ބީރައްޓެހިކަން
ބޭބެވީ ބޭރުތެރޭގައެވެ. އެކުވެރިންނާއެކު އެވެ. މަންމަ އާއި ބައްޕަ ވަޒީފާގެ ބުރަައިގައެވެ. ވަލާ, އޭނާގެ އާންމު ތަންހާވެރިކަމުގެ ތެރޭ ޓީވީ ބެލުމުގައެވެ. އިސްކޫލުން އާދެވުމާއެކުހެން, ހަވީރާހަމައަށް ހިއްސުތައް ދޫކޮށްލެވިފައިވަނީ އެކަމަކަށެވެ. އެއްވެސް ޤަވާއިދެއް ނެތެވެ. ބޭބެ އުޅޭނަމަ ދެ ކުދިން އެކުގައެވެ. އަދި ބައެއްފަހަރު ސަކަރާތްތަކުގައި ބެހިވެދެއެވެ. ހަވީރާ ގާތްވުމުން މަންމަ އަައިސް ނޫޑުލުސް ކަހަލަ އެއްޗެއް ހަދައިދޭނެ އެވެ. ނޫނީ ބޭރުތެރެއިން ކޮންމެވެސް ކެއުމުގެ ބާވަތެކެވެ. ނޫނީ ފުރިޖުގައި އަދި ތެއްޔާގައި ހިތް އެދޭ އެއްޗެއްވި ނަމަ އެ ތަކެއްޗަކުން މުއްތިކަން ފިލުވުމެވެ. ކެއުމަކީ އަބަދުވެސް ކުރާހިތްވާ ކަމެކެވެ. ރަހަތަކުގެ ތަފާތު ދެނަގަތުމެވެ. އަދި ވައްޓަފާޅީގަައި މިޤުދާރެއް ފެތުރުއްވުމެވެ.
މަންމައާއި ބައްޕަ ގޯހެއް ނޫނެވެ. ވަލާ, އަދި ދެ އަހަރު ދޮށީ, 17 އަހަރުގެ ބޭބެ އަށް ޚަރަދުކުރުމުގަަައި ފަސްޖެހުމެއް ނުދައްކައެވެ. ވަޒީފާގެ ބުރަތަކުގަަައި އަވަދިނެތި އުޅެމުންދަނީ ހަމައެކަނި އެ ދެ ކުދިންނަށްޓަކާ ފަދަ އެވެ. އެކަމަކު އެހެންނެއް ނުވާނެތާ އެވެ. ޚަޒާނަވީ ގޮތުން އެ ފޯރުކޮށްދެވޭ މުހިންމުކަމަކުން ޢަޤަލުގެ ކުޑަވެސް ފިކުރާތަކަކަށް އަމާންކަމެއް އިހުސާސްވެރި އެއް ނުކޮށްދެވުނެވެ. ސަހުޝިއްޔަތު ބިނާކުރުވުމަކަށް އިޝާރާތްވެރިކަމެއް ނެތެވެ. މާ ބޮޑަށް މިނިވަންވެވިފަ އެވެ. މަންމަމެން އެމީހުންގެ އަމިއްލަ ހާލަތްތަކައިގެން ނަފުސުތައް ބަނދެވިފަ އެވެ. ވަލާ އާއި އޭނާގެ ބޭބެ, ލީމް, އެމީހުންގެ އަމިއްލަ އަފުރާދުތަކުގެ ޚިޔާލާތުތަކުގައެވެ.
………….
‘ އަހަރެމެންނަށް ލިބިފައިވި ދެ ކުދިންނަކީ ރަނގަޅަށް ވެސް މޮޔަވެފައި ހުރި ބަޔެއް. ‘ މަންމަ ކާމޭޒުދޮށުގައި އިނދެ ބައްޕަ ގާތު ބުނާ އަޑު އިވުނެވެ. އެއިރު ވަލާ ހުރީ ސިންކޮދޮށުގަަައި ތައްޓެއް ދޮންނާށެވެ. މަންމަ އެ ދައްކަނީ ކޮން ވާހަކައެއްކަން ވަލާ އަށް ފަސޭހަކަމާ އެކު ނަގައިގަނެވުނެވެ.
އިސްކޫލުގައި ދެ ކުދިންގެ އަމަލުތައް ހަމައިން ނެތިފައިވާ އުސްލޫބަކުންނެވެ. ރުޅިގަދަ ކަމެކެވެ. ކުދިންނަށް ވަށްބަހުން އެއްޗަތި ބުނެ ޖައްސާލުމެވެ. ތަޅާފޮޅުންތައް ފަށުވައިގަތުމެވެ. ހިތްހަމަނުޖެހެވުމުން ކުއްޖެއްގެ ގަޔަށް ފޮތެއް އެއްލާ އަނިޔާވެރިވުމެވެ. މިއީ ފަސްއަހަރުގެ ވެސް އާދަތަކެވެ. އެއިރަކު ހިއްސުވެރިކަމެއް ނެތެވެ. މިހާރު ފާހަގަކުރެވެއެވެ. އެކަމަކު އަޞްލިއްޔަތެއް ފަހުމެއް ނުކުރެވެއެވެ. އަދި މަތަކުރުމުގެ ދަރަސްވެރިކަމެއް ނުގެނެވުނެވެ.
މިއީ މަންމަމެންގެ ކުށެވެ. ހުދު އެމީހުންނަށް ވެސް އެނގެއެވެ. މާމަައިންނާއި ކާފަައިން އެބަޔަކު ތަރުބިއްޔަތު ކުރެވިފައިވި ތަބަޢަތުވީ ދެފުށްޖެހިވިފަ އެވެ. މި ހުރިހާ އަސަރުތަކެއް މިއަދު ތަޢުމީރު މިކުރަނީ އެ ދެ މަައުސޫމުންނެވެ. މިއީ ޖީނީޔާތެއް ނޫނެވެ. މާހައުލުގެ ތަފުސީލުތައް ޖީލުތަކަށް ދިގުލާކުރުމެވެ. ނަމަވެސް ގަސްތަކާނުލަ އެވެ. ވެދާނެކަމެއް ހެއްޔެވެ.
………..
‘އާހހގގ.. މުޅި ދުނިޔޭގަވެސް އެންމެ ރުޅިއަރުވާ އަޑަކީ ކުޑަކުދިންގެ އަޑު.’ ރެސްޓުރޯންޓެއްގެ ތެރެއިން އިވުނު ކުޑަކުއްޖެއްގެ އަޑަކާ އެކު ބޭބެ, ލީމް, ވަލާ ގާތު ބުނެލި އެވެ. ފަކުރުވެރިކަމެއް މޫނުމަތިން ފައުޅު ކުރަމުންނެވެ. ވަލާ އަށް ހީގަނެވުނެވެ. އެކަމަކު އެއީ ކޮންފަދަ ރަޙުމުކުޑަ ކަމެއް ހެއްޔެވެ. އެންމެ ނުވަ މަހުގެ ފުއްގަނޑެކެވެ. އެއީ ރޮއުމުގެ އަޑެއްވެސްމެ ނޫނެވެ. މަައުސޫމީ ހުނުމުގެ އަޑެކެވެ.
ތެދެކެވެ. ޚުލުޤުންގެ ފިތުރަތުގައި ދަރިމައިވެ އާބާދީ އާލާ ކުރުމަކީ ޠަބަޢިއްޔަ އެދެވުމެކެވެ. ނަމަވެސް އެ ގެނުވާ ބައެއް މަދު މުޚުތަލިފުތަކަކީ އެވެ. އަދި އެ ފަތުރުވާ އަސަރިއްޔަވަންތަ ކަމަކީ އެވެ. ވިސްނުންތައް މާފުނަށް ޣަރަޤުކުރެވިފައިވީ އެވެ. ތަހުޒީބު ފުނޑުކުރެވޭ މިންވަރަށެވެ. އެބަޔެއްގެ އަމިއްލަ ގޮތްތަކުގައި ހިފެހެއްޓެވުމެވެ. އަދި ޖުރުމުވެރިކަމެއް ނުފެނުމެވެ.
……………..
މަންމަ އާއި ބައްޕަ އަށް ދަރިން ބޭނުންވި އެވެ. ނަމަވެސް ހޯދީ ބޭނުންވެގެންނެއް ނޫނެވެ. މިއަދު ވިލާ އަދި ލީމް ވެސް އެ ހަޤީޤަތުގަައި ރަނގަޅަށް ހިފައިފި އެވެ. މިއީ ހަތް އަހަރު ފަހެވެ. ވިލާ މީހަކާ އިނދެގެން އުޅޭތާ ހަތަރު އަހަރެވެ. ކުއްޖަކު ހޯދަން ބޭނުންނުވާ ފިރިއަކާ އެކު އެވެ. އަދި ލީމް, ވަރިކޮށް ދަރިއަކު ލިބިފައިވި އަންހެނަކާ އެކު ދެ އަހަރެވެ. އަމިއްލަ ދަރިފުޅަކަށް ނުއެދި ހުށައެޅުވުމަށްފަހު އެވެ. ސަބަބަކީ, ދެ މީހުން ވެސް ޢާއިލާ އެއް އޮތުމަށް ފޫހިކުރުމެވެ. އުޅުމަށް ތަބީޢަތު ތަންދެވިފައިވީ ދުރުހެލިކޮށެވެ. ބީރައްޓެހިކަމެއްގައެވެ.
(ނިމުނީ)
4 Comments!
Comments are closed.


basthatha thila kamun gos vara samaaluvegen hure Allu ge vaahaka aharen kiyanee.. vara molhu.dhivehi bas vara mussadhi. jumla thakakun bastha athuralumugai vara kulhadhaana. v habeys
Thanx v much ?
Story thereya vadgevifa hunnani hama fashaaira. Basmoshun therikan v molhu. Keep up the awesome work. Really appreciate that someone is written dhivehi stories like this.
Thanks. ?