ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 20
“މި އެބަ ޖަހާތަ ނުލަފާ މީހެއް ވައްތަރު..” އެމީހާ ފެނުމުން ނުކްޝާން ގާތަށް އައީ ހިންޏެވެ. ނާންނަންވީ ސަބަބެއް ނެތެވެ. އެ ފިރިހެން މީހާ ތަންކޮޅެއް ފަލަކޮށް ، ބަނޑެއް ލާފައި ހުރި އިރު ތުނބުޅި ވެސް ފުދޭވަރަކަށް ދިގެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު އެއީ މީހުން މަރާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުއްލިއަކަށް އެއީ އެމީހައޭ ބުނުމުން ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވީއެވެ.”ތެދޭ.. އުހުނ ކިތަންމެ ނުލަފާ މީހަކު ވެސް އުޅެދާނެ ބަޔަކު ލޮލުގަ އަނދުން އަޅުވަން މީހުންނަށް ދެއްކެން..” ނީކިޔާ ކޮމްޕިއުޓަރަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ”ހްމްމް ވޭދާނެ..” ނުކްޝާން ވިސްނާލިއެވެ.”ސާރ އޭނަ މި އަތޮޅަކު ނެތް..” ކައިރީގައި ހުރި ފުލުސް މީހާ އެހެން ބުނުމުން ނުކްޝާން ޗޮކެއް ކަނޑާލިއެވެ.”ހާސް ނުވޭ.. ބަލާނަން އޭނަ ހޯދޭތޯ އިންޝާ ﷲ.. އެހެން ނޫނަސް ވަރަށް ބޭނުން ވީހާވެސް އަވަހަކަށް މި ކޭސް ނިންމަން… އެއީ އަމިއްލަ އަށް ނިންމަންޖެހޭ ވަރަށް މުހިންމު ކޭހެއް އެބަ އޮތް..” ނުކްޝާން ގޮނޑީގައި ލެނގިލިއެވެ.”ތިހެންވީރު ސަރ މި ކޭސް ދޫކޮށްލަން ވީ ނޫންތޯ..” އެމީހާ އަހާލިއެވެ.”ނޫނޭ އޯކޭ ވާނެ..” ނުކްޝާން އެހެން ބުނި އިރު އެ ކޭސް ދޫކޮށްލަން ވެސް ހިތަށް އެރިއެވެ. އެއީ ހަމްނާ އަށް އިތުރަށް އުނދަގުލެއް ވާން ނޭދޭތީއެވެ. ނަމަވެސް އެހާ ބުރަ މަސައްކަތްތުން މިހާ ހިސާބަށް އައިސްފައި ދޫކޮށްލާކަށް ނުކްޝާން ހިތް އެއްބަހެއް ނުވިއެވެ.
**20 ވަނަ ޕާޓު**
އެރޭ ގެއަށް ދިޔައިރު ޔަމްހާ އިނީ ޚިޔާލަކަށް ގެއްލިފައެވެ.”އަޅޭ ސޮރީ އިނގޭ.. ކޮންމެ ދުވަހަކު ތިހެން ފޫހިވެފަ އިންނަން ޖެހޭތީ.. މަންމަ ހުރި ނަމަ..” ނީކިޔާ ފެންކަޅިވިއެވެ. ނުކްޝާން ކަމެއް ހަނދާންވި ފަދައިން ނީކިޔާ އާއި ދިމަ ބަލާލިއެވެ.”ނީކް.. އާދެބަލަ އެއްޗެއް ދައްކަން..” ނީކިޔާގެ އަތުގައި ހިފައިގެން ނުކްޝާން ގޮސް ކޮޓަރިއަށް ވަނެވެ. ވާނުވާ ނޭނގިފައި ނުކްޝާން ކުރާ ކަމެއް ބަލަން ނީކިޔާ އިނެވެ.”ނަވް އޮންލައިންގަ؟؟..” ވާހަކަ ފޮތެއްގެ ތެރެއިން ކުޑަ ގަނޑުކޮޅެއް ނަގަމުން ނުކްޝާން އަހާލިއެވެ. ޖަވާބުގައި ނީކިޔާ ދެކޮނޑު އަރުވާލިއެވެ.”ބަލާބަލަ އޮންލައިންގަ އިންތޯ..” ލެޕްޓޮޕް ދެމުން ނުކްޝާން ވާހަކަ ފޮތް އިންތަނަށް ލާފައި އައިސް އިށީނެވެ. ނަސީބަކުން ނަވްޔާ އިނީ އޮންލައިންގައެވެ.
“ހޫމް ކޮންކަމެއް ލައިގަތީ..” އެހާ ދުވަސް ފަހުން ނުކްޝާން ގުޅުމުން ނަވްޔާ މޫނު ހަދާލިއެވެ.”ސޮރީ އޭ..އަސްލު ތިމީހުންނަށް އުނދަގޫ ވެދާނެތީ ހުރީ.. އެކަމް ވަރަށް މުހިންމު ވާހަކަ އެއް ބުނަން ޖެހިއްޖެ..” އަތުގައި އިން ގަނޑުކޮޅަށް ބަލާލަމުން ނުކްޝާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެގަނޑުކޮޅު ކިޔަންފެށިއެވެ. ނަވްޔާ އާއި ނީކިޔާ ންކަޅިވާން ނެގީ މަދު މިނެޓް ކޮޅެކެވެ.”އެއީ ހަމަ އަހަރަމެންގެ މަންމަތަ.. މަންމަ ކިޔަން ހެޔޮ ވެސް ނުވާނެ.. މިހުރިހާ ދުވަހު މަންމަ ކިޔައިގެން އުޅެވުނީތީ މޮޔަ ހިތަށް އަރާ..” ނަވްޔާގެ ހިތުގައި ނިޝްފާ އާއި މެދު ރުޅިވެރިކަން އުފެދުނެވެ.”ނޫން ނަވް ތިހެން ނުބުނޭ.. މަންމަ އަކީ ނުލާހިކު ރަނގަޅު މީހެއް.. ކުރީގަ އެހެން އުޅުނަސް ފަހުން ކިހާ ރަނގަޅު..މީހަކާ މެދު އެހާ ގޯސްކޮށް ދެކޭކަށް ނުވާނެ..” ނީކިޔާ ދެކޮޅު ހެދިއެވެ.”ކޮންމެ ގޮތަކަސް ހެޔޮ..” ނަވްޔާ ދެބުމަ ގޮށްޖަހާލިއެވެ.”ނަވްޔާ ހެޔޮ ނުވާނެ އެއީ މަންމައޭ.. މަންމަ ރަނގަޅު ނުވިނަމަ އަހަރެމެން މިހާ ލޯބިން ގެންގުޅޭނެތަ..” ކަރުނަތައް ފުހެލަމުން ނީކިޔާ ބުންޏެވެ. ނަވްޔާ ބޯ ޖަހާލިއެވެ.”ދެން އެވާހަކަ ބާއްވަމާ.. ކޮބާތަ ޒާއިފް..” ނުކްޝާން ހިނިތުންވަމުން އަހާލިއެވެ.”ގެއަކު ނެތް..” ހެވިފައި ނަވްޔާ ޖަވާބު ދިނެވެ.”ހާދަ ހެވިފަ.. ކިހިނެއްވީ..” ނީކިޔާ އަހާލިއެވެ.
“އޭނަ ވީ އައިސްކްރީމް އާ މެގްނަމް ކަހަލަ އެއްޗެހި ގަންނަން ގޮސް..” ނަވްޔާ ބުންޏެވެ.”ހޫމް ހޫމް..” ނުކްޝާން ހޭންފެށިއެވެ. ތުން ދަމާލާފައި ނަވްޔާ ކޯލް ނިންމާލީ މާދަމާ ޚަބަރެއް ވާނެ ކަމަށް ބުނަމުންނެވެ. އެވަގުތު ނުކްޝާންގެ ފޯނު ރިންގްވާންފެށި އެވެ.”ދެންމެ ލޯންޗަށް އަރަން އުޅެނިކޮށް އަހަރެންމެންނަށް އެމީހާ ފެނިއްޖެ.. އޭނަ ނުލައި އެހެން އެންމެން ފިލައިފި.. އަތުގަ ރުފިޔާ ދަބަހެއް އޮތް..” އެކޮޅުން ވާހަކަ ދެއްކިއެވެ.”އެމީހާ ގޮވައިގެން ދޭ.. މަ ދާނަން މާދަމާ..” ވަރުބަލި ވެފައި ހުރުމުން ނުކްޝާން ދާކަށް ބޭނުމެއް ނުވިއެވެ. އެކޮޅުން އޯކޭ ދީފައި ފޯނު ކަނޑާލި އެވެ.”ނަސީބެއް.. މިރަށުގަ އެމީހުން އެބަ އުޅޭ..” ހިތްހަމަ ޖެހިފައި ނުކްޝާން ބުންޏެވެ.
އެރޭ ނިދަން އަރަން އުޅެނިކޮށް ހަމްނާ ގުޅަން ފެށިއެވެ.”ނުކްޝާން ޕްލީޒް..” ހަމްނާ ރޮވިފައިވާ އަޑަކުން ގޮވާލިއެވެ.”މިދަނީ..” އަވަސް އަރުވާލައިގެން ނުކްޝާން އަށް ގެއިން ނިކުމެވުނީ ވެސް ނިދާ ޓީޝާޓާއި ސޯޓުގައެވެ. އޭރު އެގާރަ ގަޑި ބައިވަނީއެވެ. އެމީހުން އެގެއިން ނެރެލާފައި ނުކްޝާން ހަމްނާ ގޮވައިގެން ބޭރަށް ނިކުތެވެ.”ހަމް.. މިހާރު ކޮންމެ ރެއަކު އެމީހުން އެބަ އާދޭ.. ހަމަ ޖައްސާންތަ މަގޭ ރައްޓެއްސެއްގެ ގެއެއް..” ހަމްނާ އާއި ދިމަ ބަލާލަމުން ނުކްޝާން އެދުނެވެ. ބިރުގަނެފައިވާވަރުން ހަމްނާއަށް ބޯ ޖަހާލެވުނެވެ.”މަޑުކޮށްލާ..” ނުކްޝާން ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ. އިރުކޮޅަކުން ވާހަކަ ދައްކާލާފައި ނުކްޝާން ހަމްނާ ކައިރީގައި އެދުނީ ޕެކް ކުރަން ދިއުމަށެވެ. އޭރު ވެސް ނުކްޝާން ލޮލަށް ދިޔައީ ބަރު ވަމުންނެވެ. މިއަދު އެހާ ބުރަކޮށް އުޅެފައި އަދި ތަނަކު ނުވެސް ޖައްސާލެވެއެވެ. އަނެއްކޮޅުން މިއަދު ބޮލުގަ ރިއްސާތީ ބޭސް ކާން އުޅުމުން ކެވުނީ ނިދާ ބޭހެކެވެ. ދިހަ ވަރަކަށް މިނެޓް ތެރޭގައި ހަމްނާ ނުކުމެގެން އައެވެ. ހަމްނާ އެގެއަށް ލާފައި ނުކްޝާން ލަސްނުކޮށް ދިޔައީ ގެއަށެވެ.
ކޮޓަރިއަށް ވަދެވުނުއިރު ރަނގަޅަށް ވެސް ނުކްޝާންގެ ލޯ މެރެން ފަށައިފިއެވެ. ސޯފާ ހުންނާނީ މާ ދުރުގައި ކަން ހަނދާން ވުމުން ނުކްޝާން ބޭނުންވީ ޓައިލްސްތައް މަތީގައި އޮށޯންނާށެވެ. ހިނގާފައި ނުކްޝާން ދިޔަ ގޮތުން ބަލާލި މީހަކަށް ހީވާނީ މަސްތުވެފައި ވާ މީހެއް ހެންނެވެ. ނުކްޝާން އަށް އެންމެ އަވަހަށް ފައި ޖެހުނީ އެނދުގައެވެ. ވީ އުފަލުން ޔަމްހާ އޮތްކަން ހަނދާންނެތި ނުކްޝާންއަށް އޮށޯވެވުނީ އެނދުގައެވެ. ބްލެންކެޓް ދަށަށް ރަނގަޅަށް ވަންނަމުން ނުކްޝާން ބާލީހެއް ކަމަށް ހީކޮށް ބައްދާލީ ޔަމްހާގެ ގައިގައެވެ. އޭސީ ސޯޅައިގައި ހުރެފައި ވާރޭ ވެހޭތީ ނުކްޝާން އަށް ފިނިވެގެން އިތުރަށް ޔަމްހާގެ ގައިގައި ހިފާލިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.
ނުކްޝާން އަށް ހޭލެވުނީ ކުއްލިއަކަށެވެ. ލޯ ހުޅުވާފައި ރަނގަޅަށް އޮވެވުނުތަނަށް ބަލާލެވުނީ ދެނެވެ. އަވަސް ވެފައިވާ ހިތަކާ އެކީ ވާތްފަރާތަށް ނުކްޝާން ބަލާލި އިރު އެއްވެސް އެއްޗެއް ނުލާ އޮތް ޔަމްހާގެ މެއިން ތިރި ވަނީ ބެލްންކެޓް އިން ފޮރުވާލެވިފައެވެ. ނުކްޝާން ވެސް ބަނޑާ ހިސާބުން ތިރި ވަނީ ބްލެންކެޓް ދަށުގައެވެ. ރޭގަ ވީ ކަންތައް ނުކްޝާން ހަނދާންވާން ފެށިއެވެ. ގެއަށް އާދެވުނު އިރު ނިދި އައިސްފައި ހުރި ވަރުން އަޅާލުން ކުޑަކުރެވުނު ވަރެވެ. ބާލީސް ކަމަށް ހިތާ ބައްދާ ލެވުނީ ޔަމްހާ ގައިގަ ތާއެވެ. އެހެން ކަން ހިނގުމުން ނުކްޝާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ކެތްތެރި ވަމުން ފުން ނޭވާއެއް ލާފައި ސޯޓާއި ޓީޝާޓު ލަމުން ބްލެންކެޓް ޔަމްހާގެ ކަރާއި ހިސާބަށް އަރުވާލާފައި ފާޚާނާއަށް ވަނެވެ.
ފެންވަރާލައިގެން ރެޑީވެގެން ނުކްޝާން ނިކުތް އިރު ނީކިޔާ ސައި ހަދަނީއެވެ.”ޔަމް ކޮބާތަ.. އެހެން ނޫނީ މަށަށް ވުރެ ކުރިން ހޭލައިގެން އުޅޭނެ އޭނަ.. ޔަމް ބަލީތަ.. ކިހިނެއް ވީ އެނައަށް..” ކޮފީ ގިރަން ހުރި ނީކިޔާ ސުވާލު ކުރަން ފެށިއެވެ. ހައިޖާނުގަނޑެއްގެ ތެރޭގައި އިން ނުކްޝާން އަށް ޔަމްހާ ކީ އެއްޗެއް އަޑު ނީވުނު ފަދައެވެ.”ނުކް!! ނުކްޝާން!” ނީކިޔާ އަނެއްކާވެސް ގޮވާލާފައި ކޮއްޓާލިއެވެ.”ހޫމް ކީކޭ..” ސިހުނު ވަރުން ނުކްޝާން ދެލޯ ބޮޑުވިއެވެ. އަދި ކަމެއް ނުވާކަމަށް ހެދެން ވެގެން ކޮފީ ޖޯޑުން ކޯވަރެއް ބޯލިއެވެ.”އައުޗް…ހޮޓް..ހޮޓް..” ދެވަނަ ސިކުންތުގައި އަނގައަށް އެޅި ކޮފީ ފޮދު ނުކްޝާން ބޭރަށް ބުރުވާލިއެވެ. އެހުރިހާ މަންޒަރެއް ބަލަން ނީކިޔާ ހުރީ ސޮނި ވެއްޓޭ ވަރު ވެފައެވެ.
“އާރ ޔޫ އޯކޭ ނުކް؟؟” ކަންބޮޑުވެފައި ނީކިޔާ ޓިޝޫއެއް ދިނެވެ.”ހްމްމް..އާދޭ ދާން.” ކުރު ޖަވާބެއް ދީފައި ނުކްޝާން ކާގެއިން ނިކުތެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރެ މޭޒުމަތި ސާފު ކޮށްލާފައި ނީކިޔާ ގެއިން ނިކުތެވެ. އޭރު ނުކްޝާން ސައިކަލުގައި އޭނާގެ އިންތިޒާރުގައި އިނެވެ.”ނުކް ކިހިނެއް ވީ.. ޔަމް އޯކޭތަ.. ނުކް އަޅެ ބުނެބަލަ..” ނީކިޔާ ސުވާކުރަން ފެށިއެވެ. ޔަމްހާގެ ސުވާލެއް ކުރުމުން ރުޅި އަންނާނެކަން އިނގި ހުރެއެވެ.”ޔަމްހާ އޯކޭއޭ.. އެއްވެސް ކަމެއް ނުވޭ..” ގަދަކަމުން ކަހަލަ ގޮތަކަށް ނުކްޝާން ބުނެލި ޖުމްލައިން ނީކިޔާގެ ހައިރާންކަން ދެގުނަ ބޮޑު ވިއެވެ. ނުކްޝާން އަށް ވެސް ވީ އެވަރެވެ. މިއަދު ހެނދުނު ހޭލިއިރު ވެސް ޔަމްހާ އާއި މެދު އޮތް ރުޅިވެރިކަން ވަނީ ފިނިވެފައެވެ. ނުކްޝާން ރުޅި ނައީ ކީއްވެ ބާއެވެ؟ ޔަމްހާއަށް ހުސް ފުރޭ ވަރަށް އަނިޔާ ކުރެވުނީ ހެއްޔެވެ؟”ޔަގީންތަ؟؟” ޝައްކެއްގެ މަތީގައި އިނދެ ނީކިޔާ އަހާލިއެވެ. ދެންވެސް ހޫން ލައްވާލަމުން ނުކްޝާން ފުއްދާލިއެވެ.
ޔަމްހާ އަށް ހޭލެވުނީ ފިނިވެގެންނެވެ. އެއްޗެހި ނުލާ އޮވެވުނުކަން އިނގުމުން ޔަމްހާގެ ދެލޯ ބޮޑުވެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. މީ ކާކުގެ ކަމެއްކަން ނޭނގި ފެންކަޅިވެފައި ހުރެ ހެދުން ލައިގެން އެނދަށް ބަލާލިއެވެ. މީ އަނެއްކާ ނުކްޝާން ކުރި ކަމެއް ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. ޔަމްހާ އަކީ ނުކްޝާންގެ އެންމެ ބޮޑު ދުޝްމިނޭ އަބަދު ވެސް ޔަމްހާގެ ހިތް ބުނެއެވެ. ރޮވެން ކައިރިވެފައި އެނދު ރީތި ކޮށްލަމުން ޔަމްހާ ފެންވަރާލިއެވެ. ގަޑި ބަލާލަން ހަނދާންވީވެސް ފެންވަރައިގެން ނިކުތް ފަހުންނެވެ. ނުކްޝާން އާއި ނީކިޔާ ދިޔައީކަން އިނގުމުން ޔަމްހާ ކާގެއަށް ވަނީ އެއްޗެއް ކާލަންށެވެ. ހީކުރި ގޮތަށް ނީކިޔާ ހުރީ ޔަމްހާއަށް ސައި ހަދާފައެވެ. މަޑުމައިތިރި ކަމާއެކީ ސައި ބޮމުން ދިޔަ އިރު އެހެން ދުވަސް ތަކާ އެއްގޮތަށް މިއަދު މޫނުމަތިން ފެންނަނީ ފޫހިކަމެއް ނޫނެވެ. ވިސްނަން އިނދެގެން ސައި ނިންމާލައިގެން ޔަމްހާ ޓީވީ ހުޅުވާލިއެވެ. ދައްކަމުން ދިޔަ ކޮމެޑީ ޑްރާމާއަށް ސަމާލުކަން ދޭން އުޅުނު ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
“ކަމެއް ނުވެއޭ ބުނާއިރު ތީ ކަމެއް ނުވާ މީހުން ތިބޭ ގޮތް؟ އަޅެ ބުނެބަލަ ކިހިނެއް ވީ.. ޔަމްއަށް ކަމެއް ކުރީތަ އަނެއްކާ.. އެމަންޖެ ކޮން ހާލެއްގަ ޖެއްސީ މިފަހަރު..” އެއްފަހަރު ކޮމްޕިއުޓަރ އަށް ބަލާލާފައި އަނެއް ފަހަރު ގޮނޑީގައި ލެނގިލައިގެން އިނދެ ޚިޔާލަކަށް ގެއްލިފައި އިންނަ ނުކްޝާން އާއި ނީކިޔާ ވާހަކަ ދެއްކީ ކެތް ނުވެގެންނެވެ.”އޯލްރައިޓް.. ހަމަ އެކަކު ކަރިއީގަ ނުބުނާތި.. ރޭގަ މަށަށް ޔަމްހާ އާ އެއް އެނދެއްގަ ނިދުނީ… ދެން އިނގެ އެއްނު ވާނެ ގޮތް..” ގޮތް ހުސްވެފައި ނުކްޝާން ނީކިޔާ ކައިރީގައި ބުންޏެވެ.”ސޭއި ވަޓް؟؟..” ނީކިޔާ ނުކްޝާންގެ އަތުގައި ވިކައިގަތެވެ.”ޔެސް.. އައި ކުޑްންޓް ކޮންޓްރޯލް މައި ސެލްފް… މަށަށް އިއްޔަ އޮޅިގެން ނިދާ ބޭސް ކެވުނީމަ ވާ ވަރެއް ވެފަ ހުރީ.. ސޯފާ އާއި ހަމައަށް ދާންވެސް ލޭޒީ ވެފަ.. ހައު ފޫލިޝް އައި އޭމް..” ގޮނޑީގައި ލެނގިލާފައި ނުކްޝާން ދެލޯ މަރާލިއެވެ.”ހިތަށް އަރާ އެއީ ނުވާ ކަމަކަށް ހެދޭނެ ނަމައޭ.. އޭނަ ވެސް ކިހާ ހިތްހަމަ ނުޖެހޭނެ އަންގާ ވެސް ނުލާ އެފަދަ ގޮތަކަށް ކައިރިވީމަ..” ނުކްޝާން އިހުސާސްތައް ނީކިޔާ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.”ޑޯންޓް ވޮރީ ނުކް.. އޭނަ ރުޅިއެއް ނާންނާނެ.. އަޅެ ގޮސް އަހާބަލަ..” ނުކްޝާންގެ މޫނަށް ބަލާލަމުން ނީކިޔާ އެދުނެވެ.”ލަމާން.” ނީކިޔާ ނުކްޝާންގެ ފޯނު ދައްކާލިއެވެ. ލަމާން މެސެޖް ކޮށްފައި އިނީ މާދަމާ ރަށަށް ދާ ވާހަކައެވެ. ޖަވާބުގައި ނުކްޝާން އޯކޭ ޖެހިއެވެ.
އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ނުކްޝާން އަށް ކުރިން ގެއަށް ދެވުނެވެ. އެ ކޭސްގެ ކަންތަކަށް އެހެން މީހެއްގެ އެހީއެއް ލިބުމުން ފަސޭހަވީއެވެ. ރޭގައި އެ ގްރޫޕް މީހުން ވަނީ ހައްޔަރު ކުރެވިފައެވެ. ދެން އޮތީ ހަމްނާއަށް އުނދަގޫ ކުރާ މީހުންގެ މައްސަލައެވެ. ނުކްޝާން ބޭނުންވީ އެންމެންނަށް ސިއްރުން އެ ކޭސް ކުރިއަށް ގެންދަންށެވެ. އެއީ ބައެއް ފުލުހުންނަށް އެމީހުންގެ ކޮޅު ދިފާއު ކުރަން ރުފިޔާ ދީފައި ވާތީއެވެ. ގެއަށް ދިޔަ އިރު ޔަމްހާ ފެންނާކަށް ނެތެވެ. ނަމަވެސް ކާގޭގެ ދޮރު ހުޅުވާފައި ހުރުމުން އެމީހުން އަންނަން ވާއިރަށް ސައި ހަދައިފިކަން އިނގިއްޖެ އެވެ. ކޮޓަރިއަށް ވަދެ އެއްޗެކޭ ނުބުނެ ނުކްޝާން ފެންވަރާލައިގެން ކާގެއަށް އައެވެ. ޔަމްހާ ވެސް އިސްޖެހިފައި ނުކްޝާން އާއި ދިމަ ބަލާލަން ނުކެރިގެން އިނެވެ.”އެ އައީ ޔޫޝައު ކަންނޭނގެ.. ވެއިޓް..” ބެލް އަޅާ އަޑަށް ނީކިޔާ ގޮނޑިން ތެދުވިއެވެ. އެ ވަގުތު ކޮޅު ތެރޭގައި ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ނުކްޝާން އަވަސް އަވަހަށް ދުރު ބަލާލީ ޔަމްހާ އާއި ދިމަ ބަލާނެ ހިތްވަރެއް ނެތިގެންނެވެ.
“އާދޭ އަވަހަށް.. ރަނގަޅު ގަޑިއަކު އޭ ތި އައީ..” ހިނިތުންވުމަކާ އެކީ ވަދެގެން އައި ޔޫޝައު ފެނި ޔަމްހާގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ.”ތެދެކޭ..” ނީކިޔާ އާއި ބައިވަމުން ޔޫޝައު ބުންޏެވެ. ޔަމްހާ އެތާ އިންނަހިތް ނެތުމުން އަވަސް އަރުވާލައިގެން ފެންފުޅި ނަގަން އުޅުމުން ފިނި ފެންތަށި ނުކްޝާންގެ ގަޔަށް ވެރުނެވެ. އެކަންވީ ނިވެމުން ދިޔަ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ. ދަތްކުނޑި ވިކާލަމުން ނުކްޝާން ޔަމްހާ އާއި ދިމަ ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ޔަމްހާ ދުއްވައިގަނެގެން ގޮސް ކޮޓަރިއަށް ވަނެވެ. ނުކްޝާން ވެސް ތެތް ގަމީސް ބައިލަން ކޮޓަރިއަށް ވަނެވެ.”ވާވަރު ވެއްޖެ.. ދެން ހެޔޮ މި ކޮޓަރީގަ ނޫޅުނަސް.. ދޭ ކުރިން އުޅުނު ކޮޓަރިއަށް.. މިކަހަލަ ނުލަފާ އެއްޗަކާ އެކީ އުޅޭކަށެއް ބޭނުމެއްނޫން.. މިރޭ ނުވާނެ މި ކޮޓަރީގަ ނިދައިގެންނެއް..” ކޮޓަރިއަށް ވަދެވުމާ އެކީ ނުކްޝާން އެއްޗެހި ގޮވަންފެށިއެވެ. ހިތްދަތި ގޮތަކަށް ނުކްޝާން އާއި ދިމަ ބަލާލާފައި ޔަމްހާ ބޯ ޖަހާލިއެވެ. ނުކްޝާން ކޮޓަރިން ނިކުތް ވަގުތު ނީކިޔާ ވެސް އެކޮޓަރިއަށް ވަންނަން އަންނަނީއެވެ.”ބިގް ނިއުސް.. ޔޫޝައު ހުސް ކޮޓަރިއަށް އަންނަނީ..” ނީކިޔާ ދިން ޚަބަރަކުން ނުކްޝާންގެ ދެބުމަ ގޮށްޖެހުން އިރު ޔަމްހާ ދެލޯ ބޮޑުވިއެވެ.
“ޕިސް ދެން ސާބަސް.. ޔަމްހާ އެކޮޓަރިއަށް ލާންށޭ މިއުޅެނީ އަދި.. މިވީ ގޮތުން ނެތެއްނު އެކަން ވާކަށް..” ހިތްހަމަ ނުޖެހޭ އަޑަކުން ނުކްޝާން ބުންޏެވެ.”މަ ހީކުރީ ރަނގަޅަށް.. އެރޭ އެކަހަލަ ކަމެއް ހިނގިޔަސް މަށަށް ދުވަހަކު ވެސް އެ އަންހެނާ ދެކެ ލޯތްބެއް ނުވެވޭނެ..” ކޮޓަރިން ނިކުމެފައި ހިނގައިގަންނަމުން ނުކްޝާން ވާހަކަ ދެއްކިއެވެ.”ދެން ކީކޭ ބުނާނީ.. އޭނަ ނުކްޝާން ކޮޓަރީގަ ބަހައްޓާ.. ނަވް ދެންމެ ބުނީ ނުކް ކައިރީ ބުނެދޭށޭ ޒާއިފް ބުންޏޭ ޔޫޝައު އަންނަ ވާހަކަ..” ނީކިޔާ ބުންޏެވެ.”ހޫމް.. އެކަމަކު މަ ބޭނުމެއް ނޫން އޭނަ އާ އެކީ އެއް ކޮޓަރިއެއް ހިއްސާ ކުރާކަށް..” ރުޅިއައިސްފައި އިނދެ ނުކްޝާން ދުރު ބަލާލިއެވެ.”ދެން އެ ނޫން ގޮތެއް ނެތޭ..” ނުކްޝާންގެ ފައިގައި ނީކިޔާ އަތް ބާއްވާލިއެވެ. އިތުރު ގޮތެއް ނެތުމުން ބޯ ޖަހާލާފައި ނުކްޝާން ގެއިން ނިކުތެވެ.”ހެއި ޔަމް.. ތި ޕެކް ކުރި އެއްޗެހި އަންޕެކް ކުރޭ ހެހެ..” ނީކިޔާ ނުކްޝާންގެ ކޮޓަރިއަށް ވަނެވެ. ޔަމްހާ ބަސްމަދު ވެފައި ހުންނަން ފެށުމުން ނީކިޔާ ވާހަކަ އެއް ފެށިއެވެ. ބޭނުންވި ގޮތަށް ޔަމްހާ ހެމުން އެ ވާހަކައިގައި ބައިވެރިވިއެވެ.
ޔޫޝައު ފޮށި ހިފައިގެން ގެއަށް އައީ އެރެއެވެ.”އަވަހަށް އާދޭ..” ނީކިޔާ ހިނިތުންވަމުން އެދުނެވެ. ޔަމްހާ ހުރީ އިސްޖަހާލައިގެންނެވެ. ޔޫޝައު ޔަމްހާއަށް ބަލާލާފައި ގޮސް ޓީވީ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.”މި ގެއަށް އަންނަން ޖެހުނީ މަ މިހާރު އުޅޭ ގޭގެ ވެރިމީހުން ގެއިން ނިކުންނާށޭ ބުނީމަ. ދެން ޒާއިފް ނުކް މެންގޭގަ ހުސް ކޮޓަރިއެއް ހުންނާނެއޭ ބުނެފަ މިގެއަށް އެ ފޮނުވާލީ..” ހިނިއައިސްފައި ޔޫޝައު ދޮގު ހެދިއެވެ.”އެހެންތަ.. ނަސީބެއް ކަންނޭނގެ ދޯ ޔޫޝައުގެ އެކުވެރިއެއް މިރަށުގަ ހުރިކަން ވެސް.. އާދޭ ކާން..” ކާގެއަށް ވަންނަމުން ނީކިޔާ ގޮވާލިއެވެ. ނުކްޝާން އާއި ޔޫޝައު ވާހަކައިގައި ތިބެގެން ވަނެވެ. ޔަމްހާ ވެސް ހިތާއި ދެކޮޅަށް ނީކިޔާ ކައިރީގައި އިށީނދެ ކާންފެށިއެވެ.
“އަސްލު ނަސީބެއް ދޯ ޔޫޝައު އައިކަން ވެސް.. އަހަރެމެން ދެމީހުން ދާއިރު ޔަމް ހުންނަނީ ގޭގަ އެކަނި ފޫހިވެފަ..” ނީކިޔާ ހީލިއެވެ.”ދެން ނުޖެހޭނެއޭ ފޫހިވާކަށް ހެހެ..” ބޭނުންވާ ކަމެއް ކާމިޔާބު ވީފަދަ ހިނިތުންވުމެއް ހިނދުކޮޅަކަށް ޔޫޝައުގެ މޫނުމަތިން ފެނުނެވެ.”އޭ ހަމް ކޮބާތަ..” ނީކިޔާ ކުއްލިއަކަށް ހުރެފަ އަހާލި ސުވާލުން ޔަމްހާ ވެސް ޝައުގުވެރިވިއެވެ.”އޭނަ..އޭނަ ވީ މަގޭ ފްރެންޑެއްގެ ގޭގަ.. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަސްލުގެއަށް ޗޭންޖް ވާނެ..” ނުކްޝާން ޖަވާބު ދިނެވެ. އެ ޖަވާބުން ވެސް ޔަމްހާ އަށް ނެގުނީ ނުބައި މާނައެކެވެ. ކޮންމެ ދުވަހަކު އެކުވެރިއަކާ ބައްދަލު ކޮށްލަންށޭ ކިޔާފައި ހަމްނާ ކައިރިއަށް ގޮސްދާނެ އެވެ. ޖެހިލުންވެފައި އިން ޔަމްހާ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ކިތަންމެ ބޭނުން ވިޔަސް ނުކްޝާންގެ ފަރާތުން ޔަމްހާއަށް ލިބޭނެ ރައްކާތެރިކަމެއް ނެތެވެ.”ޔަމްހާ..” ސިހިފައި ޔަމްހާ ހުއްޓުނީ ޔޫޝައު ގޮވާލުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



??????
wowwww…. im speechless
it just keep getting better and bettter
omggggg
just wowwww
soooo niceee
anyways love ur storyyyyyy
kyp it up dear
waiting n waiting for the next part hope u upload it soon
lysm
tvgc
Good job ❤️
V reethi masha ﷲ ❤️
U get vhk hama best ❤️
Keep going wish u the best gud luck ❤️
This story is getting better day by day vrh ves reethi
Keep it up like this
Baby devil lov u sooo much❤️❤️❤️❤️❤️?