ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި 2 ރަކުއަތް ނަމާދެއްކޮއްލިއެވެ. ﷲ އަށްޓަކައި ދުޢާދެންނެވީ އެކައިވެނީގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލައްވާތޯއެވެ. ނަމާދުކޮށް ނިންމާފައި މުސައްލަ އޮޅާލާފައި ގޮސް ކަބަޑުގައި ޔޫރާ މުސައްލަ ބާއްވާލިއެވެ. އިސްތަށިކޮޅުގައި އަތް ހާކާލާފައި އަނެއްފަރާތަށް އެނބުރުނު އިރު ޖެހޭނުޖޭހިސާބުގައި ހުރި ރުވާންފެނި ޔޫރާގެ މޫނުމައްޗައް ލަދުވެތިކަން ވެރިވިއެވެ. ހިނިތުންވެލާފައި ރުވާން އޭނާގެ ބާރުގަދަ ދެއަތް ޔޫރާގެ ހަށިގަނޑުވަށާލިއެވެ. “ފައިނަލީ! ޔޫ އާރ އޯލް މައިން!” ރުވާން ބުނެލިއެވެ. ޔޫރާގެ މޫނުމަތީގައިވީ ރަތްކަން އިތުރައް […]
ދޮރު ހުޅުވާލުމާއެކު އަހަރެން ހައިރާންވިއެވެ. ވިސާމާގެ އަޑުން ގޮވުމުން އަހަރެން ދޮރު ހުޅުވީ ވިސާމާއަށްޓަކައެވެ. އެހެނަސް ކުރިމަތީގައި ހުރީ ޒާހިރެވެ. އަހަރެންގެ ފައިން ހީވީ ވާގި ދޫވިހެންނެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ހަމަ އެވަގުތު އަހަރެންގެ ދެލޮލުގެ ކަޅި ދައުރުކުރީ ކާރޫބާރު ބޮޑު މަގުމަތިން ވިސާމާ ފެނޭތޯއެވެ. ވިސާމާގެ އަޑު އަހަންނަކަށް ނޯޅޭނެއެވެ. ތެދެކެވެ. އޭރު އިވުނީ ވިސާމާގެ އަޑެވެ. އަހަންނަށް އެކަން ޔަގީނެވެ. އެހެންވިއްޔާ ވިސާމާ ކޮބާހެއްޔެވެ؟ “މަންޖެ ހަމަ އަހަރެން ޓަކިޖަހާ […]
“އަހަރެން މިލްޔާދެކެ ލޯބިވޭ. އެކަމަކު މިލްޔާ އޭރު ކުރިކަން އެއީ އަހަރެންނަށް އެކްސެޕްްޓް ކުރެވޭނެ ކަމެއްނޫން. އޭރު އާދިންގެ ފުރާނަ ސަލާމަތް ނުވިނަމަ ގައިމުވެސް އަހަރެން މިލްޔާ ދޫކޮއްލީމުސް” ކައިޝަން ބުނެލިއެވެ. އެދުވަހުގެ ހަނދާވުމުން މިލްޔާ ދޫކޮއްލީ ފިނިނޭވާއެކެވެ. ހަގީގަތުގައި ކަންވީގޮތުން މިލްޔާ ހުރީ އާދިން ކުރިމައްޗައް ދެން އަރަން ނުކެރިފައެވެ. ނަމަވެސް މަޢާފަށް އެދުން އެއީ މިލްޔާ ކުރަން ޖެހޭކަމެއްކަމަށް މިލްޔާވެސް ގަބޫލުކުރެއެވެ. “އަހަރެން.. ވާހަކައެއް ދައްކާލަން.. އޯކޭތަ ވަނަސް؟” މިލްޔާ އަހާލިއެެވެ. އާދިން ބޮޑަށް […]
“އާދޫ؟” އެލީންއަނެއްކާވެސް ގޮވާލިއެވެ. ތިންވަނަފަހަރަށް ގޮވާލަންވެގެން އުޅުނު އެލީން ސިއްސައިގެން ދިޔައީ އާދިން އިނދެފައިކޮއްލި ސުވާލަކުންނެވެ. “ކީ…ކީކޭ؟” އާދިން ބުނިއެތި ޔަގީން ނުވެގެންކަހަލަގޮތަކަށް އެލީންއެއްސެވެ. “އެލީ އަހަރެންނާ މެރީކުރާނަންހޭ؟” އަނެއްކާވެސް އާދިންގެ ސުވާލު އަހަރެން ގާތުގައިއެއްސެވެ. އާދިންދޫކޮއްލީ ފިނި ނޭވާއެކެވެ. “އަހަރެންގެ ހަނދާންތަށް އެނބުރިއައިތާ މިހާރު 2 މަސް ވެއްޖެ.. އަހަރެން ބޭނުންވީ އެލީ އަހަރެންނަށް ޓްރީޓް ކުރާގޮތް ބަލައިލަން.. އަހަރެން ހަނދާއެބަހުރި.. އަހަރެންގެ މާމަ އަބަދުވެސް ބުނޭ. ލޯބިވާމީހާއަށްވުރެ ލޯބިދޭމީހަކާއެކީ އުޅޭ ދިިރިއުޅުމެއްމާ ކާމިޔާބުވާނޭ. އަހަރެންބެލީ […]
“މުސްތޯ… ތިކުއްޖަ ދޫކޮށްލާ… ގޮސް ހޯލަށް ވަދޭ…..” ފަހަތުން އައި އައްޔަ ސަރގެ އަޑަށް މުސްތޮއާ އަހަރެން ސިއްސައިން ދިޔައެވެ. ވަގުތުން އަހަރުމެން ހުއްޓުނީމެވެ. އަޖައިބެކެވެ. މީވެސްވާ ޓީޗަރެއްތާއެވެ. އަހަރެންގެ ބޯކޮޅު ބަލަމުން މިޓީޗަރަކު ހިނގާތީ މިހާރު އަހަރެން މުޅި ސްކޫލުގައި ލަދުގަނެއެވެ. އެހުރީ އޭނަ ވާވަރެވެ. އޭނާގެ ބާރު އަޑަށް އަހަރެންކަހަލަ ހުޅުނބު ފަތެއް ވިއްސައިން ދާން މާގިނައިރެއް ނަގާނެހެއްޔެވެ؟ ގޭގައި އަހަންނަށް ހަމަޖެހި ނުލެވެއެވެ. މަގުމަތި އަހަންނަށް އަމާނެއް ނޫނެވެ. ސްކޫލްތެރެވެސް އަހަންނަށް ރައްކާތެރި […]
“ތީ.. ތީކާކު؟ މީ ކޮންތަނެއް؟” އާދިން ލަސްލަހުން އެއްސެވެ. އެލީންގެ ހަރަކާތްތަށް ހުއްޓުނެވެ. “މީ.. މީ އެލީންއޭނުން؟” އެލީން ބުނެލިއެވެ. “ކޮން؟ ކޮން އެލީންއެއް؟ މަ ނުދަންނަން އެލީންއެއް؟ ތީ.. ތީ ކާކު؟” އާދިން ބީރައްޓެހި ގޮތަކަށް އެލީންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ޑަކްޓަރ!!!!!” ހިނދުކޮޅެއްތެރޭގައި ޑަކްޓަރުންނާއި ނަރުހުން އަހިސް އާދިންގެ ހާލަތުބަލަންފެށިއެވެ. “ބޭރުގަ މަޑުކޮއްލާ އިނގޭތޯ؟” ނަރުސް ކުއްޖަކު އެލީން ބޭރަށް ނެރެފައި ބުނެލިއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އެލީންގެ ހިތް ދިޔައީ ފުނޑުފުނޑުވަމުންނެވެ. “އާދިންގެ […]
މެންދުރުގެ ވަގުތެވެ. ހޮސްޕިޓަލުގައި އެއްއަޑުވެފައިވަނީ ގިސްލުމާ ރުއިމުގެ އަޑެވެ. ނަބީލްގެ އާއިލާގެ އެތައްބަޔަކު ތިބި އިރު ނަބީލްގެ އެކުވެރިންނާއި ނަބީލްގެ މުވައްޒަފުންވެސް ނަބީލްގެ ޖަނާޒާގައި ބައިވެރިވިއެވެ. ނަބީލްގެ ފުރާނަނެއް ހަށިގަނޑު ކައިރީ އިން ނީރާގެ ލޮލުން ކަރުނަ ނުހިނދެއެެވެ. ނުވަ މަހާ ނުވަ ދުވަސް ވަންދެން އެތައްބުރައަކާއި ތަކުލީފު އުފުލާފައި ދުނިޔެއަށް އުފަން ކުރިދަރިފުޅު އެހާ އިހާނަތި ގޮތުގައި މަރާލާފައި އޮއްވާ ފެނުމުން އަސަރު ނުކުރާނީ ކޮން މަޔަކައްހެއްޔެެވެ؟ ނަބީލްގެ ހަށިގަނޑާއި ތަންކޮޅެއް ދުރުގައި އިން ރުވާންގެ […]
“ކަރެންޓް ޓައިމް، 6 އޭމް. ޕޭޝަންޓްސް ނޭމް ރުވާން އަހްމަދު ރަވާން. ވީއާރ ޕާރފޯމިންގ އަ ނިއުރޯފީ އޮން ހިސް ރައިޓް ލެގް. ހީ ވޯސް ސްޓަބްޑް އެއް ސަމްއޮފް އިސް ވެއިންސްއާރ ސެވިއާރލީ ޑެމޭޖްޑް. ސްކޭޕަލް..” ޑަކްޓަރ އެލެކްސް ސާރޖެރީ ފެށުމުގެ ކުރިން އެންމެނަށް އިވޭ ވަރަށް ބުނެލިއެވެ. ރަވާންއާއި އެކު ލަސް ހިނގުމެއްގައި އޮޕަރޭޝަން ރޫމް ކައިރިއަށް ދިޔަ ނޯޔާއަށް ވެއިޓިންގ އޭރިޔާގައި އިން ޒުވާން އަންހެން ކުއްޖާ އަޅައިގަތެވެ. އެކުއްޖާގެ ލޮލުން އޮހޮރެމުން […]
ކާއެއްޗެތި އަޅައިގެން ގޮސް އަހަންނާ އިޝާނީގެ އިތުރުން ޔާނީ އިށީނީ ވަކިން ހުރި ގޮނޑި ބަރިއެއްގައެވެ. އަހަރެންގެ ސްޕެގެޓީ ތައްޓަށް ލާފައި އިން އުލަށް ސްޕެގެޓީ ކޮޅެއް އޮޅާލަމުން ބޯހިއްލާލީ އެ ސްޕެގެޓީކޮޅު އަނގަޔަށް ލުމުގެ މަގްސަދު ގައެވެ. އިސް ނަގާލަމުން އަހަރެން އަނގަޔަށް ލާން ފަރިކޮށްލި ސްޕެގެޓީކޮޅު އަނގަޔަށް ނުލެވެނީސް ތައްޓަށް ވައްޓާލީމެވެ. ކުރިމަތީ އަތުރާފައި ހުރި ގޮނޑިބަރީގައި އިން ކުއްޖާ ފެނި އަހަރެން ހައިރާން ވުމުންނެވެ. އަހަރެން ހިތަށް އެރިއެވެ. މިޕާޓީއަށް މީނައަށް ދަޢުވަތު […]