންނަކަށް ނުހުރެވޭނެ ޝާން އެހެން އަންހެން ކުދިންނާ އެއްކޮށް އުޅޭތަން ބަލާކަށް. އައި ތޯޓް އައި ކުޑް ޓްރަސްޓް ޔޫ ސޯ އައި ގޭވް ޔޫ ދަ ޗާންސް. ސްޓިލް ޔޫ ކީޕް ޑުއިން ދިސް.. އައިމް ސޮރީ ބަޓް.. ލެޓްސް ބްރޭކް އަޕް؟.” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކުރި މަތީ ހުރި ސޫރައަށް މިޝްޔަލް ހަތަރު ކަޅި ހަމަ ކޮށްލިއެވެ. އެ ރަތްވެފައިވައި ދެ ލޮލުން ހިތާމަވެރިކަން ނޫން އެހެން […]
އާނީޔާ އަށް ވިސްނެމުން ދިޔައީ ދެންމެ ވީ ކަންތަކާއި މެދުއެވެ. ސިކުނޑި އަށް ބާރުވަމުން ދިޔަ އިރު އާނިޔާ ކަންބޮޑުވުމުން ދިޔައީ އެންމެ ކަމަކާ މެދުއެވެ. ރީޝަމްއަށް ކިހާ ސަމާލުކަން ދޭންޖެހޭނެކަން އާނިޔާ އޮޅިފައެއް ނެތެވެ.”ދައްތާ ކީއްވެ ރުޅި އައީ ދެންމެ..” އާނިޔާ ވިސްނަމުން ދަނިކޮށް ރީޝަމް ވާހަކަ ދެއްކިއެވެ.”ރީޝް އަށް ވެސް އިނގޭނެ ދައްތަ ރީޝް ދެކެ ކިހާ ލޯބިވާކަން.. ދައްތަ ރީޝްއަށް ގެއްލުމެއް ވާން ބޭނުން ނުވާނެކަން.. ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ ދައްތަ […]
އެއީ ހަމަ އެ ހިނިތުންވުމެވެ. އެ ރީތި ދެ ލޮލެވެ. ދުށުމަށް ބޭގަރާރު ވި އަންހެން ކުއްޖާއެވެ. ލައިގެން ހުރި ހުދު ހެދުމާއި އެއާއި ގުޅޭ މޭކަޕުން އެ އަންހެން ކުއްޖާގެ ރީތިކަން ހާމަވާން ހުއްޓެވެ. ވެޑިންގް ޑްރެސް އެއްގައި ހުއްޓިގެން ހުރި މީހަކާ އެކުއްޖާ ވާހަކަ ދައްކަން ހުރި އިރު އެމީހާއަށްޓަކައި އެކުއްޖާ އުފާވެފައި ވާވަރު އިނގުނެވެ. އެއީ މުޅި އުމުރު ހުސްކޮށްގެން ނަމަވެސް ހޯދަން އަޒުމު ކަނޑައަޅައިގެން އުޅުނު އަންހެން ކުއްޖާއެވެ. ކައިރީގައި ހުރި […]