މެންދަމުން އަލިވެ 03 ޖަހަނީއެވެ. ރޭނގަނޑު ނިދަން އެރި އަފާއަށް އެއުޅެނީ ނުނިދިއެވެ. ހީވާ ގޮތުންނަމަ މާޒީ ހަނދާން ކުރަނީއެވެ. މާދަމާއަކީ 01 ޖެނުއަރީއެވެ. ނިމިގެން މި ދިޔައީ 31 ޑިސެމްބަރު 2019 އެވެ. ކުރިއަށް އޮތީ 2020 އެވެ. އެހެނަސް އަފާގެ ދިރިއުޅުން އޮތީ 2016 ގުޅިލާމެހިފައެވެ. އެއީ ދިގު ވާހަކައެކެވެ. މީގެ 4 އަހަރު ކުރިއެވެ. 01 ޖެނުއަރީ 2016 އެވެ . އަފާ އާއި ނިހާދު ދިމާވަނީ ރަށުގެ ބަނދަރުމަތިންނެވެ. ނިހަދަކީ ރަށަށް […]
އުފަންފަސްގަނޑުގައިވެސް މިއަދު އަހަންނަކީ އެކަނިވެރިޔެކެވެ. މަންމަ ކުރި ފާފައެއްގެ ސަބަބުން އެކަމުގެ ޝަޒާ ލިބެމުންދާ ޒުވާނެކެވެ. ނިކަމެއްޗެކެވެ. އަޅާލާނެއް ޔާރެއްއިޔާރެއް ނެތް ޔަތީމެކެވެ . މީގައި އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ކުއްލިއަކަށް ހަނދާނަށް އައީ މަރުވުމުގެ ކުރިން މަންމަ ބުނި އަލަމާރިއެވެ. އެ އަލަމާރި ހުޅުވާލުމުން ލޮލުގައި އަޅައިގަތީ ފޮތެކެވެ. އެ ފޮތް ނަގައި ހުޅުވައި ކިޔަން ފެށީމެވެ. ރަށަށް އީދު ކުޅެން އައި ޒުވާނެކެވެ. ރީތިގެ ރަސްގެފާނެކެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސާދަވިލޭރޭގެ ހަނދުފަދަ […]
މަންމާއެވެ! މިދުނިޔޭގައި އަހަންނަށް ލިބުނު އެންމެ އަގު ބޮޑު މުތަކީ ތިއީއެވެ. ތިއީ އަހަރެންގެ މުއްސަނދިކަމެވެ. ފައިސާ ނެތަސް، މަންމަގެ ނަސޭހަތުން އަހަރެންގެ ދިރިއުޅުން ތަނަވަހެވެ. އެއީ ތިޔަ މުތުން އަހަންނަށް ލިބުނު އަގުހުރި ފިލާވަޅު ތަކުންނެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ. ަ މަންމާއެވެ! ތިއީ މިދުނިޔެއިން އަހަންނާ ބައްދަލުވެ ވާހަކަ ދެއްކުނު އެންމެ ވަރުގަދަ ޝަހުސިއްޔަތެވެ. ތިޔަފަދަ ދެވަނައެއް އަހަރެންގެ މި ދެލޮލުން އަދާ ހަމައަށްވެސް ނުދެކެމެވެ. އެތައް މިލިޔަން މަންމައިންގެ ތެރެއިން […]
ބިއްލޫރި އެއް ފަދައިން ވިދަމުން ދިޔަ ކަޑު ކަފަމުން އާރޓީއެލް މިސްރާބްޖެހީ ރަށާއި ދިމާލަށެވެ. ހިއްގައިމު ކުދި ފަޅުރަށް ތަށް ފެންނަމުން ދިޔައެވެ. އަހަންނަށް އިދެވުނީ އާޝޯހު ވެފައެވެ. އިރު އިރު ކޮޅާ ފޮޓޯ ނަގާލެވެއެވެ. ތިރީސް މިނިޓްގެ ދުވެއްޔަށްފަހު ލާންޗް ބަދަރާއި ކައިރި ކޮށްލައިފިއެވެ. ފަޅުވެރިންގެ އެހީއާއިއެކު އަހަރެން ލާންޗްއިން ފޭބިއެވެ. އަހަރެންގެ އިސްތިގުބާލުގައި އާއިލާ އެތަށް ބަޔަކު ބަދަރުގައި ތިއްބެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟ ޔޫއެސްއޭ ގައި ފަސްއަހަރު ޑޮކްޓަރީ ކަން ކިޔެވުމަށްފަހު […]
“އެހެންވިއްޔާ ދެން ތާރާއަށް ނުވަންޏާ ނުވާނެއޭ ބުނެބަލަ. އޭރުން ނުގުޅާނެއްނު” އަހަރެން ރޯތީވެ އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ. “ތިވަރުގެ މީހުން ކިޔަވާނެ ކަމެއް ނެތް. ވަޒީފާ ލިބުނީމަ ދާނެ ހިތްވަރެއް ނުހުރެ. ކިހިނެއް ވަޒީފާ އަދާކުރަނީ.” ބައްޕަ އަހަރެން ދެކެ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރިއެވެ. “ބައްޕާ! އަހަންނަށް ވާގޮތްގޮތް ބައްޕައަށް ވާނަމަ، ބައްޕަވެސް އިންނާނީ މިހާލުގަ. މީ އަހަރެން އަމިއްލައަށް ކުރާ ކަމެއް ނޫނޭ.. މީ އާދައިގެ ކަމެއް ނޫނޭ… އަހަންނަށްވެސް ނޭނގެ އަހަންނަށް މިވާގޮތެއް […]
ހަނދު އޭގެ ވާޖިބު އަދާކޮއްފައި އިރަށް ޑިއުޓީ ހަވާލުކޮށް ފިލައިފިއެވެ. ހުވަފެނީ އާލަމުގައި އޮތް އަހަރެންނަށް ހޭލެވުނީ އިރުގެ ރަން ދޯދިތަށް އަހަރެން ދެލޮލަށް އުނދަގޫ ކުރަން ފެށުމުންނެވެ. ލެދޯ ކަހާލާފައި އަހަރެން ލޯހުޅުވާލީމެވެ. އޭރު ގަޑިން 7 ޖެހީއެވެ. ރޫޅާލާފައި އޮތް އަހަރެންގެ ކޮނޑާ ހަމައަށް އަރާ އިސްތަށިކޮޅު ވޫލެއްގައި ހައްޔަރު ކޮއްލާފައި އަހަރެން ފާހާނައަށް ވަނީމެވެ. އަހަރެން ދަބަހާއި އަހަރެންގެ ޑޮކްޓަރީ ކޯޓު ހިފައިގެން ވަނީ ބަދިގެއަށެވެ. އެވަގުތު ބަދިގެ މޭޒު މަތީގައި އޮތް […]
އަނެއް ދުވަހު އަހަރެން ކްލާހަށް އައުމަށްފަހު އެކުއްޖަކު ބުނި ފިލާވަޅަކުން އެކުއްޖަކަށް ކިޔަވައި ދިނީމެވެ. އަހަރެން ކިޔަވައިދިނުމުގައި ގެންގުޅުނު އުކުޅު ފެނިފައި އެކުދިން ހައިރާންވިއެވެ. ތަޖްވީދުގެ ކޮންމެ ފިލާވަޅެއްވެސް އަހަރެން ބޯޑުގައި ކިޔައިދިނީ ކުރަހައިންނެވެ. އެތައް ގޮތަކަށް ނޫނީ ތަފާތު ވައްތަރުގެ ގޮތްގޮތަށް އަހަރެން ކުރަހަމުން ދިޔަ ފިލާވަޅުތަކުން އެކުދިން ތިބީ ހައިރާން ވެފައެވެ. އެއީ ތަޖްވީދު ދަސްކުރަން އަހަރެން ގެންގުޅުނު އުކުޅެވެ. ހަގީގަތުގައި ތަޖްވީދަކީ އަހަންނަށް އެންމެ އުނދަގޫ އެކައްޗެވެ. ޒީޝާގެ ސަބަބުން އަހަރެންގެ ހިތުގައި […]
މާލޭގެ ފެންވަރު ރަނގަޅު ސްކޫލަކުން ކިޔަވާ ނިންމުމަށްފަހު އަހަރެން ވަނީ ޤުރްއާން ކޯހަކަށެވެ. އެއީ އެއް އަހަރުގެ ކޯހެއްކަމުން އަހަރެން އެކޯސް ނިމެންދެންވެސް މަޑުކުރީ ހަމަ އަހަރެން ކިޔަވަން ހުރި ގޭގައެވެ. އެއީ އަހަރެންނާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއް ނޫނަސް ހަމަ އާއިލާގެ ރައްޓެހިންނެވެ. ޒަމާންވީ ގުޅުމެއްގެ ބޮޑުކަމުނާއި އިތުބާރުގެ ގޮތުން އަހަރެން އެގޭގައި މަޑުކޮށްގެން ހުރީ ކިޔެވުން ނިންމާފައި އައިސް ރަށަށް ޚިދުމަތް ކުރުމުގެ ނިޔަތުގައެވެ. އަހަންނަކީ އެންމެ ފުރަތަމަވެސް ގުރްއާން ކޯސް […]
ކުއްލިޔަކަށް މުޅި ތަނުން ކަރަންޓް ދިޔައެވެ.. ވީގޮތް ނޭނގިފައި އަހަރެން ހާސްކަމުގެ ތެރޭގައި އިނދެ ޖެހިގެން އިން މީކާލްއަށް ބަލައިލީމެވެ. އަނދިރި ކަމުގެ ތެރެއަށް އަހަރެންގެ ލޯ ހޭނުމާއި އެކު އަހަންނަށް ފެނުނީ މީކާލްގެ އަތުން ވިދުވަރެކެވެ. އަނެއްކާވެސް އަހަރެން ބަލައިލީ އެއަލި ކޮޅަށެވެ. ރަނގަޅަށް ބަލައިލުމާއެކު އަހަރެންގެ ދެލޯ ބޮޑު ވެގެން ދިޔައީ ބިރުން އިނދެއެވެ. އަނދިރީގެ ތެރޭގައި މީކާލް ހިފައްޓައިން އިނީ ވަޅިއެކެވެ. ވަރަށް ބިރުން އަހަރެން ތުރުތުރު އަޅަން ފެށިއެވެ. މީކާލް އަހަރެންގެ […]