އިޒްހާއަށް ޖެހެވެން ފެށީ ފަހަތަށެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ފެނުނީ ޖިޔާންގެ ކޮލަށް ބާރުގަދަ އަތަކުން އައި ހޫނު ހަމަލާއެއް އެރިތަނެވެ. އެއީ ކާކުކަން ފެނުމާއިއެކު އިޒްހާއަށް ޤަބޫލުކުރަން ދަތިވިއެވެ. ***** އެތާ ހުރީ އިޒްއާން ނޫން ދެވަަނަ މީހެއް ނޫނެވެ! “ބަލަ! ކަލޭ ތީ ކާކުތަ މި ދޭތެރެއަށް ވަންނާކަށް؟” ޖިޔާން ރުޅިއައިސްފައި ބުނެލިއެވެ. “އަހަރެން؟ އަހަރެން މީ އިޒްހާގެ ދޮންބެ. ތީ އަހަރެން އަހަން ޖެހޭ ސުވާލެއް. އަހަރެންގެ ކޮއްކޮ އާއި […]
ރީހާން އާއި ލިއީޝް އަކީ ޚާއްޞަ ގުޅުމެއް އޮންނަ ދެ ފަރާތެކެވެ. ފެށުނީއްސުރެ ދުރުނުކުރެވޭނެ ފަދަ ގާތްކަމެއް އެދެމެދުގައި ވެއެވެ. އެހެނަސް އެކަން ރީހާންގެ އެންމެ ގާތް އެކުވެރިޔާ، އެލީޒާއަށް ސިއްރު ކުރެއެވެ. ރީހާންގެ ހިތުގައި ލިއީޝްއަށް ދެވިފައިވާ މަޤާމަކީ އެހެން އަންހެން ކުއްޖަކަށް އެ ހިތުން ދެވޭނެ މަޤާމެއް ނޫނެވެ. އެހެނަސް ލިއީޝް އާއި ޒާންއަށް ކުރެވޭ ކަންތަކުންނާއި ބީރައްޓެހިކަމުން ރީހާންގެ ހިތަށް އެތައް ޒަޚަމެއް ލިބެއެވެ. ނުވަތަ ފާޅުގައި ދެނީ ހެއްޔެވެ؟ އެހެން […]
ހެނދުނު އަށެއް ޖަހައިފިއެވެ. މަޑު ނޫކުލައިގެ ދެބުރިއަށް ނަގައިފައިހުރި ގެއެއްގެ ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އިން 23 އަހަރުގެ އިޒްހާ އިނީ އިނގިރޭސި ބޯ ވާހަކަ ފޮތެއް ކިޔާށެވެ. ފެންނަ ފެނުމަށް ވަރަށްވެސް ރީއްޗެވެ. ދިގު ބޯ އެސްފިޔަތަކެއްގެ ދަށުގައިވާ މަޑު، މުށިކުލައިގެ ދެލޮލާއި އުނަގަނޑާއި ހިސާބަށް އަރާ ފަން، ގަދަ މުށިކުލައިގެ، ބޯ އިސްތަށިގަނޑަކީ ގިނަ މީހުންގެ ސަމާލުކަން އެންމެ ފަސޭހައިން ދަމައިގަންނަ ކަންކަމެވެ. ލިބިފައިފާ ކުރު އިސްކޮޅުންނާއި ބައްޓަން ރީތި ތުނި ދޮން ހަށިގަނޑުން […]
ހަވީރުގެ ހިތްގައިމު ވަގުތު ނިމި އިރުއޮއްސެން ދިޔަ ވަގުތެވެ. އުޑު މަތީގައި ރަތާއި އޮރެންޖް ކުލައިގެ ވިލާތައް ރަސްކަންކުރަމުން ދާ މި ވަގުތުކޮޅު ވަރަށްވެސް ހިތްގައިމެވެ. ހަވީރު ފިންޏަށް އަތިރިމައްޗަށް ނިކުމެ އުޅުނު މީހުން މަދުވާން ފަށައިފިއެވެ. ގަހެއްގައި ލެނގިލައިގެން ހުރި ލަމްއާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ލަމްއާއަކީ ނަވާރަ އަހަރު ފުރިފައިވާ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަކީ އިސްކޫލުގައި އުޅުނުއިރު ލިބިފައިވާ ރީތިކަމަށް މަޝްހޫރު އަދި ކިޔެވުމަށްވެސް ހަމަ އެހާމެ މޮޅު ކުއްޖެކެވެ. […]
“ނިޝް ޑެޑީ މި ދަނީ އިނގޭ.. ދޫނި ދޭ ކޮޓަރިއަށް..” ޔަމްހާ އާއި ވަކިން ވާހަކަ ދައްކާލަން ނުކްޝާން ނިޝްކާ ކައިރީގައި ބުންޏެވެ. ހީލަމުން ނިޝްކާ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.”ޔަމް އައިމް ސޮރީ ވާހަކަ ނުދައްކައި ހުރެވުނީމަ..” ނުކްޝާން ޔަމްހާގެ އަތްތިލައިގައި ހިފާލިއެވެ.”އިޓްސް އޯކޭ ނުކް.. ވާހަކައެއް ބުނަންތަ؟؟..” ނުކްޝާން އައުމުން ޔަމްހާގެ ހިތް އުފަލުން ނަށާލިއެވެ.”ހޫމް ބުނެބަލަ..” ކެތްތެރިކަމާ އެކު ނުކްޝާން ޔަމްހާއަށް ބަލާލިއެވެ.”ޔޫޝައު އަތުގަ އޮންނާނެ މަގޭ ފޮޓޯތައް..ހެދުން..ނުލާ..” އަޅައިގަންނަމުން ކަހަލަ ގޮތަކަށް ޔަމްހާ […]
ޔަމްހާ ނިޝްކާ ކައިރީގައި އެނދުގައި ބާއްވާފައި ނުކްޝާން ވެސް އެމީހުން ކައިރީގައި އޮށޯތެވެ. ވިސްނެންފެށީ ޔަމްހާ ދެއްކި ވާހަކަ ތަކެވެ. ނުކްޝާން ހީކޮށްގެން ހުރީ ޔަމްހާ ވަރަށް ރަނގަޅު ކަމަށެވެ. އެއްވެސް ގޯސް ކަމެއް ނުކުރޭ ކަމަށެވެ. ބައެއް ފަހަރު ހީކުރާހާ ކަމެއް ޔަޤީން ނުވެދާނެއެވެ. ޔަމްހާއާއި މެދުގައި ހިތްހަމަ ނުޖެހުނަސް އެ ހިތުގައި ޔަމްހާއަށްޓަކާ ވި ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނުކްޝާންއަށް ނިދިފައި އޮތް ޔަމްހާ އާއި ދިމާއަށް ބަލާލެވުނެވެ. އެހާ ފުރިހަމަ ދެވަނަ […]
ޔާޝާ ގޮވައިގެން ގޮސް ޔަމްހާ މަޑުކޮށްލީ ހޮޓެލެއް ކައިރީގައެވެ.”އާދޭ..” ޔަމްހާ ކާރުން ފައިބަމުން ޔާޝް ގޮވައިގެން ވަނެވެ. އަދި އެބުނާ ރޫމްއަކަށް ޔަމްހާ ދިޔައެވެ. އޭރު ދެ ފިރިހެނުން އެތެރޭގައި ތިއްބެވެ.”އަން.. މީނަ މަރާލާފައި ދޫ ކުރާތި..” ޔަމްހާ ޔާޝާ އެތެރެއަށް ކޮށްޕާލާފައި ދޮރު ލެއްޕިއެވެ. އެ ކުޑަ ކުއްޖާއަށް ބިރުން ރޮވެން ފެށިއެވެ. ހިތްހަމަ ޖެހިފައި ޔަމްހާ ބޭރަށް ނިކުތެވެ. އެއްވެސް ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއް ފިރިހެނުންގެ އަތްދަށަށް ދޫކޮށްލާފައި ޔަމްހާ އެ […]
ބާބު 2 [ކުރީގެ އަދަދާއި ގުޅޭ] ”ބާރަ ޖެހީ” އައިވާގެ އަޑު އިވުމުން ފައިރީންވެސް އަވަސް ވެގަތީ ނިދުމަށެވެ. ދެކުދިން ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު އަވަހަށް ރަޖާ އަޅައިގެން ނިދުމަށްޓަކައި އޮށޯވެލިއެވެ. . ……… ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އައިވާ އަށް ސިހިފައި ހޭލެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. މީގެ ކުރިން ދަނވަރު ގަޑީގައި ފާހާނާއަށް އެހާ ގިނައިން ނުދާތީ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ބިރުވެރިންކަން އެއްފަރާތް ކޮށްލުމަށްފަހު އައިވާ އެނދުން ފައިބައިގެން މަޑު […]
ބާބަު 1 – އައިވާ އާއި ފައިރީން “ތިއީ އައިވްގެ އެއްޗެކޭ! ފައިގެ އެއްޗެއް ނޫނޭ.. ގެނޭ ތީިތި..” ތުންދަމައިގެން ހުރެ ހަތަރު އަހަރުގެ އައިވާ މަސައްކަތް ކުރަމުން ދިޔައީ ފައިރީންގެ އަތުގައި އޮތް ކުޅޭ ކުޅޭ ބަޑި އަތުލުމަށެވެ. “ނުދޭނަން.. ފައި ނެގީ ދޯ ފުރަތަމަ.” އައިވާގެ ބޮލަށް ކުޅޭ ބަޑި އަމާޒުކޮށްލަމުން ފައިރީން ބުނެލިއެވެ. “ހޭންޑްސް އަޕް.” އައިވާ ވަގުތުން ދެއަތް މައްޗަށް ނެގިއެވެ. ފައިރީން ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. ފައިރީން ބަޑި ތިރިކޮށްލުމުން އައިވާ […]