Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 13

Baby Devil Level 610 Stories100 Stories
September 18, 2021 6 Mins Read
2 Comments

“ނުކްޝާން އައިމް ސޯ ސޮރީ..” ގެއަށް ވަދެފައި ޔަމްހާ މައާފަށް އެދުނެވެ.”ހާދަ ގޮތެއްފޮތެއް ނެތް މީހެކޭ ކަލޭގެ ކޮއްކޮ އަކީ… މަގޭ ގަޔަށް އަތްލީއެ އައިސް ވެސް… ޗީ ޗީ.. ކަލޭ ވެސް އެކަހަލަ ދޯ.. ދެން އޭނަ ނުވާނެ މިގެއަށް ވައްދައިގެނެއް.. އޭނާގެ ފެންވަރުން ވެސް ހީވެއްޖެ އެހެންހެން އުޅޭނީ..” ނުކްޝާން ދެލޯ އަޅާލިއެވެ.”ސޮރީ.. އަސްލު އެއީ ނީޝާ އެކަނި އުޅޭ ގޮތެއް.. ނުކްޝާން ތިހީކުރާ ކަހަލަ ގޮތަކަށް ދެން ތިބޭ އެއްބަނޑު އެއްބަފާ ކުދިންނެއް ނޫޅޭނެ… މަންމައަށް ވެސް ހުއްޓަން ނުކުޅެދިފައިވާ ކަމެއް އެއީ ނީޝާގެ އުޅުން..” ޔަމްހާ އެނދުގައި އިށީނެވެ. އިއްޔަ ޑޮކްޓަރ އަށް ދައްކައިގެން ބޭސް ކެއުމުން މިއަދު ތެދުވެވޭވަރު ވެއްޖެއެވެ.”އެހެން ދޯ.. ނަސީބެއް ތިވެސް.. ދުވަސްކޮޅަކުން ޔަމްހާ ވެސް އެހެން އުޅޭތަން ފެންނާނީ.” ނުކްޝާން ފާޑަކަށް ހުރެފައި ގެއިން ނިކުތެވެ. ޔަމްހާ ފާޚާނާއަށް ވަނެވެ.

 

**13 ވަނަ ޕާޓު**

 

ނަވްޔާ ހެނދުނު ތެދުވެގެން ކޮޓަރިން ނިކުތް އިރު ނީކިޔާ އިނީ ޓީވީ ކުރިމަތީގައި ފޯނު ހިފައިގެންނެވެ. ނީކިޔާއަށް ޖެއްސުމެއް ކޮށްލާހިތުން ނަވްޔާ ވިސްނާލިއެވެ. ނަވްޔާ ހުރީ ނީކިޔާގެ ފުރަގަހުގައި ކަމުން ނީކިޔާއަކަށް ނަވްޔާއެއް ނުފެނެއެވެ. ނީކިޔާގެ ބޮލަށް ފެން ތައްޓެއް އަޅާލަން އުޅެނިކޮށް ނަވްޔާގެ ލޯ ހުއްޓުނީ ނީކިޔާގެ ފޯނަށެވެ. ނަމްބަރ ސޭވް ކޮށްފައި ނެތުމުން އެއީ ކާކުކަމެއް ނަވްޔާ އަކަށް ނޭނގުނެވެ. ވަރަށް ގިނަ ފްލައިންގް ކިސް އާއި ހާރޓް ފޮނުވާފައި ހުރިތަން ނަވްޔާއަށް ފެނިއްޖެއެވެ.”އަޅޭ ހާދަ ކުރިއަށް ޖައްސާލައިފިއޭ މީނަ.. ނުވެސް ބުނެއޭނުން އަހަރެމެން ކައިރިއަކު.. ވަގުކަން ބަލާބަލަ.. ކާކުތަ ތީ.. ދައްކަބަލަ ފޯނު..” ނަވްޔާ ނީކިޔާގެ ފޯނު އަތުލަން އުޅުނެވެ.”އެއީ ނަވް ނޫން..” ނީކިޔާ ސިހިފައި ފޯނު ނިއްވާލިއެވެ.”ނޫން އެއް ނޯންނާނެ.. ކާކު އެއީ..” ނަވްޔާ ދެލޯ ހަނިކޮށްލިއެވެ.”ދެން ނަވް…” ނީކިޔާ ލަދުން އިސްޖަހާލިއެވެ.”ބޯއިފްރެންޑް..”

 

“ނޯ ނޯ.. ހީ އިޒް އަ ފްރެންޑް… ވީ ޑިޑިންޓް ބިކަމް ޔެޓް..” ނަވްޔާ ވާހަކަ ދައްކަން އުޅުމުން ނީކިޔާ އަވަހަށް ޖަވާބު ދިނެވެ.”ހަހަހަ.. އަދި ދޯ.. މާދަމާ ކަންނެ މިމީހުން ރައްޓެހިވެގެން ރަށުގަ ދުއްވަން ދާނީ.. ކާކުތަ އެއީ..” ނަވްޔާ ހެމުން އެހިއެވެ.”ސާބަސް.. އެއީ ދެން ކުއްޖެއް..” ނީކިޔާ ބުނާކަށް ބޭނުމެއް ނުވިއެވެ.”ހާދަ ފޮނި ކުއްޖެކޭ މީ.. ދެން ޕްލީޒް ބުނެބަލަ..” ނަވްޔާ އާދޭސް ކުރާ ކަމަށް ހެދުނެވެ.”އުހުނ ނުބުނެވޭނެ.. ތިމީހުން އަދި ވަކިން ބޮޑަށް ދިމާ ކުރާނެ އޭރުން..” ނީކިޔާ ދެކޮޅު ހެދިއެވެ.”ނަވް ވަރަށް އަވަހަށް އާދެބަލަ..” އެވަގުތު ޒާއިފް ކޮޓަރިން ގޮވާލިއެވެ.”އަދިވެސް ނުދޭތަ ޑިއުޓީ އަކަށް.. މިހާރު ނުވައެއް ޖަހާ ބޮޑުވެއްޖެ..” ނީކިޔާ ވާހަކަ އޮޅުވާލިއެވެ.”ހްމްމް.. ދެންމެ އޭ ގޮވީ ވެސް.. ރޭގަ ތަންކޮޅެއް ލަހުން ނިދުނީ އެހެންވެ ކަންނެ ނުހޭލެވުނީ.. މި އަންނަނީ އިނގޭ..” ނަވްޔާ ކޮޓަރިއަށް ވަނެވެ. ނީކިޔާ ހަމަ ޖެހިލަމުން ފޯނު ހުޅުވާލިއެވެ.

 

ކޮޓަރިން ނިކުންނަމުން ނަވްޔާގެ ކޮލަށް ޒާއިފް ބޮސްދިނެވެ. ނީކިޔާ އެތާ އިންކަމެއް އޭރަކު އެމީހުންނަކަށް ނޭނގުނެވެ.”އަހެމް..މަ ވެސް އެބަ އިނީމޭ..” ނީކިޔާ ކަރުކެހިލިއެވެ. ޒާއިފް ދުލުގެ ކޮޅުގައި ދަތް އަޅާލަފައި ނަވްޔާއަށް ބަލާލިއިރު ނަވްޔާ ހުރީ ލަދުން މޫނު ރަތްވެފައެވެ.”ސޮރީ.. ނޭނގުނީއޭ ނީކް އިންކަން.. ބާއި އިނގޭ.. މިހާރު މާ ބޮޑަށް ވެސް ގަޑި ޖެހިއްޖެ..” ޒާއިފް ހިނިގަނޑެއް ޖަހާލާފައި ގެއިން ނިކުތެވެ.”ރޭގަ ނުނިދާ ކޮން ކަމެއްތަ ކުރީ ޝައި ގާރލް..” ނީކިޔާ ދިމާ ކުރާ ރާގަކަށް އަހާލިއެވެ.”ދެން ނީކް.. ފިލްމެއް ބެލީއޭ..” ނަވްޔާ ތުން ދަމާލިއެވެ.”އުހުނ.. ގަބޫލެއް ނުކުރެވޭ..” ނީކިޔާ ހޭންފެށިއެވެ.”ދެން…” ނަވްޔާ ލަދުން ކާގެއާއި ދިމާއަށް ހިނގައިގަތެވެ. ނީކިޔާ ވެސް ފަހަތުން ދިމާ ކުރަމުން ވަނެވެ.

 

ޔަމްހާ ހޭލައިގެން ބަލާލިއިރު ނުކްޝާން ކޮޓަރިއަކު ފެންނާކަށް ނެތެވެ. ޑިއުޓީއަށް ދިޔައީކަން އެނގުމުން ފެންވަރާލައިގެން ކޮޓަރިން ނިކުތް އިރު ނުވަގަޑި ބައި ވަނީއެވެ. އޭރު ނަވްޔާ އާއި ނީކިޔާ ކާގޭގައި ސަކަރާތް ޖަހާ އަޑު އިވެއެވެ. ޔަމްހާ ވެސް ކާންވެގެން ވަނެވެ.”އަނހަ..ޔަމް ހޭލީތަ.. އަހަރެމެން ނުގޮވަން މިތިބީ ޔަމް ބަލީކަމަށް..” ނަވްޔާ އެހިއެވެ.”ނޫނޭ މިހާރު ރަނގަޅު ކުޑަކޮށް..” ޔަމްހާ ގޮނޑީގައި އިށީނެވެ.”އިނގޭތަ ނަވް ސިޓިން ރޫމުގަ ވެސް މާފޮޅުވަނީއޭ.. މަ އިންނަން ޖެހުނީ ލޮލުގަ އަތް އަޅައިގެން..” ނީކިޔާ އެވާހަކަ ފެށިއެވެ.”އެހާ ވަރު ވާކަށް ނުވޭނުން އަދި..” ޔަމްހާ ވެސް ދިމާކޮށްލިއެވެ. އެމީހުން ރުޅި ނާންނާނެކަން އިނގޭތީއެވެ.”ދެން ސާބަހޭ.. މި ނީކް ވެސް ކުރި އަރާލައިގެންނޭ އުޅެނީ.. ކޮންމެސް މީހަކަށް މެސެޖް ކޮށްގެން… ނޭނގެ ކާކު ކަމެއް..” ނަވްޔާ ވެސް ބަދަލުގައި ބުންޏެވެ.”ކާކުތަ މި ނަސީބުވެރިޔަކީ..” ޔަމްހާ ކާންފެށިއެވެ. ނީކިޔާ ލަދުން މޫނު އަނބުރާލިއެވެ. އެއާއި އެކު ނަވްޔާ އާއި ޔަމްހާ ހޭންފެށިއެވެ.

 

ސަކަރާތް ޖަހަން ތިބި ނަވްޔާމެން ސިހުނީ ބެލް އަޅާ އަޑަށެވެ.”މަ އެބަ އަންނަން.. ޔަމް މަޑުކުރޭ..” ޔަމްހާ ދާން އުޅުމުން ނަވްޔާ ބުންޏެވެ. ޔަމްހާ އޯކޭއޭ ބުނެފައި ތަށި ދޮންނަން ފެށިއެވެ.”ކާކު..” ނަވްޔާ ހީލަމުން އަހާލިއެވެ. ޔަމްހާ ތަށި ދޮވެގެން ކާގެއިން ނިކުތީ އެގަޑީގައެވެ. ދިމާވާން މިއުޅެނީ ކިހާ ބޮޑު ކަންތައްގަނޑަކާ ކަން ނޭނގި ހުރެއެވެ. “ޒާއިފް އެބަ އުޅޭތަ.. އޭނަ ހޯދަން ވެގެން މި އައީ..” އެ މީހާ ބުންޏެވެ. އެ އަޑު ކަންފަތުގައި ޖެހުނު ކަމެއް ނޭނގި ޔަމްހާ ދޮރާއި ދިމަ ބަލާލިއެވެ. އެވަގުތު ޔަމްހާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.”ޔު.. ޔޫޝައު..” ޔަމްހާ ހިތް ބާރު ބާރަށް ތެޅިގަތެވެ. ޔޫޝައު ވެސް ގަބޫލު ނުކުރެވޭ ގޮތަކަށް ޔަމްހާ އާއި ދިމަ ބަލާލިއެވެ. ދެވަނަ ސިކުންތުގައި ޔޫޝައު ފާޑަކަށް ހީލިއެވެ.

 

“ޒާއިފް ޑިއުޓީގަ ވީ.. ތީ ޒާއިފްގެ އެކުވެރިއެއްތަ..އާދޭ އިށީންނަން..މީ ނަވްޔާ..ޒާއިފްގެ ވައިފް..” ނަވްޔާ ހިތްހެޔޮ ކަމާއެކު އެދުނެވެ.”ހްމްމް.. ކިހާ އިރަކު ޒާއިފް އަންނަނީ..” ޔޫޝައު އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ.”ނޭނގެ.. ބްރޭކް އަށް ފަހަރެއްގާ ނައިސް ދާނެ.. ދެން އަންނާނީ ހަވީރު..” ޔޫޝައު އިށީނުމުން ނަވްޔާ ބުންޏެވެ.”ބޯލާނެ އެއްޗެއް ގެންނަންތަ..” ނަވްޔާ ތެދުވަމުން އަހާލިއެވެ.”ނޫނޭ އޯކޭ ވާނެ..ދެންމެ ސައި ބޮއިގެން މި އައީ..” ޔޫޝައު ގަޑި ބަލާލިއެވެ. އޭރު ވެސް ޔަމްހާ ހުރީ ހުއްޓުން އަރާފައެވެ.”އެހަށް މި ވަގުތު ގޮސްލީ.. ހަވީރުން އަންނާނަން..” ޔަމްހާ އާއި ދިމާއަށް ވައްކަޅިން ބަލާލާފައި ޔޫޝައު ގެއިން ނިކުތެވެ.”ހާދަ ނުފެންނަ އެކުވެރި އެކޭ.. ޔަމް ކޮން ދުނިޔެއެއްގަ..” ނަވްޔާ ޔަމްހާގެ ކޮނޑުގައި ޖަހާލިއެވެ.”އެ..އޭނ.. ކީކޭ..” ސިހިފައި ޔަމްހާ އަށް އެހުނެވެ.”ކޮން ދުނިޔެއެއްގަ ހޭ…” ނަވްޔާ ތަކުރާރު ކޮށްލިއެވެ.”މި ދުނިޔޭގަ.. ހެހެ.. ކަމަކު ޖެހިޖެއްޔާ ގޮވާލާ.. އެހަށް މި ދަނީ ކޮޓަރިއަށް..” ހިތުގައި އުފެދުނު ހައިޖާނުގަނޑާއެކީ ޔަމްހާ މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ.”ހްމްމް.. ރަނގަޅަށް ރެސްޓް ކޮށްލާ..” ނަވްޔާ އެއްބަސްވެފައި ކާގެއަށް ވަދުނެވެ.

 

“ކާކު އައީ..” ނީކިޔާ އެހިއެވެ.”ޒާއިފްގެ ފްރެންޑެއް..ޔޫޝައު..” ނަވްޔާ މޭޒު މަތި ސާފު ކޮށްލިއެވެ.”އެހެން ދޯ.. ކިހިނެއް ހުރި މީހެއް… ލޯބިވެރިއެއް ހުރޭތަ..” އިނގިލި ކޮޅުގައި ދަތް އަޅާލަމުން ނީކިޔާ އެހިއެވެ.”ނޭނގެ.. އެހެން ނޫނަސް އެއްކަލަ ކުއްޖާ ކޮބާތަ..” ނަވްޔާ ދޫ ނެރެލިއެވެ.”ބައްޔެއް.. އެއީ ފްރެންޑެކޭ މޮޔަޔާ..” ނީކިޔާ ތައްޓަކަށް ފެން ފޮދެއް އަޅާފައި ނަވްޔާ އާއި ދިމާއަށް އުކާލި އެވެ.”ތިހެން ނުހެދިޔަސް އަޑު އިވެޔޭ.. މަށެއް ނޫނޭ މޮޔަޔަކީ.. ތީނުން..” ނަވްޔާ ވެސް އަތް ދޮވެލާފައި ނީކިޔާ މޫނުގައި އަތް އުނގުޅާލިއެވެ.”އައްޗީ…” މޫނަށް ގޮތެއް ހަދާލަމުން ނީކިޔާ ދެބުމަ ގޮށްޖަހާލިއެވެ. ނަވްޔާ ފޮނިވެލަން ވެގެން ބުމަ އަރުވާލާފައި އިތުރު ހަމަލާއެއް އައުމުގެ ކުރިން ކާގެއިން ނިކުތެވެ.

 

ޑިއުޓީ ނިންމާލާފައި ޒާއިފް ގެއަށް އައި މަގުމަތިން ޔޫޝައު އާއި ދިމާވިއެވެ.”މިއަދު ދިޔައިން ތި ގެއަށް ހޯދަން.. މި ރަށަށް އައި ފަހުން ޚަބަރެއް ވެސް ނުވޭ ވިއްޔަ..” ޔޫޝައު ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.”ނޫނޭ އަސްލު ބިޒީ އޭ… މިރަށަށް އައި ގޮތަށް ޖޮބެއް ހޯދީ މެރީ ކުރުމުގެ ކުރިން.. ދެން މެރީ ކުރުމަށްފަހު ކުޑަކޮށް ބިޒީ ވެގެން..” ޒާއިފް އަތުގައި ހިފާފައި ސަލާމް ކޮށްލިއެވެ.”އެހެން ދޯ… ނަވްޔާ އާ ދިމާ ވިއޭ.. ހާދަ ރީތީ ކުއްޖެއް އަތު އަޅުވާލައިގެން ތިއުޅެނީ..” ޔޫޝައު ހިނިގަނޑެއް ޖަހާލިއެވެ.”ދޯ..” ޒާއިފް ވެސް ޔޫޝައު އާއި ބައިވިއެވެ.”ހޫމް.. ކިހިނެއްތަ ކަންތައްތައް..” ޔޫޝައު އަހާލިއެވެ.”ރަނގަޅު.. އަދިވެސް މެރީ ކުރާކަށް ނުވޭތަ..” ޒާއިފް ޔޫޝައު އާއި ދިމަ ބަލާލިއެވެ.”އާނ އަދި ތިކަހަލަ ޚިޔާލެއް ނުގެންގުޅެން.. މެރީ ކޮށްފިއްޔާ އަންހެނުން ކައިރިން ސަލާމަތް ނުވެގެން އުޅެން ޖެހޭނީ..” ފޫހިގޮތަކަށް ޔޫޝައު ބުންޏެވެ.”ނޫނޭ.. އަސްލު ވެސް ވަރަށް ކޫލް ވާނޭ މެރީ ކުރީމަ.. ރަނގަޅު ވައިފް އެއް ލިބިއްޖެއްޔާ ދެން ގޮތަކަށް ބުނާނަމަ ލައިފް ޕާފެކްޓް ވީ…” ޔޫޝައުގެ ޚިޔާލު ހުރިގޮތް ޒާއިފް އަކަށް ކަމަކު ނުދިޔަ އެވެ.”ޒާއިފް ބުނީތީ އިނދެފާނަން ތާކުން ކުއްޖަކާ.. ތި ހުރި ވަރެއް އިނގިދާނެ..” ޖީބަށް އަތް ޖަހާލަމުން ޔޫޝައު ބުންޏެވެ.”އުހުނ… ކުޅޭ ކުޅިވަރެއް ނޫނޭ އެއީކީ.. މި ބުނީ ރަނގަޅު އަންހެން ކުއްޖަކު ހޯދާށޭ ލައިފްގެ ބާކީ ބައި އެކުއްޖާއާ އެކީ ހޭދަކުރަން..” ޒާއިފް އެހެން ބުނި އިރު ގެއާއި ހިސާބަށް އާދެވިއްޖެއެވެ. ޔޫޝައު ޗޮކެއް ކަނޑާލިއެވެ.

 

“ޒާއިފް އައީތަ..” ކުރިމަތީ ހުރި ފިހާރައިން ނިކުތް ނީކިޔާ އަހާލިއެވެ.”އާނ ހަމަ ދެންމެ.. ކޮބާ ނަވް..” ޒާއިފް ގޭތެރެއަށް ވަނެވެ.”އެބަ އުޅޭ ޒާއިފް އަންނަން ވާއިރަށް ސައި ހަދަން.. މިވީ ގޮތުން ޔޫޝައު އަށް ވެސް ލައިގެން ހަދާނީ..” ނީކިޔާ ހީލަމުން ބަދިގެއަށް ވަނެވެ.”އޯ އެމް ޖީ ނަވް.. ޔޫޝައު ހާދަ ރީއްޗޭ…” ބަދިގެއަށް ވަދެފައި ސޭންޑްވިޗް ހަދަން ހުރި ނަވްޔާ އަތުގައި ވިކައިގަންނަމުން ނީކިޔާ ބުންޏެވެ.”ސުއްބޫ ނީކް..” ނަވްޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ.”އޯހ އަދި ހަނދާން ނެތުނީ އޭ.. ކޮބާތަ އެއްކަލަ ‘ ފިރިހެން ކުއްޖާ ‘..” ނަވްޔާ ހެމުން އެހިއެވެ.”ދެން އަޅެ.. ނޫޅެން ބުނާކަށް އެއީ ކާކު ކަމެއް..” ނީކިޔާ ތުން ދަމާލިއެވެ.”ދޮގު ބޮނޑި.. މަށަށް އިނގޭ ނީކް ނުބުނާނެކަން ކިތަންމެ ވަރެއް ކުރިޔަސް.. ތިއީ ލަދު ދެކެ ބިރުގަންނަ މަންޖެއެއް..” ނަވްޔާ އެއްލޯ މަރާލިއެވެ.”ވަރަށް ފޫހި.. ދެން މަ ފިރިހެން ކުއްޖަކާ ވާހަކަ ދެއްކީމަ ނަވްއަށް ކޮން ފޯރިއެއްތަ ތި އަރަނީ.. މަ ގާތަށް ވެސް ހިނި އާދޭ..” ނީކިޔާ ގޮނޑިއެއް ދަމާލާފައި އިށީނެވެ.”ދިމާ ކުރާ ހިތްވަނީއޭ.. ނުކް އާ ދިމާ ކުރެވޭކަށް ނެތް..ޔަމް އަކީ ނުކް ލޯބިވާ ކުއްޖެއް ނޫނޭ..” ނަވްޔާ މޭޒުމައްޗަށް ތަށިތައް ނަގަން ފެށިއެވެ. ނީކިޔާ ވެސް ތުން ދަމާލައިގެން ނަވްޔާއަށް އެހީވާން ފެށިއެވެ.

 

“ޔޫޝައު.. ޒާއިފް..އާދޭ ސައިބޯން…” ނަވްޔާ ނިކުމެފައި ބުންޏެވެ. ޒާއިފް ގަމީހުގެ ގޮށް އަޅުވަމުން ކާގެއަށް ވަނެވެ.”ޔަމް އާދޭ..” ނީކިޔާ ނުކްޝާންގެ ކޮޓަރިއަށް ވަނެވެ. ހީލަމުން ނަވްޔާ ނީކިޔާ އާ އެކީ ކާގެއަށް ވަނެވެ. އެވަގުތު ޒާއިފް އާއި ވާހަކަ ދައްކަން އިން ޔޫޝައު ފެނި ޔަމްހާ ޖެހިލުންވިއެވެ. ޔޫޝައު އަށް ޔަމްހާ ފެނުމުން ވިހަ ގޮތަކަށް ހީލިއެވެ. ޔަމްހާއަށް އިށީންނަން ޖެހުނީ ޔޫޝައުގެ ކުރިމަތީގައެވެ. އެވަގުތު ނުކްޝާން ވަތް އަޑު އިވުނެވެ. ނުކްޝާން އައި ނަމަވެސް ޔަމްހާ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ނުކްޝާންގެ ފަރާތުން ހިމާޔަތް ނުލިބޭނެކަން ޔަމްހާއަށް ޔަޤީން ވެއެވެ. ފަސްވަރަކަށް މިނިޓް ތެރޭގައި ފެންވަރާލައިގެން ނުކްޝާން އައެވެ.”ނުކް.. މީ ޔޫޝައު އިނގޭ.. ޔޫޝައު.. މީ ނުކްޝާން..” ޒާއިފް ދެމީހުން ތަޢާރަފް ކޮށްދިނެވެ. ނުކްޝާން ހީލަމުން ޔޫޝައު އިށީނދެ އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ސަބަބަކީ ދެން ހުސްކޮށް އިނީ ޔަމްހާ ކައިރީގައި އިން ގޮނޑި ކަމަށް ވާތީއެވެ. ޔޫޝައު އާއި ނުކްޝާން އަދި ޒާއިފް ވަރަށް ވާހަކަ ދެއްކި އެވެ. އެ ގަޑީގައި މޭޒު ދަށުން ޔޫޝައު ޔަމްހާގެ ފައިގައި ޖައްސާލިއެވެ. ޔަމްހާ ސިހިފައި ފައި ދަމައިގަތެވެ. ޔޫޝައު ނުލަފާ ގޮތަކަށް ޔަމްހާ އާއި ދިމާއަށް ހީލިއެވެ. އެތަން ފާހަގަ ވީ ހަމަ އެކަނި ޔަމްހާއަށެވެ.

 

އެ ވަގުތު ކޮޅު ތެރޭގައި ޔޫޝައު އާއި ނުކްޝާންގެ އެކުވެރިކަން ބަދަހިވިއެވެ.”ޒާއިފް..ކައެ އަންހެނުން ކެއްކި އެއްޗިހި ވަރަށް މީރު..” ތެދުވަމުން ޔޫޝައު ބުންޏެވެ.”ނީކް ވެސް ހަދާފާނެ ދޯ ހަމަ..” ޒާއިފް އަތް ދޮވެލިއެވެ.”ދެން ހެވެއްނު ކޮންމެ މީހަކު ހެދިޔަސް.. ވަރަށް މީރު..” ޔޫޝައު ޔަމްހާ އާއި ދިމަ ބަލާލިއެވެ.”ދެން ޔޫޝައު އަންނަން ވާނެ ކޮންމެ ދުވަހަކު ހަވީރު ސަޔަށް..” ނީކިޔާ ބުންޏެވެ. ނީކިޔާގެ އެ ދަޢުވަތާ އެކީ ޔަމްހާ ހިތަށް ގުޑުން އެރި އެވެ.”އާނ ޔަޤީންތާ..” ޔޫޝައު ހެވިފައި ޖަވާބު ދިނެވެ. ކާގެއިން ނުކުމެގެން ނުކްޝާން ޒާއިފް އަދި ޔޫޝައު ވެސް ބޭރަށް ނިކުތެވެ.”ޔަމްހާ މިހާރު ހުން އޯކޭ ދޯ..” ނަވްޔާ އެހިއެވެ.”އާނ އިރާދަކުރެއްވިޔާ މިހާރު ރަނގަޅު..” ތަށިތައް ދަންނަމުން ޔަމްހާ ބުންޏެވެ. އޭރު ވެސް ޔަމްހާ ހުރީ އެހެން ކަމަކަށް ގެއްލި ހުސްވެފައެވެ. ނަވްޔާ އާއި ނީކިޔާ ވެސް އެތަން ސާފު ކޮށްލާފައި ކާގެއިން ނިކުތެވެ. އޭރު ފަހެއް ޖަހަނީއެވެ.

 

“މަގޭ ކުރިމަތީގައި މިއަދު އިނެއްނު ދޯ މަންޖެއެއް.. ހާދަ ރީއްޗޭ އޭނަ..” ޔޫޝައު ވާހަކަ އެއްގެ ތެރެއިން ބުންޏެވެ.”އިނގޭ.. އެކަމަކު އެއީ ނުކްގެ ވައިފް..” ޒާއިފް ޖަވާބު ދިނެވެ. ޔޫޝައުގެ މަކަރުވެރި މޫނު ހައިރާން ކަމަށް ބަދަލުވެ ހަމަ އެ ސިކުންތުގައި ހިތްހަމަ ނުޖެހުމަށް ބަދަލު ވިއެވެ.”އެހެން ދޯ.. މަ ހީކުރީ ސިންގަލް ކަމަށް.. މަށަށް ދޭށޭ ބުނަން ވެގެން..” ޔޫޝައު ބުންޏެވެ. ނުކްޝާން ވެސް ހިނިގަނޑެއް ޖަހާލިއެވެ.”އަދި އެބަ އޮތެއްނު މި ދުނިޔޭގަ އަންހެން ކުދިން..އެމީހުން ހުހެއް ނުވާނެ..” ޔޫޝައު ކޮނޑުގައި ޖަހާލަމުން ނުކްޝާން ބުންޏެވެ.”ދޮގެއް ވެސް ނޫން..” ޔޫޝައު ދުރު ބަލާލިއެވެ.”ދެންހުރި މަންޖެއޯ..” އަނެއްކާ ވެސް ޔޫޝައު އެހިއެވެ. ނުކްޝާން ހިތްހަމަ ނުޖެހުނެވެ.”ނޭނގެ ހަމަ އެއްގޮތަކަށްވެސް.. އޭނަ ލޯބިވެރިއެއް ހުންނަ ކަމެއް ނުވަތަ ނެތް ކަމެއް.. އޭނަ ކައިރީ އަހާ..” ޔޫޝައުގެ ގޮތް އިނގިފައި ނުވާތީ ނީކިޔާ ދޭކަށް ނުކްޝާން ބޭނުމެއް ނޫނެވެ.”ހާސް ނުވޭ އިނގޭ.. މިރަށުގަ ވެސް އެބަ ހުރި ޔޫޝައު އަށް ރަނގަޅު ކުދިން.. އެންމެ ގިނަ ބައިގަނޑު އުޅޭނީ ނުކް ފަހަތުން.. އަދި އެމީހުންނަށް މެރީ ކުރި ކަން ނޭނގެނީ.. އިނގިއްޖެއްޔާ މޮޔަ ވެދާނެ..” ޒާއިފް ބުންޏެވެ.

 

ނަވްޔާ މެންނާއި ވާހަަކަ ދައްކަން އިންދައި ނީކިޔާ ފޯނަށް މެސެޖެއް އައެވެ. އެއްކަލަ ސޭވް ނުކޮށް އިން ނަމްބަރުންނެވެ.”އައްދޭ.. އެއްކަލަ މީހާ..” ނަވްޔާ ދިމާ ކުރަން ފެށިއެވެ.”ދެން އަޅޭ..” ނީކިޔާ ދުރަށް ޖެހިލާފައި ފޯނު ހުޅުވާލިއެވެ. ނަވްޔާ ނީކިޔާ ކައިރިއަށް ދާން ހިނގައިގަތީ ދިމާ ކުރަމުންނެވެ. ޔަމްހާ ހެވިފައި އެހުރިހާ ކަމެއް ބަލަން ހުއްޓެވެ. ނީކިޔާއަށް ރިޕްލައި ނުދެވެނީސް އެ ކުއްޖާ ގުޅަން ފެށިއެވެ.”ހަލޯ.. މިގަޑިގަ ނެތް އިނގޭ ވާހަކަ ދެއްކޭކަށް.. ފްރީވީމަ މެސެޖެއް ކޮށްލާނަން..” ނީކިޔާ ފޯނު ނަގާފައި ބުންޏެވެ.”އަހަރެމެން ތިއްބަސް ވާހަކަ ދައްކަބަލަ ދޯ..” ޔަމްހާ ވެސް ހެމުން ބުންޏެވެ. ނީކިޔާ ރަކިވެގެން ފޯނު ކަނޑާލިއެވެ.”ދެން ހައްޕު ކިޔައިގެން ހުރެބަލަ ދޯ.. ސާފު ބަހުން މި ބުނަނީ.. އެއީ ހަމައެކަނި ފްރެންޑެއް.. ނޮޓް މޯރ ދެން ދެޓް..” ނަވްޔާމެން ދިމާ ކުރުން ހުއްޓާލާތޯ ނީކިޔާ ބުންޏެވެ. ނަމަވެސް ދެމީހުން އިތުރަށް ފެށީއެވެ. ނީކިޔާ ދެ ކަންފަތުގައި އަތް އަޅައިގެން އަނެއް ކޮޅަށް އެނބުރުނު އިރު މޫނު ވަނީ ރަތްވެފައެވެ.”ތިހިރީ ބަލާބަލަ މޫނު ރަތްވަނީ.. ހަމަ އެކަނި ފްރެންޑެއްގެ ވާހަކަ ދައްކާއިރު ނީކް ބްލަޝް އެއް ނުވާނެ.. ދެން ކިހިނެއް ޤަބޫލު ކުރާނީ..” ނަވްޔާ ނީކިޔާގެ ކުރިމައްޗަށް އެރިއެވެ. ދައްކާނެ އުޒުރެއް ނޭނގިގެން ނީކިޔާ ނޭވާ ހިފަހައްޓާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް ހަތްވަނަ ބައި)

Next

ހީވޭ ކަލާވާހެން-11

Next
September 18, 2021

ހީވޭ ކަލާވާހެން-11

Previews
September 18, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް ހަތްވަނަ ބައި)

2 Comments!

  1. Aminath Mai zer says:
    September 18, 2021 at 9:51 pm

    Neekiyaa ge love story adu ahaa hiy vejje I’m so curious about Neekiyaa’s love story
    Dhen hama story vrh reethi

    1. Baby Devil says:
      September 19, 2021 at 5:50 pm

      aww thankiu maizer… vaa goiy balamaa dhw???

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 14←


All Right Reserved!