ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 9
“ކައެ ކޮން ވާހަކައެއްތަ ދައްކަން އުޅުނީ..” ލަމާން އެހިއެވެ.”އަސްލު..މީ… މަގޭ ބައްޕައަކީ ކާކުކަން އިނގި ދިމާވެގެން..ދެން އަނެއްކާ ނަވް ޒާއިފްއާ ރައްޓެހިވީފަހުން މީހަކު މަންމަ ކައިރިއަށް ނަވްގެ ކައިވެންޏަށް އެދިގެން އައީމަ ނަވް ޒާއިފް ކައިރީ އެވާހަކަ ބުނަން ނުކެރިގެން އޭނަ ގުޅީމަ ފޯނެއް ނުނަގާ.. ދެއަނެއް ކަމަކީ ހަމް އާ މަށާ ދޭތެރޭ އޮތް ފްރެންޑްޝިޕް ގެއްލިއްޖެ.. އެއްކަލަ ސުދާގެ ހަމަލާއަކަށް ވެސް ތައްޔާރުގަ ހުންނަން މި ޖެހެނީ..” ނުކްޝާން ފުން ނޭވާއެއް ލިއެވެ. ލަމާންގެ ދެލޯ ބޮޑުވިއެވެ.
**9 ވަނަ ޕާޓު**
“ނުކްގެ ބައްޕަވީ މަރުވެފައޭ ނުކް ބުނީ..” ލަމާން ބުންޏެވެ.”އޭރު ހީކުރީ.. މަންމަ ބުނީމަ އިނގުނީ ވެސް.. މިހާރު މަގޭ ބޯ ހާސް ވޭ އެބަ.. އަނެއް ކޮޅުން ޖޮބް އަށް ފޯކަސް ކުރަމުން އެ މައްސަލަ ތަކަށް ވިސްނަން ވަރަށް އުނދަގޫ… އެއްކަލަ ޔަމްހާ އަކީ އަދި އިތުރު ބޮލުގަ ރިހުމެއް..” ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން ނުކްޝާން ބުންޏެވެ.”ކިހިނެއް ހަމްގެ ފްރެންޑްޝިޕް ގެއްލުނީ..” ލަމާން އެހިއެވެ.”އޭނަ މަ ދެކެ ލައިކް ވީ.. ދެން މަށަށް ނޭނގުނު ހަދާނެ ގޮތެއް މަ ބުނީ މަގޭ ވައިފް އެއް ހުރެއޭ.. އެހެން ބުނީމަ އޭނަ ހުރީ ހުއްޓުން އަރާފަ..” ނުކްޝާން ކިޔާދިނެވެ.”މަށަށް ވެވޭނެ ހެލްޕެއް އެބަ އޮތްތަ..” ލަމާން ނުކްޝާންއަށް އެހީވާން ބޭނުންވިއެވެ.”ނޭނގެ.. ވަރަށް ބޭނުން ހަމް ކަހަލަ ގުޑް ފްރެންޑެއް.. އަނެއްކާ ބައްޕަ އާދޭ މިގެއަށް ކޮންމެ ދުވަހަކު ވާޖިބެއް އަދާ ކުރާހެން.. އައިސް މަންމައާ ދިމާއަށް ދާތީ ކަންތައް ބޮޑު ވަނީ.. ރީއްޗަށް އިންނަ ނަމަ އޯކޭ.. ނަވް ދެން އުޅޭ ދޯ އަމިއްލަ އަށް އެކަން ހޭންޑްލް ކުރަން.. އެކަމް އިނގޭ އޭނާއަށް މަށާ ނީކްގެ ހެލްޕް ވެސް ބޭނުން ވާނެކަން..” ނުކްޝާން ޓީވީ އަށް ބަލާލިއެވެ.
“ދެން ނުކް ބުނޭ މަ ވާންވީ ހެލްޕެއް.. ތި މައްސަލަ ހައްލު ކުރާނީ ކިހިނެއް..” ލަމާން ވިސްނާލިއެވެ.”ނޭނގިގެންނޭ މަ ވެސް މި އުޅެނީ..” ނުކްޝާން ބުންޏެވެ.”މަ ހަމް އާ ވާހަކަ ދައްކަފާނަން..” ލަމާން ފޯނު ހުޅުވާލިއެވެ.”ތެންކްސް..” ނުކްޝާން ލަމާން އަށް ޝުކުރު އަދާ ކުރިއެވެ.”ހެއި ހަމް.. ކިހިނެއްތަ..” ލަމާން ހަމްނާއަށް ގުޅާލިއެވެ.”ދެން ނޮޓް އޯކޭ ދޯ..” ހަމްނާގެ އަޑުން ވެސް ރޮއިފައި ކަން ލަމާން އަށް އިނގުނެވެ.”ކިހިނެއްވީ އޯ އަނެއްކާ..” އިނގި ހުރެ ވެސް ލަމާން އެހިއެވެ.”ދެން ކަމެއް ނުވޭ..” އެ ވާހަކަ ކިޔާދޭކަށް ހަމްނާ ބޭނުމެއް ނުވިއެވެ.”ކަމް އޯން ހަމް.. މަށަށް އިނގޭ ވީ ގޮތް.. ނުކް ބޭނުންވޭ އެކުވެރިކަން އަލުން އަނބުރާ..” ލަމާން ބުންޏެވެ. ހަމްނާ އަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.”ނުކްއާ ވާހަކަ ދައްކަބަލަ..” ވާހަކަ ނުދައްކާ ހުރުމުން ލަމާން އަނެއްކާ ވެސް ބުންޏެވެ.”ނޯ.. ނުކްއާ އެކީ ނޫޅެވޭނެ މަށަކަށް.. ދެން ނުގުޅާތި..” ހަމްނާ ލަމާންއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ.
ނަވްޔާ ކޮޓަރިއަށް ވަތް އިރު ނީކިޔާ ފެންނާކަށް ނެތެވެ. ފޯނު ބަލާލި އިރު ޒާއިފްގެ މެސެޖްތައް ފުލުފުލުން އައިސްފައި ހުއްޓެވެ. އެ ކިޔާނެ ހިތްވަރު ނެތުމުން އެނދުގައި އޮށޯތެވެ. ކުރާނެ މާބޮޑު ކަމެއް ވެސް އޮތީކީ ނޫނެވެ.”ކަމެއް ނެތިފަ ތި އޮތީ ކީއްވެ އޯ..” ނީކިޔާ ކޮޓަރިއަށް ވަތް އިރު ހުރީ ދާހިތްލާ ފޯވެފައެވެ.”ކޮން ގަނޑެއް ގަނެފަ ތި އައީ..” ނަވްޔާ އެހިއެވެ.”މޫދު ކައިރިއަށް ދިޔަ ތަނާ މީހަކު މޫދަށް ކޮށްޕާލީ.. ބަލާލި އިރު އެއްކަލަ ސުދާ..” ނީކިޔާ ޓީޝާޓަކާއީ ޓައިޓެއް ނަގައިގެން ފާޚާނާއަށް ވަނެވެ.”ދެން ނޭނގެ މި ސުދާގެ އުނދަގުލުން ސަލާމަތް ވާނެ ގޮތެއް ވެސް..” ނަވްޔާ ބޭރަށް ނިކުތެވެ. މިއަދު އެއްޗެއް ނުކައި ހުރުމުން ހަށިގަނޑުގައި ވަރެއް ވެސް ނެތެވެ.”ދަރިފުޅާ އާދޭ ކާން.. މަންމަ ކައިވެނި ކުރަން ނިންމީ މި އަންނަ ހަފްތާ..” ނިޝްފާ ހިނިތުންވުމަކާއެކު ބުންޏެވެ. ނަވްޔާ މޫނަށް ފޫހިކަމާއި މޮޅިވެރިކަން ވެރިވިއެވެ.”ނޫން ކާހިތެއް ނެތް..” ނަވްޔާ ބޭރަށް ނިކުމެ ޖޯލީގައި އިށީނެވެ. އޭރު ވެސް ޒާއިފްގެ ޚިޔާލުތަކުން ބޮލަށް އުނދަގޫ ވަމުން ދިޔައެވެ.
ލަމާން ފޯނު ކަންފަތާ ދުރު ކޮށްލަމުން ނުކްޝާން އާއި ދިމާއަށް އެނބުރުނެވެ.”ސޮރީ އޭނަ ފޯނު ކަނޑާލައިފި… ދެން ނޭނގެ ގުޅޭނެ ކަމެއް ވެސް..” ލަމާން މަޢާފަށް އެދުނެވެ.”އެ އޯކޭ ވާނެ.. ނަވް އާ މަންމައާ ދޭތެރޭ މަ އެންމެ ކަންބޮޑު ވަނީ..” ނުކްޝާން ޓީވީ އިން ނަޒަރު ވަކިކޮށްނުލާ ބުންޏެވެ.”އިންޝާ ﷲ ތި މައްސަލަތައް ހައްލު ވެދާނެ..” ލަމާން އަށް އެހީ ނުވެވިދާނެތީ ހިތްވަރު ދިނެވެ.” ހްމްމް ތެންކްސް ލައްމު..” ނުކްޝާން ފޯނު ނެގި އިރު ޔަމްހާ ގުޅަނީއެވެ.”ކޮން މޮޔައެއް ވެގެން ތި ގުޅަނީ..” ނުކްޝާން ހިތްހަމަ ނުޖެހިފައި އެހިއެވެ.”ނުކް.. ސޮރީ.. ނަވް.. ނަވްޔާ ހުން އައިސްގެން ހޮސްޕިޓަލަށް ގެންދަން މި ގުޅީ.. އަ.. އަހަރެންނަށް ފެނުނީ ބޭރު ޖޯލީގައި އޮއްވައި..” ޔަމްހާ ބިރުން ހުރެ ކިޔާދިނެވެ. ނުކްޝާން އައިސްފައި ހުރި ރުޅި ފިލައިގެން ގޮސް މޫނުމަތިން ހާސްކަން ފެނުނެވެ.”ލައްމު ހިނގާބަލަ ނަވް ހުން އައިސްގެން އެބަ އުޅޭ..” ނުކްޝާން ފޯނު ކަނޑާލަމުން ގެއިން ނިކުންނަން ބާރު ހިނގުމެއްގައި ދިޔައެވެ. ލަމާން ވެސް ފަހަތުން އައެވެ.
ހޮސްޕިޓަލަށް އައި އިރު ނަވްޔާ ވޯޑްގައި ބާއްވައިފިއެވެ. ނުކްޝާން ނަވްޔާގެ ނިއްކުރީގައި އަތް ޖައްސާލި ވަރަށްވުރެ އަވަހަށް އަތް ދަމައިގަތެވެ. ހީވަނީ ކަރަންޓް ޖެހިގެން ދަމައި ގަތް ހެންނެވެ. ނީކިޔާ ބަލަން ހުރީ އައިވީ ފުޅި އާ ދިމާއަށެވެ.”އަނެއްކާ.. ދެން މަ ކިހިނެއް ހަދަންވީ…” ނުކްޝާން ގޮނޑީގައި އިށީނެވެ. ލަމާން އަށް ބުނާނެ އެއްޗައް ނޭނގުނެވެ.”ނުކް އިރާދަކުރެއްވިޔާ ނަވް ވަރަށް އަވަހަށް ރަނގަޅު ވެދާނެ..” ނުކްޝާން ކޮނޑުގައި ޖަހާލަމުން ލަމާން ބުންޏެވެ. ނުކްޝާން ވެސް ބޯ ޖަހާލާފައި ނަވްޔާ އާއި ދިމަ ބަލާލިއެވެ.”ނަވް..” ނުކްޝާން މަޑުމަޑުން ގޮވާލިއެވެ.”މިއަދު އެވަރަށް ކާން ގޮވީމާ ވެސް ނުކައި އެ ހުރީ… ނޭނގެ ރޭގަ ކެއި ކަމެއް ވެސް..” ނިޝްފާ ވެސް އިނީ ފުދޭވަރަކަށް ހާސްވެފައެވެ.”މަންމަ ދެން ހާސް ނުވޭ.. ނަވް ހޭލީމަ ކާންދޭނަން..” ނުކްޝާން ހިނިތުންވަމުން ބުންޏެވެ.
ނަވްޔާ ހޭލާނެ އިރެއްގެ އިންތިޒާރުގައި ރޭގަނޑު ވަންދެން ތިބެން ޖެހުނެވެ.”ނަވް..” ނަވްޔާ ލޯ ހުޅުވާލީ ނިޝްފާ އާފަލް ކޮށަން ހުއްޓައެވެ.”އަވަހަށް ކާ..” ނިޝްފާ ތަށި ނަވްޔާ އަތަށް ދިނެވެ. ނަވްޔާ ބޮލުގައި އަތް އަޅާފައި ނުކްޝާން އެކޭ އެއްގޮތަށް ދަމައިގަތީ އަމިއްލަ ހަށިގަނޑު ވެސް އެހާ ހޫނު ވުމުންނެވެ.”ނަވް އަވަހަށް ކާން ފަށާ..” ނީކިޔާ ބުންޏެވެ. ނަވްޔާ މަޑުމައިތިރި ކަމާއެކު ކާންފެށިއެވެ.”ނަވް..” ނިޝްފާ އުޅުނީ ކައިވެނީގެ ވާހަކަ ފަށަންށެވެ.”ހެހެ.. މިގަޑި އަކު ނޫން ދޯ..” ނުކްޝާން ނިޝްފާގެ އަތުގައި ކޮއްޓާލިއެވެ. ނިޝްފާ ބޯ ޖަހާލިއެވެ. ހުއްޓާ ނުލާ އެވާހަކަ ދައްކަން އުޅޭތީ ނުކްޝާން އަށް ނިޝްފާ އުފާވެފައިވާ މިންވަރު ހާމަ ވިއެވެ. ނަވްޔާ އެބުނީ ވެސް ތެދެކެވެ. ނިޝްފާ މިހާ އުފާވެފައި ހުއްޓާ ފެންނަނީ ވަރަށް މަދު ފަހަރަކުއެވެ.
ނަވްޔާ ހޮސްޕިޓަލުގައި ބޭއްވި ރޭ އާޒިމް ނިޝްފާގެ ފޯނަށް ވަރަށް ގުޅިއެވެ. ސަލާމަތަށް ނިޝްފާ ބޭންދީ ލޮކޭޝަން ވެސް އޮފް ކޮށްފައެވެ.”ކީއްކުރަން ބައްޕަ އެ ގުޅަނީ..” ނުކްޝާން އެހިއެވެ.”ނޭނގެ.. މޮޔަ ވެގެން.. މަންމަ ކިހިނެއްތަ އޭނާއަށް ވިސްނަދޭނީ މަންމައެއް ނޫނޭ އެކަން ކުރަން ނިންމީކީ.. އާޒިމް އެހެން ހުއްޓަސް ކުޑަ ކަންތަކާ ވެސް ވަރަށް ރުޅި އަންނާނެ..” ނިޝްފާ ބުންޏެވެ.”މަ އޭނައަށް ކަމެއް ކޮށްފާނަން..” ނުކްޝާން ބޭނުން ނުވި ނަމަވެސް އަމިއްލަ ބައްޕަގައިގަ ތަޅައިގަނެގެން ކަމަކު އެއްޗެއް ވިސްނައި ދެވޭތޯ ބަލަން ބޭނުންވިއެވެ.”ނޫނޭ އޭނާއަށް އަނިޔާ ނުކުރާތި.. އޭނަ މާ ހުޝިޔާރު ވާނެ..” ނިޝްފާ ނުކްޝާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.”މަށަށް ހެޔޮ މަށަށް ކޮންމެ ކަމެއް ވިޔަސް..މަ ބޭނުމީ މަގޭ އާއިލާ ސަލާމަތުން ބަހައްޓަން..” ނުކްޝާން ބުންޏެވެ. ނިޝްފާ ނުކްޝާންގެ ކޮނޑުން އަތް ނެގީ ނުކްޝާން ނުހުއްޓުވޭނެކަން އިނގޭތީއެވެ.
ނުކްޝާން ގޭގައި އެކަނި މާއެކަނި އިން އިރު އެހެން އެންމެން ވީ ހޮސްޕިޓަލްގައެވެ. އާޒިމްއާ ދިމާވެވޭނީ ވެސް އޭނަ އުޅޭ ގެއެއް އިނގިގެންނެވެ. ކޮންމެ ގޮތެއް ވިޔަސް އާޒިމް އާ ބައްދަލް ކުރަން ނުކްޝާން ބޭނުމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ނުކްޝާން ގެއިން ނުކުމެގެން ދެތިން ފިޔަވަޅެއް ނޭޅެނީސް ޖެހުނީ އާޒިމް ކުރިމައްޗަށެވެ. ނުކްޝާންގެ ނަސީބު ވެސް ރަނގަޅީ އެވެ.”މަންމަ ކޮބާތަ.. ގުޅާގުޅާ ފޯނެއް ނުނެގި..” އާޒިމް އެހިއެވެ.”މަގޭ މަންމަ ކައިރިއަށް ނައިސް ހުރެބަލަ.. މީހަކު ރީއްޗަށް ދިރިއުޅުނީމަ ކަލޭ ހިތަށް ހަމަޖެހުމެއް ނުލިބެނީތަ..” ނުކްޝާން ރުޅި އައި ނަމަވެސް މަޑުން ބުންޏެވެ.”އާނ އެކޭ ބުނެފިއްޔާ ކިހިނެއް ހަދާނީ… ދެން ދައްކަބަލަ ވަންނަން..” އާޒިމް ގެއަށް ވަންނަން އުޅުނެވެ.”މަށަށް މައްސަލައެއް ނެތް ވަދުނަސް.. މަންމަ ކީއްކުރަން، ނަވްމެން ވެސް ނޫޅޭނެ ގެއަކު..” ނުކްޝާން ފޫހިކަމާއެކު އާޒިމް އާއި ދިމަ ބަލާލިއެވެ.”ކޮބާ އެމީހުން..” ވަނުމުގެ ޚިޔާލު ދޫކޮށްލާފައި އާޒިމް ނުކްޝާން ކުރިމަތީގައި ހުއްޓުނެވެ.
“ބުނާކަށް ނުޖެހޭ..މޫނުމަތީގަ ޖަހަން ވީތަ އެއްޗެއް ވިސްނޭތޯ..” ނުކްޝާން ދެލޯ އަޅާލިއެވެ.”ޖަހާބަލަ.. ޖަހައި ފިއްޔާ އޭގެ ނަތީޖާ ވަރަށް ހިތި ވާނެ..” އާޒިމް ޖީބަށް އަތް ޖަހާލިއެވެ. ނުކްޝާން ގޮށްމުށުން އާޒިމްގެ މޫނުމަތީގައި ޖެހި އާޒިމް އެހެން ބުނިތާ ސިކުންތެއް ވެސް ނުވަނީސް އެވެ.”މަ ބުނި އެތި ހަނދާން ކުރާތި..” އާޒިމް އިންޒާރެއް ދީފައި އަނބުރާ އައި ދިމާއަށް ހިނގައިގަތެވެ. ނުކްޝާން ޖޯލީގައި އިށީނދެ ތިރިއަށް ބަލަންފެށިއެވެ.”ހެއީ ނުކްކްކް..” ކުރި މަތިން ސުދާގެ އަޑު އިވުމުން ނުކްޝާން އިސްއުފުލާ ބަލާލިއެވެ.”ކީއްކުރަނީތި މިތާނގަ..” ސުދާއަށް އަދި އަންނަން އިނގުނީވެސް މިގަޑީގައެވެ.”މިހިރި ފިހާރައަށް އައި ގަޑީގަ ނުކް މިތާ އިންތަން ފެނުނީމަ މި އައީ..” ސުދާ ބުންޏެވެ.”ދެން ދޭބަލަ ފިހާރައަށް..” ނުކްޝާން ދެބުމަ ކައިރިކޮށްލާފައި ކޮޅަށް ތެދުވިއެވެ.”އާނ ދޯ.. އެބަ އަންނަން..” ސުދާ ފިހާރައަށް ވަނެވެ. ސުދާ ނިކުންނަން ވާއިރަށް ނުކްޝާން ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.
“ނީކް ދާންވީނުން ގެއަށް.. ” ނީކީޔާ ކައިރީގައި އިށީންނަމުން ނުކްޝާން ބުންޏެވެ.”ނޯ އޯކޭ ވާނެ…” ނީކިޔާ ދެކޮޅު ހެދިއެވެ.”އުހުނ ކަމަކު ނުދާނެ.. ރެސްޓް ވެސް ބޭނުން ވާނެއޭ.. ދޭބަލަ ގެއަށް.. މަ މިތާ ހުރެފާނަމޭ..މަންމަ ވެސް ދާންވީނުން..” ނުކްޝާން ނިޝްފާ އާއި ދިމަ ބަލާލިއެވެ.”އެކަމް ބޭނުމޭ މިތާ ހުންނަން..” ނީކިޔާ ބުންޏެވެ.”ދެން އެކަމަކު ދޭބަލަ.. ގެއަށް ދޫކޮށްލީމަ ދިމާވާނެ ނޫންތަ..” ނުކްޝާން ބުންޏެވެ. ނީކިޔާ ގޮތް ދޫކޮށްފައި ނިޝްފާ އާ އެކީ ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް ނީކިޔާ ހުއްޓުނެވެ.”ޔަމްހާ ވެސް އަންނަން ވީނުން..” ޔަމްހާ އެތާ ހުރުމުން ނުކްޝާން ހިތްހަމަ ނުޖެހޭނެ ކަން އިނގޭތީ ނީކިޔާ އެދުނެވެ. ނުކްޝާން ކުރިމަތީގައި ދެކޮޅު ހަދަން ނުކެރޭތީ ޔަމްހާ ނީކިޔާ ފަހަތުން ހިނގައިގަތެވެ.
“ކޮބާތަ އެ ނުކްޝާން.. މަށަށް ލަނޑު ދީފަ ފިލީއޭ.. އެ އަންހެނާ ރަނގަޅު ސިހުރެއް ޖައްސާފަ އެބަހުއްޓޭ މަގޭ ނުކްޝާން އަށް.. ހުރެބަލަ އަދި.. ކަލޭގެ ދުވަސް ދުއްވާލާނަމޭ… ފިހާރައަށް ނުވަދެވުނު ނަމަ..” ސުދާ ފިހާރައިން ނިކުމެފައި ނުކްޝާން ފެންނަން ނެތުމުން އަތުގައި އޮތް ކޮތަޅު ބިމަށް އެއްލާލިއެވެ.”ވެދާނެ ގޭގަ ކަމަށް.. ދާންވެއްޖެ ވަންނަން..” ކުރިމަތީގައި ހުރި ނުކްޝާންގެ ގެ ފެނުމުން ބިންމަތިން ކޮތަޅު ނަގައިގެން އެގެއަށް ވަންނަން ހިނގައިގަތެވެ.”ކޮބާތަ.. މީހަކު ވެސް ނެތެއްނު.. އެކަމަކު ގޭގަ މީހަކު ނޫޅެންޏާ ނުދާނެ ތަޅު ނުލައެއް..” ސުދާ ގޭތެރެ ބަލާފައި ދެބުމަ ކައިރިކޮށްލިއެވެ.
“ސުދާ؟!! ކީއްތި ކުރަނީ މިތާ..” ޔަމްހާ ކޮޓަރިއަށް ވަތް އިރު ސުދާ އިނީ އެނދުގައި އިށީނދެއެވެ.”ކޮބާ ނުކްޝާން..އޭނަ ވެސް އައީތަ..” ޔަމްހާގެ ސުވާލަށް ޖަވާބު ނުދީ ސުދާ ވެސް ކޮށްލީ ސުވާލެކެވެ. ޔަމްހާ ދެފަރާތަށް ބޯ ހޫރާލިއެވެ.”ރަނގަޅެއްނު.. ނުކްޝާން އެއް ވެސް ނުހުންނާނެ ތީނަ ސަލާމަތް ކުރާކަށް..” ސުދާ ހިނިގަނޑެއް ޖަހާލަމުން ކޮޅަށް ތެދުވިއެވެ. ޔަމްހާ ބޭރަށް ނިކުންނަން އުޅުމުން ސުދާ އެކަމަށް ހުރަސް އެޅިއެވެ.”ނޫން..” ސުދާ އާއި ދިމަ ބަލާލަމުން ޔަމްހާ ވަނީ ފާޚާނާއަށެވެ.”މަ ވެސް ބޮލެއް ނެތެއްނު..” އަމިއްލަ ނަފްސާއި ދިމާއަށް މަލާމާތް ކޮށްލާފައި ސުދާ ފާޚާނާ ދޮރުގައި ޖަހަން ފެށިއެވެ.”ނުހުޅުވާނަން..” ޔަމްހާ ޖަވާބުގައި ބުންޏެވެ. ސުދާ އަތުގައި ހުރި ބާރެއް ލާފައި ދޮރުގައި ޖެހިއެވެ.”ބޮޑު ކަމެއް..” އޭނާގެ އަތުގައި އެ ދޮރު ހަލާކު ކުރެވޭނެހާ ބާރެއް ނެތެވެ.”މަރުވަންދެން ހުރޭ ތިތާ.. މަށެއް ވެސް މިތާކުން ނުދާނަން ތީނަ ތި ދޮރު ނުހުޅުވާހާ ހިނދަކު..” ސުދާ ކަޑަނުވާންވެގެން ބުންޏެވެ. ޔަމްހާ ބޮލުގައި އަތް އަޅާލިއެވެ. ނުކްޝާން ދެން އަންނާނީ ވެސް ޑިއުޓީއަށް ދާން ތައްޔާރު ވާންށެވެ. އެހާއިރު ވަންދެން އޭނާއަށް މިތާކު ނުހުރެވޭނެއެވެ. ކުއްލިއަކަށް ޔަމްހާ ހަނދާންވީ މި ހުރެވުނީ ފޯނު ހިފައިގެން ކަމެވެ. ވަގުތުން އޭނަ ގުޅާލީ ނުކްޝާން އަށެވެ.
“ނުކްޝާން.. ސުދާ..” ނުކްޝާން ފޯނު ނެގުމުން އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަމްހާ ބުންޏެވެ.”މަޑު ކުރޭ..” ނުކްޝާން ފޯނު ކަނޑާލިއެވެ.”ނީކް.. ނީކް..” ނުކްޝާން ގުޅީ ނީކީޔާ އަށެވެ.” ވަރަށް އަވަހަށް ޔަމްހާ ކޮޓަރިއަށް ދޭބަލަ.. ސުދާ..” ނުކްޝާން ބުންޏެވެ.”ސާބަސް.. ނިކުމޭ ހަމަ މިހާރު.. މިގެއަށް ވެސް އައިސްގެނެއް ނުވާނެ..” ނީކިޔާ ޔަމްހާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ސުދާ ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ.” އާހ.. ދޮރު ވެސް ތަޅު ނުލެވޭތަ..” ސުދާ ދަތްކުނޑި ވިކާލިއެވެ. އިތުރު ގޮތެއް ނެތުމުން ނީކިޔާ އަށް ލޯ އަޅާލާފައި ސުދާ ނިކުމެގެން ދިޔައެވެ.”ތެންކްސް..” ޔަމްހާ ޝުކުރު އަދާ ކުރިއެވެ. ނީކިޔާ ހީލާފައި ކޮޓަރިން ނިކުތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


