Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 14

Baby Devil Level 610 Stories100 Stories
September 21, 2021 7 Mins Read
4 Comments

ނަވްޔާ މެންނާއި ވާހަަކަ ދައްކަން އިންދައި ނީކިޔާ ފޯނަށް މެސެޖެއް އައެވެ. އެއްކަލަ ސޭވް ނުކޮށް އިން ނަމްބަރުންނެވެ.”އައްދޭ.. އެއްކަލަ މީހާ..” ނަވްޔާ ދިމާ ކުރަން ފެށިއެވެ.”ދެން އަޅޭ..” ނީކިޔާ ދުރަށް ޖެހިލާފައި ފޯނު ހުޅުވާލިއެވެ. ނަވްޔާ ނީކިޔާ ކައިރިއަށް ދާން ހިނގައިގަތީ ދިމާ ކުރަމުންނެވެ. ޔަމްހާ ހެވިފައި އެހުރިހާ ކަމެއް ބަލަން ހުއްޓެވެ. ނީކިޔާއަށް ރިޕްލައި ނުދެވެނީސް އެ ކުއްޖާ ގުޅަން ފެށިއެވެ.”ހަލޯ.. މިގަޑިގަ ނެތް އިނގޭ ވާހަކަ ދެއްކޭކަށް.. ފްރީވީމަ މެސެޖެއް ކޮށްލާނަން..” ނީކިޔާ ފޯނު ނަގާފައި ބުންޏެވެ.”އަހަރެމެން ތިއްބަސް ވާހަކަ ދައްކަބަލަ ދޯ..” ޔަމްހާ ވެސް ހެމުން ބުންޏެވެ. ނީކިޔާ ރަކިވެގެން ފޯނު ކަނޑާލިއެވެ.”ދެން ހައްޕު ކިޔައިގެން ހުރެބަލަ ދޯ.. ސާފު ބަހުން މި ބުނަނީ.. އެއީ ހަމައެކަނި ފްރެންޑެއް.. ނޮޓް މޯރ ދެން ދެޓް..” ނަވްޔާމެން ދިމާ ކުރުން ހުއްޓާލާތޯ ނީކިޔާ ބުންޏެވެ. ނަމަވެސް ދެމީހުން އިތުރަށް ފެށީއެވެ. ނީކިޔާ ދެ ކަންފަތުގައި އަތް އަޅައިގެން އަނެއް ކޮޅަށް އެނބުރުނު އިރު މޫނު ވަނީ ރަތްވެފައެވެ.”ތިހިރީ ބަލާބަލަ މޫނު ރަތްވަނީ.. ހަމަ އެކަނި ފްރެންޑެއްގެ ވާހަކަ ދައްކާއިރު ނީކް ބްލަޝް އެއް ނުވާނެ.. ދެން ކިހިނެއް ޤަބޫލު ކުރާނީ..” ނަވްޔާ ނީކިޔާގެ ކުރިމައްޗަށް އެރިއެވެ. ދައްކާނެ އުޒުރެއް ނޭނގިގެން ނީކިޔާ ނޭވާ ހިފަހައްޓާލިއެވެ.

 

**14 ވަނަ ޕާޓު**

 

“ފައިން.. ހީ އިޒް މައި ކްރަޝް.. ބަޓް އޭނަ އަކަށް ނޭނގޭނެ އެކަމެއް.. އޭނަ މަށާ ވާހަކަ ދައްކަނީ ހަމަ އެކަނި ފްރެންޑެއްގެ ގޮތުގަ…” އެންމެ ފަހުން ނީކިޔާ ބުންޏެވެ.”އޯހ.. ކާކުތަ އެއީ..” ނަވްޔާ އަހާލިއެވެ. ނީކިޔަ ޖަވާބު ނުދީ އިނީއެވެ.”ބުނެބަލަ ދޯ..” ޔަމްހާ ވެސް އިނގެން ބޭނުން ވިއެވެ.”ދެން ނުބުނެވޭނެ..” ނީކިޔާ ބުންޏެވެ.”އެންމެ ރަނގަޅޭ.. ނުކް ކައިރީ ބުނާނަން..” ނަވްޔާ ދޫ ނެރެލިއެވެ. ނަވްޔާ ގައިގައި ޖަހަމުން ނީކިޔާ ނޫނެކޭ ކިޔާފައި ހަޅޭއްލަވައި ގަތެވެ. ޔަމްހާ ހެވިފައި ބަލަން ހުއްޓެވެ.”ދެން އެވާހަކަ ބާއްވަމާ..” ބޮލަށް އުނދަގޫ ވެގެން ނީކިޔާ ބުންޏެވެ. ޔަމްހާ އާއި ނަވްޔާ އެންމެ ރަނގަޅޭ ބުނެފައި އިށީނެވެ.

 

“މަޑު ކޮށްލާ..” ނުކްޝާން ފޯނަށް ލަމާން ގުޅަން ފެށުމުން ދުރަށް ހިނގައިގަތެވެ.”އާނ ކީކޭ..” ތަންކޮޅަކަށް ގޮސް ހުއްޓުމަށްފަހު ނުކްޝާން އަހާލިއެވެ.”އެއްކަލަ ހަމްނާ ގުޅާފި.. ބުނީ ނުކް ކައިރީ ސޮރީ ބުނެދޭށޯ..” ލަމާން ހެމުން ބުންޏެވެ.”އޭނ.. ކޮން ކަމަކާ.. އޭނަ ނުކުރޭ ސޮރީ ބުނާ ވަރުގެ ކަމެއް..” ހައިރާންވެފައި ނުކްޝާން އެހިއެވެ.”ލައިކް ވީއޭ ބުނިކަމަށް ޓަކައޯ.. އޭނަ ބޭނުމީއޯ އެކުވެރިކަން..” ލަމާން އިތުރަށް ކިޔާދިނެވެ.”އެހެން ދޯ.. ބުނޭ އޯކޭއޭ.. މިގެއަށް ޖައްސާލާށޭ ވެސް ބުނައްޗޭ.. ކީއްވެބާ މަ ނަމްބަރ އަށް ނުގުޅީ..” ނުކްޝާން ފާރުގައި ލެނގިލިއެވެ.”ނޭނގެ.. ދެން ވެސް އޭނައަށް ގުޅާބަލަ..” އެހެން ކިޔާފައި ލަމާން ފޯނު ބާއްވަން އުޅުނެވެ.”މަޑުކޮށްބަލަ އެހަށް.. ކީއްވެ މިގެއަށް ނާންނަނީ.. ނަވް މެރީ ކުރި ފަހުން މިގެއަށް ވަދެވެސް ނުލާ..” ނުކްޝާން ޝަކުވާ ކޮށްލިއެވެ.”އާނ އެއީ އަނެއް މީ.. މަ..މަ ބިޒީ ކަމުން..” ލަމާން ސިހިފައި ބުންޏެވެ.”ތިހެން ވީރު އަންނާތި މިގެއަށް ފްރީވީ އިރަކުން.. ކޮންމެހެން ވެސް މާދަމާ ހަވީރު ސަޔަށް އަންނާތި އިނގޭ… އެންމެން ހަމަ ވާނެ އޭރުން.. ހަމް އާ އައި ކައިރީ ވެސް ބުނާނަން އަންނާށޭ..” ނުކްޝާން ވިސްނާލިއެވެ. ލަމާން އޯކޭއޭ ކިޔާފައި ފޯނު ކަނޑާލި އެވެ. ނުކްޝާން ހަމްނާއަށް ގުޅާ ޚިޔާލެއް ނުކުރިއެވެ.”ހެއި.. މިއަދު އަންނަން ވީނުން މިގެއަށް.. މާދަމާ ހަވީރު ވެސް..” އެހެން ލިޔެފައި ނުކްޝާން ފޮނުވާލީ މެސެޖެކެވެ. ދެން އައިނާ އަށް ގުޅާލިއެވެ.

 

“ހައި ނުކް.. ވަރަށް ދުވަސް ވެއްޖެ ދޯ ވާހަކަ ނުދެއްކޭތާ..” އައިނާ ހީލަމުން ބުންޏެވެ.”އާނ ދޯ.. މިގެއަށް އާދެވޭނެތަ..” ނުކްޝާން ބުންޏެވެ.”އޯހ ނޯ.. އަދި ނުކް ކައިރީ ނުބުނެ ދޯ މިއުޅެނީ.. މިހާރު މިހުރީ މާލޭގައޭ…” އައިނާ ބޮލުގައި ޖަހާލިއެވެ.”ސާބަހޭ މަ ކައިރީ ނުވެސް ބުނެ އެ ދިޔައީ…” ނުކްޝާން ރުޅި އަންނަ ކަމަށް ހެދުނެވެ.”ސޮރީއޭ..” އައިނާ ހެމުން މަޢާފަށް އެދުނެވެ.”ހެހެ އެ އޯކޭ ވާނެ.. ދެން ބާއްވަނީ އިނގޭ.. އެހެން އިރަކުން ގުޅާނަން..” ނުކްޝާން ޒާއިފް މެންނާ ދިމާއަށް ހިނގައިގަންނަމުން ފޯނު ބޭއްވިއެވެ.”ކާކުތަ އެ ގުޅީ..” ޒާއިފް ހެވިފައި އެހިއެވެ.”ލަމާން އާ އައި އާ..” ނުކްޝާން ލޯ މަރާލަމުން ބުންޏެވެ.”އެހެން ދޯ..ހެހެ..” ޒާއިފް ބޯ ކަހާލިއެވެ.

 

ނުކްޝާންގެ މެސެޖް ލިބުމާ އެކީ ހަމްނާ އުފަލުން ފުންމާލިއެވެ. އަދި އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވާރާލައިގެން ރީތިވާން ފެށިއެވެ. ކަކުލާ ހަމައަށް އަރާ ހެދުމަކާއި ނޫކުލައިގެ ޖީންސްއެއް ލުމަށްފަހު ހީލްސް އަކަށް އަރައިގެން ހަމްނާ ގެއިން ނިކުތެވެ. އޭރު އެ ރީތި ތުންފަތުގައި ދުވެލާފައި ވަނީ ރީތި ހިނިތުންވުމެކެވެ. ކެތްތެރިކަމެއް ނެތް ގޮތަކަށް ހަމްނާ ރީތި ހިނގުމެއްގައި ނުކްޝާން މެންގެއާ ދިމާއަށް މިސްރާބު ޖެހިއިރު ޖޯލީގައި ސިނގިރޭޓް ބޯން ތިބި ބަޔަކު ބަލަމުންދިޔައެވެ. އެކަން އިނގުމާއެކު ހިނގުން ބާރު ކޮށްލީ އެއީ ރަނގަޅު ބަޔަކަށް ނުވާނެކަން އިނގޭތީއެވެ. ފަސްވަރަކަށް މިނެޓް ހިނގައިގެން ނުކްޝާން މެންގެއާ އަރާ ހަމަވި އެވެ. އޭރު ނުކްޝާން ޖޯލީގައި ދެ ފިރިހެން ކުދިންނާ ވާހަކަ ދައްކަން އިނެވެ.”ހެއި ހަމް.. އާދޭ..” ލޮލުގައި ހަމްނާ އަޅައިގަތުމާއެކު ނުކްޝާން އެދުނެވެ. ހީލަމުން ހަމްނާ އިށީނެވެ.”މީ ޔޫޝައު އެންޑް ޒާއިފް އިނގޭ.. މީ ހަމްނާ..” ނުކްޝާން ކިޔާދިނެވެ.

 

ހަމްނާ ގެއަށް ދާން ހިނގައިގަތީ އިރު އޮއްސޭން އުޅެނިކޮންނެވެ. އޭރުވެސް ސިނގިރެޓު ބޯން ތިބި މީހުން ތިއްބެވެ. ހަމްނާ ތަޅު ހުޅުވަން އުޅެނިކޮށް އެތަނުން މީހަކު އައިސް ކައިރީގައި ހުއްޓުނެވެ.”މަންޖޭ.. ކޮން ނަމެއްތަ ކިޔަނީ.. ހާދަ ރީއްޗޭ..” އެމީހާ ވާހަކަ ދައްކަން ފެށިއެވެ. ގަޔަށް އަތް ނުލާތީ ހަމްނާ އަޅާ ނުލައި ގޭތެރެއަށް ވަންނަން ދިމާ ކުރިއެވެ. ނަމަވެސް އެ މީހާ ހަމްނާގެ އަތުގައި ހިފެހެއްޓިއެވެ.”ޖަވާބު ދީބަލަ..” އެމީހާ ހަމްނާ އާއި ދިމަ ބަލާލިއެވެ.”އަތުން ދޫކުރޭ..” ހަމްނާ ރީތިކޮށް ބުންޏެވެ. ނަމަވެސް އެމީހާ ގޮތް ދޫނުކޮށް ހުރީއެވެ. އެންމެފަހުން އެމީހާ އަތް ފޮޅުވާލާފައި ހަމްނާ ގޭތެރެއަށް ދެމިގަތެވެ.”މޮޅު މަންޖެއެކޭ ދޯ..” އެމީހާ ހެމުން ބުނި އަޑު އިވުނެވެ.”އޭ ގޮލާ..އެއީ ފުލުހެކޭ..” އެތަނުން އަނެކަކު ބުންޏެވެ.”އެހެން ދޯ މިވީ..ނޭނގޭނެއެއްނު..” އެމީހާ ދޮރުގައި ޖަހާލަމުން ދިޔައެވެ. ހަމްނާ ފުން ނޭވާއެއް ލާފައި ގޮނޑިއެއްގައި އިށީނެވެ.

 

ނުކްޝާން ކޮޓަރިއަށް ވަތް އިރު ޔަމްހާ ކުޑަދޮރު ކައިރީގައި ހުއްޓެވެ. ދެމީހުން ކުރެ އެކަކުވެސް އަނގަން ބަހެއް ނުބުނެ ތިބީއެވެ. ޔަމްހާ ފުން ނޭވާއެއް ލާފައި ފާޚާނާއަށް ވަނެވެ. ނުކްޝާން ލެޕްޓޮޕް ލައްޕާލަމުން ސޯފާގައި އޮށޯތެވެ. ހަމްނާ އަނބުރާ އައުމުން ނުކްޝާން ހިތަށް ވަނީ ބަޔާން ކުރަން ދަތި އުފަލެއް ލިބިފައެވެ. އެހާ ރަނގަޅު އެކުވެރިއެއް ލިބޭނީ ދުނިޔޭން ވަރަށް ނަސީބު ގަދަ މީހަކަށެވެ. ޔަމްހާ ފާޚާނާއިން ނިކުތް އިރު ނުކްޝާން ސޯފާގައި އޮށޯވެ އޮތެވެ. މޫނު ފުހެލާފައި ފޯނު ހިފައިގެން ޔަމްހާ ވެސް އެނދަށް އެރިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. ނުކްޝާން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީއި ހުރީ ޒާއިފް އާއި ނަވްޔާ އެވެ.”ކިހިނެއްވީ..” ނުކްޝާން ބުމަ އަރުވާލިއެވެ.”ނުކް ދާނެނުން ނަވް ސާޖަރީ ހަދާއިރު… އެހެންވެ ޔަމް ވެސް ގޮވައިގެން ދާ ގޮތަށް ހަމަ ޖައްސަން މިއުޅެނީ.. ކޮންމެ ގޮތެއް ވިޔަސް ނުކްމެންގެ މަންމައެއް ނުހުންނާނެ.. އެހެންވެ ޔަމް އެކަނި ގޭގަ އުޅެން ޖެހޭނީ..” ޒާއިފް ވާހަކަ ދެއްކިއެވެ.”ދެން..” ނުކްޝާން މޫނަށް ގޮތެއް ހަދާލިއެވެ.”ނުކް އޯކޭ ނޫނަސް މަށާ ނީކްއާ ބޭނުން ޔަމް ގެންދަން.. މިހާރު އެއީ ވެސް އަހަރެމެންގެ ޢާއިލާ ކުއްޖެކޭ..” ނަވްޔާ ބުންޏެވެ. ޔަމްހާ ފެންކަޅިވެފައި އިނީއެވެ. ނުކްޝާން ނުރުހެންޏާ އޭނަ އަމިއްލަ އަށް ވެސް ދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ނަވްޔާ ކައިރީގައި ހުންނަން ބޭނުމެވެ.

 

“އެ އޯކޭ ވާނެ.. އަހަރެން މަޑު ކޮށްފާނަން..” ޔަމްހާ އިސްޖަހާލިއެވެ.”ނޫން ޔަމް.. ޔަމް ދާން ވާނެ..ނުކް އޯކޭ ނޫނަސް އަހަރެމެން ޔަމް ގެންދާނަން..” ނަވްޔާ ދެކޮޅު ހެދިއެވެ.”ނަވް.. އިނގޭ ދޯ މަށަށް އޭނައާ އެކީ ހަމަ ޖެހިލައިގެން ނޭވާ ވެސް ނުލެވޭނެކަން.. ބޮޑު ބަލާއެއް..” ނުކްޝާން ދަތްކުނޑި ވިކާލިއެވެ.”ނުކްޝާން!!!..” ނަވްޔާ ދެލޯ ބޮޑުކޮށްލިއެވެ. ޔަމްހާ ހިފަހައްޓައިގެން ހުރީ ކަރުނަތައް ފައިބަން ފެށިއެވެ. ނުރޯން ކުރި ހިތްވަރު ފެނަށް ވީއެވެ.”ކޮންމެ ގޮތެއް ވިޔަސް ހެޔޮ.. ޔަމްހާ ގޮވައިގެން ދާނީ..” ޒާއިފް އެހެން ބުނެފައި ކޮޓަރިން ނިކުތެވެ. ނަވްޔާ ވެސް ނުކްޝާން އަތުގައި ހިފާފައި ނެރުނެވެ.”އޭނަ ހިތަށް ކުރާނެ އަސަރު ނުކް އަށް ނޭނގެނީތަ..” ނިކުމެފައި ނަވްޔާ އެހިއެވެ.”ހެވޭ ނަވް.. ޕްލީޒް.. އޭނަ ހުރިއްޔާ މަށަށް އެންމެ ހިތްހަމަ ޖެހުމެއް ވެސް ނުލިބޭނެ.. މިހާރު އޭނަ ނަވް މެންވެސް ހަލާކު ކޮށްލީތަ..” ނުކްޝާން ބުންޏެވެ.”އަޅޭ ނުކް…އަހަރެން ވެސް މި ބުނަނީ ޕްލީޒް.. އޭނަ އަކީ ވެސް އަހަރެމެން ކަހަލަ އިންސާނެކޭ.. ޔަމްއާ ނުކް އާ އެކީ ފެންނަ ކޮންމެ ފަހަރަކު މަންމަގެ މޫނު މަތީގައި އެވާ ހިނިތުންވުން ނުކްއަށް ފާހަގައެއް ނުވޭތަ… މަންމަ ދިރި ހުރިއްޔާ ހާދަ ދެރަ ވާނެއޭ ނުކް ތިހެން ހަދަންޏާ..ކިޔާނެ އެއްޗެއް ބުނާނެ ބަހެއް ނެތް.. ނުކް އަށް ވިސްނައިދިނުމަކީ ފޫނެއް ފަޔަކަށް ފެންފުރުން ފަދަ ކަމެއް..” ނަވްޔާ ސޯފާގައި އިށީނެވެ.

 

“މަ ވަކި ކުރާނީ ކޮން ކަމެއް.. މަ ހާދަ ރުޅި އާދެއޭ އޭނަ ދެކެ.. އޭނަ މި ކައިވެނި ކުރީވެސް މަށަށް ދޮގު ހަދާ އޮޅުވާލައިގެން.. އޭނަ މަންމަ މަރުވަމުން ކުރި ވަސިއްޔަތެކޭ ކިޔައިގެން… އެހެންވެ މަގޭ ބޭނުމުގަ މަގޭ މަންމަ ވެސް މަރާލަފާ ހުރެދާނެ ނޭނގޭ ކަމަށް ހަދައިގެން.. އެހާ ނުލަފާ އިންސާނެއް ސިފައިގަ ހުރި..” ނުކްޝާން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ނަވްޔާ ނުކްޝާންގެ ފައިގައި ވިކައިގަތުމުންނެވެ.”ހެޔޮނުވާނެ އޭ.. ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެ.. އެއަށް މަޢާފު ކުރުމަކީ ރަނގަޅު ގޮތް.. އެހެން ނޫނަސް ޔަމް ކީއްވެ މަންމަ މަރާލަން ވީ.. ފުޓޭޖް ތަކަށް އަރާފައި އޮތީ ބައްޕަ ކަމަށް.. ދެން ޑޯންޓް ބްލޭމް އޮން ޔަމް.. އޭނަ މަންމަ ދެކެ އެހާ ލޯބި ވާނެ..” ނަވްޔާ ނުކްޝާންގެ އަތުގައި ހިފާލިއެވެ. ނިޝްފާ ވާހަކަ ދައްކަން ފެށުމުން ނުކްޝާން ދެރަވިއެވެ.”ދެން އެންމެ ރަނގަޅު އޭނަ ގޮވައިގެން ދިޔަޔަސް.. އެކަމަކު އެއީ މަ ހިތްހަމަ ޖެހި ގެނެއް ނޫން..” ނުކްޝާން ގޮތް ދޫކޮށްފައި ކޮޅަށް ތެދުވި އެވެ.”ދެން އެވާހަކަ ބާއްވާ.. އިނގޭތަ މި ނީކް އުޅެނީ ފާޑެއްގެ ފިރިހެން ކުއްޖެއް ގޮވައިގެން.. ބުނީ އޭނާ ކްރަޝް އޯ.. ނަމެއް ނުބުނި ކިޔާ ކިޔާ ވެސް..” ނަވްޔާ މައުޟޫ ބަދަލް ކޮށްލިއެވެ. ނުކްޝާން މޫނުމައްޗަށް ވެރިވީ ލާނެއް ހިނިތުން ވުމެކެވެ.

 

އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އަހަން ދޮރު ކައިރީގައި ހުރި ޔަމްހާގެ ދެލޯ ވަނީ ތެމިފައެވެ. އޭނާއަށް ނުކްޝާން ނަފްރަތު ކުރާކަން ވަނީ އިނގިފައެވެ. ނަމަވެސް މިހާ ރުޅި އަންނަ ކަން މި އިނގުނީ އަދި ކިރިޔާއެވެ. އޭނައަށް ހީކުރެވުނީ ރަނގަޅަށެވެ. އެ ދޮގު ނުހެދިނަމަ އެއްކޮށް ގުޅުން ރަނގަޅު ނުވި ނަމަވެސް ފުދޭ ވަރެއް ވާނެއެވެ. ރޮމުން ދޮރު ކައިރިއަށް ތިރި ވެވުނު އިރު ޔަމްހާގެ ހިތަށް ވަނީ ތޫނު ތީރުތަކެއް ހެރިފައެވެ. އެ ހުރިހާ ވެސް މައްސަލަ އަކީ އެ ދޮގެވެ. ކައިވެނި ކުރުމުގެ ކުރިން އެވާހަކަ ބުނިނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ އިރެއްގައި ލޯތްބަށް ޖޯކު ޖަހާފައި އުޅުނު ނަމަވެސް މިހާރު އޭގެ ހަޤީޤީ ހިިތިކަން އިހުސާސް ވެއްޖެއެވެ. ބޯ ކަކުލުގައި ޖައްސާލަމުން ޔަމްހާ ދެލޯ މަރާލިއެވެ.

 

“ނީކް އެތެދެއް؟؟.. ކޮބާތަ ތި ފިރިހެނަކީ..” ނީކިޔާގެ ކޮޓަރިއަށް ވަންނަމުން ނުކްޝާން އެހިއެވެ.”އަނގަފަޅި ބުނީދޯ ނުކް ކައިރީގަ ވެސް..” ނީކިޔާ ތުން ދަމާލިއެވެ.”ބުނާނެއްނު.. ދެން ކާކުތަ އެއީ..” ނުކްޝާން ދޫ ނެރެލަމުން ނީކިޔާ ކައިރީގައި އިށީނެވެ.”ނޫޅެން ބުނާކަށް.. ނޭނގެ ނުކް ރުޅި ނާންނާނެ ކަމެއް..” ނީކިޔާ ލަދުން އިސްޖަހާލިއެވެ. ނަވްޔާ އަށް ހެވުނީ އެތަން ފެނުމުންނެވެ. އެ މީހެއްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނީކިޔާ ރަކިވެ ލަދު ގަންނަ ކަން ނަވްޔާއަށް ފާހަގަ ވެއެވެ.”ދައްކާ ވާހަކަ.. މަ ރުޅި އަންނާނެތަ ނީކް ދެކެ…” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ.”އާނ އަންނާނެ އެއީ ކާކުކަން ބުނީމަ..” އެ އިން ގޮތަށް އިނދެ ނީކިޔާ ބުންޏެވެ.”ރުޅި އައިސްދާނެ ތީއެއް ނޫން ތިއުޅެނީކީ.. ހަމަ ނުބުނާނެ އުޒުރެއް ތި ދައްކަނީ..” ލާނެއް ކަމާއެކު ނުކްޝާން ދަތްދޮޅީގައި އަތް ވިއްދާލިއެވެ.”ވަރަށް ފޫހި..” ނީކިޔާ އަނގައަށް ގޮތެއް ހަދާލިއެވެ. ނަވްޔާ އާއި ނުކްޝާން ކައިރިން ކަމެއް ފޮރުވަން އުޅުނަސް ކާމިޔާބެއް ނުވާނެއެވެ.”ހަހާ ލޮލް.. ދެން ބުނެބަލަ..” ނުކްޝާން ކުރުނުކޮށް ކިޔަން ފެށިއެވެ.”ދެން ސާބަސް..” ހިންދިރުވާލާފައި ނީކިޔާ ބުންޏެވެ. ދެން ވެސް ދެމީހުންގެ އާދޭސްތަކަށް ހުއްޓުމެއް ނައެވެ. އެންމެފަހުން ނީކިޔާ ނިންމީ ބުނަންށެވެ.”އެއީ މާނު..އެއީ އޭނާގެ ނިކްނޭމް..” ދެލޯ މަރާ ބާރުކޮށްލަމުން ނީކިޔާ ޖަވާބު ދިނެވެ. އެއާއި އެކު ދެމީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

 

“ސާބަސް.. ކިހިނެއް ހުންނަ ކުއްޖެއްތަ އެއީ..” ނުކްޝާން އަނެއްކާ ވެސް އަހަން ފެށިއެވެ.”ދެން އިތުރަށް އެވާހަކަ ނުދައްކާ ބަލަ.. ވަރަށް ފޫހި..” ނީކިޔާ އަނެއް ފަރާތަށް އެނބުރުނެވެ.”ކޭ..މިހާރު މި ދެކުދިން ވެސް ބޮޑު ވެއްޖޭ ދޯ..” ނުކްޝާން ހެމުން ބުންޏެވެ.”އެއްކަލަ ދިމާކުރާ ގޯނި މީ..” ނީކިޔާ ނުކްޝާން ގައިގައި ޖެހިއެވެ.”އާނ ޔަގީން..” ދެން ވެސް ހުއްޓައެއް ނުލިއެވެ.”ހޫނ.. މަ ޤަބޫލު ކުރަމޭ މަ ބޮޑު ވެއްޖެ.. ނީކް ވެސް މިހާރު ވެއްޖެ.. ތި ކިޔާ މާނު ވިއްޔަ ބޮޑު ކޮށްދިނީ..” ނަވްޔާ އެއްބުމަ އަރުވާލިއެވެ.”ހުއްޓާބަލަ..” ނީކިޔާ ރުޅިމޫނު ހަދާލިއެވެ.”އެންމެ ރަނގަޅު..ރުޅި މަޑު ކުރޭ އިނގޭ..” ނުކްޝާން ދޫ ތަންކޮޅެއް ބޮޑަށް ނެރިލިއެވެ. ނީކިޔާ ރުޅި އަންނަ ކަމަށް ހެދެން ވެގެން ކޮޓަރިން ނިކުތެވެ. ނަވްޔާ އާއި ނުކްޝާން ވެސް ފަހަތުން ނިކުތެވެ.”މަ ވަރަށް ޓަޔަޓް.. މި ދަނީ ނިދަން..” ނުކްޝާން ބުންޏެވެ.”އާނ ދޭ.. ” ނީކިޔާ ވެސް ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

 

ނުކްޝާން ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. ކުޑަކޮށް ހުޅުވިފައި އިތުރަކަށް ނުހުޅުވުނެވެ. އަނގައަށް ގޮތެއް ހަދާލަމުން ނުކްޝާން ތަންކޮޅެއް ބާރަށް ދޮރު ހުޅުވާލިއެވެ.”މި ކޮން ކަމެއް..” ނުކްޝާންގެ ބާރު އަޑު އިވުމާއެކީ ނިދިފައި އިން ޔަމްހާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އެތާ އިނދެގެން ނިދުނުކަން ވެސް އިނގުނީ އަދި ކިރިޔާއެވެ. ހިކިފައި ހުރި ކަރުނަތައް މަތިން ޔަމްހާގެ މޫނުގައި އަތް ހާކާލިއެވެ.”ސޮރީ..” ޔަމްހާ މަޢާފަށް އެދިފައި އިސްޖަހާލިއެވެ. ދެބުމަ ގޮށްޖަހާލަމުން ނުކްޝާން ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ފަހުން ޓީޝާޓަކާއި ސޯޓެއް ލައިގެން ނިކުމެ ސޯފާގައި އޮށޯތެވެ. ޔަމްހާ ދެލޯ މަރާލާފައި އެނދުގައި އޮށޯތެވެ. އޭނަ ނެތް އިރު މި ކޮޓަރީގައި ނުކްޝާން ނިދަނީ ހަމަ އެކަނި ސޯޓު ލައިގެންނެވެ. ޔަމްހާ ހުރި އެކޭ ކިޔާފައި ޓީޝާޓު ލާން ޖެހެނީ ބާއެވެ. އޭނަ މިއުޅެނީ ނުކްޝާންގެ ހަށިގަނޑު ކާލާކަށް ނޫން ވިއްޔާއެވެ.

 

“ޒާއި.. އަހަރެން ބޭނުން ޖޮބަށް ދާން.. ހާދަ ފޫހިވާނެއޭ ގޭގަ އެކަނި އޮންނައިރު..” ނަވްޔާގެ އުނގުގައި އޮތް ޒާއިފްގެ ބޮލުގައި ފިރުމަމުން ނަވްޔާ ބުންޏެވެ.”ދެން އަޅޭ… ދުވަސް ކޮޅަކު މަޑު ކޮށްލާފަ ދާނީ.. އޮޕަރޭޝަން ކޮށް ނިމިގެން ހަމަޖެހިލައިގެން..” ޒާއިފް ދެކޮޅު ހެދިއެވެ.”އޯކޭ އޯކޭ.. އެކަމް ވަރަށް ބޭނުމޭ.. ކުޑައިރުއްސުރެ ވަރަށް ގަޔާވާ ޖޮބެއް އެއީ..” ނަވްޔާ ބުންޏެވެ.”ނަވް އޮޕަރޭޝަން ކޮށް ނިމުނީމަ ޖޮބަށް ދާންވީ.. އެކަމް ދަރިއެއް ލިބިއްޖެއްޔާ ކެނޑެން ވާނެ.. ނަވްމެންގެ މަންމަ ހުރި ނަމަ ލިބޭ ދަރިފުޅު ހަވާލު ކޮށްފަ ދެވޭނީ ވެސް..” ޒާއިފް ހިނިތުންވެލިއެވެ.”ހްމްމް.. އަސްލު ވާހަކަ އެއް ބުނަންތަ… ނުކްގެ މަންމަ އަކީ އަހަރެންގެ މަންމަ އެއް ނޫން..” ނަވްޔާ އެވާހަކަ ދައްކަން ފެށިއެވެ.”ވަޓް..” ޒާއިފް ދެލޯ ބޮޑުވިއެވެ.”ހްމްމް.. މަށާ ނީކްގެ މަންމައާ ބައްޕަ ވަނީ ނިޔާވެފަ… އަހަރެމެން ނުކްގެ މަންމައަށް މަންމަ ކިޔަނީ.. އަސްލު ނުކް އެއީ ކަޒިން އެއް..” ޒާއިފްގެ އިސްތަށިގަނޑުގައި އަތް ކާއްތަމުން ނަވްޔާ ބުންޏެވެ.”އޯހ.. ވާވް..މަ އަސްލު ވެސް ހީކުރީ ތި މީހުންނަކީ އެއްބަނޑު އެއްބަފާ ތިންކުދިން ކަމަށް..” ހައިރާންވެފައި ޒާއިފް ބުންޏެވެ.”ހެހެ.. ދެން ނިދަން އުޅެމާ..” ނަވްޔާ ބުންޏެވެ. ޒާއިފް ދެކޮޅު ހެދުމެއް ނެތި ބާލީހުގައި ބޯ އަޅާލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހިތުގެ ދިރުން (ޕާޓް 4)

Next

ކޮލެޖް ދުވަސް ތަށް 3

Next
September 21, 2021

ކޮލެޖް ދުވަސް ތަށް 3

Previews
September 20, 2021

ހިތުގެ ދިރުން (ޕާޓް 4)

4 Comments!

  1. Aminath Mai zer says:
    September 21, 2021 at 1:19 pm

    Beautiful❤️❤️❤️

    1. Baby Devil says:
      September 22, 2021 at 10:50 pm

      thankiu maiza ✨☺️?

  2. Fathimath Eevaa says:
    September 21, 2021 at 2:01 pm

    Wow.. This part is very nice

    1. Baby Devil says:
      September 22, 2021 at 10:51 pm

      glad to know eevaa..thanks ??

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 15←


All Right Reserved!