ހެޔޮ ރަޙުމަތް 1
އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ އިސްކަމެއްދީގެން ކުރެވޭ އެއްކަމަކީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމެވެ. ކިޔެވުމުގެ މަރުޙަލާގައި، އަޙުލާގީ އަދި ދީނީގޮތުން މޮޅެތި އަދި ރަނގަޅު ކުދިންތަކެއް ތަރުބިއްޔަތުކުރުމުގެ ބޭނުމުގައެވެ. މި ވަގުތީ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިވެ އީމާންތެރިކަމާއެކު އެ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތުން މި ދުނިޔޭގައި އެއްވެސް އިންސާނަކަށް އެ މީހަކަށް ތަހައްމަލު ނުކުރެވޭވަރުގެ ތަކުލީފެއް އެކަލާނގެ ނުޖައްސަވާނެއެވެ.
‘ހަމަކަށަވަރުން މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.’
މިއަދު އަހަރެން މި ދުނިޔެއަށް އެކަނި ދޫކޮށް އަހަރެންގެ މަންމައާއި ބައްޕަގެ ފުރާން ވަނީ ޢެކަލާނގެ ޙަޟުރަތަށް ގެންދަވާފައެވެ. ފަގީރު އާއިލާއަކަށް އުފަން އަހަރެންނަކީ މިއަދުވެސް އަތްމަތި ތަނަވަސް މީހަކީމެއްނޫނެވެ. ނަމަވެސް، ކުރިމަތިވި އެތައް ގޮންޖެހުންތަކާކުރިމަތިލުމަށްފަހު މިއަދު އަހަރެންނަށް މިވަނީ މާތް ﷲ ގެ ހެޔޮ ރަޙުމަތުން ފާގަތި ދިރިއުޅުމެއް ލިބިފައެވެ.
ހޫނުކަން ގަދަ ދުވަހެކެވެ. ބަނޑުހައިކަން ވެރިވެފައިވިހާލު ކާނެ އެއްޗެއް ހޯދުމަށްޓަކައި އަހަރެން ނުކުތީމެވެ. ނަމަވެސް، އަހަރެންނަށް ކާއެތިކޮޅެއް ދޭނޭ އެކަކުވެސް ނުވިއެވެ. ވަރަށް ދުރަށް ހިނގުނުފަހުން އަހަރެންނަށް ދަނޑުބިމެއް ފެނުނެވެ. އެ ދަނޑު ބިމުން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އަދި، އެ ދަނޑުވަނީ އެކި ބާވަތުގެ މޭވާތަކުން ޖަރީކުރެވިފައެވެ. އެ ދަނޑުގައި ހެދިފައިވާ މޭވާތައް ފެނި އަހަރެންގެ ހައިހޫނުކަން އިތުރުވިއެވެ. އިތުރަށް ކެތްކުރާނޭ ހިތްވަރު އަހަރެންގެ ހަށިގަނޑުން ނެތުނެވެ. އެދަނޑުން އެންމެ އަވަހަށް އަތުޖެހުނު މޭވާއެއް ނަގައި ކާލީމެވެ. އެ އާފަލުގެ ފޮނި ރަހައިން އަހަރެންގެ ކަރުހިއްކުން އެއްފަހަރުން ފިލުވާލިއެވެ. ބަނޑު ފުރުނު ކަހަލައެވެ. މެއަށް ފިނިކަމެއް ލިބުނެވެ.
ކައިނިމި ހަމަޖެހިލުމުން އަހަރެންގެ ހިތަށް އެރިއެވެ “އަހަންނަށް މި ކުރެވުނީ ކީއްބާ؟ އަހަންނަށް މި ކެވުނީ މީހެއްގެ ބުރަ މަސައްކަތުން ހައްދާފައިވާ މޭވާއެއް… އޭނާގެ ހުއްދައެއްވެސް ނެތި…” އަހަންނަށް ޢަމަލުކުރެވުނު ގޮތާމެދު ދެރަވެ ޖެހިލުންވިއެވެ. އެހެންކަމުން، ކުރެވުނު ގޯސް އަމަލަކުން މަޢާފް ލިބިގަތުމަށް އެ ދަނޑުގެ ވެރިފަރާތަކީ ކާކުތޯ ހޯދުމަށް އަހަރެން ވަރަށް މަސައްކަތްކުރީމެވެ.
ވަރަށް ގިނަ މީހުން ގާތު ސުވާލުކޮށް އޮޅުންފިލުވީމެވެ. “އެ ދަނޑަކީ ކާކުގެ ދަނޑެއްކަން އެނގޭތަ؟” އަހަރެންގެ މި ސުވާލަށް ޖަވާބުގައި މީހަކު ބުންޏެވެ. “އެއީ އެ ގޭގަ އުޅޭ މީހާގެ ދަނޑެއް.” ދަނޑާ ދުރުނޫން ހިސާބެއްގައި ފަނުން ހަދާފައި ހުރި ކުޑަ ގެއެއް އަހަރެންނަށް ދެއްކިއެވެ.
އަހަރެން އަވަސްވެގަތީ އެ ގެއާ ދިމާއަށެވެ. އެ ގެއާ އަރާ ހަމަވުމަށްފަހު، ދޮރުގައި ދެ ފަހަރު ޓަކިޖަހާލީމެވެ. އެހިނދު، ލަސްތަކެއް ނުކޮށް އެ ގޭގެ ދޮރު ހުޅުވާލީ އުމުރުން ދުވަސްވެފައިވާ ފިރިހެނެކެވެ. އަހަރެން ވަގުތުން އެދުނީމެވެ. “އަހަރެންނަށް މަޢާފުކުރޭ، އަހަރެންނަށް ތިބާގެ ދަނޑުން އާފަލެއް ކެވިއްޖެ. ތިބާގެ ރުހުމަކާނުލާ. އަހަރެންނަށް މަޢާފު ކޮށްދީ.”
ޖަވާބުގައި އޭނާ ބުންޏެވެ. “ނުކުރާނަން. އަހަރެން މަޢާފެއް ނުކުރާނަން.” ނުތަނަވަސްވެފައިވި ހިތަކާއެކު އަހަރެން އެދުނީމެވެ. “އަހަރެންނަށް ކެވުނީ އެންމެ އާފަލެއް. އަހަރެންނަށް މަޢާފުކޮށްދީ.” ނަމަވެސް، މަޢާފެއް ނުކޮށްދޭނަމޭ ބުނެ އެ މީހާ ގެއަށް އެނބުރި ވަނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Ma sha allah .. vrh vrh vrh rythi .. waiting for next part ingey.. i love these kind of strys.. nd i’m happy that i commented first on this stry..
Waiting
?
I am happy to know it was to your liking. i hope many readers like my stories. and there is good news for u, Hijoo. The second part will be uploaded very soon IA. ?