ައެ ކުށުގެ ޝަޒާ
އަހަރެން އިނީ ހައިރާންވެފައެވެ. ރީތިކަމުންނެވެ. ދިރިއުޅުމުގަ އަމިއްލަ ރަށްނޫން ރަށެއް ފެނުނު ފުރަތަމަ ފަހަރެވެ. ނީތާބުނިގޮތުގައި އަހަރުމެން އެރަށަށް އައީ ވަޒީފާ އަދާކޮށްގެން ދިރިއުޅުން ފުރިހަމަ ކުރުމަށެވެ. ފާލަމަށް ފޭބުމަށްފަހު، އަހަރެން ކޮންރަށެއްތޯ އެހުމުން ބުނީ ބ އަތޮޅުގެ ރިސޯޓެއްކަމަށެވެ. ރިސޯޓަކަށް ކީއްކުރަންތޯ ސުވާލުކުރުމުން ބުނީ، އާދެވުނީ އަހަރުމެންގެ މަންޒިލަށްކަމުގައެވެ. އަދި މާދަމާ އަހަރުމެންގެ މަސައްކަތް ފަށަން ޖެހޭކަމުގައެވެ. ލޯންޗުންއައި ދެފިރިހެންކުދިން އަހަރުމެން ދެމީހުން ގޮވައިގެން އަހަރުމެން ތިބުމަށް ހަމަޖެހިފައިވާ ރޫމަށް ދާން ހިނގައިގަތެވެ. ރޫމްއަށް ދިޔައިރު ކާނެ އެއްޗެހި ގެނެއްސަ ހުއްޓެވެ. އެދެފިރިހެން ކުދިން ކައިގެން ނިދާލަން ބުނެފަ އެތަނުން ނުކުމެގެން ދިޔައީއެވެ. އަހަރެންވެސް ވަރުބަލި ވެފައިވުމާއެކު، އިތުރު ސުވާލެއް ނުކޮށް ކައިގެން ނިދަން އޮތީމެވެ.
އާދުވަހަކަށް އިރު އެރީ ނައިފަރު ސުކޫލް ދިހައެއްގައި ތަޢުލީމު ހާސިލް ކުރަމުންދިޔަ ދެކުއްޖަކު ގެއްލިގެންއުޅޭ ޙަބަރާ އެކީއެވެ. ފުލުހުން ދިޔައީ ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގަޑިން އަށްގަޑި ތިރީސް ވުމާއެކު، އަހަރެންނާއި ނީތާ ވަޒީފާއަށްދާން ތައްޔާރުވާން ފެށީމެވެ. ރީތިވާންހުރެފައި އަހަރުމެން ކުރަންޖެހޭ މަސައްކަތާ ބެހޭގޮތުން ނީތާ ގާތު އެހީމެވެ. ނީތާ ބުނީ ރިސޯޓުގެ މަސާޖް ޕާލާގަ ކަމަށެވެ. އަދި ވާހަކަ ގިނަނުކޮށް އަވަސްކުރުމަށް ބުންޏެވެ. ނުވައެއްޖަހަން ދިހަމިނެޓަށްވުމުން އަހަރުމެން ދެމީހުން ނުކުތީ މަންޒިލަށް ގަޑި ނުޖެހި ދެވޭތޯއެވެ. އަހަރުމެންގެ މަންޒިލަށް އާދެވިއްޖެއެވެ. ވަރަށް ފުރިހަމައަށް ހަދާފައިވާ ރީތި ތަނެކެވެ. ތަނުގެ ބޭރުފާރުވަނީ ބިއްލޫރިންނެވެ. ބިއްލޫރިގަނޑުން އެތެރެ ނުފެންނާނެހެން ބޭރުކުދިންގެ ބޮޑެތި ޕޯސްޓަރު ތަތްކޮށްފައި ވެއެވެ. ދޮރުން ވަދެވޭއިރު ފެންނަންހުރި މޭޒުގައި ބޭރު އަންހެންކުއްޖެއްއިނެވެ. ފާރުކަރީ ގޮނޑިބަރި ޖަހާފައިވާއިރު، އެތަނުން ފެންނަންހުރީ ހަ ރޫމެވެ. ގޮނޑިބަރީގައި ދެތިން ފިރިހެނުން ތިއްބެވެ. މޭޒުދޮށުގައި އިންކުއްޖާ ފޮތެއް ދައްކާ ސޮއި ކުރުމަށް ބުންޏެވެ. ނީތާ ސޮއި ކުރުމުން އަހަރެންވެސް ސޮއި ކުރީމެވެ. ފުރަތަމަދުވަސް ކަމުން އަހަރުމެން ދެމީހުން އެއް ރޫމެއްގަ މަސައްކަތް ކުރުމަށް އެކުއްޖާ ބުންޏެވެ. އަދި ކަންކަން ކިޔާދޭން ކުއްޖަކު އެތެރޭ ހުންނާނެކަމަށްބުނެ ރޫމް ނަންބަރު ތިނެއް ދެއްކިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ނީތާ ރޫމްއާދިމާއަށް ހިނގައިގަތެވެ. ރޫމް އަށް ވަނުމުގެ ކުރިން އެތަނުގަ ކަންކަން ކުރަންއޮންނަ އުސޫލާ ދެކޮޅުހެދުމެއްނެތި ކަންކަން ކުރަންޖެހޭނެކަމާ، މުސާރަބޮޑުވާނީ އޭރުންކަމަށް ބުނެއެތަނަށްވަނެވެ. ރޫމްއަށް ވަތްއިރު ރޫމްގެ ބޮކިވަނީ ފަނޑު އޮރެންޖުކުލައަކުން ދިއްލާފައެވެ. ރޫމްގަ ދެ އެނދު ހުރިއިރު ވަނީ އެއް އެނދު އަނެއް އެނދު ނުފެންނަގޮތަށް ފަރުދާއެއް ލެވިފައެވެ. މަސާޖުކުރާތަނެއް ކަމުން ކޮންމެ އެނދެއްކައިރީ މޭޒެއްގައި މަސާޖުކުރުމަށް ބޭނުންވާތަކެތި ހަމައަށް އަތުރާލެވިފައިވެއެވެ. މުވައްޒަފުންނަށް މޭޒު ބެހެއްޓިފައިވާއިރު، ވަރަށް ފުރިހަމައެވެ. އަހަރުމެން އެތެރެއަށް ވަތްއިރު، އެތާއުޅޭ ކުއްޖަކު އެއްއެނދުގެ ފަރުދާ ކަހާލާފައި އައިސް ކަންކަން ކިޔައިދޭންފެށިއެވެ. ކަސްޓަމަރުންގެ ހިތްހަމަޖެއްސުމަކީ މުވައްޒިފުގެ ޒިންމާއެއްކަމާ، އެއްވެސް ކަސްޓަމަރެއްގެ ފަރާތުން ށަކުވާއެއް އަތުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ ވާހަކަ ބުނެދިނެވެ. އެއަށްފަހު، އަހަރުމެން ގޮވައިގެން އެކުއްޖާ ނުކުތް އެނދު ކައިރިއަށް ދިޔައެވެ. އެނދުމަތީ ދެބައިއުމުރަށް ވުރެ ބޮޑު ފިރިހެނެއްއޮތެވެ. ކިޔައިދޭންހުރި ކުއްޖާ އަހަރުމެންގާތު ބަލަން ތިބުމަށް ބުންޏެވެ. އަދި އެމީހާގާތު ބޭނުންވަނީ ކޮންކަހަލަ މަސާޖެއްތޯ ސުވާލުކުރިއެވެ. ދެންއެމީހާ ބޭނުންވާ މަސާޖުކުރުމަށް ތައްޔާރުވެ މަސާޖުކުރަންފެށިއެވެ. އިރުކޮޅެއްފަހުން އެމީހާ އެކުއްޖާއަށް ބަލާލާފަ ލޯމަރާލުމުން އަހަރުމެންގާތު ބޭރަށް ނުކުތުމަށް ބުންޏެވެ. ފަނަރަވަރަކަށް މިނެޓު ފަހުން ފިރިހެންމީހާ ނުކުމެގެން ދިޔުމުން އަހަރެމެން އެތަނަށް ވަނީމެވެ. އަހަރުމެން ވަތްއިރު، ނުކުންނަން އައި އަންހެން ކުއްޖާ އަތުގައި ޑޮލަރު ހުއްޓެވެ. އަހަރުމެންނާ ހަމައަށް އައިސްބުނީ ޑޮލަރު ބޭނުމިއްޔާ ޖެހޭނީކުޑަ ހިތްވަރެއް ކޮށްލަން ކަމުގައެވެ. އަދި މަސައްކަތް ފެށުމަށްބުނެ ނުކުމެގެން ދިޔައީއެވެ. އަހަންނަށް ބުނިއެއްޗެއް ނުވިސްނުނެވެ. ނަމަވެސް ނީތާ ޗޮކެއް ޖަހާލާފަ އޭނަގެ މޭޒުކައިރިއަށް ގޮސް ދަބަސް ބަހައްޓާފަ ހަމަޖެހިލިއެވެ. ނީތާ ހުންނަނީ ވަރަށް އުފަލުންނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ދެހަފްތާވީއިރު އަހަންނަށް ކަންކަން އެނގިދަސްވެ ހޭނިއްޖެއެވެ. ފާފައެއް ނަމަވެސް ލިބޭ ލާރިއަށް އަހަރެންހުރީ މޮޔަވެފައޭބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެންހުރީ މަގުގެއްލި ހަލާކުވެފައެވެ.
ތިންމަސް ފަހެވެ. ނައިފަރު ފުލުހުން ކުރި މަސައްކަތުން ނީތާއާއި އަހަރެން ހޯދިއެވެ. މުޅިރަށަށް އަޑު ފެތުރުނީ ރިސޯޓެއްގައި ހަށިވިއްކަން ތިއްބާ އަހަންނާ ނީތާ ފެނުނު ވާހަކައެވެ. މަންމަ ލަދުން ހަލާކުވާވަރުވިއެވެ. ހަދާނެގޮތް ހުސްވީއެވެ. މަންމަގެ ގަޔަށް ކޮޅުފައިން އެރެވުނުކަހަލައެވެ. އެމަންމަ އަހަންނަށް ނުދެނީ ކޯއްޗެއް ހެއްޔެވެ؟ ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ މީ މިއަދު އަމިއްލަ ނަފްސާ ކުރެވޭ ސުވާލެވެ. ކުރާނީ ކީއްހެއްޔެވެ؟ ކުއްކުރެވިއްޖެއެވެ. ނީތާއާއެކު އަހަރެން ރަށަށް ގެނެވުނެވެ. މައްސަލަ ވަރަށް ބާރަށް ކުރިޔަށް ދިޔައެވެ. މައްސަލައިގެ ތެރެއިން ނީތާގެ ހަޤީގަތް އެނގެމުން ދިޔައެވެ. ނީތާއަކީ ކުރިންވެސް އެކަހަލަ ކަންކަމުގެ ރިކޯޑު އޮންނަ މީހެއްކަމާއި، ނީތާއަކީ އަށާރަ އަހަރުނުފުރޭ ކުޑަކުއްޖެއް ވުމުން އާއިލާއިން އެދުނު ގޮތަށް ކިޔެވޭގޮތަށް ގޭބަންދު ކޮށްފައި ހުންނަ މީހެއްކަންވެސް އެނގުނެވެ. އަދި ނީތާގެ އުޅުން ރަނގަޅުވޭތޯ ނައިފަރަށް ތިމާގެ މީހެއްގެ ގާތަށް އާއިލާގެ އެދުމުގެމަތިން ފޮނުވާފައިވާކަންވެސް އެނގުނެވެ. އެހެނަސް ދެންކުރާނެ ކަމެއްނެތެވެ. އަހަރެން އަށާރަ އަރުވަންދެން ގޭބަންދުކުރިއެވެ. ނީތާވެސް ގޭބަންދުކުރެވުނެވެ. ސްކޫލުންވެސް ވަކިކުރީއެވެ. މަންމަ އަހަންނާ ވާހަކައެއްވެސް ނުދައްކައެވެ. އަހަރެންގެ ދިރިއުޅުން ބަނަވީއެވެ. ދުވަސްތަށް ފާއިތުވަމުންގޮސް އަހަންނަށް އަށާރަ އަހަރުފުރުނީއެވެ. އެދުވަހަކަށް ބިރުންހުރިދުވަސް އައީއެވެ. އަހަރެން ވިހި އަހަރަށް ޖަލައްލުމަށް ޙުކުމް ކުރެވުނެވެ. ނީތާ ތޭވީސް އަހަރަށެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. މަންމަ ގާތުން މަޢާފަށް އެދި އާދޭސް ކުރީމެވެ. އެހެނަސް މަންމަ މިއަދު އަހަރެންގެ މޫނުބަލަންވެސް ލަދުގަންނަ ކަމަށް ބުންޏެވެ. އަހަރެންގެ ހިތްފަޅައިގެންދިޔަކަހަލައެވެ. ނަމަވެސް ކުރާނެކަމެއްނެތެވެ. މަންމަގެ ހިތް ފަޅާލާފަ އަހަންނަށް ކުރެވުނީ މާހުތުރުކަމެކެވެ. އަހަރެން ތަޢުބާ ވެއްޖައީމެވެ. ކުރި ކުށުގެ ޝަޒާއަށް މިވަރު ފުދެއެވެ. ދިރިއުޅުން ވެއްޔާ މޮޑެލީ މިދެއަތުންނެވެ. ޖަލުގެތޭރިތަކުގެ ފުރަގަސް ހިޔާރުކުރީ ޙުދުއަހަރެން ނޫންހެއްޔެވެ؟ މީއަހަރެން ކުރިކުށުގެ ޝަޒާއެވެ.
…ނިމުނީ…
5 Comments!
Comments are closed.
Yey me first vaahaka v reethi lo you so ??much
?Its sazaa not shaza
Shaza eh nun… saza.. shaza is a name of my sister… stry vrh reethi
Haha
Vrh habu ❤