ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 17
ނީކިޔާ އެއްޗެކޭ ނުބުނެ އެނދުގައި އޮށޯތެވެ. ނަވްޔާ ވެސް އިތުރަށް ވާހަކަ ނުދައްކާ ފާޚާނާއަށް ވަނީ ވަރުބަލިވެފައިވާ ވަރުންނެވެ. ނަވްޔާ ފާޚާނާއަށް ވަތް ވަގުތު ނީކިޔާގެ ކަރުނަތައް ފައިބަންފަށައިފިއެވެ. ދެންމެ އެ ކުރި ފޯނަށް ޖަވާބު ނުދެވުނު ނަމައޭ ނީކިޔާގެ ހިތަށް އެރިއެވެ. އެންމެ ފަހުން އެހެން އޮވެގެން ކެތް ނުވާ ވަރު ވުމުން ފޯނު ނަގައި އަލުން އެ ނަންބަރަށް ގުޅާލިއެވެ. ޖަވާބު ދިނީ އަންހެން ކުއްޖެކެވެ. ފުން ނޭވާއެއް ލަމުން ނީކިޔާ ދެލޯ މަރާލިއެވެ.”ކާކުތަ ލަހޫ..” އެ އިވުނީ މާނުގެ އަޑެވެ.”ނީކް ޖަހާފަ އިނީ.. އަނެއްކާ ކާކުތަ..” އެ އަންހެން ކުއްޖާ އަހާލިއެވެ.”އާނ އެއީ ދޯ.. ފްރެންޑެއް..” އާދައިގެ ރާގަކަށް އެހެން ބުނި ވަގުތު ނީކިޔާ ފޯނު ކަނޑާލިއެވެ.”ލަމާން..” ކަރުނަތައް ފޮހެމުން ނީކިޔާއަށް މަޑުމަޑުން ގޮވާލެވުނެވެ.
**17 ވަނަ ޕާޓު**
“ކޮން މާނެކޭ މަންޖޭ؟؟..” ފާޚާނާއިން ނިކުތެވެ.”ނޭނގިގެން އޭނަގެ ފުލްމޭން ކިޔުނީއޭ..އަޅާ ނުލާ ދެން..” ބަލައިލުމެއްނެތި ނީކިޔާ ކޯ މަރާލިއެވެ. ނަވްޔާ ވެސް އެނދަށް އަރަން އުޅެނިކޮށް ޔަމްހާ ކޮޓަރިއަށް ވަނެވެ. އޭރު އެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ.”ހާދަ އުފާވެފަ..” ނަވްޔާ އަހާލި ގޮތުން ޔަމްހާ އިސްޖަހާލިއެެވެ.”ހްމްމް މަންމަމެންނާ މީޓް ވީމަ އުފާވާނެތާ.. ދޮންބެއާ ނީޝީ އާ އެކަނި މިކޮޅުގަ ނެތީ..” ޔަމްހާ ޖަވާބު ދިނީ މަޑުމަޑުންނެވެ.”އޯހ.. ދެން ނިދަން އުޅޭ އަވަހަށް..” ޔަމްހާ ހީކުރިގޮތާ ޚިލާފަށް ނަވްޔާ ހިނިތުންވެލިއެވެ. ހިތަށް ހަމަޖެހުން ލިބުމުން ނިދަން ލާނެ އެއްޗެއް ހިފައިގެން ޔަމްހާ ފާޚާނާއަށް ވަނީ ފެންވަރާލުމަށެވެ.
“އޭއީ ހޭލަބަލާ..” ޒާއިފްއަށް ހޭލެވުނީ ނަވްޔާ ގޮވާއަޑަށެވެ.”ހްމްމް ކިހިނެއްވީ..” ގަޑި ބަލާލަމުން ޒާއިފް ފުންމައިގެން ތެދުވިއެވެ. ކަމަކުދާކަށް ނެތެވެ. ބާރަ ޖަހައިފި އެވެ. ޑޮކްޓަރ އަށް ދައްކަން ދާން އޮތީ ދޭއް ޖަހާއިރެވެ. ނަވްޔާ ނުތަނަވަސްވާނެ ވަރު އެނގޭތީ ޒާއިފް ނަވްޔާ ގޮވައިގެން ހެނދުނު ބޭރަށް ނިކުންނާނެ ވާހަކަ ބުނެފައި ވާކަން ހަނދާންވީ ދެނެވެ.”ނަވް އައިމް ރިއަލީ ސޮރީ..” ޒާއިފް ކަންބޮޑުވުމާއެކު މަޢާފަށް އެދުނެވެ.”އެ އޯކޭ ވާނެ..” ނަވްޔާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތެވެ. ފުން ނޭވާއެއް ލަމުން ޒާއިފް އެނދުން ތެދުވީ އެކެއް ޖަހާއިރު ގެއިން ނިކުންނަން ހިތުލައިގެންނެވެ.
އެދުވަހު ޑޮކްޓަރ އަށް ދެއްކުމުން އޮޕަރޭޝަން ކުރަން އެންގީ ރޭގަނޑެވެ. ނަވްޔާ އަށް އެ ގަޑި މާ އަވަސް ނަމަވެސް ޒާއިފް އަށް އެވަރު ވެސް ލަހެވެ.”ނަވް މަ ބޭނުން ނަވް އަވަހަށް ރަނގަޅު ވާން..” ރެސްޓޯރެންޓެއްގައި އިނދެ ޒާއިފް ވާހަކަ ދެއްކިއެވެ. ނަވްޔާ އިތުރު އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.”މަށަށް ދޯ މި ކޭކް..” މޫޑް ރަނގަޅު ކޮށްލާހިތުން ޒާއިފް ބުނެލި އެވެ.”ހެޔޮ ގެންދޭ..” ނަވްޔާ ތުން ދަމާލިއެވެ. ޒާއިފް ހެވިފައި އޭގެން އެތިކޮޅެއް ކައިލިއެވެ. ދެމީހުން ގެއަށް ދިޔައިރު އިރުވެސް އޮއްސިއްޖެއެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ނަވްޔާ ވެސް އޮޕަރޭޝަން ކޮށްގެން މާލޭގައި މަހެއް ވަރު މަޑުކުރަން ޖެހުނެވެ. ކުދި ކުދި ކަންތައް މަތިން ހަނދާން ނެތުމާއި ބޮލުގަ ރިއްސުމަށް ނަވްޔާ އާދަވިއެވެ. ކުރިއެކޭ އެއްގޮތަށް ޔޫޝައު އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ރޭވުން ކާމިޔާބު ވާނެ އިރަކަށެވެ. ހެޔޮ އެދޭ ކަމަށް ހެދިގެން މަދުވެގެން ދެތިން ދުވަހު ގުޅައި ނަވްޔާމެންގެ ޙާލު ބަލައެވެ. ނަވްޔާ މެން ހިނިތުންވުމާއެކު ޖަވާބު ދޭއިރު ޔޫޝައުގެ ރަނގަޅު މަޤްޞަދެއް ނެތްކަން އިނގެނީ ޔަމްހާއަށް އެކަންޏެވެ. ޔޫޝައު ގުޅާ ކޮންމެ ފަހަރަކު ޔަމްހާ ބިރާއި އެއްވަރަށް ރުޅި ވެސް އާދައެވެ. އަނބުރާ ރަށަށް ދާން ޖެހުނު ދުވަހަކީ ޔަމްހާ ޖެހިލުންވުން ދެގުނަވި ދުވަހެކެވެ.
އެދުވަހު ރަށަށް ދިއުމުގެ ކުރިން ފިހާރައަކަށް ވަންނަން ވެގެން ގެއިން ނިކުތް ނުކްޝާން ހުއްޓުން އެރީ ކުރިމަތިން މީހެއްގެ ގައިގައި ޖެހުމުންނެވެ.”ސޮރީ..އަހަ..” ނުކްޝާން ބުނަން އުޅުން ޖުމްލަ މަޑުޖެހުނީ ތޮތްޕެއް އަޅައިގެން ޖީންސް އަކާއި ޓީޝާޓެއް ލައިގެން ހުރި އާޒިމް ފެނުމުންނެވެ. މީހާގެ ޒުވާންކަން ދައްކަން އަޅާފައި ހުރި ހެދުމުން ނުކްޝާން ދަތްކުނޑި ވިކުނެވެ.”ލޯންގް ޓައިމް ނޯ ސީ.. ނަސީބެއްނު އަތުވިކަން..” ހިތާމަވެރި ހިނިތުންވުމަކާ އެކީ ނުކްޝާން އާޒިމްގެ އަތުގައި ބާރަށް ހިފާލިއެވެ. ނުތަނަވަސްކަމާ އެކު ހިންދިރުވާލަމުން އާޒިމް އުޅުނީ އެތަނުން ދާންށެވެ.”ނުދެވޭނެ ތިހާ ފަސޭހައިންނެއް.. ދާން އުޅެފިއްޔާ ވަށައިގެން ތިބި އެންމެންނަށް އަޑު އިވޭވަރަށް ބުނާނަން ތީ އާޒިމް އޭ… ވޯންޓެޑް ލިސްޓުގަ އޮތް މީހެއް ފެނުނީމަ ކިހާ ހިތްހަމަ ޖެހޭނެ އެމީހުން ވެސް..” މަޑުމައިތިރިކަމާ އެކު ނުކްޝާން އެހެން ބުނުމުން އާޒިމް އިތުރަށް ޖެހިލުންވިއެވެ.”ސޮރީ އަހަރެން ދާން ވެއްޖެ..” ހުރިތާ ހުރެ އާޒިމް ބުންޏެވެ. ނަމަވެސް ނުކްޝާން އެއަށް އަޅާ ނުލައި އެދުނީ އޭނައާ އެކީ އައުމަށެވެ. ކޮންމެ ގޮތެއް ވިޔަސް ސަލާމަތް ވެވެން ނެތުމުން އާޒިމްއަށް ޖެހުނީ ނުކްޝާން ފަހަތުން ދާންށެވެ.
އާޒިމްގެ މައްސަލަ ނިމުމުން ނުކްޝާން ހިތަށް ވެރިވީ އާދަޔާ ޚިލާފް ހިތްހަމަ ޖެހުމެކެވެ. އާޒިމް އާ ދިމާވުމުން ފުރާ ތާރީޚު ވެސް ލަސްކޮއްލީއެވެ. “ވެލްކަމް ބެކް..”ރަށަށް ފޭބުމާއެކު ސަލާމް ކޮށްލަމުން ޔޫޝައު ހިނިތުންވިއެވެ. ޔަމްހާ އާއި ސަލާމް ކުރަން އަތް ދިއްކުރި އިރު އެ މޫނުމަތީގައި ވަނީ ޖެހިލުންކުޑަ ކަމެވެ. އުނދަގުލުން ޔޫޝައު އާއި ސަލާމް ކޮށް އަވަސް އަވަހަށް ދަމައިގަތް އިރު ނުކްޝާން މެން ތިބީ ދެބުމަ ކައިރިކޮށްލައިގެންނެވެ.”ވަރަށް އުފާ ވެއްޖެ ނުކްމެންގެ މަންމައަށް އިންސާފު ހޯދުނީމަ..” ޔޫޝައު ހިނިތުންވުމުގައި ހުރެ ބުނެލިއެވެ. ވީ ފޫހިން ޔަމްހާ ކަޅި އަޅާލިއެވެ. ނުކްޝާން ކައިރީގައި ކިތަންމެ ދޮގު ވާހަކަ އެއް އެނައޭ ކިޔައިގެން ދެއްކިޔަސް ނުކްޝާން ގަބޫލު ކުރާނީ ޔޫޝައުގެ ވާހަކަ ތަކެވެ. އާޒިމް ޖަލަށް ލުމަށްފަހު ޔަމްހާގެ ކުށެއް އެ މައްސަލައިގައި ނެތްކަން އިނގުނު ނަމަވެސް ނުކްޝާންގެ ހިތް ޔަމްހާ އަކަށް ސާފެއް ނޫނެވެ.
“ދެން ދިޔައިއްޔޭ އިނގޭ.. ވަރަށް ޓަޔަޑް..” ނުކްޝާން ގެއަށް ވަނެވެ. ދެތިން މަހު ގޭތެރެއަށް ނުވަދެ ހުރުމުން ފުދޭވަރަކަށް ހިރަފުސް އެބަހުއްޓެވެ.”ނިދޭކަށް ނެތޭ.. އަވަހަށް އުޅޭ ސާފު ކުރަން..” ކިނބިއްސެއް އަޅާލަމުން ނީކިޔާ ބުންޏެވެ.”ދެން…” ނުކްޝާން އަށް އެވާހަކަ އިވުމުން އިތުރަށް ކަންނެތް ވިއެވެ. އިތުރު ގޮތެއް ނެތުމުން ނުކްޝާން ވެސް ނަވްޔާ މެންނާ އކެީ ގޭތެރެ ސާފުކުރަން ފެށިއެވެ. ކިނބިހި އެޅޭ ވަރުން އެންމެން ވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. ގަޑީރެއް ހާއިރު ތެރޭ ގޭތެރެ ސާފު ކުރުމަށްފަހު އެންމެން ފެންވަރައިގެން ނިދަން ޖައްސާލިއެވެ. އެނދުގައި ޖެހުނު ކަމެއް ނޭނގި ނިދިއްޖެއެވެ.
އަދިވެސް ނުހޭލަނީ ދޯ އެމީހުން..” ނިދައި ހޭލައިގެން ކުޑަކޮށް ފެންވަރާލައިގެން ނިކުމެ ނަވްޔާ ވަނީ ކަގެއަށެވެ. އޭރު ޔަމްހާ ހުރީ ޕާސްތާ ހަދާފައެވެ.”ހާދަ އަވަހަކަށް ތި ކެއްކީ.. މަ އަދި މި އައީ ކައްކަންށޭ.. ހެހެ ޝުކުރިއްޔާ ދެން.. އެބަ އަންނަން ނުކްމެން ގޮވައިގެން..” ހިނިގަނޑެއް ޖަހާލަމުން ނަވްޔާ ނިކުތެވެ.”އޭއި ހޭލަބަލަ..” ނުކްޝާން ކަންފަތުގައި ހިފަމުން ނަވްޔާ ހަޅޭއްލަވައި ގަތެވެ.”އާތްތް ތަދުވެއްޖޭ..” ނުކްޝާން ފުންމައިގެން ތެދުވެ ގަޑި ބަލާލިއެވެ.”ކީއްވެ ނުގޮވީ..މިހާރު ރޭގަނޑު އެވީ..” ޝަކުވާ ކުރަމުން ނުކްޝާން ފާޚާނާއަށް ވަނެވެ.”ކީއްކުރަން ގޮވަނީ..ނިދިގަދަ ވެގެން ގޮސް ނިދަންމިޔަރަކަށް ވެދާނެ ވިއްޔަ..” ބާލީސްތައް ރީތީ ކޮށްލަމުން ނަވްޔާ ކޮޓަރިން ނިކުތެވެ.
“އައްދެ މި މަންޖެ ނުވެސް ނިދަނީތަ…” ނީކިޔާ އަށް ގޮވަން ބަލާލި އިރު ސީލިންގް އަށް ބަލަހައްޓައިގެން ނީކިޔާ އޮތީ ޚިޔާލެއްގައެވެ.”އެ..އޭނ ނޫން.. ދެންމެ ހޭލެވުނީ.. ހިތަށް އެރީ އިރުކޮޅަކުންނޭ ތެދުވާނީ..” ސިހިފައި ނީކިޔާ ބަލާލީ ނަވްޔާއަށެވެ.”ހޫމް ތިހެންވީރު އާދޭ ކާން..” ނަވްޔާ އެހެން ބުނެފައި ދިޔައެވެ. ރަށަށް އައި ފަހުން ޚަބަރެއް ބަލާލާކަށް ލަމާން ނުވެސް ގުޅައެވެ. އެކަހަލަ ޚިޔާލު ތަކެއްގައި އޮއްވައި ފޯނު ރިންގްވާންފެށި އެވެ.”ލަމާން؟..” ވީ އުފަލާ އެކީ ނީކިޔާ ފޯނު ނެގިއެވެ.”ޑިއާ ސޮރީ އިނގޭ.. އަސްލު ރަށެއްގަ ހުރީމަ ޚަބަރެއް ނުވަނީ.. މި ހުޝާންގެ ވައިފް ކުރިން ނީކް ގުޅި ތަނާ ފޯނު ނެގީ.. އެދުވަހު ލަހޫ އަތުން ފޯނު ވެއްޓި ހަލާކު ވެގެން އިއްޔަ ފޯނެއް ގަނެވުނީ… ފުރަތަަމަ ހީކުރީ ނީކްގެ ނަމްބަރ ގެއްލުނީ ކަމަށް އެކަމް އެއްކަލަ ނަމްބަރ ލިޔެފަ އިން ގަނޑުކޮޅު ފެނިއްޖެ..ނީކް ކިހިނެއްތަ… މި ނުކް ވެސް ވަރަށް ޝަކުވާ ކުރާނެ އަދި… ނީކް ހާސްވިތަ އަހަންނަށް ކަމެއް ވީކަމަށް ހީކޮށް.. ކޮބާތަ ނަވް މެން..” ލަމާން އެހާ ދިގު ޖަވާބެއް ދިނުމުން ނީކިޔާ އަށް ހެވޭ ގޮތް ވިއެވެ. ހީވީ ލޯބިވެރިޔަކު ޝައްކު ކުރާތީ ބުނާ ކަހަލަ އެއްޗެއް ބުނި ހެންނެވެ.
“ހަމަ ޖެހިބަލަ މާނޫ.. އެހެން ދޯ.. އަސްލު މަ ހީކުރީ މާނުގެ ލޯބިވެރިޔާއޭ އެ ދުވަހު އެ ވާހަކަ ދެއްކީ.. އަހަރެން ރަނގަޅު ނަވް މެން ވެސް ނުކް ވެސް ހަމަ ރަނގަޅު.. މަ ހާސް ވާނެ ވަރު އިނގޭނެ މާނު އަށް.. މަ ހީކުރީ މާނު މަ ދެކެ ރުޅި އައީ ކަމަށް..” ނީކިޔާ ޖަވާބު ދިނެވެ.”އަޅޭ ޖޭ ވީތަ ލަހޫ އަކީ މަގޭ ޖީއެފް ކަމަށް ހީކޮށް.. އޯވވ އަދި ކިރިޔާ މި އިނގުނީ ލޯބި އަށް ޖެލެސް ވާން އިނގޭ ކަން..” ލަމާން ލާނެއް ރާގަކަށް ބުންޏެވެ. ނީކިޔާ ލަދުން އިސްޖަހާލިއެވެ. ދެވަނަ ސިކުންތުގައި އެއީ ސަމާސާއެއްކަން ހަނދާން ކުރަމުން ހަމަޖެހިލިއެވެ.”އެއްކަލަ މާނު.. ދެން ނޭނގޭނެ ހުއްޓާކަށް..” ނީކިޔާ އެހެން ބުނުމުން ލަމާން ހިނިގަނޑެއް ޖަހާލިއެވެ.”ދެން އެހަށް ރެސްޓް ކޮށްލާ.. ނުކްއަށް ގުޅަން ވެއްޖެ.. ފުރަތަމަ ވެސް މަ މި ގުޅީ ލޯބި އަށޭ ކެތް ނުވެގެން.. ” ލަމާން ހީލިއެވެ.”ހޫމް ދެން ސާބަސް.. ބާއި..” ނީކިޔާ ފޯނު ކަނޑާލި އިރު އެ މޫނުމަތީގައި ވަނީ ލަދުރަކި ހިނިތުން ވުމެކެވެ. އެ ސަމާސާ ކިތަންމެހާވެސް ނީކިޔާއަށް ކަމުގޮސްފިއެވެ.
ޔަމްހާ އަށް އޮޅިގެން ކުރެވުނު ކަމަކަށް އެއްޗެހި ކިޔަން ހުއްޓައި ނުކްޝާން އަށް ލަމާން ގުޅަންފެށިއެވެ. ފެންކަޅިވެފައި ހުރެ މޫނުގައި އަތް އަޅާލަމުން ޔަމްހާ ނޭފަތް ދަމާލިއެވެ. އޭރު ނުކްޝާން ކޮޓަރިން ނުކުމެގެން ގޮސްފިއެވެ.”ހައި ހައި ޔަމޫ..” އެވަގުތު ދޮރު ކައިރިއަށް ހުއްޓިލީ ޔޫޝައު އެވެ.”ޔޫޝައު..” ޔަމްހާ ދެލޯ ބޮޑުވެ މޫނުމަތިން ބިރުވެރިކަން ފެންނަން ފެށިއެވެ.”އާނ ހަމަ ގޮވާނުލާ ނުހުރެވެނީއޭ ދޯ.. ހީކުރީތަ މާލެއިން ފިލައިގެން އައީމަ ދެން އަހަންނަށް ނުފެންނާނެއޭ އެނ؟!..” ހަރުކަށި އަޑަކުން ޔޫޝައު ސުވާލުކޮށްލިއެވެ. ރޮވެން ކައިރިވެފައި ޔަމްހާ ދެފަރާތަށް ބޯ ހޫރާލިއެވެ.”މަގޭ ކައިރިން ސަލާމަތް ވާނޭކަމަށް ދޯ މެރީ ކުރީ..ވާވާ މޮޅޭ ދޯ. އެކަމު ހަނދާން ކުރާތި..!!” ޝަހާދަތް އިނގިލި ދިއްކޮށްލުމަށް ޔޫޝައު ޒާތަކަށް ހީލިއެވެ.”ޔަމް ވަރަށް އަވަހަށް އާދެބަލަ..” އެވަގުތު ނަވްޔާ ގޮވާލިއެވެ.”ހުއް!! އަވަހަށް ދާންއުޅޭ ދެން.. ވާހަކަ ދައްކާނަން ފުރުސަތު ލިބުނީ ވެސް ހާދަ ހާލަކުންނޭ..” ޖީބަށް އަތް ޖަހާލަމުން ޔޫޝައު އައި ދިމާއަށް އަނބުރާ ހިނގައިގަތެވެ. ޔަމްހާ އަވަސް އަވަހަށް ނަވްޔާ ކައިރިއަށް ދާން ނިކުތެވެ.
“އައްސަލާމް ޢަލައިކުމް..” ހިނގަ ހިނގާ ހުރި ޔޫޝައު ފަހަތް ބަލާލީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. އަވަހަށް ސަލާމް ބަލައިގަންނަމުން ޔޫޝައު އެދުނީ ވަންނަންށެވެ.”ސުދާ ކީއްކިރަނީ މިތާ..” ނުކްޝާން ދެބުމަ ކައިރިކޮށްލިއެވެ. ސުދާއަށް ޔޫޝައު ފެނުމާއެކީ ތިރިން މައްޗަށް ބަލާލިއެވެ.”ރީތިހާ ފިރިހެނުންނާ ދިމާއަށް ބެލޭތޯ ބަލާތި! ނިކުމޭ..” ނުކްޝާން ހަޅޭއްލަވައި ގަތެވެ.”ހާދަ ހެއްވައޭ.. ނުކްޝާން އެއް ނޫން މަ މިގެއަށް ވެއްދީކީ… ވެއްދި މީހަކު ނެރެން ވެސް ޖެހޭނީ..” ޔޫޝައުއަށް ބަލާލަމުން ސުދާ ބުންޏެވެ. ނުކްޝާން އައި ރުޅީގައި ސުދާ އާއި ދިމާއަށް ހިނގައިގަތެވެ.”ނުކް ނުކް..” އޭރުވެސް ފޯނުން ލަމާން ގޮވާއަޑު އިވެއެވެ. ސުދާ ބިރުން ގެއިން ނިކުންނަން ދުއްވައިގަތެވެ.”އެހާ ފިނޑި މީހެކޭ..” ފާޑަކަށް ހިނިގަނޑެއް ޖަހާލާފައި ނުކްޝާން އިށީނީ ސޯފާގައެވެ.
“ބަލާއެއްކަހަލަ މީހެކޭ އެއީ.. މަށަށް އޭނަ ފެނުން ޔަމްހާއަށްވުރެ ކުރިން އެކަމަކު އެހެރީ ހިތުން މަށާ ޖައްސާލައިގެންނޭ.. ހިތަށް އަރާ.. ދެން ނޭނގެ ބުނަން ވެސް..” ސްރީލަންކާގައި އިން ނީޝާ ނިމާން ކައިރީގައި ބުންޏެވެ.”އެއްކަލަ ޖޭ ވާ މަންޖެ..” ސަމްހާ ފާޑަކަށް ބަލާލިއެވެ.”ކަލޭމެން މަށާ ދެކޮޅު ވަނީތަ..” ނުރުހުމާއެކު ނީޝާ ދަތްކުނޑި ވިކާލިއެވެ.”ހޫމް.. ޓު ބީ އޮނެސްޓް.. މަށަކަށް ކަމަކު ނުދޭ ނީޝާ އުޅޭގޮތެއް. އަބަދު ކޮންމެވެސް މީހަކާ ހިތްހަމަ ނުޖެހިފަ ނޫނީ ކޮންމެވެސް ތަނެއްގަ ހަމަނުޖެހުން އުފައްދުމަކީ ނީޝާއަށް ވާޖިބެއްހެން ހީވަނީ. އެކަމަކު މިފަހަރު ވިސްނާލަބަލަ އަމިއްލަ ދައްތައާއޭ ތި ހަސަދަވެރިވީ.. ނުކްޝާން ނޫނަސް މި ދުނިޔޭގަ އެބަ އުޅެއޭ އެހެން ފިރިހެނުން ވެސް. ޔަމްހާ އަށް ގެއްލުން ދިނުމުގެ ޚިޔާލު ދޫކޮށްލާފަ އެހެން ފިރިހެން ކުއްޖެއް ހޯދާބަލަ. އެމީހުން އެ ތިބެނީ ޗާންސްއެއް ނުލިބިފަ..” ސަމްހާ ކޮޅަށް ތެދުވިއެވެ.”ކަލޭ ތީ ކާކުތަ މަށާ ޒުވާބު ކުރަން.. މަށަށް މުޅި ރާއްޖޭގަ އަތްފުނާ އަޅައިގެން ވެސް ފެނުނު އެންމެ ރީތި މީހަކީ ނުކްޝާން!! ކިތަންމެ ފުރިހަމަ މީހަކު ފެނުނަސް އެއްކޮށް ފުރިހަމައެއް ނޫން.. އެކަމަކު ނުކްޝާން.. އެހާ ރީތި.. އެހާ ދިގު.. ނޫކުލައިގެ ލޯ.. ލައިޓް ސްކިން.. ޕާފެކްޓް ވޮއިސް.. ބިއުޓިފުލް ސްމައިލް..” ނީޝާ ފުން ނޭވާއެއް ލިއެވެ.”ތީގެން އެއްވެސް ސިފައެއް އަމިއްލަ މީހާގެ ގައިގަ އެބަ ހުރިތަ.. ނުކްޝާން ވެސް ބޭނުން ވާނީ އޭނަ ކަހަލަ ރީތި އަންހެން ކުއްޖެކޭ.. ނިޝާ އެއްވެސް މޭކަޕެއް ނުކޮށް ތި ލެންސް ނުލައްވާ ހުއްޓަ ފެނިއްޖެއްޔާ؟..” ނިމާން އަށް ވެސް ސަމްހާ އާއި އެއްބައި ވެވުނެވެ.”ގޯޑް!! މިމީހުން ކޮންޗެއް ފެނިގެން މަށާ ދެކޮޅަށް މި ވާހަކަ ދައްކަނީ..” ހިތްހަމަ ނުޖެހުނުވަރުން ނީޝާ ހަޅޭއްލަވައި ގަތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


