Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 10

Baby Devil Level 610 Stories100 Stories
September 10, 2021 6 Mins Read
0 Comments

“ނުކްޝާން.. ސުދާ..” ނުކްޝާން ފޯނު ނެގުމުން އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަމްހާ ބުންޏެވެ.”މަޑު ކުރޭ..” ނުކްޝާން ފޯނު ކަނޑާލިއެވެ.”ނީކް.. ނީކް..” ނުކްޝާން ގުޅީ ނީކީޔާ އަށެވެ.” ވަރަށް އަވަހަށް ޔަމްހާ ކޮޓަރިއަށް ދޭބަލަ.. ސުދާ..” ނުކްޝާން ބުންޏެވެ.”ސާބަސް.. ނިކުމޭ ހަމަ މިހާރު.. މިގެއަށް ވެސް އައިސްގެނެއް ނުވާނެ..” ނީކިޔާ ޔަމްހާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ސުދާ ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ.” އާހ.. ދޮރު ވެސް ތަޅު ނުލެވޭތަ..” ސުދާ ދަތްކުނޑި ވިކާލިއެވެ. އިތުރު ގޮތެއް ނެތުމުން ނީކިޔާ އަށް ލޯ އަޅާލާފައި ސުދާ ނިކުމެގެން ދިޔައެވެ.”ތެންކްސް..” ޔަމްހާ ޝުކުރު އަދާ ކުރިއެވެ. ނީކިޔާ ހީލާފައި ކޮޓަރިން ނިކުތެވެ.

 

**10 ވަނަ ޕާޓު**

 

އެއް ހަފްތާ ފަސް

 

ނަވްޔާ އެނދުގައި އޮށޯވެ އޮތް އިރު ލޯ ހުއްޓިފައި ވަނީ ގަޑިއާ ދިމާއަށެވެ.”ނަވް..” ނީކިޔާ ގޮވާލިއެވެ.”ހްމްމް؟..” އެއްވެސް އަސަރެއް ނެތް ގޮތަކަށް ނަވްޔާ ޖަވާބުދިނެވެ.”ދޭބަލަ ރެޑީ ވާން.. ބާކީ އެންމެ ގަޑީރެކޭ..” ނީކިޔާ އާދޭސް ކުރަން ފެށިއެވެ”ނުދާނަމޭ.. މަށެއް ނޫޅެން ކައިވެނި ކުރާ ހިތަކުން… މިއަދު ޒާއިފް ނުވެސް ގުޅާ..” ނަވްޔާ މޫނުގައި ބާލީސް އަޅާލިއެވެ.”ޕްލީޒް.. ނަވް ފޯނު ނުނަގަންޏާ ޒާއިފް ގުޅާނެތަ..” ނީކިޔާ ބުމަ އަރުވާލިއެވެ.”ދަރިފުޅާ.. އަވަސް ކުރޭ..” ނިޝްފާ ގޮވާލިއެވެ.”އަޅެ ނީކް އަހަރެން މަރާލަބަލަ.. އަހަރެންނަށް އެހެން މީހެއްގެ ހައްގަކަށް ނުވެވޭނެ..” ނަވްޔާ އެނދުން ތެދުވިއެވެ. ނީކިޔާ ފުން ނޭވާއެއް ލާފައި ކޮޓަރިއަށް ނިކުތެވެ. ނަވްޔާ ފާޚާނާއަށް ވެސް ވަނީ މަޖުބޫރު ވެގެންނެވެ.

 

ރީތިވެގެން ނަވްޔާ ނިކުތް އިރު ނީކިޔާ ފެންނާކަށް ނެތެވެ. މޭޒު ކައިރީގައި ހުރީ ނިޝްފާ އާއި ނުކްޝާން އެވެ.”މަންމާ ކޮބާތަ ތިޔަ ބުނާ ކުއްޖާ..” ނަވްޔާ ފޫހި ގޮތަކަށް އެހިއެވެ.”ނަވް.. ނުރޯށޭ ބުނީމަ ވެސް ރުއީއޭ ދޯ..” ނުކްޝާން ބުންޏެވެ. ނަވްޔާ ފޫހިވެފައި ދުރު ބަލާލިއެވެ.”އިށީނދޭ އޭނަ އަންނާނެ..” ނުކްޝާން ނަވްޔާ ބޭންދިއެވެ.”ނޭނގެ ހުންނާނެ ސިފައެއް ވެސް ޖަހާނެ ވައްތަރެއް ވެސް..” ނަވްޔާ ހިތާއި ހިތުން އެއްޗެހި ގޮވަންފެށިއެވެ. އިސްޖަހާލައިގެން އިންދައި ނަވްޔާ ކައިރީގައި މީހަކު އިށީންކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް އިސްއުފުލާ ބަލާލާ ޚިޔާލެއް ނުކުރިއެވެ.”ނަވް..” ނަވްޔާ އިސް އުފުލާ ނުލުމުން އެމީހަކު ނަވްޔާގެ އަތްތިލަ މަތީގައި އަތް ބާއްވާލަމުން ގޮވާލިއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވްޔާ ސިހިފައި ބަލާލިއެވެ.”ޒާ..ޒާއިފް..؟؟؟..” ނަވްޔާ އަނގަ ހުޅުވުނެވެ.”ޔެސް މި ޒާއިފް އޭ.. ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނެގީ..” ޒާއިފް ހިނިތުންވަމުން އެހިއެވެ. ނަވްޔާ ބަލާލީ ނީކިޔާ އާއި ނުކްޝާންއަށެވެ.”އަހަރެން ނަވްގެ ކައިވެންޏަށް އެދިގެން އައީ.. ނަވް ހީކުރީ އެހެން މީހެއް ކަމަށް ދޯ.. ހިންޓެއް ދިނީމާ ވެސް ނޭނގުން.. އަހަރެން ބުނިން ވީ އާރ ގޮއިންގ ޓު ގެޓް މެރިޑް އޭ ވެސް..” ޒާއިފް ލާނެއް ހުނުމަކާއެކު ބުންޏެވެ.”ހަމަ އަސްލު ވެސް ނަވް އަހަރެން ދެކެ އެހާ ލޯބިވޭތަ.. ވަރަށް ރޮއިފިން ދޯ ރޭގަ.. ބަލާބަލަ ލޯ އެކަށް ރަތްވެފަ..” ޒާއިފް ނަވްޔާގެ މޫނު މައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ.”ނޯ..” ނަވްޔާ ބުންޏެވެ.”ފޮރުވަން ނޫޅޭތި އިނގޭ.. އެހާ ހާސް ވާކަށް ނުޖެހުނީހެއްނު ފޯނު ނެގިނަމަ.. އޭރުން ސަޕްރައިޒް އަކަށް ވެސް ނުވީސް ދޯ..” ޒާއިފް ހިނިގަނޑެއް ޖަހާލިއެވެ.

 

“ނު..ނުކުޝާން… މި ފޯނު ހިފަހައްޓާލަދީބަ.. އެބަ އަންނަން..” ޔަމްހާ ނުކްޝާން އަތަށް ފޯނު ދިނެވެ. އޯކޭއޭ ބުނެފައި ފޯނުގަ ހިފަމުން ނުކްޝާން ލަމާން އާއި ވާހަކަ ދެއްކުމާއިގެން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް ނުކްޝާން ސިހުނީ ޔަމްހާ ފޯނު ރިންގްވާންފެށި އަޑަށެވެ. ޖަހާފައި އިނީ މަންމައެވެ. ނުކްޝާން އެއްބުމަ އަރުވާލާފައި ފޯނު ނެގިއެވެ.”ދަރިފުޅާ ޔަމް..” ނުކްޝާން ކަންފަތުގައި ޖެހުނީ އަންހެނެއްގެ އަޑެވެ.”ތީ ޔަމްހާގެ މަންމަތަ..” ނުކްޝާން އެހިއެވެ.”އާނ މީ ޔަމްހާގެ މަންމަ.. ތީ ނުކްޝާން ދޯ.. ވަރަށް އުފާވެއްޖެ ވާހަކަ ދައްކާ ލެވުނީމަ.. މަންމަ ބުނަން ވަރަށް ގިނައިން ނުކްޝާން އާ ވާހަކަ ދައްކާލަން ބޭނުމޭ އެކަމް ޔަމް ބުނަނީ ނޫނެކޭ..” ޔަމްހާގެ މަންމަ އުފަލުން ބުންޏެވެ.”އޯހ…މިއޮއް އައީ ޔަމްހާ.. އަން..” ޔަމްހާ އަންނަތަން ފެނުމުން ނުކްޝާން ދެލޯ އަޅާލިއެވެ.”މަންމާ..” ނުކްޝާން ދެކެ ބިރުން ޔަމްހާ ދުރަށް ހިނގައިގަތެވެ.

 

“ޔަމްހާ.. އެއީ ޔަމްހާގެ މަންމަތަ ނޫނީ ސްޓެޕް މަމްތަ..” ފޯނު ނިންމާފައި ޔަމްހާ އައުމުން ޔަމްހާ ގޮވައިގެން ނުކްޝާން ގެއިން ނިކުތެވެ.”ނުކް.. ނުކްޝާން.. އައި ކޭން އެކްސްޕްލެއިން..” ޔަމްހާ ބުންޏެވެ.”އެއީ ކާކުތަ..” ނުކްޝާން ރުޅި ކޮންޓްރޯލް ކުރަމުން އެހިއެވެ. ދުރުގައި ސުދާ ހުރީ ބަލަންށެވެ. ދުރުން ބަލާ މީހަކަށް ހީވާނީ ދެލޯބިވެރިން ބައްދަލު ކުރާހެންނެވެ.”އަހަރެންގެ.. މަންމަ އެއީ..” ޔަމްހާ ނުކްޝާންގެ ލޮލަށް ބަލާލިއެވެ.”މަންމަ ބުނީ މަރު ވެފައޯ ވީ..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”ނޫން.. އަ.. އަހަރެން.. ނުކް.. ނުކްޝާން ދެކެ ލޯބިވާތީ.. ނުކްޝާންގެ މަންމަ އަހަރެން ބުނެގެން..ބުނީ… ސޮރީ..” ޔަމްހާ އިސްޖަހާލިއެވެ. ނުކްޝާން ދެލޯ ބޮޑުވިއެވެ.”ސޮރީ ނުކްޝާން..” ޔަމްހާ ޖެހިލުންވިއެވެ.”ދޮގު ނުހަދާ ރީއްޗަށް ބުނެވިދާނެ ދޯ..” ނުކްޝާން ބިތުގައި ގޮށްމުށުން ޖެހިއެވެ. އިތުރަށް އެތާ ހުންނަން ނުކެރުމުން ޔަމްހާ އަވަހަށް ގޭތެރެއަށް ވަނެވެ. ނުކްޝާން ރުޅިއައިސްގެން ގޮސް ފަޅައިގެންދާ ވަރު ވިއެވެ. ނަމަވެސް ކެތް ކޮށްލާފައި ޒާއިފް ކައިރީގައި ވާހަކަ އެއް ބުނަން ބޭނުން ވާތީ އެތެރެއަށް ވަނެވެ.

 

“ނުކްޝާން..” ޒާއިފް ހައިރާންވިއެވެ.”ހްމްމް.. ނަވްއަށް އިނގިއްޖެއްޔާ ޝީ ވިލް ޕެނިކް..އެކަމަކު އެކަން ނުކޮށް ނެތޭ ވާކަށް.. މަ ބޭނުން އޭނާ ކައިރީ ބުނަން..އެކަމް..” ނުކްޝާން އިށީނެވެ.”މަ ބަލާނަން ބުނެވޭތޯ..” ނުކްޝާން ކޮނޑުގައި ޖަހާލަމުން ޒާއިފް ބުންޏެވެ.”ތެންކްސް..” ނުކްޝާން ކޮޅަށް ތެދުވެގެން ގެއިން ނިކުތް އިރު ނިޝްފާ ކުރިމަތީގައި ހުރި ފިހާރައިން ނިކުންނަނީއެވެ.”ވިއްސާރަ ވާނެހެން ހީވަނީ ބަލާބަލަ ވައި ޖެހޭ ވަރެއް..” ޒާއިފް އަތުގައި ހިފައިގެން ނަވްޔާ އިނީ އުނދޯލީގައި އިށީނދެއެވެ.”ދޯ..”

 

ނުކްޝާން ނިޝްފާ އަންނަންދެން ދޮރުކައިރީގައި މަޑުކޮށްލީ ޔަމްހާގެ މަންމަ އާއި ބެހޭ ގޮތުން ވާހަކަ ދައްކަންށެވެ. ކުރިމަތީގައި ހުރި ގެއަކުން ނުކުމެގެން ނިޝްފާ އަށް މަގުގެ މެދާ ހިސާބަށް ނުދެވެނީސް ކާރެއް އައިސް ނިޝްފާގެ ގައިގައި ޖެހި ، މީހަކު ލުއި ފަތެއް އެއްލާލިހެން ނިޝްފާ ގޮސް ބިތަށް ޖެހުނެވެ.”މަންމާ!!!!!!..”ނުކްޝާން ބާރު ބާރަށް ހަޅޭއްލަވައި ގަނެފައި ނިޝްފާ އާއި ދިމާއަށް ދުއްވައިގަތެވެ. ޒާއިފް ކައިރީގައި އިން ނަވްޔާ އާއި ލަމާން އާއި ވާހަކަ ދައްކަން ހުރި ނީކިޔާ ވެސް ތެޅެމުން ފޮޅެމުން ގެއިން ނިކުތެވެ. އޭރު އެ ހިސާބުގައި ވަނީ ލޭކޯރެއް ހެދިފައެވެ. ނުކްޝާން ނިޝްފާގެ ބޯ އުނގަށް ލައިގެން ގޮވަމުން ދިޔައިރު އެ އަވަށުގައި އުޅެންޏާ އުޅޭ ބަޔަކު އެއްވެއްޖެ އެވެ. ލަސްތަކެއްނުވެ ޕޮލިހުން ވެސް އެތަނަށް އަންނަން ފެށިއެވެ. އޭރު ވަގުތުގެ ބޭނުން ހިފައިގެން ކާރުގެ ޑްރައިވަރު ފިލައިފިއެވެ. ނަވްޔާ އާއި ނީކިޔާ ވެސް ނުކްޝާން ކައިރީގައި އިށީނދެ ނިޝްފާ އަށް ގޮވަން ފެށިއެވެ. ނުކްޝާން އަށް އެތަނުން ދުރުވެވުނީ އެމްބިއުލެންސް އައިސް ނިޝްފާ ގެންދިއުމުންނެވެ. ޒާއިފް މޭގައި ބޯ އަޅައިގެން ނަވްޔާ ރޮމުން ދިޔައިރު ނީކިޔާ ހުރީ ނުކްޝާން ކައިރީގައެވެ.”އެހަށް ހިނގާބަލަ ހޮސްޕިޓަލަށް އަވަހަށް….” ލަމާން ނުކްޝާންގެ ކޮނޑުގައި ޖަހާލަމުން ހޮސްޕިޓަލަށް ދާން މިސްރާބު ޖެހިއެވެ. ނުކްޝާން އާއި ނީކިޔާ އަދި ނަވްޔާ އާއި ޒާއިފް ވެސް އައެވެ.

 

“ނުކް.. ހިނގާ ގެއަށް ދާން..” ލަމާން ނުކްޝާން ކޮނޑުގައި ޖަހާލަމުން ބުންޏެވެ.”ނޫނޭ ފަހުން ދާނީ.. ނަވް އާ ނީކްމެން ކައިރީގަ ގެއަށް ދާށޭ ބުނޭ..” ނުކްޝާން ބުންޏެވެ. ލަމާން އޯކޭއޭ ބުނެފައި ނަވްޔާ މެން ތިބި ދިމާއަށް ހިނގައިގަތެވެ.”ނުކް ބުނީ ތިމީހުން ކަރިއީގަ ގެއަށް ދާށޯ..” ލަމާން ފޯނުން ގަޑި ބަލާލިއެވެ.”އެ ތެދެއް.. ހިނގާ..” ޒާއިފް ނަވްޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނީކިޔާ ވެސް ނަވްޔާ އާއި އެކީ ދިޔައެވެ. އޭރު ހޮސްޕިޓަލުގައި މީހުން އެހާ ގިނައެއް ނޫނެވެ.”މަ..މަންމާ..” ނުކްޝާން ކޮޅަށް ހުރިއިރު އެ ރީތި ލޯ ވަނީ ކަރުނުން ފުރިފައެވެ. އޭރު ތުނި ތުނިކޮށް ވާރޭ ވެހެން ވެސް ފަށައިފިއެވެ. ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަތައް ފޮހެލަމުން ނުކްޝާން ގެއަށް ދާން ހިނގައިގަތެވެ. އެތާ ހުރެގެން ރުޔަސް ވާނެ ފައިދާއެއް ނެތްކަން އިނގޭތީއެވެ. ގެއަށް ވަތް އިރު ނީކިޔާ ވީ ކޮޓަރީގައެވެ. ޒާއިފް އާއި ނަވްޔާ ވެސް އެމީހުންގެ ކޮޓަރިއަށް ވަދެއްޖެއެވެ. ނުކްޝާން ގޭގެ ދޮރު ތަޅުލާފައި އައިސް ކޮޓަރިއަށް ވަތް އިރު ޔަމްހާ އަށް އޮތީ ނިދިފައެވެ. ޓީޝާޓު ބަދަލު ކޮށްލައިގެން ނުކްޝާން އައިސް ލެޕްޓޮޕް ހިފައިގެން ނީކިޔާ ކޮޓަރިއަށް ދިޔައީ ނީކިޔާ އެކަނި ވާނޭކަން އިނގޭތީއެވެ.

 

“ނަވް..” ނަވްޔާ ފާޚާނާއިން ނިކުތް އިރު ޒާއިފް އިނީ ނަވްޔާގެ އިންތިޒާރުގައެވެ.”ހްމް ކިހިނެއްވީ..” ރަތް ވެފައިވާ ދެލޯ ނުދައްކަން ވެގެން އިސްޖަހާލައިގެން ނަވްޔާ އައިސް ޒާއިފް ކައިރީގައި އިށީނެވެ.”ރުއީ ދޯ..” ޒާއިފް ނަވްޔާގެ ލޮލަށް ބަލާލިއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީއެވެ.”އެންމެ ރަނގަޅު.. މި އަންނަނީ.. ނިދާލާ..” ޒާއިފް ނަވްޔާގެ ނިއްކުރީގައި ތުންފަތް ޖައްސާލާފައި ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ނަވްޔާ އެނދުގައި އޮށޯވެ ލޯމަރާލީ ނިދަންށެވެ. ނަމަވެސް ލޯ މަރާލާއިރަށް ފެންނަނީ ނިޝްފާ އެވެ. އިވެނީ ނިޝްފާގެ އަޑެވެ.”ކިހިނެއްވީ..” ޒާއިފް ނިކުތެވެ.”ނުނިދޭތީ..” ނަވްޔާ ބުންޏެވެ. ޒާއިފް ނަވްޔާ ކައިރީގައި އޮށޯތެވެ.”އެކަމާ މެދު ނުވިސްނާ.. އޭރުން ނިދިދާނެ..” ޒާއިފް ބުންޏެވެ. ނަވްޔާ ޒާއިފް ކޮނޑުއި ބޯ ބާއްވާލަމުން ލޯ މަރާލިއެވެ. ހިތަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ކައިރީގައި ޒާއިފް އޮތުމުންނެވެ. ނަވްޔާ ބޮލުގައި ޒާއިފް ފިރުމާތީ އިތުރަށް ނިދަން ފަސޭހަވިއެވެ.

 

އަނެއް ދުވަހު ނުކްޝާން އާއި ނަވްޔާ އަދި ނީކިޔާ ވެސް ޑިއުޓީ އަކަށް ނުދެއެވެ. ނުކްޝާން ހެނދުނުގަޑީގައި ބޭރަށް ނިކުތް އިރު ދެ ފުލުހަކު ކުރިމަތީގައި ހުރި ފިހާރައިން ނިކުންނަނީއެވެ.”ކިހިނެއްތަ…” އެތަނުން އެކަކު އަހާލިއެވެ.”ރަނގަޅު.. ކޮން ކަމަކު އައިސް ތި އުޅެނީ..” ނުކްޝާން އެހިއެވެ.”މި ފިހާރައިގަ އިން ކެމެރާ ބަލަން ވެގެން ކާރު ޑްރައިވަރުގެ މޫނު އިންތޯ.. އަސްލު އެގޮތަށް ފިލީމަ ބޮޑަށް ހީވަނީ ގަސްތުގައި ރާވައިގެން ކުރި ކަމެއްހެން..” އަނެކަކު ޖަވާބުދިނެވެ. ނުކްޝާން ވެސް އެމީހުންނާ އެކީ އެ ބަލަން ބޭނުންވެގެން އެމީހުން ފަހަތުން ހިނގައިގަތެވެ.”މަ މަންމަ މަރާލި މީހަކު ހޯދާފަ އެމީހަކު މަރާލާނަން..” ނުކްޝާން ބުންޏެވެ.”ނޫނޭ މަރާކަށް ނުވާނެ..” ނުކްޝާން ކޮނޑުގައި ޖަހާލަމުން އެމީހާ ބުންޏެވެ.

 

“ބަ.. ބައްޕަ؟!..” ފުޓޭޖްތައް ބަލަން އިން ނުކްޝާން ދެލޯ ބޮޑުވީ ކާރުން ފޭބި އާޒިމް ފެނިފައެވެ. އެވަގުތު އޭނާގެ ބޮލުތެރޭގައި އެނބުރެން ފެށީ އާޒިމް ބުނި ބަސްތަކެވެ. “ޖަހާބަލަ.. ޖަހައި ފިއްޔާ އޭގެ ނަތީޖާ ވަރަށް ހިތި ވާނެ..” ނުކްޝާން ބޯ އެކަން ހާސްވިއެވެ. އެއީ ދެން މީހަކު މޫނު މަތީގައި ޖެހިޔަސް ކުރަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ “އޭނަ އޮތްތާކުން ހޯދައިގެން ގެނޭ..” ނުކްޝާން މޭޒުމަތީގައި ޖަހަމުން ނިކުތެވެ.”ނަވް ބުނީ އަންނާށޯ މަންމަ ވަޅުލާ ތަނަށް ދާން..” ނުކްޝާން ނިކުތް އިރު ލަމާން ހުއްޓެވެ. ނުކްޝާން ވަކި އެއްޗެކޭ ނުބުނެ ލަމާން އާ އެކީ ހިނގައިގަތެވެ.”ނަވްމެން ގޮއްސި ސަހަރާއާ ދިމާއަށް..” ލަމާން ބުންޏެވެ. ނުކްޝާން ވާހަކަ ނުދައްކާ ހުރީއެވެ. ސަހަރާއަށް ދެވުން އިރު ނިޝްފާގެ ސަންދޯއް އޮތެވެ. ނުކްޝާން މަޑު މަޑުން ގޮސް އެންމެ ފަހު ފަހަރަށް އޭނާގެ މަންމަގެ މޫނު ބަލާލިއެވެ.”މަންމާ..” ނުކްޝާން ދެލޯ މަރާލިއެވެ. ލަމާން ނުކްޝާންގެ ކޮނޑުގައި ޖަހާލާފައި ހިތްވަރު ދިނެވެ.

 

ނިޝްފާ ވަޅު ލުމަށްފަހު މަހާނަ ކައިރީގައި ނުކްޝާން އިން އިރު ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭރު ޔަމްހާ ސަހަރާގެ ދޮރު ކައިރީގައި ދެރަވެފައި ބަލަން ހުއްޓެވެ. މިއީ އޭނާއަށް ނުކްޝާން ރޯތަން އަލަށް ފެނުނު ފަހަރެވެ.”ޔަމްހާ މަންމަ މަރާލީ….ޔަމްހާ އަހަރެންގެ ބޭނުމުގަ އަމިއްލަ މަންމަ މަރުވީއޭ ކިޔައިގެން އެންމެ ފަހުން އަހަރެންގެ މަންމަ ވެސް މަރާލީ..” ނުކްޝާން އައިސް ހުރި ރުޅީގައި ޔަމްހާ އާއި ދިމާއަށް އެއްޗެހި ގޮވައި ގަނެވުނެވެ.”ނޫން ނުކްޝާން..” ޔަމްހާ އަނގަ މަތީގައި އަތް އަޅާލިއެވެ.”ނުކް ކީކޭތަ ތި ކިޔަނީ ޔަމްހާ އެއް ނޫނޭ އެއީ.. ނުކްގެ ބައްޕަ ނުންތަ….” ލަމާން ދެބުމަ ކައިރިކޮށްލިއެވެ.”އެކަމަކު ވެސް ހެޔޮ..” ނުކްޝާން ކަރުނަތައް ފޮހެލަމުން ސަހަރާއިން ނިކުތެވެ. އޭރު ނަވްޔާ އާއި ނީކިޔާ ޒާއިފް އާއި އެކީ ގެއަށް ގޮއްސިއެވެ.”ހިނގާ..” ލަމާން ނުކްޝާން އާއި އެކީ ގެއަށްދާން ހިނގައިގަތެވެ. ޔަމްހާ ވެސް އެމީހުންނާ އެކީ ހިނގައިގަތެވެ.

 

ޔަމްހާ ނުކްޝާން ފަހަތުން ކޮޓަރިއަށް ވަނެވެ. އެ ކޮޓަރި ތެރޭގައި ވަނީ ކުރިއެކޭ އެއްގޮތަށް ހަމަ ހިމޭން ކަމެވެ.”ޔަމްހާ..” ނުކްޝާންގެ އަޑު އިވުމުން ޔަމްހާ ނޭވާ ހިފަހައްޓާލިއެވެ.”ބުނޭ.. ކީއްވެ ޔަމްހާގެ މަންމަ މަރުވިއްޔޭ ބުނީ.. ދޮގު ހެދިޔަސް ބޮޑުވަރު މިހާރު މަ ހިތަށް އަރާ އެބަ ކައިވެނި ނުކުރެވުންނަމައޭ..” ނުކްޝާން ޔަމްހާ އާއި ދިމަ ބަލާލިއިރު ރުޅިވެރިކަން ފިޔަވައި އިތުރު އެއްޗެއް ނެތެވެ.”އައިމް ސޮރީ އޭ ނުކްޝާން.. އަ.. އަހަރެން ނު.. ނުކްޝާން..” ޔަމްހާ އަށް ވާހަކަ އެއް ނުދައްކުނެވެ.”އެންމެ ރަނގަޅޭ.. ދޮގު ހަދައިގެން ވާނެ ފައިދާއެއް ނޯންނާނެ.. ކޮންމެސް ދުވަހަކުން އިނގޭނެ..” ކުޑަދޮރު ކައިރީގައި ހުއްޓާލަމުން ނުކްޝާން ބުންޏެވެ.”މަ ބޭނުމިއްޔާ ޑިވޯރސް ވެސް ވެވިދާނެ.. މަންމަ ބުނީ މެރީ ކޮށްފިއްޔާ ވަކި ނުވާށޭ.. މަ ބޭނުމަސް ނެތް އެކަން ވާކަށް.. ކޮންމެސް އެހެން ގޮތެއް ހޯދޭތޯ ބަލާނަން..” ނުކްޝާން ޖީބަށް އަތް ޖަހާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.”ދުވަހަކު ވެސް ޔަމްހާ އާއި ދިމާއަށް ރުހުމާ އެކު މަށެއް ނުބަލާނަން.. އެކަން ހަނދާން ކުރާތި..” ތަޅުގައި ހިފާލަމުން ނުކްޝާން އެހެން ބުނެފައި ކޮޓަރިން ނިކުތެވެ. ޔަމްހާ އެނދުގައި އިށީންނަމުން މޫނުގައި އަތް އެޅިއެވެ.

 

“ހެއި..” ކޮޓަރިން ނިކުތް އިރު ނަވްޔާ ހޫނު ކޮފީ ޖޯޑެއް ހިފައިގެން އިނެވެ.”ނަވް ދެން މިކޮޅުގަ އުޅެނީ؟؟..” ނުކްޝާން އެހިއެވެ.”ނޭނގެ.. މަ ބޭނުމީ މިކޮޅުގަ އުޅެން.. ނީކް އާ ނުކްއާ ދޫކޮށްލާފަ ދާކަށް ބޭނުމެއްނޫން..” ނަވްޔާ ޖަވާބު ދިނެވެ.”އެހެން… އޯކޭ..” ނުކްޝާން ޓީވީ ހުޅުވާލިއެވެ. ނުކްޝާން ބޭނުންވަނީ ނަވްޔާ ނިޝްފާގެ ހަނދާންތަކުން ދުރުވެ ދިރިއުޅުމުގައި ކުރިއަށް ދާންށެވެ. އެ ހަނދާންތައް ނަވްޔާގެ ދިރިއުޅުން ވަށާލާފާނެތީ ނުކްޝާން ބިރުގަނެއެވެ.”ކޮބާ ޒާއިފް..” ނުކްޝާން އެހިއެވެ.”ކޮޓަރީގަ..” ނަވްޔާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ކޮލެޖް ދުވަސަތަށް 1

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ނުވަވަނަ ބައި)

Next
September 10, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް ނުވަވަނަ ބައި)

Previews
September 10, 2021

ކޮލެޖް ދުވަސަތަށް 1



All Right Reserved!