Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 12

Baby Devil Level 610 Stories100 Stories
September 15, 2021 7 Mins Read
1 Comment

“ނަވް ހެއި..” ޒާއިފް ގެއަށް ވަދެފައި ގޮވާލިއެވެ. ނަވްޔާ ހީލާފައި ޒާއިފް އާއި ދިމަ ބަލާލިއެވެ.”ނަވް.. ސޮރީ ލަސްވީމަ.. އަސްލު ނިކުންނަން އުޅެނިކޮށް އެމަޖެންސީ ކޮށް އައީ.. ދެން އެ ޕޭޝަންޓް ނިމުނީމަ މި އާދެވުނީ..” ޒާއިފް މަޢާފަށް އެދުނެވެ. ޒާއިފް އަކީ ޑޮކްޓަރ އެކެވެ. އެންމެ ފުރަތަމަވެސް ރަށަށް އައިސް ޒާއިފް ހޯދީ ވަޒީފާއެވެ.”އިޓްސް އޯކޭ… އާދޭ ކާން..” ނަވްޔާ އެދުނެވެ.”މި ދަނީ ފާޚާނާއަށް ވަދެލާފަ..” ޒާއިފް ކޮޓަރިއަށް ވަނެވެ. ނަވްޔާ އޯކޭއޭ ބުނެފައި ކާގެއަށް ވަނެވެ.”ނީކް.. އަހަރެން ބޭނުން ވާހަކައެއް ބުނަން.. ނުކް ނުބުނޭދޯ އަހަރެން ބްރެއިން ސާޖަރީ އެއް ހަދަން ޖެހެއެކޭ..” ނަވްޔާ އެހިއެވެ.”ޔެސް ނުބުނޭ..” ނީކިޔާ ދެލޯ ބޮޑުވިއެވެ.”އަހާލީ.. ކަންބޮޑު ނުވާތި އައިލް ބީ ފައިން..” ނަވްޔާ ތަށިތައް ނަގަން ފެށިއެވެ. އެވަގުތު ޒާއިފް އައެވެ.”އިނގޭތަ މަގޭ ސްޕެޝަލް ޕޭޝަންޓް..” ޒާއިފް ވާހަކަ ދައްކަން ފެށިއެވެ.”ތިބުނީ؟؟ކާކު؟..” ނީކިޔާ އެއްބުމަ އަރުވާލިއެވެ.”ޝާރާ.. އެއީ ތެލަސީމިއާ ކުއްޖެއް.. މާލޭގަ އުޅުން އިރު އަހަރެންނަކީ އެކުއްޖާގެ ޑޮކްޓަރ އެކަމް މިރަށަށް އައީމަ އެކުއްޖާ އާ ވަކިވީ..ދެން އަނެއްކާ މިއަދު ދިމާވީ..” ޒާއިފް ކިޔާދިނެވެ.”އޯހ.. ކިތަށް އަހަރު..” ނަވްޔާ އަހާލިއެވެ.”އެކާވީސް ނޫނީ ބާވީސް އަހަރު.. ކިހިނެއްވީ.. ޖޭ ނުވައްޗޭ އިނގޭ ނަވް.. އަހަރެމެން އެކަހަލަ ގުޅުމެއް ނުބާއްވަމޭ..” ޒާއިފް އެއްލޯ މަރާލިއެވެ.”އާނ ދޯ ނަވް ޖޭ ވެދާނެ..” ނީކިޔާ ވެސް ދިމާ ކޮށްލިއެވެ.”ދެން ވަރަށް ފޫހި..” ނަވްޔާ ތުން ދަމާލިއެވެ.

 

**12 ވަނަ ޕާޓު**

 

ނުކްޝާން ލެޕްޓޮޕް ބާއްވާފައި ސޯފާގައި ހަމަޖެހިލިއެވެ.”މަންމާ..” އެ ނަން ކިޔާލުމާ އެކީ ވެސް ނުކްޝާން ދެލޯ ތެމުނެވެ. ކިރިޔާ ވެސް ހުސްވަގުތެއް ލިބޭއިރަށް ނުކްޝާންގެ މަސައްކަތަކީ އާޒިމް ވީތަނެއް ހޯދަން އުޅުމެވެ. އެކަން ކާމިޔާބު ކޮށްފައި ނޫނީ އެކަމެއް ނުހުއްޓާނެއެވެ. އޭނަ ޔަމްހާގެ ބޮލަށް އެކަން ޖެހީ ވެސް ޔަމްހާ ދެކެ އަންނަ ރުޅިއެއްގެ ސަބަބުންނެވެ. ނިޝްފާގެ މަރުން ނުކްޝާން ހުރިހާ ކަމެއްގެ މަތިން ފޫހި ކޮށްލައިފިއެވެ. ހަޤީޤަތަށް ބުނާނަމަ އޭނަ ދުނިޔޭގަ އެހުރީ ވެސް އާޒިމްއަށް ހައްޤު އަދަބު ދޭންށެވެ. މާ ގިނައިރު ވިސްނަން ނޯވެ ބަނޑުހައިކަން އިހުސާސް ވެގެން ނުކްޝާން ކޮޓަރިން ނިކުތެވެ.”ނުކް ޔަމް ގޮވައިގެން އާދޭ…” ނުކްޝާން ނިކުތްތަން ފެނުމުން ނަވްޔާ ބުންޏެވެ.”އުހުނ އޭނަ ބަހައްޓާ… އޭނަ އިނިއްޔާ މަށަކަށް ނުކެވޭނެ..” ނުކްޝާން ފޫހިގޮތަކަށް ބުންޏެވެ.”ސީރިއަސްލީ ނުކް.. އޭނަ ބަލިކޮށް އުޅޭއިރު ޖެހޭނެ ދޯ ބަލަން.. އޭނަ ރަނގަޅު ވީމަ އަމިއްލައަށް އުޅެވިދާނެ..” ނީކިޔާ ނުކްޝާން ކޮނޑުގައި ޖެހިއެވެ.

 

“ދެން ހުއްޓާލަބަލަ ތި ވާހަކަ.. މަގޭ ބޯ ގޮއްވަން ތިއުޅެނީ ދޯ..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”ނުކްޝާން ސާބަސް..” ޒާއިފް ވެސް ހައިރާންވިއެވެ.”ކިހިނެއްވީ އޯ މިހާރު.. ދެން ޔަމްހާގެ ވާހަކަ ނުދައްކާ ކާން އުޅެބަލަ..” ނުކްޝާން ކާންފެށިއެވެ.”ހްމް އޯކޭ.. މީނަގެ ޤަވާއިދު ވެސް އަދި ބޮޑުވާނެ…” ނީކިޔާ އަނގަ ހަދާލާފައި ތައްޓަކަށް ނޫޑްލްސް އަޅައިގެން ނުކްޝާންގެ ކޮޓަރިއަށް ވަންނަން ދިޔައެވެ.”ކަލޭމެން އަޅާލަންޏާ އަޅާލާ އޭނައަށް.. މަށެއް ހުއްޓުވާކަށް ވެސް ނޫޅެން އެހީވާކަށް ވެސް ނޫޅެން.. އޯކޭ ނުން.. އޭނަ ބޭނުންވާ އެއްޗިހި ގަންނަން ރުފިޔާ ދީފާނަން..” ނުކްޝާން މޫނު ކުނިކޮށްލިއެވެ.”ހޫމް އޯކޭ.. ތިވަރު ވާކަމަށް ވެސް ޝުކުރު ކުރަން..” ނަވްޔާ ހިނިގަނޑެއް ޖަހާލިއެވެ.”ހޭނެ ކަމެއް ނެތޭ.. މަށަށް ވެސް ހޭން އިނގޭނެ ތިމީހުން ކޮޓަރިއަށް ވަދެފަ ކުރާ ކަންތައް އިނގޭ ދުވަހަކުން..” ނުކްޝާން ނަވްޔާމެންނާ ދިމާކޮށްލިއެވެ. ނަވްޔާ ލަދުން އިސްޖަހާލިއެވެ.”ހެހެ.. ފުރަތަމަ ދުވަހު ވެސް ކިސް އެއް..” ނުކްޝާން އިތުރަށް ކިޔަން ފެށިއެވެ.”ދެން ހުއްޓަބަލަ.. އޯކޭއޭ އިނގިއްޖެއޭ..” ނަވްޔާ ނުކްޝާން އަތުގައި ވިކައިގަތެވެ.”އައުޗް ތަދުވެއްޖެއޭ..” ނުކްޝާން ހޭން ފެށިއެވެ. ޒާއިފް ވެސް އިނީ ކުޑަކޮށް ރަކިވެފައެވެ.

 

“ޔަމް އަން މި ކާލާ..” ނީކިޔާ ނޫޑްލްސް ތަށި ޔަމްހާ އަތަށް ދިނެވެ.”ތެންކްސް..” ޔަމްހާ ޝުކުރު އަދާކޮށްފައި ކާންފެށިއެވެ.”ވަރަށް މީރު ނީކިޔާ ދޯ ކެއްކީ..” ޔަމްހާ ބުންޏެވެ.”ހްމް މަ ކެއްކީ.. ތެންކްސް.” ނީކިޔާ ޔަމްހާ ކައިރީގައި އިށީނެވެ.”އެންޑް މަށަށް ނީކިޔާގެ ބަދަލުގަ ނީކް ކިޔަސް އޯކޭ ވާނެ.. ނަވްޔާ އަށް ނަވް..އެބަ އަންނަން ބޯނެ އެއްޗެއް ހިފައިގެން.. ކޮންޗެއް ގެންނަންވީ..” ނީކިޔާ އެހިއެވެ.”ޖޫސް އޯކޭ ވާނެ..” ޔަމްހާ ބުންޏެވެ.”އަމް.. ނުކް ރުޅި އަންނާނެތަ ކޮޓަރީގަ ކެއީމަ..” ނީކިޔާ ޖޫސް ހިފައިގެން އައުމުން ޔަމްހާ އަހާލިއެވެ.”އުހުނ.. ބޭރަށް ނުނެރެފަ މި ކޮޓަރީގަ ކެވެން ޖެހޭނެ… ޔަމްހާ ގޮވައިގެން އަންނާށޭ ބުނީމަ އޭނަ ނުލައި އައީ..” ނީކިޔާ ބުމަ އަރުވާލިއެވެ.

 

“ނަވް.. މާލެދާން ރެޑީވޭ އިނގޭ..” ކައިގެން ކޮޓަރިއަށް ވަންނަމުން ޒާއިފް ބުންޏެވެ.”ހޫމް އެކަމް ކީއްވެއޯ..” ނަވްޔާ ޒާއިފްގެ ގަމީހެއް ނަގަމުން އިސްތިރި ކުރަން ފެށިއެވެ.”ނަވް ސާރޖަރީ އޭ… ވީހާ ވެސް އަވަހަކަށް ސާރޖަރީ ހަދަން މަ ބޭނުން..” ފަހަތުން ނަވްޔާ ގައިގައި ޒާއިފް ބައްދާލިއެވެ.”ޔާ އޯކޭ.. ކޮން އިރަކުން ދަނީ.” އިސްތިރި ބަހައްޓާލަމުން ނަވްޔާ އެހިއެވެ.”ރެޑީވީމަ ބުނޭ.. ނުކްމެން ވެސް ދާންވާނެ… އެހެންވެ ޔަމްހާ ރަނގަޅު ވީމަ ދާނީ.. ނުކް ރުޅި އަޔަސް އޭނަ މިގޭގަ އެކަންޏެއް ނުބެހެއްޓޭނެ ދޯ..” ޒާއިފް ނަވްޔާގެ ކޮނޑުގައި ބޯ ބާއްވާލަމުން ކަރުގައި ބޮސްދިނެވެ.”ހްމްމް..ދެން ޒާއިފް..” ނަވްޔާ ލަދުން އިސްޖަހާލިއެވެ.”އަދިވެސް ލަދު ގަނޭތަ ބޭބީ.. މީ މިހާރު ހަޒްބަންޑްއޭ..މީހަކު ވެސް މިތާކު ނެތެއްނު..” ޒާއިފް ލާނެއް ހިނިގަނޑެއް ޖަހާލިއެވެ.”ވަރަށް ފޫހި..” ނަވްޔާ ޒާއިފްގެ އަތުތެރެއިން ނިކުންނަން ގަދަހަދާލިއެވެ.”އާހ ނަވް ސާބަސް.. ނުނިކުމެވޭނެ..” ޒާއިފް ބާރަށް ބައްދާލިއެވެ.”ދޭން ޒާއިފްފްފް..” ނަވްޔާ މޫނުގައި އަތް އަޅާލިއެވެ.”ދެނެއް ނޫން އިނގޭ..” ޒާއިފް ހޭންފެށިއެވެ. ނަވްޔާ ޒާއިފްގެ އަތުތެރޭގައި ހައްޔަރުވެފައި ނުތެދުވެވިގެން އޮތެވެ.”ނަވް ލަދުގަތީމަ ވަރަށް ލޯބި..” ނަވްޔާގެ ކަރުގެ އަނެއް ފަރާތުގައި ޒާއިފް ބޮސްދިނެވެ.”ދެން ހުއްޓާލާފަ ދޫކޮށްލަބަލަ…” ނަވްޔާ ލަދުން މޫނު ރަތްވިއެވެ.”އުހުނ.. ދެން ނުދެވޭނެ ނަވް އަކަށް..ނުވެސް ހުއްޓާނަން..” ޒާއިފް ލޯ މަރާލިއެވެ.

 

ކައިގެން އަލުން ނުކްޝާން ކޮޓަރިއަށް ވަތް އިރު ނީކިޔާ ތަށިތައް ހިފައިގެން ނިކުންނަނީއެވެ.”އޭނައަށް ބޭސް ދީބަލަ މަ އަންނަން ވާއިރަށް..” ނީކިޔާ ބުންޏެވެ.”އުހުނ މަ ބިޒީ..” ނުކްޝާން ލެޕްޓޮޕް ނަގައިގެން މޭޒު ކައިރިއަށް ޖެހިލިއެވެ.”ފޮނިގަނޑު..” ނީކިޔާ ދޫ ނެރެލާފައި ނިކުތެވެ. އިރުކޮޅެއް ނުވަނީސް ފެންތައްޓެއް ހިފައިގެން ނީކިޔާ އައެވެ. ޔަމްހާ ދެލޯ މަރާލައިގެން އޮތެވެ.”ޔަމް އަން..” ނީކިޔާ ބޭސް ދިނެވެ.”ތެންކްސް ނީކް..” ޔަމްހާ ވަރަށް އުފާވިއެވެ. ނިޝްފާ ނެތް ދުނިޔޭގައި ވެސް އޭނާއަށް އަޅާލާނެ ބަޔަކު ތިބިކަން އިނގުމުންނެވެ. ނަވްޔާ އާއި ނީކިޔާ ނެތްނަމަ އޭނާއަށް މި ގޭގަ ކީއްކުރަން މި ދުނިޔޭގެ ވެސް އުޅެން ދަތިވާނެއެވެ. އޭނާގެ މަންމަ ދުނިޔޭގަ ހުރިކަން ނުކްޝާން ކައިރީ ބުނެވުންނަމަ ރޫޅިފައިވާ ގުޅުން ބަދަހި ވާނެ ބާއެވެ؟ އެއީ ޔަމްހާގެ ހިތުގައި އަބަދުމެ އޮންނަ ސުވާލެކެވެ. ނުކްޝާން އާއި އެއް ކޮޓަރީގައި އުޅުނަސް އޭނަ މީ އުޅޭ މީހެއް ކަމަށް ވެސް ނުދެކެއެވެ. ކިތަންމެ ފަހަރަކު އަމިއްލަ އަށް އިސްނަގައިގެން ނުކްޝާން އާއި ވާހަކަ ދައްކަން ޔަމްހާ އުޅެފިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ނުކްޝާންގެ ރުޅިވެރި ބަސްތައް ހިތަށް އަރާފައި ވާހަކަ ދައްކަން ފަސްޖެހެނީ އެވެ. ނުކްޝާން ރުޅި އައިސްގެން ގޮސް އަނގައިން ބުނެނުލާ ހިސާބަށް ގޮސްދާނެ ތީއެވެ. އެހެން ވެއްޖެނަމަ ދެން އެ އުޅޭހެން ނުވެސް އުޅެވޭނެއެވެ.

 

“ވެލްކަމް ޔަމް.. ދެން ނިދާލާ އިނގޭ.. އިރާދަކުރެއްވިޔާ މާދަމާ ރަނގަޅު ވާނެ..” ނީކިޔާ ހީލާފައި ކޮޓަރިން ނިކުތެވެ.”ވަރަށް ބޮޑާވޭ ދޯ މިގޭގަ ތިހެން އަރާމުގަ އުޅެވޭތީ.. ކޮޓަރީގަ ކައިގެން ބޮއިގެން..” ނުކްޝާންގެ އަނގައަށް ގޮތެއް ހަދާލިއެވެ. މިފަހަރު ވެސް ޔަމްހާ ޖަވާބު ދޭން ވާއިރަށް ނުކްޝާން ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިފިއެވެ. ދެން އިތުރު އެންމެ ބަހެއް ބުންޏަސް ރުޅި އައިސްގެން ހަޅޭއްލަވާނެއެވެ. ނުކްޝާން މަސައްކަތުގައި އިންނަ ގަޑީގައި ވާހަކަ ދެއްކުމަކީ މަނާ ކަމެއް ފަދައެވެ. ހުޅުވާލާފައި އަނގަ ލައްޕާލަމުން ޔަމްހާ ބޯ ހޫރާލީ ނޫނެކޭ ބުނަންށެވެ. އެތަން ލެޕްޓޮޕް ސްކްރީން އިން ނުކްޝާން އަށް ފެނުނެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާލައިގެން އިނީއެވެ. ޔަމްހާ މަޑުމަޑުން ރޮމުން ދެލޯ މަރާލީ ނިދަންށެވެ. އެވަގުތު ނުކްޝާންގެ ފޯނު ރިންގްވާންފެށި އެވެ. ޔަމްހާ ދެލޯ މަރާ ބާރުކޮށްލިއެވެ. ނުކްޝާން ނިދަން ނުވަތަ އަރާމު ކޮށްލަން އޮށޯންނަގަޑީގައި ޔަމްހާގެ ފޯނު ރިންގް ވެގެން ނުވާނެއެވެ. ފޯނު ނަގައިގެން ނުކްޝާން ކުޑަދޮރާއި ކައިރިއަށް ޖެހިލިއެވެ. ޔަމްހާ ވީހާވެސް މަޑުން ގިސްލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

 

“ނީޝީ އަށް ދީބަލަ ޗޮކްލެޓް އެއް..” ނީޝާ ކާރުން ފައިބަމުން ކައިރީގައި ހުރި ނިމާން ގާތުގައި އެދުނެވެ.”އަން..” ސަމްހާ ފޫހިގޮތަކަށް ނީޝާ އަށް ޗޮކްލެޓެއް ދިނެވެ.”ނީޝީ އެދުނީ ނިމާ ކައިރީގައޭ..” ނީޝާ ތުންކޮޅު ދަމާލިއެވެ.”މަމީ އަންހެނެއް ނޫނޭ ނީޝީ.. ނިމާ ކިޔުން ހުއްޓާލަބަލަ..” ނިމާން ދެބުމަ ކައިރިކޮށްލިއެވެ.”ނީޝީ އަށް ރީތި އެ ނަން..” ނީޝާ ކުރިމަތީގައި ހުރި ގެއަށް ވަނެވެ.”އިއު.. ވަޓްސް ދެޓް..” ނީޝާ އިޝާރާތް ކޮށްލީ ދޮރުގެ ތަޅަށެވެ.”އެއީ ފެނޭ..” ސަމްހާ ތަޅު ސާފުކޮށްލިއެވެ.”އޯހ މައި ބޭޑް.. ބަޓް ސީރިއަސްލީ އައި ހޭޓް ދިސް ހައުސް.. ޖަސްޓް..އިއު..” ނޭފަތުގައި އަތް އަޅާލަމުން ނީޝާ ގޭތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.”މިތާކު ނުދުވާ ނުބައި ވަހެއް.. ތި އަތް ނަގާބަލަ..” ނިމާން ކޮޓަރިތައް ބަލާލިއެވެ.”އައި ޑޯންޓް ތިންކް ސޯ..” ނީޝާ ހުރީ ފަކުރުންނެވެ.”އައި ކާންޓް ލިވް ހިއަރ.. އިޓްސް ޑިސްގަސްޓިންގ…” ނީޝާ ކުޑަދޮރު ހުޅުވާލިއެވެ.”ދެން އެދުން ބޮޑު ވިޔަސް ބޮޑުވަރު..” ސަމްހާ ސިއްރު ސިއްރުން ނިމާން ކައިރީގައި ބުންޏެވެ.”ދޯ..” ނީޝާ އާއި ދިމާއަށް ބަލާލަމުން ނިމާން އެއްބަސްވިއެވެ.”ގާއިޒް.. މާދަމާ ދާންވާނީ އެގެއަށް..” ނީޝާ ބުންޏެވެ.

 

ނުކްޝާން ފޯނު ނިންމާލާފައި ބަލާލިއިރު ޔަމްހާ އޮތީ ނިދައިފައެވެ.”ބޮލަށް ވެސް ލުއި..” ހިތްހަމަ ޖެހުމުގެ ނޭވާއެއް ލާފައި ނުކްޝާން ސޯފާގައި އޮށޯތެވެ. އޮށޯތުމާއެކު ނުކްޝާން ވަށާލީ ނިޝްފާގެ ހަނދާންތަކެވެ. ނިޝްފާ ދުނިޔޭގައި ހުރިއިރު އެންމެ ކަމެއް ވެސް އުނި ވިޔަކަ ނުދެއެވެ. ކުޑަމިނުން ބައްޕަ ނެތް ކަމުގެ އެއްވެސް އިހުސާސެއް ކުރާކަށް ނުޖައްސައެވެ. ނަވްޔާ އާއި ނީކިޔާއަށް މަންމައެއްގެ ލޯބި ދީފިއެވެ. ލަސްތަކެއްނުވެ ނުކްޝާންގެ އެސްފިޔަތައް ފޫއަޅުވާލާފައި ހޫނު ކަރުނަތިކިތައް ފައިބަން ފެށިއެވެ. އެ އުފާވެރި ދުވަސްތައް ހަނދާން ވުމުން އިތުރަށް ނުކްޝާން ބަލިކަށި ވަނީއެވެ. ހިތަށް ކެތް ނުވާ ވަރަށް ނިޝްފާ މަތިން ހަނދާން ވަނީއެވެ. ނުކްޝާން އަށް އެކަން ހުއްޓުވޭ ނަމަ ހުއްޓުވިތާ ކޮން ދުވަހެއް ހެއްޔެވެ؟ ނަވްޔާ އާއި ނީކިޔާ ނުބުންޏަސް އެމީހުން ވެސް ދެރަވެ ރޯނެކަން ނުކްޝާން އަށް އިނގެއެވެ. އެންމެފަހުން އެ ހަނދާންތަކުން ހިތަށް ކެތް ނުވުމުން ނުކްޝާން ބޭރަށް ނިކުތެވެ. އަދި ފޯނުން ލަވަ އަޑުއަހަން ފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގެއާއި ޖެހިގެން ހުރި ގޭގެ ދޮރުމަތީގައި ހުރި އަންހެން ކުއްޖާއެވެ. މީހަކު ބަލާކަން އިނގުނީ ކަންނޭނގެއެވެ. އެ ކުއްޖާ ދުވެފައި އެތެރެއަށް ވަދެއްޖެއެވެ. ދެން ނުކްޝާން ޝައުގުވެރިވީ އެ ކުއްޖާ އަކީ ކާކުކަން ހޯދަންށެވެ.

 

“ދެން ޒާއި .. އަހަރެން ނިދަން ވެއްޖެއޭ..” ނަވްޔާ ތުން ދަމާލިއެވެ. ނަވްޔާ އާއި ޒާއިފް ތިބީ ކޮޓަރީގައި ހުރީ ސޯފާގައި ޓީވީ އިން ފިލްމެއް ބަލަންށެވެ. ޒާއިފް ނަވްޔާގެ ގައިގައި ހިފަހައްޓައިގެން އިނުމުން ނަވްޔާއަށް ދެވޭގޮތް ނުވީއެވެ.”އެންމެ ރަނގަޅު ނަވް.. ދޭ ޗޭންޖް ކޮށްގެން އަންނަން..” ޒާއިފް ނަވްޔާގެ ކޮލަށް ބޮސްދީފައި ސޯފާއިން ތެދުވިއެވެ. ނަވްޔާ ދުވެފައި ޓީޝާޓަކާއި ހަރުވާޅެއް ހިފައިގެން ފާޚާނާއަށް ވަނެވެ. ޒާއިފް ޓީވީ ނިއްވާލާފައި ޓީޝާޓު ބޭލިއެވެ. ދެމީހުންނަށް ވެސް ސަކަރާތް ޖަހާ ނިންމާފައި އެނދަށް އެރޭވަރުވީ ވަރަށް ލަހުންނެވެ.”ކިހިނެއްވީ؟..” އެނދަށް އަރާފައި ނަވްޔާ ފެންކަޅިވިތަން ފެނުމުން ޒާއިފް އެހިއެވެ.”މަންމަ…މަންމަ..” ނަވްޔާ އަށް ރޮވުނެވެ. ޒާއިފް ފުން ނޭވާއެއް ލާފައި ނަވްޔާ ބޮލުގައި ފިރުމާލިއެވެ.”ނަވް ޕްލީޒް… ނަވްގެ މަންމަ ވެސް ދެރަ ވާނެ ނަވް ރޮންޏާ..” ނަވްޔާ އަށް ވިސްނަދޭން ޒާއިފް އުޅުނެވެ.”މަންމަ އަހަރެމެން މިގޮތަށް ދަންވަރު ހޭލާ ތިބެންޏާ ވަރަށް ހަޅޭއްލަވާނެ.. ނުކް ޔަމްއާ މެރީ ކުރި ފަހުން ވެސް ވަރަށް ހަޅޭއްލަވާ.. އައި މިސް ހާރ..” ނަވްޔާ ޒާއިފްގެ މޭގައި އަތް ބާއްވާލިއެވެ.”އެކަމާ މެދު ނުވިސްނާ.. އިންޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. ނަވްގެ މަންމަ ވެސް ބޭނުން ވަނީ ނަވް އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން.. ނަވް ތިހެން ރޮންޏާ އެކަން ކިހިނެއް ވާނީ…” ޒާއިފް ވިސްނަދިނެވެ.”ތެންކްސް ޒާައި.. ނީކް ނޭނގެ އުޅޭނެ ހާލެއް.. އެބަ އަންނަން..” ނަވްޔާ އެނދުން ތެދުވެގެން ނީކިޔާ ކޮޓަރިއަށް ވަންނަން ދިޔައެވެ.

 

“ހައި ނީކް..” ނަވްޔާ ނީކިޔާގެ ކޮޓަރިއަށް ވަނެވެ.”ހެއި..” ނީކިޔާ ބާލީހުން ބޯ ހިއްލާލިއެވެ.”ކިހިނެއް..” ނަވްޔާ އަހާލިއެވެ.”ގުޑް..” ނީކިޔާ ޖަވާބު ދިނީ ނިއް އަރުވަލާފައެވެ.”މަންމަ މަތިން މިސް އެއް ނުވޭތަ..” ނަވްޔާ ދޮރުގައި ބޯ ޖައްސާލިއެވެ.”ނޯ.. ނަވް ދެން ދޭ ޒާއިފް ހުންނާނެ ނަވްގެ އިންތިޒާރުގަ..” ނުރުޔަސް ނީކިޔާ ވެސް އެގަޑީގައި އޮތީ ނިޝްފާ އާއި މެދު ވިސްނަންށެވެ.”މި ދަނީއޭ.. ނީކް ކޮބާތޯ ބަލާލަން މި އައީ.. ގުޑްނައިޓް..” ނަވްޔާ ހީލަމުން ކޮޓަރިން ނިކުތެވެ. އެވަގުތު ބޭރުން ނުކްޝާން ވަނެވެ.”ނުކް ކޮންތާކަށް ގޮއްސަ މިހާ ދަންވަރު..” ނަވްޔާ އެހިއެވެ.”ބޭރަށް ނިކުތީ ފޫހިވާތީ..” ނުކްޝާން ޖަވާބު ދިނެވެ. ނަވްޔާ ބުމަ އަރުވާލާފައި ކޮޓަރިއަށް ވަނެވެ.”ހޭވް އަ ވެރީ ގުޑް ނައިޓް އިނގޭ ނަވް..” ދޮރު ލެއްޕުމުގެ ކުރިން އެއްލޯ މަރާލަމުން ނުކްޝާން ދިމާކޮށްލިއެވެ.”އެއްކަލަ ނުކް..ދެން..” ނަވްޔާ ރަކިވެގެން ލޯ އަޅާލިއެވެ. ނުކްޝާން ހިނިގަނޑެއް ޖަހާލާފައި ދިޔައެވެ.

 

“ނިމާ އަވަސް ކޮށްބަލަ..” ނީޝާ ގެއިން ނިކުތެވެ.”މިހާ ފަތިހާ ކޮންތާކަށްތަ..” ނިމާން ގަމީސް ލައިގެން ނިކުތެވެ.”ކުރިމަތީ ހުރި ގެއަށޭ.. އެހާ ރީތި ނުވިޔަސް އެންމެ ރަނގަޅޭ..” ނީޝާ ހިނގައިގަތެވެ.”އައްސަލާމް ޢަލައިކުމް..” ނީޝާ ފާޑަކަށް ހުރެފައި ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތީ ނުކްޝާން އެވެ. އެއީ ރޭގަ ފެނުނު އަންހެން ކުއްޖާ ކަންނޭނގެ އެވެ.”ކޮން ބޭނުމަކު.. އާދޭ އިށީންނަން..” އަވައްޓެރިއެއް ކަމުން ނުކްޝާން ބުންޏެވެ.”ޔަމްހާ އެބަ އުޅޭތަ.. މީ ނީޝާ” ނީޝާ އަހާލިއެވެ.”ހްމްމް.. ކިހިނެއްވީ..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”އާދޭ..” ނުކްޝާން ބުންޏެވެ.”މިތަނަށް އޭނަ ގެނަސްބަލަ..” ނީޝާ އިށީންނަމުން އަމުރު ކޮށްލިއެވެ. ނުކްޝާން ހައިރާންވިއެވެ.”ޔަމްހާ އާދެބަލަ.. ނީޝާ އެއް އައިސް އެބަ އިނީ ތީނަ ހޯދަން..” ދޮރު ހުޅުވާލާފައި ނުކްޝާން ބުންޏެވެ.”ނީޝީ… ނުކްޝާން އޭނަ ބޭރަށް ނެރޭ.. ހެޔޮ ނުވާނެ..” ޔަމްހާ ދެލޯ ބޮޑުވިއެވެ.”އެއީ މެހެމާނެކޭ.. މޮޔަނުގޮވާ އާދޭ..” ނުކްޝާން ދަތްކުނޑި ވިކާލާފައި ބުންޏެވެ. ޔަމްހާ އިސްޖަހާލާފައި ނިކުތެވެ.

 

“ޔަމްހާ.. ދޮންބެ ބުނީ ތެދޭ ދޯ.. މިރަށުގަ އެބަ އުޅޭ..” ނީޝާ ހީލިއެވެ.”ނީޝާ ކީއްކުރަން މިރަށަށް ތި އައީ..” ޔަމްހާ އިނީ ޖެހިލުންވެފައެވެ. ނުކްޝާން ހައިރާންވެފައި ބަލަން ހުއްޓެވެ. ނީޝާ ލައިފައި ހުރި އަންނައުނުންނާއި އުޅޭ ގޮތުން އޭނާގެ ފެންވަރު ނުބުންޏަސް ނުކްޝާން އަށް ދޭހަވިއެވެ.”ދީބަލަ ތި ފޯނު..” ޔަމްހާގެ ފޯނު ނީޝާ ޖަހައިގަތެވެ.”އަމް ސޮރީ ނުކްޝާން.. މީ މަގޭ ކޮއްކޮ ނީޝާ..” ނުކްޝާން ބަލަން ހުރިތަން ފެނުމުން ޔަމްހާ ބުންޏެވެ.”ހާދަ ރީތި ފިރިހެން ކުއްޖެކޭ.. ވާވް..” ނީޝާ ނުކްޝާން އާއި ދިމާއަށް ހިނގައިގަތެވެ.”ޔަމް މިގޭގަތަ އުޅެނީ..” ނީޝާ ނުކްޝާން ގައިގައި އަތްލަމުން ބުންޏެވެ. ޔަމްހާއަށް ކުރިން ވެސް މިހެން ވާނެކަން އިނގޭކަހަލައެވެ. އޭނަ ހުރީ އިސްޖެހިފައެވެ. ރަނގަޅަށް ވެސް ނުކްޝާންގެ އަނގަ ހުޅުވިއްޖެއެވެ.”ހްމްމް.. ނީޝީ ދެން ނިކުމޭ މިގެއިން..” ނުކްޝާންގެ ގޮށްޖެހިފައިވާ ދެބުމަ ފެނުމުން ނީޝާގެ އަތުގައި ހިފައިގެން ޔަމްހާ ގެއިން ބޭރަށް ނިކުތެވެ.”ސާބަސް އެހާ ރީތި ފިރިހެންކުއްޖެއް ގައިގަ އަތްލީމަ ޖޭވީތަ..” ނީޝާ ފޮނިވިއެވެ.”ނޫނޭ އެއީ މަގޭ ފިރިމީހާއޭ.. ކީއްކުރަން ޖޭ ވަނީ.. އެހެން ނޫނަސް ނީޝަ ލަދެއް ނުގަނޭތަ ތިވައްތަރަށް އުޅޭކަށް..” ޔަމްހާ ނީޝާގެ މޫނުމަތީގައި ޖެހިއެވެ.”އޯހ ސޮރީ ޔަމްހާގެ ހަޒްބަންޑްއޭ؟؟… މަށާ ދިމާއަށް އެއްޗެހި ނުކިޔާބަލަ.. ބައި ދަ ވޭ މިރޭ ފުރަމޭ.. މި ޖައްސާލީ ސްރީލަންކާއަށް ދިއުމުގެ ކުރިން…ރަނގަޅޭ ބުނެބަލަ.” ނީޝާ ފޮނިގޮތަކަށް ހިނގާލާފައި ދިޔައެވެ.

 

“ނުކްޝާން އައިމް ސޯ ސޮރީ..” ގެއަށް ވަދެފައި ޔަމްހާ މައާފަށް އެދުނެވެ.”ހާދަ ގޮތެއްފޮތެއް ނެތް މީހެކޭ ކަލޭގެ ކޮއްކޮ އަކީ… މަގޭ ގަޔަށް އަތްލީއެ އައިސް ވެސް… ޗީ ޗީ.. ކަލޭ ވެސް އެކަހަލަ ދޯ.. ދެން އޭނަ ނުވާނެ މިގެއަށް ވައްދައިގެނެއް.. އޭނާގެ ފެންވަރުން ވެސް ހީވެއްޖެ އެހެންހެން އުޅޭނީ..” ނުކްޝާން ދެލޯ އަޅާލިއެވެ.”ސޮރީ.. އަސްލު އެއީ ނީޝާ އެކަނި އުޅޭ ގޮތެއް.. ނުކްޝާން ތިހީކުރާ ކަހަލަ ގޮތަކަށް ދެން ތިބޭ އެއްބަނޑު އެއްބަފާ ކުދިންނެއް ނޫޅޭނެ… މަންމައަށް ވެސް ހުއްޓަން ނުކުޅެދިފައިވާ ކަމެއް އެއީ ނީޝާގެ އުޅުން..” ޔަމްހާ އެނދުގައި އިށީނެވެ. އިއްޔަ ޑޮކްޓަރ އަށް ދައްކައިގެން ބޭސް ކެއުމުން މިއަދު ތެދުވެވޭވަރު ވެއްޖެއެވެ.”އެހެން ދޯ.. ނަސީބެއް ތިވެސް.. ދުވަސްކޮޅަކުން ޔަމްހާ ވެސް އެހެން އުޅޭތަން ފެންނާނީ.” ނުކްޝާން ފާޑަކަށް ހުރެފައި ގެއިން ނިކުތެވެ. ޔަމްހާ ފާޚާނާއަށް ވަނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ކެހި 1

Next

ސައިމާ

Next
September 15, 2021

ސައިމާ

Previews
September 15, 2021

ކެހި 1

One Comment

  1. frozenlewender says:
    September 17, 2021 at 11:18 am

    This episode is beautiful as usual
    Curiously waiting fr next part ?
    Ss?
    Sh
    Tvgc

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 13←


All Right Reserved!