ތަގުދީރުގެނިޔާ
“ހަމަ މިހާރު މިގެއިން ނިކުމޭ ތިހިރީ ވަން ދޮރު ހަމަ މިވަގުތު މިތަނުން ރައްކާވޭ.” އަލީކް ގެ އެއްވެސް ކުށެއްނެތި އޭނާ ގެއިން ބޭރު ކޮއްލަނީއެވެ. މަންމަ އަސްމާ ގެ ހަރުކަށި ބަސްތަކުން އަލީކްގެ ހިތް ކުދިކުދި ވިފަދައެވެ. ގެއިން ނެރެނުލުމަށް އެދި އަލީކް މަންމަ އަސްމާގެ ދެފައިގައިހިފައި އާދޭސް ކުރިއެވެ.
“ކޮންހާ ބޭކާރު ހާސަރުތަކެއް ދަމާކަށް. އަހަރެން މިކިޔާ އެއްޗެއް އަލީކްއަށް ހަމަ ނޭނގެނީތަ. ނޫނީ ނޭނގޭކަމުގައި ހެދެނީތަ. އަހަރެންނަށް ބެލޭނެ ވަރަށް އަހަރެންނަށް އަލީކް ބެލިއްޖެ. ދެން ނުވާނެ. ކަލޭގެ ބައްޕަ ކަލޭ އަހަރެންގެ ބޮލައް ޖަހާފައި އެ ދިޔައީނު އެހެން އަންހެނަކާއި އިނދެގެން. ކަލޭ ވެސް އަހަރެންގެ ކުރިމަތިން ދާންއުޅޭ.” އަސްމާ އަމުރުކުރިއެވެ.”މަންމާ އަޅެ އަހަރެންނަށް ތިހެން ނުހަދާ. އަހަރެން ބައްޕަ ކައިރިޔަށް ނުދާނަން. މަންމަ އަހަރެން ގެއިން ބޭރުކޮށް ނުލައްޗޭ. އަޅުގަނޑު ވަކިދާނީ ވެސް ކާކު ކައިރިޔަށް” އަލީކް އަށް ރޮވެންފެށުނެވެ.
މަންމަގެ ނިންމުން ބަދަލުކުރާނެ ނަމައޭ އަލީކްގެ ހިތައް އަރަމުން ދިޔައެވެ. އަނެއްކާވެސް އަސްމާ ހަޅޭލަވަން ފެށިއެވެ. “މި ބުނީނު ދާށޭ. އަހަރެންނަކަށް ދެން އަލީކް ނުބެލޭނެއޭ. އަލީކް މިގެއިން ދިޔުމަށްފަހު އަނބުރާ އަހަރެން ހޯދަން އޮޅިގެންވެސް ނާންނާތި. މިއަދަށްފަހު އަހަރެންގެ އަލީކް ކިޔާ ދަރިޔަކު ނުހުންނާނެ. ސާފުވެއްޖެ.” އަލީކްގެ އާދޭހާއި ރުއިން އަސްމާގެ ލޮލަށް ނުފެންނަ ފަދައެވެ. އަލީކްގެ އަތުވަޅީ ހިފައިދަމާ ގެއިން ބޭރަށްނެރެ ބަންލާފައި ގޭގެ ދޮރު ލައްޕާލިއެވެ.
އެއޮތް ބޮޑު މާލޭގައި އަލީކް ގޮސް ވަންނާނެ ވަކިތަނެއް ހުރީކީ ނޫނެވެ. ނަމަވެސް މަންމަ ގެއިން ބޭރުކޮއްލުމުން ކޮންމެވެސް ބޯހިޔާވެހިކަމެށް ހޯދަން އެބަޖެހެއެވެ. އަލީކް ދާނެވަކި މަންޒިލެއް ނެތި ކުރިޔަށް ފިޔަވަޅުތައް އަޅަމުން ހިނގަންފެށިއެވެ. ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. އާއިލާރޫޅި މުޅި ދުނިޔެއަށް ގިނަވީތީ އެވެ. މަންމަގެ ހިތުގައި އޭނަޔާއި މެދު ކުޑަނަމަވެސް ރަހުމެއް ނެތީތީ އަލީކްގެ ހިތުގައިޖެހުނެވެ.
އެއްކުލާ ހެއްގައި ކިޔެވި ރަފާފް އާއި އަލީކް އާއި ދިމާވީ މަގުމަތިންނެވެ. “އަލީކް މިއޮތް ފަދަ ހޫނު އަވީގަ މިތާ ކޮންވަޑާމެއް.” އަލީކް އެކުވެރިޔާ ރަފާފަށް ފެށިގެން ނިމެންދެން ކަން ހިނގައިދިޔަ ގޮތް ކިޔައިދިނެވެ. “ގުޅާބަލަ ބައްޕަޔަށް. ރާއްޖޭން ބޭރުގަ އުޅުނަސް އަލީކް މަންމަ ގެއިން ނެރެލީމަ ބައްޕަޔަށް ވާނެދޯ އަންގަން. މިއޮތީ ފޯނު ގުޅާބަލަ ބައްޕަޔަށް. އަހަރެން ފުރަން އަންނަ ބުދަ ދުވަހު މެޑިސިން ކިޔަވަން މެލޭއަށް. ބައްޕަ ކައިރީ ބުނޭ އަލީކް ކިޔަވަން ފޮނުވަބަލާށޭ އަހަންނާއި އެކު.” ރަފާފް ދިއްކުރި ފޯނުގައި އަލީފް ހިފިއެވެ.
ބައްޕާ އަލީކް ހިތްވަރުކޮށްފައި ބައްޕަ އާއި ވާހަކަ ދެއްކިއެވެ. މަންމަ ގެއިން ބޭރުކުރި ވާހަކަ ކިޔައިދިނެވެ. އަލީކް ގެ ނަސީބް ވަރަށްވެސް ރަނގަޅެވެ. ރަފާފް އާއެކު ކިޔަވަން ދާން އަލީކް އަށް ފުރުސަތު ހޯދަދޭނެކަމުގެ ޔަގީންކަން އަލީކް އަށް އޭނާގެ ބައްޕަ ދިނެވެ. އަލީކް ﷲއަށް ހަމްދުކުރިއެވެ. އަދި މަންމައަށް ހެޔޮވިސްނުންދެއްވުމަށް އެދި ދުޢާ ކުރިއެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މަންމަ ވާނީ މަންމަ އަށެވެ. އަލީކް އެވަރު ދަނެއެވެ. ދިހައަހަރުފަހެވެ. އަލީކް އަކީ މިހާރު ހިތުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ޑޮކުޓަރެކެވެ. މެލޭޝިޔާގައި ކިޔެވުން ނިއްމާލުމަށްފަހު އަލީކް އަނބުރާ މާލެ ބަދަލުވިއެވެ.
މަންމަ އަސްމާ ހޯދުމަށްޓަަކއި އަލީކް މަސައްކަތް ކުރަންފެށިއެވެ. އަލީކް އޭނާގެ މަންމަ ދިރިއުޅޭ ގެއަށް ވެސް ދޔައެވެ. އެހެނަސް މިހާރު އެގޭގައި މަންމަ ނޫޅެއެވެ. އެގޭގައި ދިރިއުޅެނީ ކުއްޔަށް އެތަނުގައި ދިރިއުޅޭބައެކެވެ. އަލީކް މާޔޫސްވާގޮތް ވިއެވެ. އެހެނަސް މަންމަ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ޑިޔުޓީ ނިއްމާލުމަށްފަހު މަންމަ އަސްމާގެ ފޮޓޯގަނޑެއް ހިފައިގެން އަލީކް މަގުތަކުގައި މީހުންނާއި ސުވާލު ކުރުމުގައި ހޭދަކުރެވެ.
އަލީކެގެ މަސައްކަތައް ކުރިއެރުމެށް ނުލިބެއެވެ. އެހެނަސް އޭނާގެ ހިތް ބުނަނީ މަންމަ އަސްމާ އަދި ފެންނާނެ ކަމަށެވެ. ވިއްސާރަ ދުވަހެކެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ދޭތެރެޔަކުން ވިދާލުމަށްފަހު ގުގުރިވެސް ކޮންމެވެސް ވަރަކަށް ޖަހަމުން ދިޔައެވެ.ޑިއުޓީއަށް ދިޔުމަށް ތައްޔާރުވެ ކޮފީތައްޓެށް ބޯން އަލީކް އިނީ ގޭގެ ސިޓިންރޫމް ސޯފާގައެވެ. ވާރޭކޯޓު ލުމަށްފަހު ސައިކަލުގައި އަލީކް މިސްރާބު ޖެހީ އޭޑީކޭ އަށް ދިޔުމަށްޓަކައެވެ.
މަގުތަކުން ދުއްވާ އެއްޗެހި ފެންނަނީ ވަރަށް މަދުންނެވެ. އޮފީސްތަކަށް ދާން ނިކުމެއުޅޭ ބައެއް ނޫނީ މަގުމަތިން ނުފެނެއެވެ. އަލީކް އަށް ޑިއުޓީ ފެށުމުގެ ކުރިން ނަސީބަކުން އޭޑީކޭ އާއި ހަމަޔަށް އާދެވުނެވެ. ހޮސްޕިޓަލުގެ އެމެޖެންސީ ބައިން ނުކުމެގެން އަންނަ މުސްކުޅި ފުރައިގެ ފިރިހެނެއް ފޯނު ކަންފަތުގައި ޖަހައިގެން އަންނަތަން ފެނި އަލީކް އަށް މަޑުޖެހިލެވުނެވެ.އެ މުސްކުޅިބޭބެ ކޮންމެވެސް ތަނަކުން ފެނުނުހެން ހީވާތީއެވެ.”ޑޮކުޓަރުން އުއްމީދު ކަނޑާލައިފި. އަސްމާގެ ދަރިފުޅު ވީތަނެއް އެނގޭ މީހަކު ނެތް. އަހަރެން އެކަނި މިއުޅެނީ ހޮސްޕިޓަލުގަ. ރުހާމް އަލީކް ކިޔަވަން ބޭރަށް ފޮނުވި ވާހަކަ އަޑުއެހިން . އެ ދަރިފުޅު ހުރިނަމަ އަސްމާގެ ހާލު މިހާދަށެށް ނުވީސްކަން ޔަގީން. ދެން ބޭއްވީއޭ. ފަހުން ގުޅާނަން.” އަލީކް އެމީހާއާއި ވާހަކަ ދައްކަންފެށިއެވެ.
އެ މީހާގެ ވާހަކަތަކުން އެނގުނީ އަލީކްގެ މަންމަ މަރާއި ހަނގުރާމަ ކުރަމުންދާކަމެވެ. އަލީކްގެ ލޮލުން ކަރުނައައީ އެއްވެސް އިހުތިޔާރަކާއި ނުލައެވެ. އަލީކް ދުވެފައިގޮސް އަވަސް ފަރުވާދޭ ވޯޑަށް ވަނެވެ. އަނަރޫފަވެ ވަރުދެރަވެފައިވާ މަންމަގެ ހަށިގަނޑު ފެނުނު ހިނދު އަލީކްގެ ހިތް ބުރިބުރިވި ފަދަ އިހުސާސެއް ކުރެވުނެވެ. މަަންމާއޭ ކިޔައި ރޮމުން އަލީކް އަސްމާގެ ގައިގައި ބައްދާލިއެވެ.” މަންމާ މީ އަލީކްއޭ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. މަންމަ އަޅުގަނޑު ގެއިން ނެރެލުމުން ބައްޕަގެ އެހީތެރިކަމާއެކު މެލޭއަށް ދިޔައީ. މަންމާ މަންމަގެ މި ދަރިފުޅަކީ މި ހާރު ޑޮކުޓަރެށް. މަންމާ ވާހަކަ ދައްކަބަލަ.” މަންމަ ހޯދަން ހާދަ މަސައްކަތެއް ކޮށްފީމެވެ.
ވަރަށް އުނދަގުލުން އަސްމާ ވާހަކަ ދައްކަންފެށި އެވެ. “ދަރިފުޅާ މަންމަޔަށް މާފުކޮށްދީ. މި މަންމަ އަކީ ކުށްވެރިޔެށް. މަންމަޔަށް ނޭނގި އަރައިގަނެވުނު ފާފަޔަކުން މަންމަގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔަ. ﷲ ނަހީކުރައްވާފައިވާ ކުށަކަށް މަންމަޔަށް އަރައިގަނެވުނު. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެއިޑުސް ބަލީގެ ޝިކާރަޔަކަށް މަންމަ ވެގެންދިޔަ. މަންމަގެ ހިތް ދަރިފުޅަށްޓަކައި ކުލުނުން ފުރުނު. އެހެނަސް މަންމައަށް ބަލި ހާލަތުގަ ދަރިފުޅު ނުބެލޭނެތީ ދަރިފުޅު ގެއިން ނެރެލީ. ހިތުން ގިސްލާ ރޮމުން. ދަރިފުޅަށް މަންމަ ހެޔޮގޮތްވާން އެދޭތީވެ. މަންމަގެ ބަލި ހާލަތު ދަރިފުޅަށް ސިއްރުކުރިން. ދަރިފުޅާ މަންމަޔަށް މާފުކޮށްދީ. އާދޭސްކުރަން. މިނިކަމެތި މަންމައަށް މާފުކޮށްދީ.” ހަގީގަތް ސިއްރުވެފައި އޮތުމަށްފަހު އަލީކް އަށް ހުރި ހާކަމެށް އެނގި ސާފުވިއެވެ.
ހިތުގައި އެއްވެސް ބުރަކަމެށް ނުބާއްވައި އަލީކް މަންމައަށް ހިތުގެއަޑިން މާފުކުރިއެވެ. އަލީކް ގެ މާފް ލިބުނީތީ އަސްމާ އުފާވިއެވެ. ދަރިފުޅު އަލީކްގެ ބޮލުގައި ބޮސްދީގެން އޮވެ އަސްމާ މިދުނިޔެ ދޫކުރީއެވެ. އަލީކް ހިތާމަ ކުރިއެވެ. މަންމަގެ އޯގާތެރިކަމަށް އެދިއެދި ހުއްޓައި މަންމަ އެހާއަވަހަށް ވަކިވެދިޔައީތީއެވެ. އެހެނަސް މަންމަ ސިއްރުކޮށްގެން އުޅުނު ބޮޑު ސިއްރު މަންމަގެ ކިބައިން އެނގި ހާމަވީތީ އަލީކް އުފާވެސް ވިއެވެ. މަންމަގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ ހިޔާވެހިކަން މަންމައަށް ދެއްވުން އެދި އަލީކް ދުޢާކުރިއެވެ.ޖަންނަތުން މަންމަޔާއި ބައްދަލުވުމީ އަލީކްގެ އުއްމީދެވެ.
އެހެނަސް އަލީކް ހިތުގައި ށަކުވާ ވިއެވެ. މަންމަ އެފަދަ ބޮޑުކަމެށް އޭނަޔަށް ސިއްރުކުރީތީއެވެ. ހުރިހާކަމެށް އެނގުނު ހިނދު މާލަސް ވެއްޖެއެވެ. އެހެނަސް ކުރާނެކަމެއް ނެތެވެ. ތަގުދީރުގައި ކަންތައް ވާނެ ގޮތެއް އަހަރެމެންނަކަށް ނޭނގޭނެއެވެ. އެކަމެށް ހިނގައި ނިމުމުން މެނުވީއެވެ. ދަގުދީރުގެ ނިޔާއަށް ބޯލަނބައި ކިޔަމަންވުމީ އަހަރެމެން ކުރަންޖެހޭނެ ކަމެކެވެ. ރުހުނަސް ނުރުހުނަސް މެއެވެ.
One Comment
Comments are closed.


MA reega ??. V salhi. Masha allah