ޒީން އޭނާ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއިއެކު ފަހަތުން ގޮސް ނާސިފްވެސް ވަނީ ޒީން ނިދާ ކޮޓަރިއަށެވެ. އިޝާލްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ. ކުރިން ދުވަހު ޒީން ދެއްކި ވާހަކަތަކާ މިރޭ ފެނުނު މަންޒަރާ އެއްވެސް ގުޅުމެއް ނެތެވެ. ނަޝްފާވެސް އިޝާލްއަށް ބުނެދީފައިވަނީ ޒީންއާ ނާސިފް ނިދަނީ ވަކި ކޮޓަރިއެއްގައި ކަމެވެ. ހިއްވަރު ކޮށްލާފައި އިޝާލް ކުރިޔަށް ހިނގައިގަތީ ނަތޫއާ ނަޝްފާ ނިދާ ކޮޓަރިޔާ ދިމާލަށެވެ. “ކީއްކުރަން މިތަނަށް ތިއައީ؟” އަހަރެން […]
ކުރިމަތީ ހުރީ ނާސިފްއެވެ. ވިރިވިރި ހުރި އަހަރެން މަޑުމަޑު ތުރުތުރެއް އަޅަމުން ދިޔައެވެ. އިޝާލްއާއި އަހަރެން ގޭތެރޭގައި އެކަނި ތިބިކަން ނާސިފަށް އެނގުމުން ވާނެގޮތެއް އަހަންނަކަށް ނޭނގެއެވެ. ނާސިފް އެތެރެއަށް ވަނުމާއެކު އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. އެއާއިއެކު މަޑުމަޑުން އަހަރެން ފަސް އެނބުރި ބަލައިލީ ނާސިފްގެ ހަރަކާތްތަކަށެވެ. އޭރު ނާސިފް ގޮސް ކާގެއަށް ވަންނަނީއެވެ. އަހަރެންގެ ފައި ހީވީ ބިމުގައި ހަރުލިހެންނެވެ. ދެލޯ މަރާލައިންހުރެ ވެށީގެ ތެރެއަށް އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “މިތާ މަޑުކޮށްބަލަ. […]
އާދިލްގެ ނަން އިވުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ރުޅިއާދެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. އެކަމަކު އަހަންނަށް ރުޅިއާދެވުނީ އަހަންނަށް ލިބެންވާ އެއްވެސް ލޯތްބެއް ނުލިބި ގެއްލުމުގެ އަސްލަކީ އެއީ ކަމަށް ވާތީއެވެ. “އަ…. އަހަރެން… ތީ…ތީކާކު؟” ވާނުވާ އޮޅުންނުފިލާހުރި އަހަރެން އަޅައަޅައިގަންނަމުން އަހާލީމެވެ. “ޒީން… އަހަރެންގެ ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެ.. އަހަރެން އެހީ ކޮބާހޭ އަހަރެންގެ އަގުބޮޑު ޖަވާހިރު؟ މިއަށް ޖަވާބު ދިނީމަ މީ ކާކުކަން ބުނެލާނަން.” އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާގެ އަޑުގައި […]
އަހަރެން ކައިރީގައި ހުރި ނަޝްފާގެ އުނަގަނޑުގައި ނާސިފްގެ އަތް އަޅުވާލިއެވެ. އެޔާއެކު ހިނިއައިސްފާހުރެ ނަޝްފާވެސް ނާސިފްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިޔަށް ހިނގައިގަތެވެ. އަހަރެންގެ ކުރިމަތީ އެފަދަ ލަދުކުޑަ ގޮތަކަށް ނާސިފްއަށް ދާން ކެރުނީތީ ހައިރާންވަމެވެ. ކަޅި ހުއްޓި އެސްފިޔަ ޖަހާނުލާ އަހަންނަށް ބެލުނީ ނާސިފްއާ ނަޝްފާއަށެވެ. އަހަންނަށް އޮޅިއްޖެއެވެ. އިޝާލް އަކީ ނަޝްފާގެ ފިރިމީހާނަމަ ނާސިފް މިއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ނާސިފް ފިޔަވާ މިތަނުގައި ދެމަފިރިންނަކީ ކޮބައިބާއެވެ؟ ނަތޫއާ އިޝާލްހެއްޔެވެ؟ އިޝާލްއާ ނަޝްފާ ހެއްޔެވެ؟ ނަޝްފާއާ […]
ބެލްކަނީގައި ތުވާލި އަޅުވަން އަހަރެން ހުރީ ވިސްނުމެއްގައެވެ. އަހަރެން ފެންނަ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެއެވެ. އެއީ އެހެންނޫނީ ހަރަކާތްތެރި ވާވަރަށްވުރެ އަހަރެންގެ ހަރަކާތްތައް ލަސްވީމައެވެ. ނާސިފް ފޯނު ބޭއްވިކަން އެނގުނަސް ތުވާލި އަޅުވާ ނިމިގެން އަހަރެން ބެލްކަނީގައި މަޑުކޮށްލީމެވެ. އަނެއްކާ ނާސިފް….. ނާސިފަށް އެގުޅީ ކާކަށް ބާއެވެ؟ ކޮޓަރި އަކާއި ކާރުވެސް ހަމަޖެއްސީހެއްޔެވެ؟ ނާސިފް އަނެއްކާ ސިއްރު ލޯބިވެރިއެއް ގެންގުޅެނީބާއެވެ؟ މާތްކަލާކޯއެވެ! އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަން މިއުޅެނީ ކިހާވަރެއްގެ ޒަލްޒަލާއެއްބާއެވެ؟ ބެލްކަނީގައި ވިސްނަން […]
ވަގުތުން ދެންހުރި ކަރުދާސްތަކާއި ސިޓީފަދަ ތަކެތި ނަގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ މޮނީޓަރ ފޮތެކެވެ. އަވަސް ހަރަކާތަކާއިއެކު ނާސިފް އެފޮތް ހުޅުވާލިއެވެ. އިސާހިތަކު ލޫދިގެން ލުއި އުދުހުމެއްގައި ގޮސް ވެއްޓުނީ ފޮޓޮއެކެވެ. ނާސިފް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭގައި ވަނީ ނާސިފްގެ އެކުވެރި އިޝާލްއެވެ. ހަތް އަހަރު ފަހުން ނާސިފްގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. އެދުހު އިޝާލްގެ ޕާރސަލްއާއިއެކު އެކުޑަކުއްޖާ ނާސިފްގެ ފިނިފެންމާވެސް ދިނީ ޒީންއަށެވެ. މިހާރު އެކަން ޔަގީނެވެ. މިއޮއް ހުރިހާ ދުވަހު ޒީން އެންމެ ނަފްރަތު […]
“ޒީން!…. އަހަރެންގެ ބައްޕައަކީ އަހަރެން ވަރަށް އިހްތިރާމް ކުރާމީހެއް. ޒީންއަށް ވުރެބޮޑަށް އަހަރެން ބައްޕަގެ ގޮތް އިނގޭނީ ޒީންގެ ބައްޕައަށް…. ޒީންއަށްވުރެ ބޮޑަށް އަހަރެންގެ ބައްޕަގެ ގޮތް އެނގޭނީ ޒީނިޔާއަށް.. ފަރީދަށް…. އަހަންނަށް…. އެހެންވީމަ ދެން ތިވާހަކަ ހުއްޓާލާ…. ނިދަންދޭ…. ބިރުންއިނދެ އަހަންނަށް އިންތިޒާރު ނުކުރާތި…. އަހަރެން މިރޭވެސް…. ދުވަހެއްގަވެސް ޒީންގައިގަ އަތްލާކަށް ނެތީން. އެންމެ އެތެރޭގަހުރި ދެކޮޓަރި ތެރެއިން ޒީންގެ އެއްޗިހި ހުރި ކޮޓަރީގަ ޒީން އުޅޭ. ދެން ހުރި ކޮޓަރިޔަކީ އަހަންނަށް ވަރަށް […]
ކާރުން ފޭބިގޮތަށް ނާސިފްގެ މިސްރާބު ހުރީ ހަތަރު ފަންގިފިލާގެ އުސް އިމާރާތަކަށެވެ. ބަލާބެލުމަށް އެއީ ޖާގައިގެ ގޮތުން ތަނަވަސް ގެއެކެވެ. މުއްސަންޖެއްގެ މިލްކިއްޔާތުގައިވާ ޗާލު ގެއެކެވެ. ހަމަޖެހިލައިން އުޅެލެވޭނެފަދަ ހިތްގައިމު އެތައްކަމެއް އެގޭގެ ބޭރުން ބަލައިލާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ކޮންމެ ފަންގިފިލާއެއްގެ ބެލްކަނީގައި އެކި ކުލަކުލައިގެ މާއަޅާ ރީތި ގަސްތައް އިންދާފައިވެއެެވެ. ވެއްޓަށް ޖެހެމުންދާ ކޮންމެ ވައިރޯޅިއަކަށް އެކި ހުނަރު ދައްކަމުން އެގަސްތައް ނަށަމުންދެއެވެ. ރަނގަޅަށް ނަޒަރު ހިންގާ ބަލައިލުމުން އަހަންނަށް ފެނުނީ އެގޭގެ ނަންބޯޑެވެ. […]
އެނދުގައި އޮށޯއްވެލީ އިޝާލްގެ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުމުންނެވެ. ނާސިފްއާ ކައިވެނި ކުރިކަމުގައި ވިޔަސް ޒީންއަށް ދުވަހަކުވެސް އިޝާލްމަތިން ހަނދާން ނައްތާ ނުލެވޭނޭކަން ދެންމެ އިޝާލްއަށް ޔަގީންވިއެވެ. ކުރަމުންދިޔަ ހިތާމަތަކަށް ފަރުވާއެއް ދިނުމުގެ ގޮތުން އިޝާލް އޭނާގެ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ވިސްނަމުންދިޔަ ހުރިހާ ތަގައްޔަރު ވިސްނުންތަކަކުން ދުރަށް ދިޔުމުގެ ފުރިހަމަ ޖޯޝާއެކު އިޝާލް ލޯމަރާލީ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ. ހިތްވަރު ކުރުމުގެ އަޒުމާއެކު އަމިއްލަ ސިކުނޑިޔާ ހަނގުރާމަ ކުރުމަށް ތައްޔާރު ވަމުންނެވެ. ޒީންއާ ހަނގުރާމަ […]