Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ކުށަކީ ކޮބާ… 01

nizam Level 110 Stories
June 23, 2017 2 Mins Read
28 Comments

ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ އެނދު ކައިރި ހުރި މޭޒުމަތީ އިން ގަޑި ސޯނާވާ އަޑަށެވެ. އެހިނދު މޯޅިއަކަށް ދެމިލަމުން ކައްނެތް ގޮތަކަށް ބޯ

ހިއްލައި ލަމުން އަހަރެން ގަޑިޔަށް ބަލައިލީމެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ.

އަހަރެންނަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ވަގުތުން ހުއްމައިގެން ތެދުވެ ގަޑީގެ ސޯނާ އޮފް ކޮށްލުމަށް ފަހު ހަރުގަނޑުގަ އަޅުވާފައިން ތުވާލި ހިފައިގެން

ހިނގައިގަތީ ފާހަނަޔާ ދިމާއަށެވެ.

ފާހަނަޔަށްވަދެ ފެންވަރައިގެން ނުކުމެ އަވަސް އަވަސް ކޮށްލައިފަ ރީތި ވުމަށްފަހު ގެއިން ނުކުމެވުނު އިރު ގަޑި ޖެހެން އިނީ އެންމެ ފަސްމިނެޓެވެ.

އޭރު އުޑުމަތި އޮތީ ކުޑަކޮން ބަނަކޮށެވެ. ޖެހެމުންދާ ހިތްގައިމު ފިނި ފިނި ވައިރޯޅި އައިސް ގައިގާ ބީހިލުމުން ބުނެދޭން ވެސް ނޭނގޭހާ ހިތްހަމަ ޖެހުމެއް

ހިތައް ގެނެސްދެއެވެ.

ރަސްމީ ދުވަހެއް ކަމުން އޮފީސް ތަކަށާއި އެހެނިހެން ބޭނުން ތަކަށް ނުކުމެ އުޅޭ މީހުނައިގެން މަގުމަތި ވެސް ވަނީ ހަލަބޮލި ވެފައެވެ.

އެގޮތުން އެއްބަޔަކު އޮފީހަށް ސަކަލްގައި ދާއިރު އަނެއްބަޔަކު ޓެކުސީގައެވެ. އޭގެ އިތުރުން އޮފީސްތަކަށް ފައި މަގުގައި ހިނގާފަދާ މީހުނެއް ވެސް ވަކި

މަދެއްނޫނެވެ.

އަހަރެން އުޅެނީ މަޖީދީ މަގުގައި ހުންނަ ގެއެއްގައެވެ. މާފަންނުގަ ހުރެފަ ދާން ޖެހެނީ ވެސް ހެންވޭރަށް ކަމުން މިއަދު ގަޑި ޖެހޭނެޔޭ ހިތަށް އަރައި އަހަރެން

އަވަސް އަވަހަށް ސައިކަލަށް އަރައި އިސްޓާޓު ކޮށްލީމެވެ.

މަޖީދީ މަގަކީ އަބަދުވެސް ރަސްމީ ދުވަސް ދުވަހު އެންމެ ބާރު ބޮޑު އެއް މަގު ކަމަށް ވެފައި ގަޑި ޖެހެން ކުޑަތަން ވެފައި ހުރުމުން މަޖީދީ މަގުން ދަންޔާ

ދުއްވާފަދާ އެއްޗެހި ތަކަށާއި މަގުގައި ހިނގާފަދާ މީހުންނަށް ބަލަން ޖެހުމުގެ އިތުރުން ޓުރެފިކުގައި ޖެހި ގަޑިޔަށް އޮފީހަށް ނުދެވި ދާނެހެން ހީވާތީ ގެޔާ

ޖެހިގެން އޮތް ގޯޅިންލާފަ އަހަރެން ނުކުތީ ސީދާ  ބޮޑުތަކުރުފާނު މަގަށެވެ.

ސަބަބަކީ އެއްވެސް އިރެއްގައި އަހަރެންނަކީ އޮފީހަށް ގަޑި ޖެހިގެންދާ މީހަކަށް ނުވާތީ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ދިއުމުގެ ބޭނުމުގައެވެ.

ބޮޑުތަކުރުފާނު މަގަށް ނުކުތް އިރު އެމަގުގައި ވެސް ހިނގާ މީހުންގެ އިތުރުން ދުއްވާ އެއްޗެހި މަދެއް ނޫނެއެވެ. އެހެނަސް ޓުރެފިކު ޖެހޭހާ ގިނަ އެއްނޫނެވެ.

އެހެން ކަމުން މަގުގައި ދުއްވަމުން ދިޔަ އެހެން އެއްޗެހި ތަކުން ނައްޓަމުން އޮފީހާއި ދިމާއަށް އަހަރެން ދުއްވަމުން ދިޔައީ ނުހަނު ބާރު މިނުގައެވެ. އޮފީހާ

ހަމަޔަށް ދެވުމުން ސައިކަލް ޕާރކު ކޮށްލައިފަ އޮފީހަށް ވަދެ އިން ވެލުމަށް ފަހު އަހަރެން ދިޔައީ ސަޔަށެވެ.

*** *** ***

އެހެން ދުވަސް ތަކެކޭ އެއްފަދައިން ހެނދުނުގެ ސަޔަށްފަހު އޮފީހަށް އައިސް އަހަރެންގެ އާދައިގެ މަތިން މަންމަޔަށް ގުޅާލީމެވެ. ފަހަކަށް އައިސް މަންމަ

އުޅެނީ ވެސް ވަރަށް ބަލި ކޮށެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް އަހަރެން މަންމައަށް ގުޅައި މަންމަގެ ހާލުބަލާ ހަދަމެވެ.

އެގޮތުން މިއަދުވެސް މަންމައަށް ގުޅާލުމުން މަންމަގެ ބަލިހާލު އެހެން ދުވަސް ތަކެކޭ ތަފާތެއް ނެތް ކަމުގައި ބުންޏެވެ. އެހެން ކަމުން ފަހުން އަދި

ގުޅާނެ ކަމަށް ބުނެ ފޯނުބޭއްވުމަށް ފަހު އަހަރެން އަވަސްވެ ގަތީ ދުވަހުގެ މަސައްކަތާއިގެންނެވެ.

ކޮންމެ ދުވަހަކީ ވެސް އަހަރެންނަށް ބުރަ ދުވަހެކެވެ. ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމުން އޮފީސް ނިމެންވާ އިރަށް އެ ދުވަހުގެ މަސައްކަތްތައް

ނިންމައި ލެވެނީ ވެސް ހަމަ ކިރިޔާއެވެ. އަމުދުން މިއަދު މާ ބުރަވާނެހެން ހީވެއެވެ.

އެއީ އޮފީހުގައި އުޅޭ އެކުވެރި ފާރިޝް ވެސް އޮފީހަށް ނާންނަ ދުވަހެއް ކަމުން އޭނަގެ މަސައްކަތްތައް ވެސް ކުރަން ހަވާލުކުރީ އަހަރެންނާ ކަމަށް ވާތީއެވެ.

އެއީ ކޮން މެހެން ވެސް މިއަދުން މިއަދަށް ނިންމަންޖެހޭ މަސައްކަތް ތަކެއް ކަމުން މާދަމާ ކުރަން ބެހެއްޓެން ނެތީމައެވެ.

ދެމީހުންނަކީ ވެސް ތަފާތު ދެ ދާއިރާއެއްގައި މަސައްކަތް ކުރާ ދެމީހުންނެވެ. އެހެން ކަމުން ތަފާތު ދެ މަސައްކަތެއް އެއްފަހަރާ ކުރަން ޖެހުމުން އަދި އެއީ

އެފަދަ މަސައްކަތެއް އަހަރެން ކުރާ ފުރަތަމަ ފަހަރު ކަމުން އެމަސައްކަތް ކުޑަކޮން އަހަރެންނަށް އުނދަގޫވާ ގޮތް ވެސް ވިއެވެ.

ނަމަވެސް އަހަރެންނަކީ ކަންކަމުގައި ޝަކުވާ ކުރާ މީހަކަށް ނުވާތީ އަހަރެން ބޭނުންވީ އަހަރެންނާ ހަވާލު ކޮށްފައިވާ މަސައްކަތްތައް އަހަރެންނަށް ކުރެވޭ

އެންމެ ރަނގަޅަކަށް އަދި އެހާމެ ފުރިހަމަކޮން ކުރުމަށެވެ. އެހެން ކަމުން އަހަރެން އިނީ އެ މަސައްކަތްތައް ނިންމުމުގައި އަހަރެންގެ ކެބިން ގައެވެ.

ކަމަކަށްފަހު ކަމެއް ދިޔައީ ނިމެމުންނެވެ. ނަމަވެސް މަސައްކަތުގައި އަހަރެން އެންމެ ބިޒީވީ ވަގުތު ކުއްލި އަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ.

އެވަގުތު މިހާ ބިޒީ ގަޑިއެއްގަ ގުޅަނީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

އިންތިހާ އަށް ބިޒީ ވެފައި އިން ވަގުތެއް ކަމުން މި ގަޑީގަ ނޫނީ ގުޅާ މީހަކަށް ވެސް ގުޅަން ނޭނގުންދޯ އޭ އެވަގުތު އަހަރެންނަށް އަމިއްލަ ހިތާ ވެސް

ސުއާލު ކޮށްލެވުނެވެ.

އަނެއް ކޮޅުން ގިނަ ފަހަރަށް އަންނާނީ ވެސް ބޭކާރު ކޯލްތަކެވެ. އެ ކޯލް ތަކަށް ޖަވާބު ދިނުމަށް ވުރެ އަހަރެން ކުރަން އިން ކަންތައް އަހަރެންނަށް މާ

މުހިންމެއެވެ. އެހެން ހިތަށް އަރައި ގުޅަނީ ކާކުތޯ ވެސް ބަލައި ނުލައި އަހަރެން ކުރަން އިން މަސައްކަތާއިގެން ކުރިޔަށް ދިޔައިމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ޞަފަރު (1 ވަނަ ބައި)

Next

ޞަފަރު (2 ވަނަ ބައި)

Next
June 23, 2017

ޞަފަރު (2 ވަނަ ބައި)

Previews
June 22, 2017

ޞަފަރު (1 ވަނަ ބައި)

28 Comments!

  1. Thuthi says:
    June 23, 2017 at 1:35 am

    Haadha kurey nizam.. Dhigeh nuvaanetha??

    1. Thuthi says:
      June 23, 2017 at 1:36 am

      Thuhthi first dhw?? ??

    2. nizam says:
      June 23, 2017 at 2:24 am

      dhen in part dhigu kureveythoa balaanan iraadha kureviyyaa thuthi…..

  2. nizam says:
    June 23, 2017 at 1:35 am

    assalaamu alaikum… miothy vaahakaage furathama part… mee kuru vaahaka ah namaves mivaahaka genesdheynee dhethin partakah bahaalaagen… alhuganduge vaahaka thakah saport kurahvaa hurihaa faraaih thakah ves kamudhaane kamah ummydhu kuran…. gudnyt all my friends….

  3. Aaby says:
    June 23, 2017 at 1:54 am

    Varah reethi

    1. nizam says:
      June 23, 2017 at 2:25 am

      thanks aaby….

  4. Z says:
    June 23, 2017 at 2:06 am

    Story nimendhen hus aharenbaa kiyaane..

  5. Sithoo says:
    June 23, 2017 at 2:16 am

    Varah gayaa vegen kiyan indhaa vaahakaige furathama part nimunu kameh ves neyge. Waiting for part 2

    1. nizam says:
      June 23, 2017 at 2:26 am

      thanks sithoo….

  6. Maree says:
    June 23, 2017 at 3:39 am

    nizaam abadhuves kuruvaahaka tho gehnanee hehehe vv reethi

    1. nizam says:
      June 23, 2017 at 1:52 pm

      thanks maree… hmmmm ae aa vma adhi fahun adhi dhiguvaahaka ves liyeveyne iraadha kureviyyaa…

  7. sam♥ says:
    June 23, 2017 at 4:19 am

    nice..

    1. nizam says:
      June 23, 2017 at 1:53 pm

      thanks maree… sam

  8. HARLEY quinn says:
    June 23, 2017 at 5:06 am

    v nice. pls upload the next episode fast.

    1. nizam says:
      June 23, 2017 at 1:55 pm

      thanks harley quinn…. varah masskaaih kuraanan…

  9. nonns says:
    June 23, 2017 at 5:15 am

    Wow. Btw I like kuruvaahaka. Abadhu dhigu vaaahaka eh nukiyeynennu dhw 😀

    1. nizam says:
      June 23, 2017 at 1:57 pm

      thanks nonns…. mulhin dhogu vaahaka ah noon thibunyky…..

  10. rysham says:
    June 23, 2017 at 9:36 am

    V shalhi

    1. nizam says:
      June 23, 2017 at 1:57 pm

      thanks rysham….

  11. Lovegirl says:
    June 23, 2017 at 10:31 am

    Vv salhi. 2 vana part avahah up kohlachey?❤

    1. nizam says:
      June 23, 2017 at 1:59 pm

      thanks lovegirl…. varah massakkaih kuraanan…

  12. Anonymous says:
    June 23, 2017 at 11:52 am

    Nice

    1. nizam says:
      June 23, 2017 at 2:00 pm

      thanks anonymous….

  13. Adha? says:
    June 23, 2017 at 2:12 pm

    Varah reethi.. waiting for next part ?❣

    1. nizam says:
      June 23, 2017 at 8:10 pm

      thanks adha….

  14. Shaaa says:
    June 23, 2017 at 7:00 pm

    Kiyan indhaa nimunee. Hehe… V reethi vaane hen heevanee. Salhi mi part. Best of luck. ☺

    1. nizam says:
      June 23, 2017 at 8:11 pm

      thanks shaaa….

  15. Dhoo says:
    June 25, 2017 at 7:51 pm

    V reethi.. ekamu haadha kurey hasee.. ☺

Comments are closed.

Next Episodeކުށަކީ ކޮބާ… 02←


All Right Reserved!