ނަޔާ – “ބަލަ އެކުދިންނަކަށް ނުޖައްސާ ދިވެހިން މަޖާ އެއްޗެއް ބުނާކަށް.. އެކަމު ނަޔާ އަށް ޖެއްސި”

ރީޝާ – “އެކުދިން މަޖާ ކަން އެނގެޔޭ މިހާރު ބްރޯވްވްވް… ލިޔަމް ބްރޯ ވަރަށް ރަނގަޅަށް އެކަން ޕްރޫފް ކޮއްދީފި ދޯ ބްރޯ”

ލިޔަމް – “ހޫމް ދޯ ރީޝް”

ނަޔާ – “ދެން ލިއަމް ޕްލީޒްޒް.. ނަޔާ އަށް ޖޯކެއް ކިޔައިދީބަ ޕްލީޒްޒް”

ލިޔަމް – “ޖޯކެއް ދޯ… ނަޔާ އަށް ޖަވާބު ދެވޭނެ ތަ މިކުރާ ސުވާލަށް… ޖަވާބު ދެވެންޏާ ކުރާނީ”

ނަޔާ – “ޔެސް އޮފް ކޯޒް ޖަވާބު ދޭނަން”

ރީޝާ – “ރީޝް ވެސް ދޭނަން ޖަވާބު”

ލިޔަމް – “ގަހުގައި މާ ނާޅާ އެންމެ ފުރަތަމަ އަޅާނީ މޭވާ… ދެން މޭވާ ތެރޭން މާ ނިކުންނާނީ… އެއީ ކޮންކަހަލަ ގަހެއް؟”

ލަމްހާ – “ލިޔަމް އެއްކަލަ ސުވާލު ދޯ”

ރީޝާ – (ކުއްލިއަކަށް އިނދެފައި ފުންމައިގަންނަމުން) “ކައިވެނި”

ލިޔަމް – “ނޯ އިޓްސް އަ ފްރުޓް”

އަހުޝަމް – “އަބަދު ކައިވެނި ދޯ މަންޖެ ބޮލުގަ އިންނަނީ”

ލަމްހާ – “ރީޝޫ…. އެއީ ފްރުޓް އެކޭ… ކީއްވެ ކައިވެނި ފްރުޓް އަކަށް ވާންވީ؟؟ ކައިވެނި އިޒް ނޮޓް އަ ފްރުޓް… ވަރަށް އާންމު ފްރުޓް އެއް”

ރީޝާ – “ރާއްޖޭގައި ހެދޭ އެއްޗެއް ތަ؟”

ލިޔަމް – “ޔެސް ވަރަށް ގިނައިން ހުންނާނެ ހުރިހާ ރަށަކު ވެސް”

އިމްހާ – “ބަނާނާ؟”

ރީޝާ – (ލިޔަމް ބޯ ހޫރު ވާލުމުން) “ޕެރިސާޕް ތަ؟”

ލިޔަމް – “ޕެރިސާޕޭ ؟؟. އެ ކޯއްޗެއް”

ރިއާޝް – “ހިތަށް އައި އެއްޗެއް ކިޔަނީ”

އަހުޝަމް – “ފެޝަން ފުރުޓު”

ރިހުލާ – “ކައްޓަލަ”

ޒައިޝާ – “ޕައިން އެޕަލް”

ޒާނާ-“މެންގޯ ”

ރީޝާ -” ތި ރަށުގައި ހުރޭތަ؟ މިރުސް ؟؟؟؟”

ރިއާޝް – “ބަނބުކެޔޮ”

އަހުޝަމް – “މޭވާ އިން މާ ނިކުންނަ މޭވާ”

ލިޔަމް – “ހަހަހަ ނޯ… ހުރިހާ އެންމެންގެ ޖަވާބު ވެސް ނުބައި.. ލަމް ބުނެބަ ޖަވާބު…”

ނަޔާ – “މަޑު.. އެވަކާޑޯ”

ލިޔަމް – “ނޮޓް އެވަކާޑޯ… ވަރަށް ކުޅި ވާނެ”

ލަމްހާ – “ބުނަންވީތަ ޖަވާބު ރީޝް ނާޔޫ”

ރީޝާ – “ނޯ ނުބުނާތި… ކަނޑޫ”

އިމްހާ – “ކުޅި ފްރުޓްސް ހުރޭތަ؟ ކެޕްސިކަމް”

ރީޝާ – “ކުއްޅަވައް ތަ؟؟؟”

ނަޔާ – “ދެން އަދި އެއް ހިންޓް ދީބަލަ”

ލިޔަމް – “ބޭސް ވެސް ހަދާނެ އޭގެ ފަތުން”

ރީޝާ – “ހިއްތަލަ ތެލަބަޑި”

ރިހުލާ – “އޭތި ވަރަށް ގިނައިން ހުންނަ ރަށެއް ބުނެބަލަ”

ލިޔަމް – “މީހުން ހުހާ ވެސް ކާނެ ދޯ ލަމް”

އިމްހާ – “ފާގަ؟”

ލިޔަމް – “ނޯ”

ރީޝާ – (މަންމަ އަށް އަރަތް މެސެޖެއްގެ ގޮތުގައި ފޮނުވާލާފައި މަންމަ ޖަވާބު ދިނުމުން ދަތް ޕިލަ ސޭލަށް ލަމުން😁) “އަހި ދޯ……”

ލިޔަމް – “ރީޝް ޔޫ ގެ އާންސާ އިޒް ކަރެކްޓް ބަޓް ފުރިހަމަ އެއް ނުވޭ އަދި”

ރީޝާ – “ދެން ކޮން ތަނެއްތަ ފުރިހަމަ ނުވަނީ؟؟؟”

ލަމްހާ – “ރީޝޫ ހާދަ މޮޅޭ މާޝާ ﷲ… އެހެންވީމަ ރީޝް އަށް ހަދިޔާ އެއް ދޭން ޖެހޭނެ ލިޔަމޫ”

ރީޝާ – “އަހިވަކާ ޖެހި އަހިވައް ފާވާނެ… އަހި ބޭސް… އަހި ފަތް… އަހި ވަށް….. އަހި ދެން ނޭންގެ މަށަކަށް”

ލިޔަމް – “އޯހ މޮޅުދޯ… އެހެންވީމަ އިނާމަކަށް އޮންނާނީ ލިޔަމްގެ ފްރެންޑުން ތަކު ތެރޭން ކުއްޖެއް ރީޝް އަށް ސެޓު ކޮށްދިނުން”

ރީޝާ – “އޯހްހްހް ރަނގަޅުވީތަ؟؟؟ ޔޭ…… އޭ އެކަމް ރީޝް ބޭނުމީ މެސީގެ އޮޓޯ ގްރާފް”

ލިޔަމް – “އޯކޭ ތިކަން ވެސް ވޭތޯ ބަލާނަން..”

ޝިފާ – “މިހާރު ހުސް ބޯއީސް ހުރީ… ސޯ ރީޝް ހިނގާބަ ގާރލް އެއް އެޑް ކޮއްލަން.. އައި ތިންކް އާޝް ލައިކްސް ހާރ”

ރީޝާ – “ކޯއްޗެކޭ ކީކޭ”

ރިއާޝް – “އޭންންންން ޝިފޫ….”

ލަމްހާ – “އުޅޭށޯ ގާރލް އެއް ގެންނަން އާޝް ބްރޯ އާ ރައްޓެހި ކުރުވަން”

ރީޝާ – “އަދިވެސް ތިކި ޔާ އެއްޗެއް ގެޓެއް ނުވި”

ރިއާޝް – “ނަސީބެއްނު ގަޅި ބޯ”

ލަމްހާ – “އާޝް އަށް ގާރލް އެއް ހޯދަދޭން އުޅޭށޯ”

ނަޔާ – “ދެން ނަޔާ އަށް ވެސް ސެޓު ކޮށްދީބަ ދޯ”

އަރީޝް – “ޝިފް ވެސް ދޯ… އާޝް އަކަށް ނޫނޭ ބިޓު ސެޓު ކޮށްދޭން ވީކީ… މައެ އަށޭ”

ލިޔަމް – “އަރީއްކޮ ރީޝް އެހުރީނު”

އަރީޝް – “ރީޝްޝްޝް… ސަޅި ބިޓެއް”

ޝިފާ – ” ސާބަސް ދޮންބޭ…. އެންމެފަހުން ބިޓަކާ ނުލާ ނޫޅެވުނު ދޯ”

ނަޔާ – “އޯވްވްވްވ ރީޝޫ އެންމެ ފަހުން ބިޓެއް ލިބުނީ ދޯ… ކޮންގްރެޓްސް.. ނަޔާ އަކަށްނު ބިޓެއް ނުލިބިގެން މި އުޅެނީ(ރީޝާ މޫނަށް ވައްތަރު ޖައްސަން ފެށުމުން) ކީއްވީތަ؟؟ ރީޝް އަށް ކޮންފެސް ކުރާނެ މީހުން އެބަ ވޭ ވިއްޔަ.. ނަޔާ އަށް ކޮންފެސް ކޮއްލާނެ ކުއްޖެއް ވެސް ނުވޭ”

ރީޝާ – “އޭ މަންޖޭ އަރީޝް އެހުރީނު… ވަރަށް ޒަމާން ގަނޑަކަށް ފަހު މަށަށް ބޮޑުދައިތަ ބެ އެއް ހޯދަ ދީބަލަ”

ލިޔަމް – “ނަޔާ އަށް ހޯދަދޭންވީތަ ބިޓެއް؟ ހުރޭ ކުއްޖަކު ކައިރީ ބުނާނަން އަންނާށޭ ނަޔާ އާ ރައްޓެހި ވާން”

ރީޝާ – “އާން ބްރޯ ނަޔާ އަށް ހޯދަދީބަލަ ސަޅި ސޮރެއް ތި ރަށުން… ރީޝް ވަރަށް ބަނޑުފައި… ސައިކޮޅެއް ދީބަ އަވަހަށް… ބައި ދަ ވޭ  ބްރޯ އާ އަހޫގެ ކަންތައް އޮތީ ކޮން އިރަކުން؟”

ލިޔަމް – “އެކަންތައް މި އަންނަ ހަފްތާ ބުރާސްފަތި ދުވަހު ކުރާނީ ދޯ ލޯބި އަހޫ…”

ނަޔާ – “އޭ ނޫންންން.. އެއީ މަޖަލަކަށް ނަޔާ ބުނި އެއްޗެކޭ… ލިއަމްމްމް…. އެންޑް ރީޝޫ ކޮން ބޮޑުދައިތަ ބެއެކޭ ކިޔާކަށް… އަރީޝް ބުނީ ރީޝް ސެޓު ކުރަން ވަރަށް ބޭނުމޯ… ހަހަހަ އެންޑް ރީޝް އިނގޭ ތަ ނަޔާ މި އުޅެނީ ނަޔާގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ ސޮރު ކައިރިން ސަލާމަތް ނުވެވިގެން… ދީބަ އައިޑިއާ އެއް ”

ރީޝާ -” ހުވާ؟؟؟ ތިކަލަ ގޮލަޔަކާ އޭ ރީޝް ވެސް އަޅައިގަނެގެން މި އުޅެނީ… މަ ހަމަ ބެލްކަންޏަށް ނުކުންނަ އިރަށް ރީޝާ އޭ ރީޝާ އޭ ކިޔާފައި ގޮވަން ފަށާނެ… ރީތި ގޮލައެއް ވެސް ނޫނޭ… ބޮޑު ޖަމަލު ބުރަކަށްޓެއް ލައިފަ އޮންނާނީ… މަ ކުރިކަމަކީ ވެގެން އޮތް ގޮތަކުން ބެލްކަންޏަށް ނުނިކުމެ އުޅުނީ ”

ލިޔަމް -” ނަޔާ އެސޮރު ކައިރީ ބުނޭ އަހަރެން ލޮއެއްބެއް ނުވެޔޭ… ދެން ދެން.. އެސޮރު މޫނު މަތީ ބޮނޑިއެއް އަޅާ… ”

ރީޝާ -” އޭ ތެދެއް އެސޮރު ބުރީގަ ފުއްޓަކި ތަޅާލާ އަންނަ ރުޅީގައި… އޭރަށް ހުންނާނީ ތާހިރު ވެފައި.. ”

ނަޔާ -” ހަމަ ހެޔޮކޮށް ތި ބުނީ… މަ ވެސް ނިކަން އެއްޗިހި ގޮވަމޭ… އެކަމް ނުހުއްޓުނޭ.. ކީއްކުރާނީ… ދެން ބޭނުންވާނީ އެ ސޮރަށް ބިރު ދައްކާލަން ފޭކް ބޯއީ ފްރެންޑެއް ތޯއްޗެއް… ”

ރީޝާ -” އާން ތިކަން ކޮއްދޭނެ ލިޔާމް… އެސޮރު އެއީ ތިކަން ކުރުމުން ޑިގްރީ ހަދާފަ ހުރި ސޮރެއް… ”

 

ލިޔަމް – (އަނެއްދުވަހު ސުޓޫޑިއޯ އަށް އައިސްފައި)” އޭ ރީޝް އެސޮރު ބުނީ މިރެއަށް ތައްޔާރު ވާށޯ ޑޭޓަކަށް ދާން ”

ލަމްހާ -” ލިޔަމް ހަމަ ރީޝް އަށް ސެޓު ކޮށްދެނީތަ؟  އެކަމް ރީޝް އެއީ މީހެއްގެ ހައްގެކޭ… ”

ޒާނާ -” ލިޔަމް އެސޮރު ކައިރީ ބުނޭ ރީޝް އަކީ މީހެއްގެ ހައްގެކޭ ދޯ ލަމް… ”

ރީޝާ – (ފާޚާނާ އިގައި ހުއްޓާ ލިޔަމް އެހެން ބުނި އަޑު އިވުމުން އަވަސް އަވަސް ކޮށްލައިގެން ނުކުމެފައި)” ލިޔާމޫ……. ބަލަގަ މަ މީ މީހެއްގެ ޙައްޤެކޭ……. ސާފު ވެއްޖެ؟؟؟؟ އެސޮރު ގާތު ބުނޭ ތި ސޮރު ރެޑީ ވާށޭ… މަ ދާނަމޭ ގާޑިއާ ހިފައިގެން… ހުރެބަލަ ޑޭޓަކަށް ގެންގޮސްދޭނަމޭ މިފަހަރު.. އެސޮރު ކޯމަތީ ބޮނޑިއެއް އަޅާނީ ހުރޭ… ”

ޒާނާ -” ސާބަހޭ ސަންތި ދައިތަ… ސަންތި ފެންނަ އިރަށް ތި ޑޭޓަކަށް ދާ ސޮރު ވެސް ބިރުން ދުވެ ފިލާނެ… މިހާރު މީހުންގެ ކޯ މައްޗަށް ހަމަލާ ވެސް ދޭން ފެށީ ދޯ.. ”

ރީޝާ -” އާން ނުލަފާ މީހުންގެ ކޯ މައްޗަށް ހަމަ ދަތް ގޯނި އޮއްސާލާނީ… އަދި މި ލިޔާމު އެބަ އުޅެއެއްނު މަށަށް ބިޓުން ސެޓު ކޮއްދޭ ހިތުން… ކޮބާތަ މިއަދު އާޝް ބްރޯ… މިއަދު ހަބަރެއް ދަބަރެއް ނުވޭ ”

ލަމްހާ -” އަޅެ ރީޝް އަށް ދޯ އިނގޭނީ އާޝް ބްރޯ ވާތަން.. ”

ރީޝާ -” ތި ބުނީ؟؟”

ލަމްހާ – “މިބުނީ ރީޝް އާޝްގެ ދޮންބެ ގެންގުޅޭތީވެ… ޑޯންޓް މައިންޑް އިނގޭ ޖަސްޓް ފޯ ފަން…”

ރީޝާ – “ހޫމް އެކަމް އޭނަ އުޅުނަސް އާޝް އުޅޭ ނޫޅޭ ތަނެއް ނޭންގެ ރީޝް އަކަށް”

ލިޔަމް – “އެކަމް އާޝް ދޮންބެ ކައިރީ އަހަން ޖެހޭނެ ދޯ އާޝް ވީ ތަން..”

ނަޔާ – (އިމްހާ އަދި ރިހުލާ އާއި އެކު ހެމުން ހެމުން ސުޓޫޑިއޯ ތެރެއަށް ވަންނަމުން) “އެހެމް އެހެމް.. ހުރިހާ ބޭފުޅުންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަން… އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު، ކަނޑިކި ގޭ އަހުޝަމް އަބޫބަކުރާއި އަހިވައް ގޭ ލިޔަމް އިބުނު ކަޓުޒަފަރީގެ ކައިވެނި ޕާޓީ އޮންނާނެ އެވެ. ވީމާ ވީހާވެސް ގިނަ ބޭފުޅުން މި ކައިވަނީގެ ވަލީމާ ގައި ބައިވެރިވެ ދެއްވުން އެދެމެވެ.. ހަފްލާ އޮންނަ ވަގުތު ފަހުން އަންނާނެ ވާހަކަ ދަންނަވަމެވެ. ޝުކުރިއްޔާ… ”

އިމްހާ -” އާދެ އަޅުގަނޑު ދާނަން… ”

ޒާނާ -” ލައްބަ ބައިވެރިވެލާނަން.. ކޮބާ ތޯ ޕާޓީގެ ކުލައަކީ… އަހުޝަމް އަށް އެންމެ ރީތި ކުލަ ރީނދޫ ދެއްތޯ؟. ”

ނަޔާ -” އާދެ އާދެ ރީނދޫ އިނގޭ ތޯ… އަޅުގަނޑަށް ހީވަނީ ހަދިޔާއަކަށް ގެންދަން އެންމެ ރަނގަޅު ވާނީ ވެސް ރީނދޫ ކުލަ ޓައްޕެއް ހެން އިނގޭ ތޯ ”

ރީޝާ -” ބައްލަވާ މީގެ ސައުވީސް ގަޑިއިރު ކުރިން ތި ޕާޓީ އަށް ދިއުން ވަނީ އަޅުގަނޑަށް މަނާ ކޮށްފަ… ދެން ކިހިނެއްތޯ އަޅުގަނޑު ޕާޓީއަށް ހާޒިރު ވާނީ؟؟”

ނަޔާ – “ބައްލަވާ އަޅުގަނޑޭ މި ޕާޓީ ހިންގަނީ… އަޅުގަނޑު ކައްކަނީ ވެސް… ތަން ތައްޔާރު ކުރަނީވެސް.. ފޮޓޯ ނަގަނީވެސް… ކޭކު އަޅަނީ ވެސް… ދައުވަތު ކާޑު ހަދާފަ ބަހަނީ ވެސް… ކައިވެނި ކޮށްދެނީ ވެސް… ކައިވެނި ބައްލަވާ ދެބޭފުޅުން އެއްވެސް ކަމެއް ނުކޮށް މުޅި ދުވަހު އުޅުއްވާނީ ފުޓުބޯޅަ ދަނޑުގައި… އެހެންވީމަ އަޅުގަނޑު ރީސާ މަނިކުފާނަށް ހުއްދަ އަރުވަން މި ޕާޓީއަށް ވަޑައިގަތުމަށް އިނގޭ ތޯ…އެހެންވީމަ އަވަހަށް ވަޑައިންނަވާ… ”

ރީޝާ -” ހާދަ ހެޔޮ ފުޅޭ އިނގޭ ތޯ… ”

ލިޔަމް – (ވަރަށް ތައްޔާރު ވެލާފައި ކަރުދާސް ގަނޑެއްގައި ދެންމެ އޭނާ ލިޔުނު އެއްޗިހި ކިޔަން ފަށަމުން)” އާދެ ހުރިހާ ބޭފުޅުންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަން… މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ވަނީ އަޅުގަނޑު ލިޔަމް އަދި އަހުޝަމްގެ ކައިވެނި ކުރުމަށް ހަމަޖެހިފައެވެ. އެހެންވީމާ ހުރިހާ ބޭފުޅުންނަށް ވެސް ޕާޓީ އަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ… ޕާޓީގެ ކުލައަކީ ރީނދޫ އަދި ފެހި ކުލައެވެ… އެހެންވީމާ ހުރިހާ ބޭފުޅުން ވެސް މި ކުލައިގެ ހެދުން ތުރު ކުރެއްވުން އެދެމެވެ.. އަދި ޚާއްޞަކޮށް ރިއާޝް އިމްކޮ ރިލް އަދި ޒީން އަށް ދައުވަތު އަރުވަމެވެ… އަދި އަޅުގަނޑުމެންގެ ޕާޓީގެ ކަންކަން ތައްޔާރު ކޮއްދެއްވާ ކުދިން ކަމަށްވާ ރީޝް، ލަމް، ނަޔާ އަދި ޝިފް އަށް ވަކިން ޚާއްޞަކޮށް ޝުކުރު ދަންނަވަމެވެ.. އަދި ޚާއްޞަކޮށް އަހޫ ދެކެ ވަކިން ލޯބިވެއެވެ… ”

ރިއާޝް – (ސްޓޫޑިއޯގެ ބޭރުގައި ހުރެފައި އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު ގަމީހުގެ ގޮށްފަތީގަ ހިފާފަ ޓައީ ރަނގަޅު ކުރާހެން ހަދަމުން ވަރަށް ރަސްމީކޮށް އެތެރެއަށް ވަންނަމުން)” އެހެމް އެހެމް އެހެމްމްމްމް…. އަންނަ ހަފްތާގެ ބްރާސްފަތި ދުވަހު ގުޑުގުޑާ ޖަހަނީއޭ ތޯ… ”

ލަމްހާ -” ހާދަ ކަރު ކެހިފައޭ ދޯ އެއްޗެކޭ ބުނެވެނީ ވެސް.. އަނެއްކާ އާޔޫ އޯކޭ”

ރީޝާ-” އޭ އޭ އޭ ބައްލަވާ ތިބޭ ފުޅާ ގަލޯ ހާޖާ އަށް ވަދައިންނަވާފަ ކޮން އިރަކު ތޯ ނުކުންނެވީ؟؟”

ރިއާޝް – (ނަޔާ ފޮނުވި މެސެޖު ބާރަށް ކިޔަމުން) “އަޅުގަނޑުމެންގެ ކައިވެނީގެ އުފަލުގައި ބާއްވާ ޚާއްޞަ ފަރީއްކޮޅަށް ވަޑައިގެން ދެއްވުން އެދި އެންމެހާ ބޭފުޅުން ނަށް ދަޢުވަތު އަރުވަމެވެ.. ޝުކުރިއްޔާ… ވީ ގްލޭޑްލީ އިންވައިޓް ޔޫ އޯލް ޓު އަވަރ ބިއުޓިފުލް ވެޑިން ސެރެމަނީ… ވެން ޔޫ ބްރިންގް އަ ގިފްޓް، އައި ވިލް ބީ ރިއަލީ ގްރޭޓްފުލް އިފް އައި ވުޑް ގެޓް އަ ޔެލޯ ކުލަ ޓައްޕު… ސޯ އެވްރިވަން ތިންކް ތްވައިސް ބިފޯ ޔޫ ބްރިންގް އެނީ ގިފްޓް… ތެންކްޔޫ… އަހުޝަމް.. ކަނޑިކި ގޭ… ލިޔަމް އަހިވައް ގޭ…  އާދެ އާދެ ދާނަން… ޔެލޯ ކުލަ ޓައްޕެއް ވެސް ގެންދާނަން..”

ރީޝާ -” ހަހަހަހަހަހަހަަ އާން ހުރޭ ރީނދޫ އަޑު ބައެއް ގެންދާނަން… ހަމަ ދެގޮލާ ބޮލަށް… ”

ނަޔާ -” ޔެސް ރީޝޫ… ހަމަ ރަނގަޅަށް ތިއުޅެނީ ހަދަން… އޭ އާޝް އިންވިޓޭޝަން ކާޑެއް ނޫނޭ ކިޔަންވީކީ… ކޮންތާކު ތަ ތި އުޅެނީ… ”

ރިއާޝް -” ރަންކޮޅާ އަޅިކޮޅާ ދެލިކޮޅާ… ކިހިނެއްތަ އަންނާނީ… މިއުޅޭ ރީސާ އާ ދޮންބެ މަ ފަކީރު ފާހާނަ ތެރެއަށް ލައިފަ ކޮޓަރި ތެރޭ ގަނޑު ގަތީ އޭ ”

ނަޔާ -” ވެއިޓް ވަޓް؟؟؟ ރީޝް އެންޑް ދޮންބެ ގަނޑު ގަތީ އޭ؟ މިހާރު… އެހާ އަވަހަށް؟؟؟”

އިމްހާ – “ރީޝާ ގަނޑާ…. އާޝް އަށް އެހެން ހަދަން ހެޔޮ ވާނެތަ؟”

ރީޝާ – “އަޅެ ރީޝް ކީއްތަ ކުރީ؟:. ހަމަ ރީޝް ބޮލުގަ ދޮގު އިލްޒާމު އަޅުވަން ބަހަނާ ދައްކަނީ އޭ އެ”

އިމްހާ – “އެ ތެދެއްތަ އާޝް؟ ދޮގުހަދާ ކުދިން ދާނީ ކޮންތާކަށް؟”

ނަޔާ، ރީޝާ – (ކުޑަ ކުދިންނާ ވާހަކަ ދައްކާ ހެން) “ސުވަރުގެ އަކަށް ނޫނޯ… ނަރަކަ އަށޯ…”

ލިޔަމް-(ދެންމެ ކީ ދައުވަތު ކާޑު އަލުން ކިޔަމުން) “އާދެ ހުރިހާ ބޭފުޅުންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަން… މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ވަނީ އަޅުގަނޑު ލިޔަމް އަދި އަހުޝަމްގެ ކައިވެނި ކުރުމަށް ހަމަޖެހިފައެވެ. އެހެންވީމާ ހުރިހާ ބޭފުޅުންނަށް ވެސް ޕާޓީ އަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ… ޕާޓީގެ ކުލައަކީ ރީނދޫ އަދި ފެހި ކުލައެވެ… އެހެންވީމާ ހުރިހާ ބޭފުޅުން ވެސް މި ކުލައިގެ ހެދުން ތުރު ކުރެއްވުން އެދެމެވެ.. އަދި ޚާއްޞަކޮށް ރިއާޝް އިމްކޮ ރިލް އަދި ޒީން އަށް ދައުވަތު އަރުވަމެވެ… އަދި އަޅުގަނޑުމެންގެ ޕާޓީގެ ކަންކަން ތައްޔާރު ކޮއްދެއްވާ ކުދިން ކަމަށްވާ ރީޝް، ލަމް، ނަޔާ އަދި ޝިފް އަށް ވަކިން ޚާއްޞަކޮށް ޝުކުރު ދަންނަވަމެވެ.. އަދި ޚާއްޞަކޮށް އަހޫ ދެކެ ވަކިން ލޯބިވެއެވެ… ”

ލަމްހާ -” ޕިސް ޕިސް ތި ކާޑު ގަނޑުވެސް ހަތް ފަހަރު ކިޔާތި… ހޫމްްމްމް ހޫމްމްމް ދާނަމޭ ރީނދޫ ކުލައިގެ ހެދުން އަޅައިގެން.. ފަހަރި ދައްކަނީ ކޮން އިރަކުން ތަ؟ ފަހަރި ދެއްކީމަ ދާނީ.. ”

ރީޝާ -” އާދެ އާދެ އަޅުގަނޑު އުފަލާއި އެކު މަރުޙަބާ ދަންނަވަމެވެ…. އަދި އެއް ސުވާލު ކޮއްލާނަމެވެ… ސުވާލަކީ ތިބޭފުޅާގެ ނަމަކީ ލިޔާމް ތޯ؟ ނުވަތަ ލިޔަމް ތޯ؟ ދެބޭފުޅުން ނަށް ވެސް އުފާވެރިކަން ދެއްވާށި އާމީން ”

ލިޔަމް -” ފަހަރި ދައްކާނީ ޕާޓީ އަށް އައީމަ… ލަމް އަށް ފެނިލާނީ ވެސް ޕާޓީ ތެރޭން ދޯ އަހޫ… އާދެ އަޅުގަނޑުގެ ނަމަކީ ލިޔަމް ”

ރީޝާ -” އޭ ބޭފުޅާގެ ލޯބިވާ އެއް އަދި ނުދުރުވެއޭ… ”

އަހުޝަމް – (ނަޔާ ފޮނުވި ދަޢުވަތު މެސެޖު ފެނުމުން ސުޓޫޑިއޯ ތެރެއަށް ވަންނަމުން އަންހެން ވެލާފައި)” އަޅޭ… ހޫމްްމްމް ކާރޑް ވަރަށް ކިއުޓް އޭ… ހޫމްމްމް ލަމް އަށް ފެނިލާނަން ޕާޓީ އަށް އައީމަ… ”

ރީޝާ -” އޭ އަހުސަމޫ…… ކޮން އިރަކުން ތަ މަށަށް ޅިޔަންބެ ދައްކަނީ…”

އަހުޝަމް – “މަންޖެ ޕާޓީ އަށް އައީމަ ދޯ ފެންނާނީ… ތިހެން މިތާ ހުރެގެން ހުސް އަނގަ ތެޅި ޔަކަސް ނުފެންނާނެ..”

ނަޔާ – “އަހޫ ބްރޯ އެޓްލީސްޓް ޝުކުރިއްޔާ އޭ ބުނެބަލަ… އަޅުގަނޑު ހާދަ މަސައްކަތެއް ކޮށްފީމޭ އަހޫ ބްރޯ އަށްޓަކައި…”

އަހުޝަމް – “އަޅޭ ނާޔާ………  ޓީސްމްމްމްމްމް….”

ނަޔާ – (އަހުޝަމް ބުނި ރާގުގައި) “އާޅޭ… އަހޫ ބްރޯވްވްވް…. ޔުއާ ވެލްކަމްމްމްމްމްމްމްމް….”

ލިޔަމް – (ނަޔާ އާއި ރީޝާ ކޮއްޕާލަމުން) “އަހޫ… ހިނގާބަ ދުއްވާލަން ދައްވާލަން ދާން ލޯބީ… ސައިކެއް ވެސް ހުންނާނެ ރެޑީ ކޮއްފަ މިރޭ ދުއްވާލަން ދާން”

އަހުޝަމް – “ހިނގާ ދާން ދޯ ލޯބީ.. މި ބައްޗި ތައް މިތާ ޒުވާބު ކުރަން ބައިތިއްބާފަ”

(ނުނިމޭ)

13

3 Comments

 1. luvza

  September 14, 2021 at 1:47 pm

  oh my god reesh 😳
  ethibi firihen kudhin thah anhen kureenun thee ma hama hee hee gos halaaku vaan kairi vefa huree 😂
  ekamakuvaa reesh Aash ah ehen nahadha esoru faahaanain nunikumegen ulhey iru ehen hedyma kihineh vaanee anehkkaa gandeh gathee yo asluves tha 😯
  heheehhehehee
  dhen kon thaakutha thi kaiveni party eh onnannee dhanvaane ehnnun dhw kulhi balan mimeehun joku jahaafaane viyya mashah yageen konmves ekaku (Ahooo ❤ Areesh ge therein) annane wedding dress eh laigen
  noon tha ehaa lowbi couple ekey ma hama j vejje lol
  hey i have to go
  kaiveni kurevey joadah varah ufaaveri musthagubalkah edhen 😘😘😘
  buh bye c yah

 2. ŘęęśhÅ ÇøřõňÄ

  September 14, 2021 at 4:17 pm

  Luvzaaa dhaithaaaa…. manjey eii hama anhenunney… aan ehengna anhenun alhaa burugaa neylhigen abadhu ulheynee..
  ahchee noooooon e aash malhin salaamai vaan vegen e reesh olah jahanee gandu gathee ey laari nudhee ey gathee eyhchekey meehchekey kiyaige.. reesh erey yassh aa meet vx nukuran.. ehen noonas adhi proposal ah aanekey nubunamey.. bunefa ehnnu kameh fashaanee… ohoaoiii naseemaa anganee onna than fahun engeyne oa.. ovedhaane egey gifileega vx… uh huh landaa nubai vas🤢🤧🤧🤧 aan koyaa e ahuchamu annaanehnnu reendhoo top kolhu laigenn liyam ibnu jamseedhu vx annaane reendhoo kondu kendi laigen.. ey manjeyy.. pis pis mi naseemaa kairin mashah vx see bali vaarutha kohfiyeyyyy.. dhanee seelaan.. dhen aadhevunu haa avahakah annaanan cham chamaa yam yamge kaivengashaa ekee

 3. Nayaa

  September 15, 2021 at 5:47 pm

  masha allah hama obi mi prt vx.. ehaa dhigu cmnt eh kuraane hivareh magey gyaku neiy.. eyyy reesaa thankollheh majaa baithah gennahche ingey wedding ge therein.. aharumenge actual dialogues fiyavaa ehn dialogue thah vx himanaashey ingey… eyrun adhi maa majaavaane.. ey avahah nxt prt up kuraathi,. ma kendee ey.. bye… love you soooooooooooo muchhhh… <33333

Comments are closed.