Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ވަކިވީއެ މިހަޔާތާ

Fathimath Athifa Hussain Level 210 Stories
June 3, 2020 3 Mins Read
4 Comments

އިކާން  އާއި އަހަރެން ދިމާވީ ރައްޓެއްސެއްގެ  އުފަންދުވަހުގެ ޕާޓީއެއްގެ ތެރެއިންނެވެ. ފުރަތަމަ ނަޒަރުންވެސް އިކާންގެ ރީތިކަމަށް ތައުރީފް ކުރެވުނެވެ. ކުރުކޮށް ކޮށާލެވިފަ އިވާ  އިސްތަށިގަނޑަކާއި ދިގުކޮއްފަވާ ތުނބުޅި ފެނި އަހަރެންނަށް ފުރަތަމަ ނަޒަރުންވެސް އިކާން ވަރަށް ކަމުދިޔައެވެ. ކަސްރަތީ ހަށިގަނޑެކެވެ. އިކާން އަށް ޓަކައި  އަހަރެންގެ ހިތުގައި ވިންދު ޖަހަންފެށި އެވެ. އިކާންގެ ހުއްދަޔަކާއި ނުލައެވެ.

ޕާޓީ ތެރޭގައި އިކާންވެސް އަހަރެންނަށް ބަލަމުން ގެންދިޔަދިޔަތަން އަހަންނަށް ފެނުނެވެ. ރަކި ހިނިތުންވުމަކާއއެކު އިރުއިރުކޮޅާ އަހަރެން ހުރިދިމާލަށް ބަލާލައެވެ. އެރޭގެ ޕާޓީ އަށްފަހު ދެމަސް ދުވަސް ފަހުން އަހަރެންނަށް އިކާން ފެނުނީ ވިލިމާލެ ފެރީތެރެ އިންނެވެ. އިކާން  އަހަރެންގެ ގާތުގައި އިށީދެލި އެވެ. “ތީ ރަމްޝާގެ އުފަންދުވަހުގެ ޕާޓީން ފެނުނު ކުއްޖާދޯ. ކޮންނަމެށް ކިޔަނީ.? އެކަނިމާ އެކަނި ތިއުޅެނީޔޯ. ކޮބާ ބޯއީ ފުރެންޑު?. ބައިދަވޭ އަހަރެންގެ ނަމަކީ އިކާން.”  އިކާން ވާހަކަ ދައްކައި ނިމުމުން  އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

“އަހަރެންގެ ނަމަކީ ޔުމްނު. އިކާން އާއި އަލުން ދިމާވާނެ ކަމަށް އެއްގޮތަކަށްވެސް އުއްމީދެއް ނުކުރަން. އެކަމަކު ދިމާވީތީ އުފާވެއްޖެ.  އަހަރެންގެ ނުތިބޭނެ މާގިނަ ރަ އްޓެހިންނެ އް. ރަމްއާއި ވަރަށް ކުލޯޒްވާނެ. ދެން ވިލިނގިލީގަ މިވަގުތު ދިރި އުޅެނީ. ޑިއުޓީ ނިންމާލާފަ މިދަނީ.  އަދި ބޯއީ ފުރެންޑެއް ނުހުރޭ އަހަރެންގެ.” އަހަރެން ބުނެދިނީމެވެ. އެދުވަހުގެ ބައްދަލުވުމަށްފަހު އިކާން އަހަރެންނާއި ވަކިވީ އަހަރެންގެ ފޯނުނަންބަރު ހޯދައިގެންނެވެ.

އިކާން އަހަންނަށް ފުރަތަމަ ކުރަންފެށީ މެސެޖެވެ. ހާލު ކިހިނެ އްތޯ އާއި ކައިފިންތޯ އަހައި މެސެޖު ކުރެއެވެ.މަޑުމަޑުން ދެކެވޭ ވާހަކަ އިތުރުވާން ފެށި އެވެ. ރޭގަނޑު ގުޅައިގެން ވާހަކަ ދެކެވެން ފެށުނެވެ. ދެމަސްދުހު ވާހަކަ ދެކެވުނެވެ. އަހަރެން ދިޔައީ އޮފީސް ދަތުރަކު ލަންކާއަށެވެ. އަހަރެން ދެރަވިއެވެ. އިކާން އާއި ވާހަކަ ދައްކާލެވެނީ މަދުފަހަރަކުއެވެ. އުޅެން ޖެހޭލެއް ބުރަކަމުންނެވެ. އިކާން އަހަރެން ގާތުގައި ރައްޓެހިވާން އެހީ ލަންކާގައި  އަހަރެން ހުއްޓަ އެވެ. އަހަރެން ޖަވާބުގައި އާއެކޭ ބުނީމެވެ.

އިކާންގެ މީހަކަށް ވުމަށް އަހަރެން  އެދިއެދި ހުންނަތާ ކިތަންމެ ދުވަހެކެވެ. އެންމެފަހުން  އަހަރެން އިކާންގެ މީހަކަށް ވީއެވެ. ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރީ މާލެ ދެވޭނެ ދުވަހަކަށެވެ. އިކާން އާއި ބައްދަލު ކުރާހިތުން ހުރެވެނީއެއް ނޫނެވެ. ދެހަފުތާ އަށްފަހު  އަހަރެން  އޮފީސް ދަތުރު ނިއްމާފައި މާލެ އައީމެވެ. އިކާން  އަހަރެން ބަލައި  އެއާޕޯޓަށް  އައިސް ހުއްޓެވެ. ރަތްކުލައިގެ ފިނިފެންމާ ބޮނޑި އެއް އިކާން އަހަރެންނަށް ދިއްކޮއްލި އެވެ. “ވެލްކަމް ބެކް ޕުރިންސެސް. ދެކޭހިތުން ކެތްކޮއްލެވުނީ ހަމަ ކިރިޔާ. އައިލަވްޔޫ ބޭބީ. މިސްޑުޔޫ މިލިއަން ޓައިމުސް.” ހިނިތުންވެ ހުރެ  އަހަރެން ވާހަކަ ދައްކަންފެށީމެވެ.

އަހަރެން މާ ބޮޑަށް މިސްވި އަސްލު. ކިރިޔާ ކެއްކޮއްލެވުނީ. ފައިނާލީ އައި އޭމް ބެކްޓުޔޫ. އައި ލަވްޔޫ ޓަންސް. އަހަރެންގެ ގައިގައި އިކާން ބާރަށް ބައްދާލި އެވެ. އަދި އަހަރެންގެ ނިތުގައި ލޯބިން ބޮސް ދިނެވެ. އިކާން އަހަރެންގެ ހަޔާތައް އައިތީ  އަހަރެން ޝުކުރުވެރިވަމެވެ. އިކާންގެ ލޯބި ދާއިމަށް ލިބުމަގީ އަހަރެންގެ އުއްމީދެވެ. އަހަރެންގެ ފޮށި ނަގައިގެން ފެރީތަކާއި ދިމާލަށް ދިޔުމަށް  އަހަރެންނާއި އިކާން މިސްރާބު ޖެހީމެވެ.

ޖޫން މަހުގެ ދެވަނަ ދުވަހަކީ އިކާންގެ  އުފަންދުވަހެވެ. ވުމާއެކު އަހަރެން އިކާންގެ  އުފަންދުވަސް ފާހަގަ ކުރަން ތައްޔާރުވީމެވެ. ކޭކެއް އަޅައި އިކާންއަށް ދޭނެ ގިފްޓެއް ތައްޔާރުކުރީމެވެ. ބާރަ ޖަހަން މާގިނަ ވަގުތެއް ނެތެވެ. އަހަރެން  އިކާން އަށް ގުޅާފައި ވިލިނގިއްޔަށް އައުމަށް  އެދުނީމެވެ. ވަަރަށް މުހިންމު ވާހަކައެއް ދައްކަން  އޮތްކަމުގައި ބުނަމުންނެވެ. އިކާންގެ ފޯނަށް  އަހަރެން ގުޅަންފެށީމެވެ. އެހެނަސް ފޯނަކަށް ޖަވާބެއް އިކާން ނުދެއެވެ.

ގަޑިން ބާރަގަޑި ވިހި ވިއިރުވެސް އިކާންގެ ހަބަރެއް ނުވިއެވެ. ތަކުރާރުކޮށް ގުޅުމުންވެސް  އިވެނީ އެއްޖަވާބެކެވެ. އިކާން ފޯނުނުނަަގައެވެ. އަހަރެން ކަންބޮޑުވާން ފެށިއެވެ. ކުއްލި އަކަށް ފޯނު ރިންގުވާން ފެށި އެވެ. ގުޅީ ރަމްޝާ އެވެ. “ޔުމްނު އިކާން އެކުސިޑެންޓު ވެގެން ހޮސްޕިޓަލުގަ މިތިބީ. ހާލު ވަރަށް ދެރަ. ޔުމްނު އާދޭ އަވަހަށް. އައި.ޖީ.އެމް.އެޗްގަ އަހަރެމެން މިތިބީ. ޔުމްނު  އާދޭ.” އަހަރެންގެ ލޮލުން ކަރުނަ އައީ އެއްވެސް  އިހުތިޔާރަކާއި ނުލައެވެ. އިކާންއަށް ދެރަގޮތެއް ނުވުން އެދި ހިތުން ދުޢާ ކުރެވެން ފެށުނެވެ.

އަހަރެންނަށް ހޮސްޕިޓަލަށް ދެވުނުއިރު އިކާންގެ  އާއިލާ މީހުންވެސް އެތަނުގައި ތިއްބެވެ. ރަމްޝާ  އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ކެތްތެރިވުމަށް އަހަންނަށް ނާސޭހަތްތެރިވި އެވެ. އަހަރެންނަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. ލޮލުން ކަރުނަ  އަންނަންފެށީ އަހަރެންގެ އިހުތިޔާރުން ބޭރުގައެވެ. ޑޮކުޓަރު އެމެޖެންސީ ބައިން ނުކުމެ ވާހަކަ ދައްކަންފެށި އެވެ. “ސޮރީ ވީ ކާންޓު ސޭވް ހިސް ލައިފް. ހީ އިޒް ނޯމޯ.” އަހަރެން އަޑުން އަޑުނަގައި ރޯންފެށީމެވެ.

އިކާން އަހަރެން އެކަނިކޮއްފައި ދިޔައީއެވެ. އަހަރެންގެ ހަޔާތުން ވަކިވެގެން ދިޔައީއެވެ. އިކާންގެ މޫނު ދެކިލަން ދިޔަވަގުތު  ބަޔާންކުރަންދަތި ރިހުމެއް މޭގައި އުފެދުނެވެ. ލޮލުން ކަރުނަ އައީ ދެން ދުވަހަކުވެސް އެސޫރަ ނުފެންނާނެކަން އިނގޭތީ އެވެ. އެމޫނު ފެނުމުން  އަހަރެމެން ހޭދަކުރި އުފާވެރި ދުވަސްތައް  އަހަރެންގެ ލޯކުރިމަތިން ސިފަވާންފެށީ ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. ހިތްފުރެންދެން އެލޮބުވެތި މޫނުގައި ބޮސްދިނީމެވެ. ދުނިޔެއިން ވަކިވެގެންދިޔަ ނަމަވެސް އިކާންގެ ހަނދާންތަކުން ދުވަހަކު މިންޖުވުމެއްނެތެވެ. އިކާންގެ ލޯބި ޖަންނަތުގައި ލިބުމަކީ އަހަރެންގެ އެދުމެވެ. އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ. ފަހެ އާޙިރަތް ދުވަހުން ބޭނުންވަނީ ލިބުމޭ. އަދި ޖަންނަތުން މާތްވީ ޔާރާ މަގޭ ލިބުމޭ. އިކާންގެ ލޯބި އަހަރެންނަށް ލިބޭނެ އެވެ. އަހަރެންގެ ދުޢާއަކީ އެއީއެވެ. އިކާންގެ ހަނދާނުން އަހަރެން މިންޖުވެދާނެ ހެއްޔެވެ. އެލޯބި އަހަރެންގެ ހިތުން ފަޑުވެގެން ގޮސްދާނެ ހެއްޔެވެ. އަހަރެން ހިތްވަރުކުރާނަމެވެ. ދިރިއުޅުމާއިގެން ކުރިޔަށް ދިޔުމަށް އަޒުމުގައި މަސައްކަތްކުރާނަމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ނުފިލާނޭ މިހިތަކުން… 8

Next

އީޝަލް (6ވަނަ ބައި)

Next
June 3, 2020

އީޝަލް (6ވަނަ ބައި)

Previews
June 3, 2020

ނުފިލާނޭ މިހިތަކުން… 8

4 Comments!

  1. =) says:
    June 4, 2020 at 8:26 pm

    wow very nice story..

    1. Fathimath Athifa Hussain says:
      June 4, 2020 at 11:43 pm

      Thanks dear?

  2. X says:
    June 7, 2020 at 2:36 pm

    Cool… <3
    It makes me sad tho'`

  3. Anonymous says:
    September 21, 2020 at 5:53 pm

    Vrh reethi story eh mee…maashaa allah… This is somethin which happened in my life also. Not the exact accident.. But very similar… Now im a mother of 2 twin babies and having gud husband also.. Inshaa allah vrh ufaaveri dhiriulhumeh mi ulheny…

Comments are closed.



All Right Reserved!