Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ރޯލީމޭ އެއްވަނަބައި (ނިހާދު ގެއަށް ގެނައުން)

Isnaa Level 110 Stories
January 9, 2025 3 Mins Read
11 Comments

މެންދަމުން އަލިވެ 03 ޖަހަނީއެވެ. ރޭނގަނޑު ނިދަން އެރި އަފާއަށް އެއުޅެނީ ނުނިދިއެވެ.  ހީވާ ގޮތުންނަމަ މާޒީ ހަނދާން ކުރަނީއެވެ.  މާދަމާއަކީ 01 ޖެނުއަރީއެވެ.  ނިމިގެން މި ދިޔައީ 31 ޑިސެމްބަރު 2019 އެވެ. ކުރިއަށް އޮތީ 2020 އެވެ. އެހެނަސް އަފާގެ ދިރިއުޅުން އޮތީ 2016 ގުޅިލާމެހިފައެވެ.

އެއީ ދިގު ވާހަކައެކެވެ. މީގެ 4 އަހަރު ކުރިއެވެ. 01 ޖެނުއަރީ 2016 އެވެ . އަފާ އާއި ނިހާދު ދިމާވަނީ ރަށުގެ ބަނދަރުމަތިންނެވެ. ނިހަދަކީ ރަށަށް ބީރަށްޓެއްސެއްކެވެ. ދަތުރުވަރެއްގައި އައި މެހެމާނެކެވެ .

ދާނެ ތަނެއް ނެތި އެހީއަށް އެދިއެދި ހުރި ނިހާދު ގެންދިޔައީ އަފާގެ ގެއަށެވެ. މައިންބަފައިންގެ ރުހުމާއި އެކު އެގޭގައި ހުރުމާއި ކެއުންވެސް ހަމަޖެއްސިއެވެ .

އެ ރީތި ޒުވާނާގެ ޖާދޫގައި އިސާހިތަކު ގޭދަށު އަންހެންކުދިން ޖެހިއްޖެ އެވެ. ގޭގެ ދުރޮ މަތީ މުގޯލި އަޅާއިރު ހީވަނީ ދުވަހަކު ފިރިހެނަކު ނުފެންނަށް ހެންނެވެ  . ވާނީވެސް އެހެންތާ އެވެ . އެހެރަ ޖާދުވީ ދެ ލޮލެވެ.  ކަސްރަތީ ހަށިގަނޑެވެ. އަންހެނުންގެ ހިތާ ކުޅެލާ ފަދަ ފަން އިސްތަށި ގަނޑެވެ. އިސްކޮޅުން ދިގު ހޮޅި އެވެ. އެހެން ފިރިހެނުންނާ ހިލާފަށް ހިކިކަމަށް ނިހާދު ދައްކަށްފާނެވެ.

އެހެން ދުވަސްތަކާ ހިލާފަށް ފަތިހު ތެދުވެ ގޭދަށް ކުނިކަހައި ސައި ތައްޔާރުކުރިއެވެ.   އެކަމާ މަންމަވެސް ހުރީ އާޝޯހުވެފައެވެ .

ދެއްވައްތަރުގެ ރިހައާ ކުޅިމަހާއި މަސް ހުނީގެ ތަފާތު ރަހަތަކުން ކާ ކޮޓަރި ހުރި އެއްވަސް ވެފައެވެ. 03 ވައްތަރުގެ ރޮށި ފިހެފަ ހުރިއިރު ނުވިތާކަށް” ފަރާޓާ” ވެސް ފިހެފަ ހުއްޓެވެ. ޖޫހުގެ 02 ވައްތަރާއި ކޮފީ އާއި ކަޅު ސައިގެ އިތުރުން ކިރުސަޔާ “މައިލޯ”ގެ ކޫލަރެއްހުއްޓެވެ. މެންދުރުގެ ކެއުން ހަނދަން އޭރު ހުރީ ދެ ކުކުޅު ވެސް ކޮށާފައެވެ.

އަހަރަކާ އަނެއް އަހަރުގެ ބައެއްގައި މި ރަށުގައި ނިހާދު އުޅޭނެއެވެ . ރަށު ސުކޫލު ގެ ތަޖުރިބާ މުދައްރިސަކަށެވެ. އެއީ އަފާ އެންމެ އުފާވި ސަބަބެވެ. ދެ ލޮލުގެ ކުރިމަތީ އެނާ އުޅޭނެތީއެވެ. އެހާ އަވަހަށް ނުދާނެކަން އެނުމުންނެވެ. އަފާ އަކީ ނަސާރީ ކުދިންގެ “އާންޓީ”އެކެވެ .

ސައިގެ ފުރިހަމަކަމަށް ނިހާދު ތައުރީފު ކުރިއެވެ.މަންމައަށެވެ. އެހުރިހާ އެއްޗެއް ހެދީ އަފާއެވެ. ނިހާދަށްޓަކައެވެ. ރަނގަޅަށް ސައި ބޮއެގެން ކާގެެއިން އެންމެން ދިއުމުން މަންމަ ހިނި އަތުވެއްޖެ އެވެ. މިއިން ދުވަހަކު ބަދިގެއަށް ނުވަންނަށް އަފާގެ މުރާލިކަން ފެނިފައެވެ . އަފާގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ. ” ދަރިފުޅަށް ވެގެން އުޅޭ ގޮތް މަންމަ އަށް އެނގިއްޖެއް” ހިނިތުންވެ މަންމަ އަނެއްކާވެސް ބުނެފިއެވެ.” މަންމަމެން މި ވަރުވެފަ މިތިބީ ތި ވަރު އިރުން ވެސް  އުޅެފައޭ” އަފާ ލަދުން ހީލަ ހީލަ ހުއްޓެއްވެ. ދަރިންގެ ކަންކަން މައިންބަފައިން ފާހަގަކުރާލެއް އަވަސްކަމާ މެދު ވިސްނާލަމާހެވެ.

ދުވަސްވަރަކީ ފުރަތަމަ ” ޓާރމް”ގެ ޗުއްޓީ ވެގެން އުޅުން އިރެވެ. ސުކޫލުތައް ވެސް ހުޅުވެން އޮތީ ޖެނުއަރީ 20 ގައެވެ.

އާއިލާ އެންމެން އެއްވެ ކަމެއްކޮށް ލާ ދަތުރު ދިއުމަކީ ކޮންމެ އަހަރަކު ކުރެވޭ ކަމެކެވެ. ކުރިއަށް އޮތީ އާއިލީ މަސްދަތުރާ މަސްފިހުމެވެ. އެއަށްފަހު ރަށް ކައިރި ފަޅުރަށަށް ދަތުރުދިއުމެވެ.

ފިރިހެންވެރިން މަސްދަތުރު ދާން ނިންމިއެވެ. އަންހެންވެރިންނަށް އޮތީ ހަވާދު ގަނޑު ހެދުމެވެ. ބައްޕަ ފުރަން ކައިރިވެފައި ހުއްޓާ ބުންޏެވެ.” ދަރިފުޅުމެން މަހަށް ދާއިރު ނިހާދުވެސް ގެންދާތި! އެވެސް މިހާރު މިގޭ ކުއްޖެކޭ” އެ އަޑު އަހާފައި އަފާ ވަރަށް ސިއްރުން ހީލިއެވެ. ހީވަނީ އެދިގެން ހުރި ކަމެއް ހާސިލް ވިހެންނެވެ.

ރޭގަނޑު 19.00 ގައި ރަށުގެ ތުނޑީގައި މަސްފިހަން ފެށިއެވެ . ހިބަރުމަހާއި ކުކުޅާއި ލައްޓީގެ އިތުރުން ސޮސެޖުވެސް ފިހުނެވެ. އަލުވިއާ ޒުވާރި އަދި ޕާން ވެސް ފިހުނެވެ. ދެ ވައްތަރުގެ ރޮއްޓާ ބެތް ވެސް ތައްޔާރުކުރިއެވެ. ނާށީގައި ބިސް ފިހުނެވެ.

އަފާގެ އާއިލާއަކީ ބޮޑު އާއިލާއެކެވެ. އަފާ އާ ނުލާ އެއްބަނޑުއެއްބަފާ 4 ބެއިން ތިބެއެވެ . އެ މީހުންގެ ދަރިންނާ ފިރިންނާއެކު ޖުމްލަ 20 ވާނެއެވެ. މާމަ އާ ކާފައާ މަންމަމެން ވެސް އެކުއެވެ. އަފާއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. ހުއްސަރިބައި ކޮން ހުރި ގޭގެ ހަމައެކަނި ކުއްޖާއެވެ .

އުފަލާ މަޖަލުގައި ވަގުތުތައް ދިޔަ ގޮތެއްވެސް ނޭނގެއެވެ. އެހާވެސް އެންމެން ތިބީ އުފާވެފަ އެވެ. ކުޑަކުދިންގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. މުޅި މާހައުލުގައި ދުވެ ނަށަމުންދިޔައެވެ. ކޮންފަދަ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟

މޫދުގެ ލޮނު ގަނޑު ދޮންވެލި ގަނޑުގައި ބީހިލާ އިރު ލުއި މިއުޒިކެއްފަދައެވެ. ރަން ހަނދުވަރުން ފަޒާ އޮތީ ހުޅުދާންވެފައެވެ. ތަރިތަކުން އުޑުމަތި އޮތީ ޖަރީކޮށްފައެވެ. ސިއްހުރެއް ފަދަ ހަނދުއިނީ ދެކޮޅަށް ދުވެ ދުވެއެވެ.

އުފަލުގެ ރެއަކަށް ފަހު ވިއްސާރަ ދުވަހަކަށް މަރުހަބާ ކިއެވެ. ހުއްޓާ ނުލާ ހެނދުނު  ވާރޭ ވެހެމުންދިޔަ އެވެ. ވާރޭ ހުއްޓާނެ ކަމުގެ ހިލަމެއް ނެތަސް މެންދުރު ކޮޅަށް އައިއިރު ހަމަ ރީތި އަވި ބާރު ދުވަހަކަށް ވިއެވެ.

މަންމަ ފަރާތު އާއިލާ ކުދިންނާއެކު ބަނދަރުގައި ހަވީރު ސައެެއް ހެދީމެވެ. ޗުއްޓީއަށް އައިސްގެން އުޅޭ ކުދިން އާދިއްތަ ދުވަހު ފުރާނެތިއެވެ. ނިހާދު އެތަނުން ފެނުމުން ބައެއް ކުދިން އަފާ އާއި ދިމާކުރިއެވެ .” އެ އަފާ އިންނަށް ގެނައި ސޮރެއްތަ ހާދަ ރީއްޗޭ” އެތަނުން އެންމެ އަނގަ ގަދަ ނީޒާ ނުހުރެވިގެން އަހާފިއެވެ. އެ ރީތިކަމުގައި ޖެހި އަނގަ ސަކާރެތްވެގެންނެވެ . ބަހެއް ނުބުނެ ކެތްނުވެގެންނެވެ. ޖަވާބު ގައި ހިނިތުން ވުމަކުން އަފާ ފުއްދާލިއެވެ . މީހުން ގިނަވުމުން ޖަވާބެއް އެކަހަލަ ސުވާލަކަށް ދޭން ލަދުގަތުމުންނެވެ. އެއީ ރަށު ސުކޫލު މުދައްރިސެކޭ ބުނަށްވެސް ބޭނުންވިއެވެ. އިންނަށް ގެނައި ކުއްޖެއް ނޫންކަން ބުނެދޭހިތްވިޔަސް  އަފާގެ ހިތުގައި  ނިހާދުގެނަށް ދިޔައީ ފެވެމުންނެވެ.  ކޮންމެ ހާލެއްގައި ވެސް އަފާ މިހާރު ނިހާދު ބޭނުންވެއެވެ. މިކަން އަފާއަށް ހާސިލް ވާނެ ބާއެވެ. ނިހާދަކީ ކޮންތާކުން އައި ކާކުބާއެވެ..

ނުނިމޭ

 

 

 

 

Share Article

Follow Me Written By

Isnaa

Level 110 Stories

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 46

Next

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ3

Next
January 9, 2025

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ3

Previews
January 9, 2025

ޙަޤީޤަތް ހޯދުމޭ 46

11 Comments!

  1. އަލީ says:
    January 9, 2025 at 9:58 pm

    ވަރަށް ހިތްގައިމް

    1. Isnaa says:
      January 10, 2025 at 9:47 am

      Thank you 🥰

  2. Aafiya says:
    January 9, 2025 at 10:02 pm

    Waiting for part 2

    1. Isnaa says:
      January 10, 2025 at 9:48 am

      Part 2 next week ga kiyaalan libeyne IA

    2. Isnaa says:
      January 10, 2025 at 9:49 am

      Thank you 🥰

  3. Rasheedh says:
    January 10, 2025 at 11:16 pm

    I read it 3 times already 👍

    1. Isnaa says:
      January 11, 2025 at 9:04 am

      Thanks you🥰

  4. cutie girl says:
    January 11, 2025 at 5:31 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    afaa and nihaad gulhuvachey
    they both are made for each other

  5. Isnaa says:
    January 11, 2025 at 9:09 am

    Thank you🥰
    part 2 next week ga kiyaalan libeyne IA
    Afaa and nihaadh gulheyne dhn fahun **😊

  6. Your fav bab says:
    January 12, 2025 at 5:23 pm

    True
    Nihaadh akee konthaakun ais huri kaaku baa???
    I think ghost family in hen!!
    Hehehehhehehehhehe…
    When next??
    Very curious

  7. Isnaa says:
    January 13, 2025 at 8:28 am

    Thanks you 🥰
    next part submit kohffa ihnaanee mihaaru
    Nihaadh ge gotheh neyge adhi 🤗

Comments are closed.


All Right Reserved!