ސައިކަލު މަތީގައި އިން އިރުވެސް މައިޝާއަށް ވިސްނެމުން ދިޔައީ އީމާ އާއި ދެމެދު ކުރެވިގެން ދިޔަ މަޝްވަރާ އާއި މެދު އެވެ. އެހެންކަމުން ގެއާއި ހަމައަށް އައިސް މަޑުކޮށްލިއިރުވެސް އޭނާއަށް އެކަން ރޭކާވެސް ނުލީއެވެ. “މައި.. މައިޝާ” ދެތިން ފަހަރު ގޮވާލުމަށް ފަހު މައިޝާގެ ހަބަރެއް ނުވުމުނެ ފަހަތަށް އެނބުރިލާ ކުޑަކޮށް މައިޝާގެ ގައިގައި ކޮއްޓާލަމުން އީތަން ގޮވާލިއެވެ. ސިހިފައި މައިޝާ ބަލާލުމުން ނުފައިބަންހެއްޔޭ އީތްނ ބުނެލިއެވެ. ވަށައިގެން ނަޒަރު ނިނގާލިއިރު ގޭގެ ދޮރުމަތީ ތިބެވުމުން […]
އީމާ އީތަން އާއި ވާހަކަ ދެއްކިއިރު މައިޝާ އަށް ހުރެވުނީ އީތަންގެ މޫނަށް ބަލާށެވެ. ހެނދުނު އޮފީއަށް ގޮއްސައި ހަވީރު ގެއަށް އާދެވުމުން އޭމޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. އެއާއި އެއްވަރަށް އިތަންގެ ފިރިހެން ވަނަތަކަން ވެފައިވީ އިތުރެވެ. ތުނިކޮށް ޓްރިމް ކުރެވިފައިވީ ތުނބުޅި މަތިމަހާއި އެ މޫނު ނުހަނު ގުޅެއެވެ. މައިޝައަށް އީތަންގެ ފުރިހަމަކަމަށް ތައުރީފްކުރެވުނެވެ. އެކަންވެގެން ދިޔައީ އޭނާއަށް މިހާރު އާންމު ކަމަކަށެވެ. އޭނާއަށް ނޭނގި ނަމަވެސް ވަނީ އީތަންދެކެ ލޯބި ވެވިފައެވެ. އީތަން […]
މައިޝާ ހަމަޔަކަށް އެޅުނު ވަގުތު ވީ އީތަން ވެސް ބްރޭކަށާއި މައިޝާ ގޮވައިގެން ޑޮކްޓަރަށް ދައްކަން އައި ވަގުތަށެވެ. މައިޝާ އިން ހާލު ފެނުމުން އީމާ ކައިރި ސުވާލު ކޮށްލުމުން ކުރު ގޮތަކަށް އީމާ ކަން ހިގައި ދިޔަ ގޮތް ކިޔައި ދިނެވެ އެހެން ނަމަވެސް މައިޝާ އާއި ނިހާލް އާއި ދެމެދު ހިނގި އެއްވެސް ކަމެއް ނޭނގޭތީވެ އެވާހަކަ ނުދައްކާ ބޭއްވީ މައިޝާ އަމިއްލަ އަށް ކަން ހިގ ގޮތް ކިޔައިދޭން އެއްބަސް ވުމުންނެވެ. […]
އެތަނަށް އައި ބަޔަކުތިބީ ހުދު ގަމީހާއި ކަޅާއި ނުލުގެ ފަޓުލޫނު ލާފައި ވުމުން އޮފީހެއްގައި މަސައްކަތް ކުރާ ބައެއްކަން ހާމަވެއެވެ. އެމީހުން މައިޝާ ގޮވައިގެން އެތަނުން ދިޔަ ތަން ބަލަން ނިހާލް އަށް ހުރެވޫނީ މޫނު މައްޗަށް ރުޅިވެރިކަން ވެރި ކުރުވައިގެންނެވެ. *************** ހިޔާލު ތަކުގައި އޮތް މައިޝާއަށް ހޭވެރިކަން ވީ ފަތިސް ނަމާދަށް ބަންގި ގޮވުމުންނެވެ. ހިޔާލު ތަކުގައި އޮތުމުން ގަނޑި ހިނގައި ދިޔައި ގޮތްވެސް އޭނާއަށް ނޭނގުނީއެވެ. އަވަސް އަވަހަށް ތެދުވެ ފާޙާނާއަށް […]
“ނިހާ… އެކަމް ކީތްވެ މިތަނަށް ތި ގެނައީ…؟ މާލެ ދާން ހިނގާބަ… މިހާރު ބާރަ ޖަހަނީ އެއޮށްގެން ހިގާ……..” “ކޮން ތާކަށް؟… އެއްވެސް ތާކަށް ނުދެވޭނެ… މައިޝަ ކަލޭ ހީކުރީ އަހަރެން މީ މޮޔައެއް ކަމައްތަ؟؟ ފޯނުން ފުލުހުންނަށް ގުޅާފަ ރައްޓެއްސަކު ގުޅީ އޭ މަގޭ ކައިރި ކީ… މަށަށް އިނގޭ… ހުރިހާއެއްޗެއް އަޑު އިވުނު… މަށަށް އިނގޭ ރޭގަ މަ މާހިލް އަށް ކުރި ވަރު، ކީއެއްޗެހި މައިޝާ އަށް އިނގޭ ކަން… ނޭނގޭ ތި […]
ނިހާލް ބުނަމުން ދިޔަ ކޮނަމެ ލަފުޒެއް މައިޝާ ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަމުން ދިޔަ އިރު އެ މައުސޫމް އަންހެން ކުއްޖާ އަށް ނޭންގި އޮތް ކަމަކީ އޭގެން އެއްވެސް ބަހެއްގެ ފަހަތުގަ ހަގީގަތެއް ނުވާކަމެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އެ މައުސޫމް އަންހެން ކުއްޖާ އެވަނީ ނިހާލްދެކެ ވާލޯބިން އިތުބާރު ނުކުރަން ވާ ވަރަށް ނިހާލް އަށް އިތުބާރު ކުރެވިފައެވެ. އަދި މީގެ ނާޖާއިޒު ފައިދާ ނިހާލް ދަނީ ވަރަށް ރަނގަޅަށް ނަގަމުންނެވެ. […]
މައިޝާ އާއި ނިހާލް މާލެ ދިއުމަށް ދިޔަ ވަގުތު މައިޝައަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ. ކޮންމެވެސް ކަމެއް ވާން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން އޭނަގެ ހިތް އާދަޔާ ހިލާފަށް ބިރުގަންނަން ފެއްޓިއެވެ. މައިޝާގެ ސިކުނޑީގައި ވަނީ އެކި ކަންކަމުން ހައިޖާނުގަނޑެއް އުފެދިފައެވެ. އެއްކޮޅުން އެކުވެރިޔާގެ މާޒީއެވެ. އެ އެކުވެރިޔާއަށް އެހީއެއްވެދޭން ބޭނުން ނަމަވެސް އެއްވެސް ގޮތަކުން އެކަނ ކުރެވެން ނެތުމުން ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އަނެއްކޮޅުން އޭނާއަށް މިހާރު ކުރެވެމުން ދާ ގޮތް […]
“ދަރިފުޅާ މީ ބައްޕަ ކުރި ކަމެއް ނޫން… ބައްޕަ ދުވަހަކުވެސް ދަރިފުޅުމެންގެ ގުޅުމަށް ނުރުހިފަކާއެއް ނޯންނާނެ އަހަރުމެންގެ ދެ އާއިލާ ދެ ވާފަށުން އެއް އާއިލާ އަކަށް ވާތި އަހަރެން ހުރީ ނުހަނު އުފަލުން އެކަމަކު ބައްޕައަކަށް އެއްވެސް ގޮތަކަށް ނޭނގޭ އިއަން އަށް އެހެން ދިމާވާން ވީ ސަބަބެއް…. އެކަމަކު ބުނަން… ބައްޕަ، ބައްޕަގެ ތިން ކުދިންނަށް ދުވަހަކުވެސް ދެރައެއްނުދޭނަން…” އެއޮށް ހުރިހާއިރު ވާހަކަ ނުދައްކާ ހުރި ހަކީމް ވާހަކަ ދެއްކީ އޭނާގެ ދެ ކުދިން […]
ކޮޓަރީގައި ރޯން އޮތް އީމާ ވެސް ވާފިރުގެ އަޑަށް މޫނުމަތި ރީތި ކޮށްލުމަށްފަހު ބޭރަށް ނުކުތެވެ. ކޮޓަރިން ނުކުންނަން ދޮރާއި ހަމައަށް ގޮސްގޮސް ހުރި އީމާ ގެ ހަރަކާތް އަވަސްވި އޭނާގެ މަންމަގެ ރުއިމުގެ އަޑަށެވެ. އަވަސް ހަރަކާތަކާއި އެކު ކޮޓަރިން ނުކުތް އިމާ ހުރީ ހާސްވެފް އެވެ. ކުރިމަތިން އޭނަގެ މަންމަ އަޑުން އަޑުނަގާ ރޯން ހުރި އިރު ބައްޕަ ޖެހި ބުދެއްހެން ގަނޑުވެފަ ހުރިމުން ކުރާނެ ކަމެއް ނޭނގިގެން ހުރި ފަދައެވެ. ދެން އީމާގެ […]