ކުށަކީ ކޮބާ… 02
ކަމަކަށްފަހު ކަމެއް ދިޔައީ ނިމެމުންނެވެ. ނަމަވެސް މަސައްކަތުގައި އަހަރެން އެންމެ ބިޒީވީ ވަގުތު ކުއްލި އަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.
އެވަގުތު މިހާ ބިޒީ ގަޑިއެއްގަ ގުޅަނީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
އިންތިހާ އަށް ބިޒީ ވެފައި އިން ވަގުތެއް ކަމުން މި ގަޑީގަ ނޫނީ ގުޅާ މީހަކަށް ވެސް ގުޅަން ނޭނގުންދޯ އޭ އެވަގުތު އަހަރެންނަށް އަމިއްލަ ހިތާ ވެސް
ސުއާލު ކޮށްލެވުނެވެ.
އަނެއް ކޮޅުން ގިނަފަހަރަށް އަންނާނީ ވެސް ބޭކާރު ކޯލްތަކެވެ. އެ ކޯލް ތަކަށް ޖަވާބު ދިނުމަށް ވުރެ އަހަރެން ކުރަން އިން ކަންތައް އަހަރެންނަށް މާ
މުހިންމެއެވެ. އެހެން ހިތަށް އަރައި ގުޅަނީ ކާކުތޯ ވެސް ބަލައި ނުލައި އަހަރެން ކުރަން އިން މަސައްކަތާއިގެން ކުރިޔަށް ދިޔައިމެވެ.
އަދި ފޯނު ދެފަހަރަކަށް ރިންގު ވެފައި ކެނޑުނު އިރުވެސް އަހަރެން ފޯނަކަށް ޖަވާބެއް ނުދެމެއެވެ. ގަސްތުގަ އެއްނޫނެވެ. އެވަގުތު އަހަރެން އިން ހާލަތުގެ
ސަބަބުން ފޯނަށް ޖަވާބު ނުދެވުނީއެވެ.
ފަހުން އަހަރެން ނިންމީ އަހަރެން ދަންނަ މީހެއްނަމަ އަހަރެން ފޯނު ނުނަގާނީ ވަރަށް ބިޒީ ވެގެންކަން އެމީހަކަށް ވިސްނޭނެ ކަމަށެއެވެ. އަދި އަހަރެން ފުރީ
ވުމުން ފަހުން ގުޅާނެކަން ވެސް އެމީހަކަށް ވިސްނޭނެ ކަމަށެއެވެ.
އެހެން ކަމުން އަހަރެން ހީކުރީ ދެން އެމީހަކު އަހަރެންނަށް ނުގުޅާނެ ކަމަށެވެ. ނަމަވެސް އޭގެ ކުޑަ އިރު ކޮޅެއްގެ ފަހުން އަނެއްކާ ވެސް އަހަރެންގެ ފޯނު
ރިންގު ވާންފެށިއެވެ.
އެވަގުތު ޗޮކެއް ކަނޑައި ލަމުން އަހަރެން ކުރަން އިން މަސައްކަތް ހުއްޓައި ލުމަށްފަހު ޖީބުގައި އޮތް ފޯނުނަގައި ގުޅަނީ ކާކުތޯ ބަލައި ލީމެވެ. ގުޅަނީ
ނުދަންނަ ނަންބަރަކުންނެވެ.
އާންމުކޮން ގިނަ ފަހަރަށް ނުދަންނަ ނަންބަރަކުން ގުޅިޔަސް އަހަރެން ފޯނެއް ވެސް ނުނަގަމެވެ. ސަބަބަކީ ޖެއްސުމެއް ކޮށްލުމުގެ ބޭނުމުގައި ރައްޓެހިން
އެގޮތަށް ނުދަންނަ ނަންބަރު ތަކުން އަހަރެންނަށް ގުޅާތީއެވެ. އަދި ކަމެއްގައި ބިޒީ ވެގެން އުޅޭހެން ހީވަންޏާ އެ އުނދަގޫ ދެގުނަޔަށް ބޮޑު ވާނެއެވެ.
އަނެއްކާ މީ ކާކު ހެއްޔެއެވެ؟ އަދި މާވަރަކަށް މިގުޅަނީ ކިހިނެއްވީބާއެވެ؟ އެހެން ހިތަށް އަރާ ފޯނު ނުނަގާން އިނދެފަ ވެސް ކުޑަކޮން ވިސްނާލުމަށްފަހު
ގުޅަނީ ކޮންމެ މީހަކަށް ވިޔަސް ހެޔޮކަމަށް އެންމެ ފަހުން އަހަރެން ފޯނު ނެގީމެވެ. ސަބަބަކީ ބޭކާރު ވަގުތު ތަކެއް އެކަމަށް ދުއްވާލުމަށް ވުރެން ވަގުތު
އަހަރެންނަށް މުހިންމު ވީމައެވެ.
“ފަޒާލް! ފަޒާލްގެ މަންމަ ކުއްލި އަކަށް މާބޮޑަށް ހާލު ދެރަވެގެން މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮން މީގެ ކުޑަ އިރު ކޮޅެއްގެ ކުރިން
ނިޔާވެއްޖެ! މިހާރު ވަޅުލުމަށްޓަކައި މަންމަގެ ހަށިގަނޑު ވީ އާސަހަރާ އަށް ގެންގޮއްސަ.” ފޯނު ނެގުމާއިއެކު އެމީހަކު ބުންޏެވެ.
އެވަގުތު އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ދައްޗެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން މިއަދު ހެނދުނު މަންމައަށް ގުޅި އިރުވެސް މަންމަގެ ހާލު އާދައިގެ
ގޮތެކެވެ. އެކަމަކު ކުއްލި އަކަށް މަންމަގެ ހާލު އެހާގޯސް ވެދާނެ ކަމަށް ހީކުރާނީ ވެސް ކާކު ހެއްޔެއެވެ؟
“މަންމާ”
އަހަރެންނަށް ބުނެވުނީ އެހާ ހަމައަށެވެ. އަދި އަހަރެން ގޮނޑިން ތެދުވެ ތެދުވެ ހުއްޓައި އަހަރެންގެ ބޮލަށް ފާޑެއްގެ ގޮތެއްވެ އަތުގަ އޮތް ފޯނު ދޫވެ އަހަރެން
އަރި އަޅާލިކަން އެނގުނެވެ. ދެންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
އަހަރެންނަށް ހޭވެރި ކަމެއްވީ އޭގެ ވިއްސަކަށް މިނެޓު ފަހުންނެވެ. އޭރު އަހަރެން އޮތީ އޮފީހުގެ މީޓިންގ ރޫމްގެ ތެރޭގަ ބަހައްޓައިފަ ހުރި މޭޒެއްގެ
މަތީގައެވެ. އޭރު އަހަރެން ކައިރީ އޮފީހުގައި އުޅޭ ނާއިލް އާއި އަހަރެމެންގެ ސުޕަވައިޒަރު ޝާމިލް ވެސް ހުއްޓެވެ.
އޭރު އެމީހުންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސް ކަމެވެ.
“ކިހިނެއްތަ ކުއްލި އަކަށް ތިވީ ފަޒާލް؟” އަހަރެން ހޭއެރިކަން އެނގުމުން އަވަސް އަވަހަށް ޝާމިލް އަހަރެންނާ ސުވާލު ކޮށްލިއެވެ.
“އަހަރެންވެސް ފަޒާލް މަންމާއޭ ކިޔައި ހަޅޭއްލަވައި ގަތުމުން ޖެހިގެން ހުރި މޭޒު ކައިރީގަ އިނދެފަ ތެދުވީ ކީއްތޯވީ ބަލައިލަން. އޭރު ފަޒާލް ވެއްޓެން ދަނީ!
އެތަން ފެނުމުން އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އައިސް ފަޒާލްގެ ގައިގާ ކިރިޔާ އަހަރެންނަށް ހިފެހެއްޓުނީ ވެސް! ކިހިނެއްތަވީ މަންމައަށް އަނެއްކާ؟”
ނާއިލު ވެސް ކޮށްލީ އިތުރު ސުއާލެކެވެ. ވެގެން އުޅޭ ގޮތެއް އެނގެން ބޭނުން ވެފައި ތިބިކަން އެމީހުންނަށް ބަލައި ލުމުން ކިތައްމެހާ ވެސް ރަނގަޅަކަށް
އަހަރެންނަށް އެނގުނެވެ.
އެވަގުތު އަހަރެންގެ ދޫ ހަރަކާތް ކުރި ނަމަވެސް އަހަރެންގެ އަރުތެރެ ބެދިފައި ހުރުމުގެ ސަބަބުން އަހަރެންނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.
އެހެނަސް ހިތްވަރު ކޮށްލައިފަ އަޅައި ގަންނަމުން ކަހަލަ ގޮތަކަށް ކަންތައްވީ ގޮތް އެމީހުންނަށް އަހަރެން ކިޔައިދިނީމެވެ. ވަގުތުން ޝާމިލް އެދުނީ އަވަހަށް
އަހަރެން އާސަހަރާ އަށް ދިއުމަށެވެ.
އަދި މިއަދު ދެން އޮފީހަށް ނަޔަސް އެންމެ ރަނގަޅު ކަމުގައި ވެސް ބުންޏެވެ. އެވަގުތު އަހަރެން ދާން ހިނގައިގެންތަނާ އަހަރެން ވެސް ފަޒާލް އާ އެކީ
ދާނަމޭ ބުނެ ނާއިލް ވެސް އަހަރެންގެ ފަހަތުން ހިނގައިގަތެވެ.
އަހަރެމެންނަށް އާސަހަރާޔަށް ދެވުނު އިރު މަންމަ ހިނަވާ ހުރިހާ ކަމެއް ކޮށްނިމި މަންމަގެ މޫނު ދައްކަމުން ދަނީއެވެ. އޭރު ބޭޔާ ދައްތަޔާ ކޮއްކޮމެން ވެސް
ސަހަރާޔަށް ވަންނަ ދޮރު ކައިރީ މަޑު ކޮށްލައިގެން ތިއްބެވެ. އަދި ރަށުގެ ބައެއް މީހުނާއި ނުދަންނަ އެތައް ބަޔަކު ވެސް ސަހަރާޔާ ތަންކޮޅެއް ދުރުގައި
ތިއްބެވެ.
އެހެނަސް އަހަރެން އެމީހުނަކަށް ސަމާލު ކަމެއް ނުދެމެވެ. އަހަރެން ބޭނުންވީ އެއްމެ ވަގުތު ކޮޅެއް ވެސް ނަގައި ނުލައި މަންމަގެ މޫނު ދެކިލުމަށެވެ.
އެހެން ކަމުން އަހަރެން އަވަސް އަވަހަށް މަންމަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށްޓަކައި ސަހަރާޔަށް ވަނުމަށް ހިނގައިގަތީމެވެ. އަދި އަހަރެންގެ
ފަހަތުން ނާއިލް ވެސް ހިނގައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


assalaam alaikum… eid mubaariku…. miothy vaahakaage 2 vana part… alhuganduge vaahakathakah saport kuravvaa hurihaa faraaih thakah ves mi part ves kamudhaane kamah hykuran… gudnyt all my friends….
Nice……. Ekm adhives thiah vure vaahaka furihama kohleema vvv reethivaane… Vaahakaigai aharehn maa guna veema vaahaka dhiguvaa varakah kiyaameehunah understand vumuge bai boduvaane…. Aharen ge badhaluga name beynun kuran feney. Meehehge diary eh vaahaka eh giyhuga genes dheynama aharen beynun kuryma reeyhivaane…. Ekm dhigu vaahakaiga eh goyhakah ves kamakunudhey…..
Saabas,, mee furathama meehaage nazarun liyefa oiy vaahakaekey,, ehen veema aharenge badhaluga nan beynumeh nukureveyne
thanks shu… dhen thi kanthah rangalhu kureveytho massakkaih kuraanan..
Grade 4 ge kujjehves miahvure furihamakoh liyaane vahaka boahalaak
wow .. waiting next part …
thanks sam…
Chee mee koachehtha?miahwes kiyany waahakatha ??????? thankolheh boduwaru dhen hama waahaka ekey kiyaafa kome ehchehwes up kohfaane
Varah salhi… waiting for next part ??
thanks nin…
thanks adha..
v reethi
thanks maree….