އަތުގައިވާ ގަޑިއަށް ބަލަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ހިނގަމުން ދިޔައީ ރަށުގައި ފޯނު ކުރުމަށް ބެހެއްޓިފައިވާ ފޯނު ބޫތާއި ދިމާއަށެވެ. އާޒިމް ގުޅާނެ ކަމަށް ބުނެފައިވާ ގަޑިއަށް ނުދެވިދާނެތީ އަހަރެން ހުރީ ކަންބޮޑުވެފައެވެ. ގަޑިއަށް އެހިސާބަށް ދެވުމުން ފޯނު ރަނގަބީލުވާނެ އިރަކަށް އިންތިޒާރުގައި އަހަރެން ހުއްޓިލީމެވެ. އަބަދުވެސް އަހަރެމެން ކަންތައް ކުރާ ގޮތަކީ އެއީއެވެ. ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ދޭއް ޖަހާއިރު އާޒިމް އަހަރެންނަށް ގުޅާނެއެވެ. އަހަރެން ކޮންމެ ދުވަހަކުވެސް އެކޯލުގެ އިންތިޒާރުގައި މިތާނގައި ހުންނަމެވެ. އާޒިމް […]
ރަފާގެ ބަނަވެފައިވާ ޙަޔާތަށް ދެން އަލިކަމެއް ލިބިދާނެ އެއްވެސް އުއްމީދެއް އޭނާ އަކަށް ނެތެވެ.މިއޮއް ހުރިހާ ދުވަހު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އަމިއްލަ އުފާތަކާއި ހެއްލުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ ރަފާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މިއަދު ނޫހުގެ ފަލަ ސުރުޚީގައި ޖަހާފައިވާ ކުއްލި ޚަބަރަކުންނެވެ.ޒުވާން ދިވެހި އަންހެން ކުއްޖަކު އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ޚަބަރުން ރަފާގެ ހިތަށް ވަނީ ބުނެދޭންދަތި ފުން އަސަރެއް […]
އަހަރެންނަކީ، އަހަރެންގެ މައިންބަފައިންނަށް ލިބިފައިވާ ދެ އަންހެން ކުދިންގެތެރެއިން ދޮށީ ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރެވެ. ކޮއްކޮގެ އުމުރުން ދިހަ އަހަރެވެ. އަހަރެންގެ ޢާއިލާއަކީ ކުޑަނަމަވެސް، އުފާވެރި، ތަނަވަސް ޢާއިލާއެކެވެ. މާލޭގައި، ބައްޕަގެ ގެދޮރު ހުރުމުން ދަތިކަމެއްނެތި އުޅެވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ބޭނުންހާ ކަމެއް ކުރެވެއެވެ. މިއަހަރަކީ އަހަރެންގެ ފަހު އިމްތިހާނުގައި އިށީންނަންޖެހޭ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ، ކުރިއެކޭވެސް އެއްގޮތަށް މައިންބަފައިން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުމަށެވެ. އެހެން ކުދިންނާ ޚިލާފަށް އަހަރެންނަކީ، ހިތްއަލި […]
“އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” ސްޕްންސަރ ކުރުމުގެ ފުރުސަތު ވަނީ އާންމު ކޮށް ހުޅުވާލެވެިފައެވެ.
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]
އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ނޫނީ މަންމައާއި ބައްޕަ ބައްދަލެއް ނުވެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ އުތުރުގެ ރިސޯޓެއްގައެވެ. އަހަރެމެން އުޅެނީ ޏ.އަތޮޅުގައެވެ. ކުރީގައި ފޯނެއް ނުހުރެއެވެ. ސިޓީއަކުން ނޫނީ ޚާލު އަޚުވާލު ވެސް އެނގޭކަށް ނޯވެއެވެ. ނަމަވެސް ދާދިފަހުން ގޭގައި ފޯނުވެސް ލައިފިއެވެ. މިހާރު ބައްޕަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ގެއަށް ގުޅައެވެ. އެކަމަކު އަދިވެސް ބައްޕައަށް ރަށަށް އާދެވެނީ ކުރިއެކޭވެސް އެއްގޮތަށް އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށެވެ. […]
ވަރަށް އަވަހަށް އަންނަނީ…….. އިންތިޒާރުކޮށް ލައްވާ………………….
އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ. މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތަޔަށް އެއީ އެއްވެސް ކަމަކަށް […]