“ހެއި..” ކޮޓަރިން ނިކުތް އިރު ނަވްޔާ ހޫނު ކޮފީ ޖޯޑެއް ހިފައިގެން އިނެވެ.”ނަވް ދެން މިކޮޅުގަ އުޅެނީ؟؟..” ނުކްޝާން އެހިއެވެ.”ނޭނގެ.. މަ ބޭނުމީ މިކޮޅުގަ އުޅެން.. ނީކް އާ ނުކްއާ ދޫކޮށްލާފަ ދާކަށް ބޭނުމެއްނޫން..” ނަވްޔާ ޖަވާބު ދިނެވެ.”އެހެން… އޯކޭ..” ނުކްޝާން ޓީވީ ހުޅުވާލިއެވެ. ނުކްޝާން ބޭނުންވަނީ ނަވްޔާ ނިޝްފާގެ ހަނދާންތަކުން ދުރުވެ ދިރިއުޅުމުގައި ކުރިއަށް ދާންށެވެ. އެ ހަނދާންތައް ނަވްޔާގެ ދިރިއުޅުން ވަށާލާފާނެތީ ނުކްޝާން ބިރުގަނެއެވެ.”ކޮބާ ޒާއިފް..” ނުކްޝާން އެހިއެވެ.”ކޮޓަރީގަ..” ނަވްޔާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

 

**11 ވަނަ ޕާޓު**

 

ނުކްޝާން ކޮޓަރިއަށް ވަނީ ރޭނގަޑު އެގާރަ ޖަހަނިކޮންނެވެ. އޭރު ޔަމްހާ ނުކްޝާންގެ އިންތިޒާރުގައި އިނެވެ. އަނގަ އަށް ގޮތެއް ހަދާލާފައި ނުކްޝާން ސޯފާގައި އޮށޯތެވެ.”ނުކްޝާން.. ބޭސްގުޅައެއް އެބަ އޮތްތަ..” ޔަމްހާ އަހާލިއެވެ. މިއަދު އިރު އެރީއްސުރެ ޔަމްހާ އުޅެނީ ބޮލަށް ތަދުވަތީއެވެ. މިހާރު ނިޝްފާ އެއް ވެސް ނެތެވެ. ނަވްޔާ މެންނާ ވާހަކަ ދައްކާކަށް ޔަމްހާ އަކަށް ނުކެރެއެވެ. އެހީއަކަށް ބުނަން ހުރި މީހަކީ ނުކްޝާން އެވެ.”އަމިއްލަ އަށް ނަގަން ދޭ.. މަށަކަށް ނޭނގެ ތިއެއް ވީތަނެއް..” ނުކްޝާން ލޯ މަރާލިއެވެ. ވީތަން ނޭނގެންޏާ ނަގާނީ ކިހިނެއް ބާއެވެ؟ ދެން ނުކްޝާން ކައިރީ އަހާކަށް ނުކެރޭނެ އެވެ. ޔަމްހާ މާޔޫސް ކަމާއެކު އެނދުގައި އޮށޯތެވެ. މާދަމާ ވާއިރަށް ރަނގަޅު ވާނެކަމަށް އުންމީދު ކޮށްފައެވެ.

 

“ނަވް.. މާލެދާން ހިނގާބަލަ..” ޒާއިފް އޮށޯވެ އޮވެފައި ބުންޏެވެ.”ކީއްވެ..” ނަވްޔާ ހައިރާންވިއެވެ. ޒާއިފް ފުން ނޭވާއެއް ދޫކޮށްލަމުން ނަވްޔާ އާއި ދިމަ ބަލާލިއެވެ.”ނަވް..ނަވް ބްރެއިން ސާޖަރީ އެއް ހަދަން ޖެހެއޭ ނުކް ބުނި..” ނަވްޔާ އަތުގައި ހިފާލަމުން ޒާއިފް ބުންޏެވެ.”ވަޓް…” ދެލޯ ބޮޑުކޮށްލަމުން ނަވްޔާ ޒާއިފްގެ ލޮލަށް ބަލާލީ ސަމާސާއެއް ކަމަށް ހީކޮށްނެވެ.”ޖޯކެއް ނޫން.. އަސްލު..” ޒާއިފް ބުންޏެވެ.”އެކަމް..” ނަވްޔާ ފެންކަޅިވިއެވެ.”އިންޝާ ﷲ ހުރިހާ ކަމެއް ރަނގަޅަށް ދާނީ..” ޒާއިފް ނަވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ.”ދެން އެވާހަކަ ބާއްވާ..” ނަވްޔާގެ ކޮލުގައި ޒާއިފް ފިރުމާލިއެވެ.”ޒާއިފް.. އަސްލު ވެސް އަހަރެން ހީކުރީ ޒާއިފް އާ ވަކި ވަނީކަމަށް.. އެހެން މީހަކާ ކައިވެނި ކުރަން ޖެހުންނަމަ އަހަރެންނަށް ވާނެ ގޮތް ވެސް ނޭނގެ..” ނަވްޔާ ޒާއިފް އަތުގައި ބައްދާލިއެވެ.”އެހާ ލޯބިވޭތަ ބޭބީ.. ދެން އިރާދަކުރެއްވީތީ ނަވް ތީ އަހަރެންގެ މީހެއް..” ޒާއިފް ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. ލަދުން ނަވްޔާ ޒާއިފްގެ އަތުތެރޭގައި މޫނު ފޮރުވާލިއެވެ.

 

ނުކްޝާން އަށް ހޭލެވުނީ ޔަމްހާ ކެއްސާ އަޑަށެވެ. ބޯ ހިއްލާލާފައި ބަލާލިއިރު ޔަމްހާ ތުރުތުރު އަޅަނީއެވެ. ހިތަށް އެއްޗެއް ވަނީ ތޯއްޗެކެވެ. ނުކްޝާން ތެދުވެގެން ގޮސް ފެންތައްޓެއް ގެނެސް ދިނެވެ.”ބޭސް ގުޅަ ކޮބާ..” ޔަމްހާ ތެދުވަމުން އެހިއެވެ.”ނޭނގެއޭ…” އަލުން ސޯފާގައި އޮށޯންނަމުން ނުކްޝާން ބުންޏެވެ. ޔަމްހާ ކިރިޔާ ތެދުވެވޭ ވަރުގައި ކޮޓަރީ ހޯދަން ފެށީ ބޭސްގުޅައެއް ފެނޭތޯއެވެ. މިހާލުގައި އޭނައަކަށް ނުނިދޭނެއެވެ. ޔަމްހާ ފައި އެޅުނު ގޮތަކުން އަތުގައި އޮތް ފެންތަށި ވެރުނީ ނުކްޝާންގެ ގަޔަށެވެ.”ކިހާ ބޮޑު އުނދަގުލެއް… މީހަކު ރަނގަޅަށް ކަމެއް ކޮށްދިނަސް އޭގެ އުނދަގޫ ޖައްސާތި.. މަށަށް މި ޖެހުނީ އަލުން ޗޭންޖް ކުރާކަށްނު.. ނިދަންޏާ ނިދާބަލަ ނުނިދަންޏާ ދާންއުޅޭ ބޭރުގަ ޝޯ ދައްކަން..” ނިދި ގެއްލުމުން އައި ރުޅީގައި ނުކްޝާން ޔަމްހާގެ އިސްތަށިގަނޑުގައި ހިފާފައި ޓައިލްސް މައްޗަށް އެއްލާލިއެވެ. ޔަމްހާ އަށް ރޮވުނެވެ. ކުޑަމިނުން ސޮރީ އޭ ބުނެލާނެ ވަގުތު ވެސް ނުދީއެވެ. މިހެން އުޅުމަށް ވުރެ ނޫޅުން ވެސް މާ ރަނގަޅެވެ. އެ ގުޅުން ނިންމާލަން އެދެވޭނީ ވެސް އޭނާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ދީގެންނެވެ.

 

ޔަމްހާ ތެދުވެ ފެންތައް ސާފު ކޮށްލާފައި ކޮޓަރިން ބޭރަށް ނިކުތެވެ.”ނުކްޝާން..ކީއްވެ؟..” ނިޝްފާ ނެތް ދުނިޔޭގައި ޔަމްހާ އުޅެން ޖެހޭނީ މިހާލުގައި ހެއްޔެވެ؟ އެހެން އިންދައި ނުކްޝާން ޓީޝާޓު ބަދަލު ކޮށްލައިގެން އައެވެ.”ނިދަން ދޭ..” ގޭތެރޭ ސޯފާގައި އޮށޯންނަމުން ނުކްޝާން އަމުރު ކޮށްލިއެވެ. ޔަމްހާ މަޑު މަޑުން ކޮޓަރިއަށް ވަނެވެ. މި ދިރިއުޅުމަށްވުރެ އޭނަގެ މަންމަ ކައިރީގައި އުޅުން ވެސް މާ ރަނގަޅު ވާނެއެވެ. ރޮމުން އެނދުގައި އޮށޯތް އިރު ޔަމްހާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ނިންޖަށް ވުރެ ޔަމްހާއަށް ނުކްޝާން މުހިންމު ކަހަލައެވެ. ހުން އައިސްފައި ވުމާއެކު ޔަމްހާގެ ބޮލުގައި ވެސް ރިއްސަމުން ދިޔައެވެ. އެހާލުގައި އޭނަ މަރުވެގެން ދިޔަޔަސް ނުކްޝާން އަޅައެއް ނުލާނެ އެވެ. އެއާއި އެކު އަނެއްކާ ވެސް ޔަމްހާގެ ދެލޯ ފުރިގެން ބަންޑުން ވިއެވެ. ނަވްޔާ އާއި ޒާއިފް އެގޮތަށް ލޯބިން އުޅޭތަން ފެންނާތީ ޔަމްހާ ވަރަށް ދެރަވެއެވެ. އޭނަ އެ ނަސީބުން މަހުރޫމު ވީ އޭނާގެ ކޮން ކުށެއް އޮވެގެން ބާއޭ ކިތަންމެ ފަހަރަކު ޔަމްހާ ހިތަށް އެރިއެވެ. އޭނަ ވެސް އެހެންމީހުން އުޅޭކަހަލަ އުފާވެރި ދިރިއުޅުމަކަށް އުންމީދު ކުރިއެވެ. ނަމަވެސް ދެން އެކަން ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

 

“ނުކް މިތާ ކޮން ކަމެއް.. ޔަމްއާ ފައިޓެއް ކުރީތަ..” ޒާއިފް ނުކްޝާން އަށް ގޮވާލިއެވެ.”އުހުނ..” ނުކްޝާން ތެދުވެ ބޯ ކަހާލިއެވެ.”ޒާއި..” އެވަގުތު ނަވްޔާ ކޮޓަރިން ގޮވާލިއެވެ.”އާނ މި ދަނީ..” ޒާއިފް އަވަހަށް ފެންތައްޓެއް ހިފައިގެން ކޮޓަރިއަށް ވަނެވެ.”ނަވް.. ނުކް ކީއްވެ ބޭރުގަ ނިދަން އެއޮތީ…” ޒާއިފް އެހިއެވެ.”އެމީހުން ލޯބިންނެއް ނޫން ކައިވެނި ކޮށްގެން އެ އުޅެނީއެއް.. މަންމަގެ އެދުމަކަށް.. ނުކް އެކަމާ ހިތްހަމަ އެއް ނުޖެހޭ..” ނަވްޔާ ފެންތަށި މޭޒުމަތީގައި ބެހެއްޓިއެވެ.”އެކަމް މަންމަ ބުނީ މެރީ ކުރުމަށްފަހު ވަކި ނުވައްޗޭ…” ނަވްޔާ ކިޔާދިނެވެ.”އޯހ..” ޒާއިފް ވެސް ހައިރާންވިއެވެ.”ހްމްމް.. އެކަމް ޔަމްހާ ނުކް ދެކެ ލޯބިވޭ..” ފުނާ އަޅަމުން ނަވްޔާ ބުންޏެވެ.”ދެން އެކަން ހައްލު ކުރާކަށް ނޫޅޭތަ. ދެމީހުން ވާހަކަ ދައްކައިގެން އެކަން އޯކޭ ކިރެވިދާނެނުން..” ޒާއިފް ހިޔާލެއް ދިނެވެ.”ބުނެފީމޭ ނުކް ކައިރީ.. އެކަމް އޭނާ ބޭނުމެއް ނުވި…އެއަށްވުރެ ބޮޑަށް ޔަމްހާ ދެކެ ނުކް ރުޅި އާދޭ..” ނަވްޔާ ލޯގަނޑުން ޒާއިފް އާއި ދިމަ ބަލާލިއެވެ. ޒާއިފް ދެކޮނޑު އަރުވާލިއެވެ.

 

“އޭއި.. ތެދުވާކަށް ނުވޭތަ..” ނުކްޝާން ކޮޓަރިއަށް ވަތް އިރު ވެސް ޔަމްހާ އޮތީ ނިދާފައެވެ.”ނުކް.. ނުކްޝާން.. އަހަރެން ހުން އައިއްސަ.. ޕްލީޒް ބޭސް ދީބަލަ..” ޔަމްހާ އާދޭސް ކުރިއެވެ. ނުކްޝާން އެއްޗެކޭ ނުބުނެ ފެންވަރާލައިގެން ރީތިވެގެން ވަޒީފާ އަށް ދާން ނިކުތެވެ. ނަވްޔާ އާއި ނީކިޔާ މިދުވަސްކޮޅު ޗުއްޓީއެއް ނަގައިގެން ގޭގައި މަޑުކުރީއެވެ. ނީކިޔާ ފެންބޯން ނިކުތް ވަގުތު ނުކްޝާންގެ ކޮޓަރީން ޔަމްހާ ގިސްލާ އަޑު އިވުނެވެ.”ޔަމް؟..” ނީކިޔާ ނުކްޝާންމެން ކޮޓަރިއަށް ވަނެވެ.”ޔަމް.. ހުން އައިސްފަ؟؟.. އަވަހަށް ހިނގާ ޑޮކްޓަރ އަށް ދައްކަން.. ބޭސް ނުކަންތަ..” ނީކިޔާ ކަންބޮޑުވެގެން ޔަމްހާ ކައިރިއަށް އައެވެ. ޔަމްހާ ދެލޮލުން ކަރުނަ ފައިބަންފެށިއެވެ.”އަވަހަށް ދޭ ރެޑީ ވާން.. މަ ވެސް އެބަ އަންނަން..” ނީކިޔާ އަވަސްވީ ރީތިވަންށެވެ.”ނަވް.. މަ އެބަ އަންނަން ޔަމް ގޮވައިގެން ހޮސްޕިޓަލަށް ގޮސްފަ.. ޔަމް ވަރަށް ގަދަޔަށް ހުން އައިސްގެން..” ނީކިޔާ ގެއިން ނިކުންނަމުން ބުންޏެވެ. ނަވްޔާ އޯކޭއޭ ބުނެފައި ކާގެއަށް ވަނެވެ.

 

“ނީކިޔާ.. ނުކްޝާން ނުވާ އެހީތެރި ކަމެއް ނީކިޔާ ތި ވަނީ ކީއްވެ..” ޑޮކްޓަރ އަށް ދައްކައިގެން އައި މަގުމަތީގައި ޔަމްހާ އެހިއެވެ.”ނުކްޝާން ޔަމްހާ ދެކެ ރުޅި އަޔަސް ތީ އިންސާނެއް.. ޕްލަސް މިގޭގަ އުޅޭ އަހަރެންގެ ކޮއްކޮއް.. ދެން ފްރެންޑެއް.. މަށެއް ނުދަންނުން ތާކުން މީހަކު ބަލިވާ އިރަކަށް އެމީހަކު ގޮވައިގެން ހޮސްޕިޓަލަކަށް..” ނީކިޔާ ހިނިގަނޑެއް ޖަހާލިއެވެ.”ތެންކްސް..” ޔަމްހާ ބުންޏެވެ.”ވެލްކަމް.. ކަމެއް ބޭނުން ވެއްޖެއްޔާ ނަވް ޒާއިފް ނޫނީ މަށަށް ގޮވާލާ..” ގެއަށް ވަންނަމުން ނީކިޔާ ބުންޏެވެ. ޔަމްހާ ބޯ ޖަހާލާފައި ކޮޓަރިއަށް ވަނެވެ. ނީކިޔާ ސޯފާގައި އިށީނީ ނުކްޝާން އަންނަންދެންނެވެ.

 

“ނުކް..” ނީކިޔާ އިނީ ނުކްޝާން ގެއަށް ވަދުން ލަސްވެފައެވެ.”ނުކް އެއްޗެކޭ ހިތަކަށް ނާރާތަ.. ޔަމްހާ ބަލި އިރު ވެސް އަޅާ ނުލައި ތި ދިޔައީ… ކީއްތަ ވާނީ އޭނަ ގޮވައިގެން ޑޮކްޓަރ އަށް ދައްކަން ދިޔަނަމަ..” ނީކިޔާ ކޮޅަށް ތެދުވިއެވެ.”ތި ވާހަކަ ބާއްވާބަލަ ނީކް.. އޭނައަށް ވާނެ ގޮތެއް ވެދާނެނުން.. ރޭގަ ވެސް މަގޭ ގަޔަށް ފެން އަޅާފައޭ އެހުރީ ދަންވަރު ގަޑީގަ..” ނުކްޝާން ބޫޓު ބޭލިއެވެ.”މީހަކަށް ނޭނގިގެން ކަމެއް ކުރެވުނަސް އެއީ މައްސަލައެއް ނޫނޭ.. ނުކް ރީއްޗަށް އޭނައާ ވާހަކަ ދައްކަބަލަ..” ނީކިޔާ ބުންޏެވެ.”ޕްލީޒް..އޭނަ އާ ހެދި ބޮލަށް ތަދުވެއޭ… މަ ބިޒީކޮށް މިއުޅެނީ ޖޮބްގަ އެކަމަކު އެ ޔަމްހާ ނަން ހިތަށް އެރުވިޔަސް އާހ.. މަ ބޭނުމެއް ނޫން ބައްޕަ އެގޮތަށް ފިލައިގެން ދާކަށް.. އޭނައަށް އަދަބު ނުދީއެއް މަ ހިތްހަމަ އެއް ނުޖެހޭނެ..” ނުކްޝާން ސޯފާގައި އިށީނެވެ.”މަ ވެސް ހިތްހަމަ އެއް ނުޖެހެއޭ އޭނަ ފިލީމައެއް… އެކަމަކު ޔަމްހާ އެއީ އުޅޭ މީހެކޭ.. އޭނާއަށް އެހީތެރިވާން ޖެހޭނެ ނުކް.. އަމިއްލަ ހަޒްބެންޑް ހުއްޓަ އެހެން މީހަކު އެހީވީމަ މާ ރީއްޗެއް ނޫނޭ.. މަށަށް އިނގޭ މިދުވަސްކޮޅު އެހާ ރުޅި މަޑު ނުވާނެކަން ވެސް އެކަމް… ޓްރައި ކޮށްބަލަ..” ނީކިޔާ ފުން ނޭވާއެއް ލާފައި ނުކްޝާން ކައިރީގައި އިށީނެވެ.

 

“އެކަމަކު ވެސް ހެޔޮ.. މަ ބުނެފިންނުން މީހުންނަކަށް ނޭނގޭނެއޭ… ޕްލަސް އެއީ މަގޭ ވައިފް ކަމަކަށް ނުދެކެން މަށެއް…” ނުކްޝާން ދަތްކުނޑި ވިކާލިއެވެ. އެވަގުތު ނަވްޔާ ކޮޓަރިން ނިކުތެވެ.”ކޮން ޒުވާބެއް..” ނަވްޔާ ބުމަ އަރުވާލިއެވެ.”ނުކް ފަރުވާ ކުޑަ ކަމުގެ ވާހަކަ މިދައްކަނީ… ނަވް ބުނެބަލަ.. ބިޒީކޮށް އުޅުނަސް ޔަމްހާއަށް ބަލަން ޖެހޭނެނުން..” ނީކިޔާ ނަވްޔާ އާއި ދިމަ ބަލާލިއެވެ.”ޔެސް ނުކް..” ނަވްޔާ ވެސް ނީކިޔާ އާއި އެއްބައިވެ ނުކްޝާން ކައިރީގައި އިށީނެވެ.”މިއަދު ޔަމްހާ އެޑްމިޓް ކުރިނަމަ ނުކް ޖެހޭނީ އެތާ މަޑުކުރަން… އަހަރެމެންނަށް ވެސް އުނދަގޫ ވެއޭ ނުކްޝާން ތިހެން އުޅޭތަން ފެނުނީމަ… އަހަރެމެން ވެސް ކަންބޮޑުވޭ.. ދުވާލު ޑިއުޓީގަ އުޅެފަ ގެއަށް އައިސް ތި އޮންނަނީ ބައްޕަގެ މަސައްކަތް.. ނުކް މިހާރު ނުވެސް ކައި ތި އުޅެނީ.. މަންމަ މަރުވީއެކޭ ކިޔާފަ ނުކައި ހުންނާކަށް ނުވާނެ.. އަހަރެމެން ވެސް ދެރަވޭ..” ނަވްޔާ ފެންކަޅިވިއެވެ.”ނަވް ނީކް ހަމަޖެހޭ… މަ ނުކައި ހުރެގެން ކަމަކު ބައްޕަ ވީތަނެއް ހޯދާނަން.. ދެން ތި ޔަމްހާ އެއް އެއީ މަގޭ ދިރިއުޅުމަށް އައި މީހެއް ކަމަށް ވެސް ނުދެކެން.. އޭނަ ވާހަކަ ނުދައްކާތި މަ ބޯ ގޮއްވަން ބޭނުން ނޫނިއްޔާ..” ނުކްޝާން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

 

“ދެން ނޭނގެ ނުކްއަށް ވިސްނަދޭނެ ގޮތެއް… އެހަށް ދޭ ރެސްޓް ކުރަން… މިހާރު ވަރަށް ވަރުބަލި ވެފަ ހުންނާނީ..” ނީކިޔާ ބުންޏެވެ. ނުކްޝާން ބުމަ އަރުވާލާފައި ކޮޓަރިއަށް ވަނެވެ.”އަހަރެމެން ހަނީމޫނަށް ދާނީ މަންމަގެ ކަންތައް ހަމައަކަށް އެޅުނީމައޯ ޒާއި ބުނީ..” ނީކިޔާ ކައިރީގައި ނަވްޔާ ބުންޏެވެ.”ހްމްމް.. ދެން ނަވް ޑިއުޓީއަށް ދާންވާނީ ހަނީމޫން އިން އައިސް… ނޫނީ ވަޒީފާއިން ކެނޑެން ވީނުން.. ޒާއިފް ދާނެ ޖޮބަށް..” ނީކިޔާ ވިސްނާލިއެވެ.”ދެން ނޭނގެދޯ.. މަ ވެސް ފޫހި ވާނެ ގޭގަ އެކަނި އޮންނައިރު.. އެހެންވެ މަ ވެސް ދާނަން ޖޮބަށް ދެން..” ނަވްޔާ ހިނިގަނޑެއް ޖަހާލިއެވެ.”ދަރިއެއް ހޯދީމަ އެކަންޏެއް ނުވާނެއޭ..” ނީކިޔާ ދިމާކޮށްލިއެވެ.”ސާބަސް!! އަދި އެންމެ ދެ ދުވަސް ވީ..” ނަވްޔާ ރަކިވެގެން އިސްޖަހާލިއެވެ.”އޯކޭ އޯކޭ..” ނީކިޔާ އެއްލޯ މަރާލިއެވެ.”ދެން.. ކޮބާތަ ޔަމް..” ނަވްޔާ މައުޟޫ ބަދަލު ކޮށްލިއެވެ.”ކޮޓަރީގަ ވީ.. ނޭނގެ ނުކް އޭނާއަށް ޖައްސާނެ ހާލެއް ވެސް..” ނީކިޔާ ޖަވާބު ދިނެވެ.”ވެދާނެ.. އެކަމް ނިދައިވެސް ފާނެދޯ..” ނަވްޔާ ބުންޏެވެ. ދެމީހުން ވެސް ސިހުނީ ދޮރު ކުރިމައްޗަށް އެރި ސުދާ ފެނިފައެވެ.

 

“ކޮބާ ނުކްޝާން..” ސުދާ އެހިއެވެ.”ހާދަ ލަދެއް ނެތޭ ދޯ.. މީހުންގެ ގޭގެއަށް ވަންނައިރު ސަލާމް ގޮވުމެއް ވެސް ނެތީތަ..” ނަވްޔާ ދެބުމަ ގޮށްޖަހާލިއެވެ.”ލޮލް…” ސުދާ ހިނިގަނޑެއް ޖަހާލާފައި އެތެރެއަށް ވަނެވެ.”ނިކުމޭ!!!ނިކުންނާށޭ..” ނީކިޔާ ސުދާ އާއި ދިމާއަށް ލޯ އަޅާލިއެވެ.”އޯކޭއޭ… މަޑުން ބުންޏަސް އަޑު އިވޭ މަށަށް.. ދެން ކޮބާތަ ނުކްޝާން..” އަނެއްކާ ވެސް ސުދާ އެ ސުވާލު އެހިއެވެ.”އޭނަ އެބަ އުޅޭ އޭނަ އަންހެނުން ބަލިވެގެން.. މިހެން މިބުނީ އަނެއްކާ ބަނޑުބޮޑެއް ނޫން.. ޖޭ ނުވާތި..” ނަވްޔާ ސުދާ ކަޑަކޮށްލިއެވެ.”ވަރަށް ފޫހި… ހިތަށް އަރާ ކަލޭމެންނާ އެކީ ނުކްޝާން އުޅެނީ ކިހިނެއް ބާއޭ..” ސުދާ ބޮލުގައި ޖަހާލިއެވެ.”ތީ އިންސާނެއް ކަމާމެދު ޝައްކު… އިންސާނުންނަށް އުޅެވޭނެ އިންސާނުންނާ އެކީ … އެކަމަކު..” ނީކީޔާ ވާހަކަ ހުއްޓާލާފައި ހިނިގަނޑެއް ޖަހާލިއެވެ.”މަށާ ދިމާއަށް ޖަނަވާރޭ ތި ކިޔަނީ؟؟.. ހާދަ ފުއްޕާފަ ތިއުޅެނީ..” ސުދާ ދެބުމަ ގޮށްޖަހާލިއެވެ.”ނުބުނަމެއްނު ސީދާ ޖަނަވާރެކޭ..ލޮލް… ނިކުމޭ މިގެއިން..” ނަވްޔާ ދޫ ނެރެލާފައި ސުދާ ގެއިން ބޭރަށް ކޮށްޕާލިއެވެ.”ނަވް..” ނީކިޔާއަށް ހެވުނެވެ.”އާނ ދެން ނިމުނީ މިގެއަށް ވަދެއްޖެއްޔާ..” ނަވްޔާ ވެސް ހެމުން ނީކިޔާ ކޮނޑަށް އަތް ވައްޓާލިއެވެ.

 

“ނުކްޝާން..” ލެޕްޓޮޕް ހިފައިގެން އިން ނުކްޝާން އެނދާއި ދިމަ ބަލާލީ ޔަމްހާގެ އަޑަށެވެ.”ކިހިނެއްވީ..މަށަށް ނުގޮވާ ނޫޅެވެނީތަ..” ދެބުމަ ކައިރިކޮށްލަމުން ނުކްޝާން އެހިއެވެ.”ޕްލީޒް ދީބަލަ ފެންފޮދެއް..” ޔަމްހާ ބުންޏެވެ.”ދޭބަލަ އަމިއްލައަށް ބަލައި.. ފައި އޮންނަނީ ހިނގަން..” އަލުން ލެޕްޓޮޕަށް ބަލާލަމުން ނުކްޝާން ޖަވާބު ދިނެވެ. ޔަމްހާ ވީ ދެރައިން އިސްޖަހާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ފެންތައްޓެއް ހިފައިގެން އައެވެ.”ތިއޮށް އާދެވުނީނުން..ދެން ފަހަރަކުން މަ ކައިރީ ނުބުނެ ދެންމެ ދިޔަ ގޮތަށް ދާނީ.. މަ މަސައްކަތުގައި އިންދަ ތިހެން ގޮވީމަ އުނދަގޫ..” ނުކްޝާން ފާޑަކަށް ބުންޏެވެ. ޔަމްހާ ބޯ ޖަހާލާފައި އެނދަށް އެރިއެވެ.

 

“ނަވް ހެއި..” ޒާއިފް ގެއަށް ވަދެފައި ގޮވާލިއެވެ. ނަވްޔާ ހީލާފައި ޒާއިފް އާއި ދިމަ ބަލާލިއެވެ.”ނަވް.. ސޮރީ ލަސްވީމަ.. އަސްލު ނިކުންނަން އުޅެނިކޮށް އެމަޖެންސީ ކޮށް އައީ.. ދެން އެ ޕޭޝަންޓް ނިމުނީމަ މި އާދެވުނީ..” ޒާއިފް މަޢާފަށް އެދުނެވެ. ޒާއިފް އަކީ ޑޮކްޓަރ އެކެވެ. އެންމެ ފުރަތަމަވެސް ރަށަށް އައިސް ޒާއިފް ހޯދީ ވަޒީފާއެވެ.”އިޓްސް އޯކޭ… އާދޭ ކާން..” ނަވްޔާ އެދުނެވެ.”މި ދަނީ ފާޚާނާއަށް ވަދެލާފަ..” ޒާއިފް ކޮޓަރިއަށް ވަނެވެ. ނަވްޔާ އޯކޭއޭ ބުނެފައި ކާގެއަށް ވަނެވެ.”ނީކް.. އަހަރެން ބޭނުން ވާހަކައެއް ބުނަން.. ނުކް ނުބުނޭދޯ އަހަރެން ބްރެއިން ސާޖަރީ އެއް ހަދަން ޖެހެއެކޭ..” ނަވްޔާ އެހިއެވެ.”ޔެސް ނުބުނޭ..” ނީކިޔާ ދެލޯ ބޮޑުވިއެވެ.”އަހާލީ.. ކަންބޮޑު ނުވާތި އައިލް ބީ ފައިން..” ނަވްޔާ ތަށިތައް ނަގަން ފެށިއެވެ. އެވަގުތު ޒާއިފް އައެވެ.”އިނގޭތަ މަގޭ ސްޕެޝަލް ޕޭޝަންޓް..” ޒާއިފް ވާހަކަ ދައްކަން ފެށިއެވެ.”ތިބުނީ؟؟ކާކު؟..” ނީކިޔާ އެއްބުމަ އަރުވާލިއެވެ.”ޝާރާ.. އެއީ ތެލަސީމިއާ ކުއްޖެއް.. މާލޭގަ އުޅުން އިރު އަހަރެންނަކީ އެކުއްޖާގެ ޑޮކްޓަރ އެކަމް މިރަށަށް އައީމަ އެކުއްޖާ އާ ވަކިވީ..ދެން އަނެއްކާ މިއަދު ދިމާވީ..” ޒާއިފް ކިޔާދިނެވެ.”އޯހ.. ކިތަށް އަހަރު..” ނަވްޔާ އަހާލިއެވެ.”އެކާވީސް ނޫނީ ބާވީސް އަހަރު.. ކިހިނެއްވީ.. ޖޭ ނުވައްޗޭ އިނގޭ ނަވް.. އަހަރެމެން އެކަހަލަ ގުޅުމެއް ނުބާއްވަމޭ..” ޒާއިފް އެއްލޯ މަރާލިއެވެ.”އާނ ދޯ ނަވް ޖޭ ވެދާނެ..” ނީކިޔާ ވެސް ދިމާ ކޮށްލިއެވެ.”ދެން ވަރަށް ފޫހި..” ނަވްޔާ ތުން ދަމާލިއެވެ.

– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!