އަހަރެމެން ތެރޭގައި ހަނގާކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. މިއީ ނައްތާލަންޖެހޭ ދަށުދަރަޖައިގެ ޢަމަލެކެވެ. ހަނގާކުރުމަކީ ހަމައެކަނި އަތްފައިން ގެއްލުން ދިނުމެއްނޫނެވެ. ހަނގާކުރުމަކީ އަނގަބަހުން ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން ގެއްލުން ދިނުމެވެ. އުނދަގޫ ކުރުމެވެ. އަނިޔާކުރުމެވެ. އަދި މި ނޫންވެސް އެކި ގޮތްގޮތަށް ހަނގާކޮށްއުޅެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ހަނގާކޮށްއުޅެއެވެ. ބައެއް މީހުން އެކަން ކުރަނީ މަޖަލަކަށެވެ. ބައެއްފަހަރު ދެރައެއް ދިނުމުގެ ގޮތުންވެސް ހަނގާކުރެއެވެ. ހަނގާކުރެވޭ މިހާއާމެދު ނުވިސްނައެވެ. އެމީހާގެ އިހްސާސްތަކާއިމެދު ނުވިސްނައެވެ. އަނެއްބަޔަކު ހަނގާކުރަނީ މީހުންގެ […]
އަދުގެ ދުނިޔޭގައި މަންމައިންގެ ގަދަރު މި ދަނީ ނެތެމުންނެވެ. ދަރިން ގެ ހިތުގައި މަންމައަށް ދޭންވާ އިހްތިރާމާއި ލޯބި ދަނީ ނެތެމުންނެވެ. މިއީ ވިސްނާ ފިކުރު ކުރަންޖެހޭ ބޮޑު ކަމެކެވެ. ނުވަ މަހާ ނުވަ ދުވަސްވަންދެން ، އެތަށް ވޭނަކަށް ފަހު ދަރި އަކު އުފަން މި ކުރަނީ ވަރަށް ފޮނި އުންމީދުތަކަކާއި އެކީގައެވެ. ދަރިއަކު އުފަންވުމަށްފަހު ދެން އުފުލާ ބުރަވެސް ވަކި ކުޑައެއްނޫނެވެ. އެތަށް ރެއަކު އެކަމަނާގެ ނިދި ގުރުބާން ކުރަނީ ދަރިފުޅަށެވެ. މަންމައިން އުފުލި […]