އަހަރެމެން ތެރޭގައި ހަނގާކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. މިއީ ނައްތާލަންޖެހޭ ދަށުދަރަޖައިގެ ޢަމަލެކެވެ. ހަނގާކުރުމަކީ ހަމައެކަނި އަތްފައިން ގެއްލުން ދިނުމެއްނޫނެވެ. ހަނގާކުރުމަކީ އަނގަބަހުން ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން ގެއްލުން ދިނުމެވެ. އުނދަގޫ ކުރުމެވެ. އަނިޔާކުރުމެވެ. އަދި މި ނޫންވެސް އެކި ގޮތްގޮތަށް ހަނގާކޮށްއުޅެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ހަނގާކޮށްއުޅެއެވެ. ބައެއް މީހުން އެކަން ކުރަނީ މަޖަލަކަށެވެ. ބައެއްފަހަރު ދެރައެއް ދިނުމުގެ ގޮތުންވެސް ހަނގާކުރެއެވެ. ހަނގާކުރެވޭ މިހާއާމެދު ނުވިސްނައެވެ. އެމީހާގެ އިހްސާސްތަކާއިމެދު ނުވިސްނައެވެ. އަނެއްބަޔަކު ހަނގާކުރަނީ މީހުންގެ […]
ހިނިއައިސްފައި ހުރި ޒާހިރު އަހަރެން ފޯނުގެ ޑިސްޕްލޭއަށް ބަލައިލުމުށް ފަހު މުޅި މީހާ ހަމަހިމޭން ވެއްޖެއެވެ. އެއާއިއެކު ވަގުތުން އަހަރެންގެ ފޯނު ބޭއްވުމަށްފަހު ގެއިން ނުކުމެގެން ދިޔައީއެވެ. އަހަރެން ގާތު އައީ އަމަށަކު ހިންޏެއް ނޫނެވެ. އެވީވެސް އަހަރެން އެންމެ ބޭނުންވި ގޮތެވެ. އެއީ އަހަރެން ހަމަ ގަސްތުގައި ޒާހިރުގެ ފަރާތުން ދެކެން ބޭނުންވި މަންޒަރެވެ. ރޫމަށް ގޮސް އަހަރެން ކޮލެޖަށް ދާން އެއްޗެހި ރެޑިީ ކުރަންފެށީ އަނެއް ދުވަހުގެ ތާވަލަށް ކަންކަން ކުރުމުގެ ގޮތުންނެވެ. ބައެއް […]
“ކިހިނެއްވީ މަންމާ؟ ކިޔާބަލަ؟” އަހަރެން ބޭނުންވީ މަންމަ ދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ. “ބޭބެ ބަލައިފި މީކާލް އަކީ ކޮންކަހަލަ ކުއްޖެއްތޯ؟ ކާށިދޫ މީހެއްކައިރި އެހީ…. އެމީހާ ބުންޏޯ ތީ އެހާ ރަނގަޅު ކަމެއް ނޫނޯ. އެހާ ރަނގަޅު ބައެއް ނޫނޯ އެއީ.. މީކާލްވެސް އެއީ ވަރަށް އަންހެން ކުދިންނާ އުޅޭ ކުއްޖެކޯ.” މަންމަ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ކަންފަތުގައި ހީވީ ވަރުގަދަ ގުގުރިއެއް ޖެހިހެންނެވެ. އަހަރެންގެ ހަރަކާތް ތަކާއިއެކު ހުއްޓުމެއް ނެތި ޖަހަމުންދިޔަ ލޮލުގެ […]
“މީކާލް … ފޯނު ބާއްވާލަނީ..” ކުއްލިޔަކަށް އަހަރެން ފޯނު ކަނޑާލީ ބޭރު ދޮރާ ދިމާލަށް ބަލައިލަމުންނެވެ. އޭރު އެއްކަލަ މީހާ އަހަންނަށް ހަތަރު ވަރަކަށް ފަހަރު ފުއްޓަކި ޖަހާލިއެވެ. އަހަރެން މުޅިން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އެއީ އަހަންނަށް ބިރުވެރި މީހެކެވެ. ކުލީ ކޮޓަރި ހުރިކަމަށް ބުނެ، ކުރިމަތީ ހުރި ގެޔަށް ގަދަކަމުން އަހަރެން ގެންދަން އުޅުނު މީހާއެވެ. އަހަރެންގެ އިއްފަތް ފޭރުމަށް ކަރު ހިއްކާފައިވާ އެމީގެ އުނދަގޫ ދުވަސް ދުވަސް ކޮޅުން ޖެހެމުންދާތީ އަހަރެން […]
ޗާލްސް އަހަންނަށް ދިން ފޮތް އަހަރެން ލައްޕާލީމެވެ. އަހަންނަށް ޔަގީންވާ ކަމަކީ ކޮންމެސް އިރަކުން ޗާލްސް އަހަންނާ ކުރިމަތިލާނެކަމެވެ. ފަރުހާންއެކޭ އެއްގޮތަށް ޗާލްސްއަކީވެސް ވަރަށް އަހްލާޤް ރަނގަޅު އޯގާތެރި ދެކުދިންނެވެ. އެހެނަސް އަހަންނަށް މިނޫންގޮތަކަށް ނެތެވެ. މީކާލްއަށް މުއްދަތު ޖަހާފައި އެމުއްދަތުގެ ތެރޭގައި އަހަރެން ބޭވަފާތެރި ވެއްޖެނަމަ އަހަރެންގެ އެއްވެސް އިހްލާސްތެރިކަމެއް ނޯންނާނެއެވެ. އެއީ އަހަރެން ވިސްނާގޮތެވެ. ދުވަސްތައް ވޭތުވަމުން ގޮސް ޖީ.ސީ.އީ އޯލެވެލް އެގްޒާމް ނިމުނު ދުވަހެވެ. އެންމެ ފަހު ޓެސްޓު ނިންމާލުމަށް ފަހު އަހަރެން […]
މިއަދުމިއީ އަހަރެންގެ ހަޔާތަށްއައި އެންމެ އުފާވެރިދުވަހެވެ. އެންމެޅަދުވަހުންސުރެ އެންމެ ލޯބިވި އަހަރެންގެ ލޯބިވެރިޔާ ލައުރާއާއި ކައިވެނި ކުރެވުނު ދުވަހެވެ. މިކައިވެނި ކުރަން އަހަރެން ތެޅުނު ވަރު އެނގޭނީވެސް ހަމައެކަނި އަހަރެންނަށެވެ. ގާޒީ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަމުން ދިޔަ އަހަރެންގެ ދެލޯ ދެން ދައުރުކޮށްލީ ލައުރާގެ 12 އަހަރުގެ އަންހެން ދަރިފުޅު ލައިކާއަށެވެ. ވަގުތުން އަހަރެންގެ ދެއަތް މުއްކެވިގެންދިޔައެވެ. ހިނިތުންވެލައިގެން ހުރި ލައިކާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މަންމައަށް ޓަކައި އުފާވެފައިވާ މިންވަރެވެ. ނަމަވެސް […]
ބޭއްވި ބައްދަލުވުމުގައި ޓީމް އާއި ރެކޯޑިންގ ތައް ހިއްސާކޮށް، އިތުރަށް ތަހްޤީގް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ކަންތައްތައް އަވަސްކޮށް ކުރުމަށް ނިންމީމެވެ. ހާމިދާގެ އަސްލު ޤާތިލަކީ އަހްމަދު ނޫން ކަން ޓީމް އެންމެނަށްވެސް އެނގިގެން ދިޔައެވެ. އެގޮތުން އަލުން ކޭސްގެ ތަހްޤީގް ފެށުނު ހިސާބަށް އަނބުރާލީމެވެ. ރެސްޓޯރަންޓް ސްޓާފުންގެ ބަޔާނުގެ ރެކޯޑިންގް އަލުން އަޑު އަހައި ކުރިއަށް ގެންދިޔައީމެވެ. އަވަސް ނިޔާ ޔަކަށް ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނާއި، ކޭސް ޕްރެޝަރުގެ ސަބަބުން އެންމެ ބޮޑު ކަންތައް […]
ވަގުތުން އަހަންނަށް ބަލައިލެވުނީ އަތުގައިވާ އިނާމަށެވެ. އަހަރެންގެ އުޖާލާ މޫނުމަތި ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ފެންބޯ ވިލާގަނޑެއްހާ ފުސްކޮށެވެ. ހަދަންވީ ގޮތްވެސް އަހަންނަށް އޮޅިއްޖެއެވެ. އެކުދިން އެބުނީ ތެދެއް ހެން އަހަންނަށް ހީވާން ފެށީވެސް އެކަހަލަ ވިސްނުންތަކުން އަހަރެން ވަށާލުމުންނެވެ. އެކުދިންނަށް އެވެސް ރައްދެއް ނުދީ އަހަރެން ނުކުމެގެން ދިޔައީ ވަރަށް ދެރަވެފައި ހުރެއެވެ. ތެދެކެވެ. އަހަންނަށް ވުރެ އަޑާއި ރާގު ރީތި ކުދިން އެމުބާރާތުގައި ބައިވެރިވިއެވެ. އަހަންނަށް ވުރެ ފަރިތަކޮށް މަދަހަކީ ކުދިންވެސް އަހަންނަށް ފާހަގަވިއެވެ. […]
“އޭރުންނޯ؟؟ އެއީ ކޮންގެއެއް؟ ޝަލީން!… މިހާރު އަހަރެން ބިރުގަނެއްޖެ… އަނެއްކާ އިނގޭ ތަންތަނަށް ވަންނައްޗެ.. ތި ކޮން ގެއެއްތަ؟ އަޅެ އަޅޭ!.. ތީކޮން ގެއެއްހޭ؟” ފާތުން އަހާލީ ހައިރާންވެ ހުރެއެވެ. “ސާބަސް މަޑުން ހުރެބަލަ… އަހަރެން ކިޔައިދޭނަމޭ.” ދަނބުކުލަ ލާފައިހުރި ގެއަށް ވަނުމުގެ ކުރިން ސިއްރުން އަހަރެން ފަހަތަށް ބަލާލީ ފާތުންނާ ވާހަކަ ދައްކަމުންނެވެ. “ޝަލީން! މިގަޑީގަ؟.. މިކޮންކުއްޖެއް؟” ފާތުން ދައްކާލަމުން އެގޭ ޞަބީހާ އަހަންނާ ދިމާލަށް ބުންޏެވެ. “މިއީ ފާތުން. ކްލާސް ކުއްޖެއް.” ކައިރީގައި ހުރި […]