ތަހްޤީޤަށް ލިބުނީ ހީކުރި ވަރަށް ތުރެއް ވެސް ބޮޑު ކާމިޔާބީ އެކެވެ. މުޖުރިމު އަތުލައި ގަނެވުނީ އެންމެ އެކަށޭނަ ވަރަކަށް ހެކިތަކާއި އެކުގައެވެ. ލިބުނު ހުރިހާ ހެކިތަކުގެ އަލީގައި އަހްމަދު އެއީ ހާމިދާ އަދި އެ ރަށުން ގެއްލުނު އިތުރު ކުދިންގެ ޤާތިލުކަން ސާބިތުކުރެވޭނެއެެވެ. އެއީ އިތުރަށް އަހްމަދު ފެނުނުތަން ބަލާ ފާސް ކުރުމުގެ ތެރެއިން ހާމިދާޔާއި ގުޅުން ހުރި ތަކެތި ފެނުނު ކަމަށް ތަހްޤީޤްް ޓީމް އަދި ފޮރެންސިކްސް އިން ވެސް އެއްބަސް ވެއެވެ. ނަމަވެސް […]
ވަކި ވަކިން ރިކޯޑު ކުރި ބަޔާން ތަކުގެ ތެރެއިން ހާމިދާޔާ އެންމެ ގާތް އެކުވެރިންގެ ރިކޯޑިންގ ތައް އަޑު އަހަން ފެށީމެވެ.. އެގޮތުން ހާމިދާގެ އެކުވެރިއެއް ކަމަށްވާ ސަމާހަތުގެ ބަޔާން އިން ފެއްޓީމެވެ.. އޭނާ ބުނި ގޮތުގައި އެދުވަހު ޕާޓީގައި ސަމާހަތު އުޅުނީ ވަރަށް ދުރުދުރުންނެވެ.. “މީހަކާ މާ ބޮޑަކަށް އަނގައިނެއް ނުބުނޭ.. އެހެން މީހުނާ ވަކިން އެކަހެރިވެ ގޮސް އިންނަ ތަން ފެނުން.. ބަލާބެލުމަށް ހީވަނީ ކަމަކާ ފިކުރު ބޮޑުވެފަ އިން ހެން.. ނޫނީ ޖެހިގެން […]
އެނދުމަތީ ދެފަރާތަކަށް ފުރޮޅިލަ ފުރޮޅިލާ އޮވެވުނެވެ.. ހެނދުނުގެ ކަންތަކާ ވިސްނެނީއެވެ.. އޭރުއްސުރެއް ބޮލަށް އެނބުރުން އަރާފަ ހޮޑުލަވާ ކަހަލަ ގޮތެއް ވެފަ ހުންނަ ކަހަލަ އެވެ.. ލޯ މަރާލިޔަސް ފެންނަނީ ހާމިދާއަށް ދީފައި ހުރި އަނިޔާތަކެވެ… ހިތާ ހިތާ ސުވާލުކުރެވުނެވެ.. އެވަރު ކަމެއް ކުރުމުގެ ފަހަތުގައި ތިބީ ކޮންބައެއް ނޫނީ މީހަކު ބާވައެވެ؟؟ މަގްސަދަކީ ކޮބައި ބާވައެވެ؟؟.. ” ވެރިޔާ…. ކޮން.. ވިސްނުމެއްގާ؟؟ ” ސިއްސައިގެން ގޮސް ބަލާލެވުނެވެ.. އަތުގައި ކޮފީ ތަށި ގަޔަށް ބަންޑުން ނުވީ […]
ދަންވަރު ބާރަ ޖެހުމާ ގާތެވެ… މުޅި ރަށު ތެރެއަށް ވެރިވެފައި ވަނީ ހަމަ ހިމޭން ކަމެވެ… ގަޑީގެ ގޮތުން މަގެއް މަތިން މީހެއްގެ ހިލަމެއް ވެސް ނެތީއެވެ… ނަމަވެސް މި ހަމަ ހިމޭން ރޭގަނޑު އަހަންނަކަށް ހިމޭނެއް ނުވިއެވެ… ވޭނީ އާހް އެއް ލައްވަމުން ބުރަކަށި ޖައްސާލެވުނީ ކައިރިގައި އިން ރުއް ގުޅިއެއްގައެވެ. މަޑުމަޑުން މޫނާ ދިމާލަށް އަތް ހިއްލާ ނިއްކުރީގެ ދިލަ ނަގާ ދިމާލުގައި އަތް ޖައްސާލީމެވެ… ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްސަ ހުރި ކަހަލަ […]