Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަބިރުވެރިކުރުވާހަކަދީނީލޯބި

އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟

ShaYan YoOsuf Level 110 Stories
February 15, 2018 3 Mins Read
14 Comments

ނިޔެ އާރާސްތުވުގައި ޤުދުރަތީ މުސީބާތްތަކާ ކުރިމަތިލައި އިންސާނީ ދަރިފަސްކޮޅަށް ނުރައްކާވާ މިންވަރަށް މޫސުމީ ބަދަލުތަށް އައުންއެއީ ދުނިޔެ ތަޖުރިބާން ކުރަންޖެހިފައިވާ ވަރުގަދަ ނިޒާމެކެވެ. ތަފާތު އެކިއެކި ތޫފާންތަކެއް ދުނިޔެ ދެކެމުން އަންނައިރު އިންސާނީ ދަރިފަސްކޮޅު ވުޖޫދުންވެސް ފޮހެލާވަރުގެ ތުފާންތަކަށް، ދުނިޔެ އަބަދުވެސް ހުންނަނީ ސިހިފައެވެ. އަހަރެންނަކީ ދަރުމަވެރިއެކެވެ. މިފަދަ މުސީބާތްތަކުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ދިނުން އެއީ ހެޔޮ ފާލެއްކަމުގައި ދެކެމެވެ.

މިގޮތުން އެފަދަ ކާރިސާތަށް ގާތުން ބަލައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އަހަރެން ވަރަށް އިސްރޯލެއް އަދާކުރަމެވެ. އެތަކެއް ދުލުން ބޭރުކޮށްފައިވާ އަސަރުގަދަ ވާހަކަތައް ކެތްތެރިކަމާއެކު އަހަރެން އަޑުއަހަމެވެ. އެފަދަ މީހުންގެ މަށްޗައް އަހަރެންގެ ހިތުގައި އުފެދިފައިވަނީ ވަރަށް މަތީ މަޤާމެކެވެ. ނަމަވެސް މިފަހަރު އަހަރެން ތަޖުރިބާކުރަން ޖެހިފައިމިވަނީ ވަރަށްވެސް ބިރުވެރި ޙާދިސާއެއްގެ ވާހަކައެކެވެ. ނާމާންކަން ދިގު މިސްރާބަކަށް ދެމިގެންވާ އާދަޔާ ޙިލާފު ވާހަކައެކެވެ. އުފާވެރިކަމަށް އަބަދަށް އަލްވަދާޢު ކިޔަން މަޖުބޫރުވި ކާރިސާއެކެވެ. އެއީ 2004 ވަނަ އަހަރު އިންޑޮނޭޝީއާގެ ބިމުގެ ސަތަޙައަށް އައި ބާރުގަދަ ބިންހެލުމާއެކު، މުޅި އޭޝިއާގެ ބައްރަށް ހިލުވާލި ބިޔަ ރާޅުތަކުގެ ވާހަކައެވެ. އެތަކެއް ފުރާނައެއް އެރާޅުން ގަންބުވާލި ހިތާމަވެރި ޙާދިސާ ތަހަންމަލު ކުރަންޖެހުނު ދިވެހި އަންހެނެއްގެ ވާހަކަތަކެކެވެ.

މާލޭގައި މުއާސަލާތީ ޙިދުމަތް ރަނގަޅު ކުރުމަށް ޓީމް ވޯކެއްގެ ދަށުން އަހަރެން މަސައްކަތް ކުރަމުން ދަނިކޮށް، ދެކުނު ޕްރޮވިންސް އެޖެންސީއިން އަހަރެންނަށް ޙަބަރުދިނުމުން ގދ.ތިނަދޫ ކެންޕަހަށް އަހަރެންނަށް ދާންޖެހުނެވެ. އުފަލާއެކު އަހަރެން އެ ދަޢުވަތު ޤަބޫލުކޮށް އަހަރެން އެރަށަށް ދިޔައީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ އުއްމީދާއެކުގައެވެ. އޭރު ދިވެހިރާއްޖެއަށް ސުނާމީގެ ބިޔަ ރާޅުތައް ބިންދާލައި މުޅި ޤައުމުވަނީ ސުންނާފަތި ކޮށްލާފައެވެ. މުޅި ރާއްޖޭގެ މުއާސަލާތީ ޙިދުމަތް ކެނޑި ދިވެހި ރައްޔިތުން ތިބީ އަރައިނުގަނެވޭ ފަދަ ޙާލަތެއްގައެވެ. އެއްގަނޑި އިރުގެ ކުރު ދަތުރަކަށްފަހު އެންމެފަހުން ރަށަށް އާދެވިއްޖެވެ. މުޅިރަށްވަނީ އެފުއްމިފުށަށް ޖެހިފައެވެ. ރަށުތެރެ ސާފުކުރަމުގައި އެއްބަޔަކު ހަރަކާތްތެރިވަމުން ދާއިރު، އަނެއްބަޔަކު ދަނީ އެބައިމީހުންގެ ޅަދަރިން ހޯދުމުގައި ފުރާނަ ގުރުބާން ކުރަމުންނެވެ. މިމަންޒަރުތަކަކީ އިންސާނަކަށް ބަލަން ކެތްވާނެވަރުގެ މަންޒަރުތަކެއް ނޫނެވެ.

އަހަރެން އަވަސްވެގަތީ ކެންޕަހަށް ދެވޭތޯއެވެ. ޒަމާނަކުވެސް އުފާ ނުލިބޭނެ މޫނުތަކެކެވެ. އެކަނިވެރިކަމާއި ނިކަމެތިކަމެވެ. އުއްމީދެއް ނެތް ބޮޑު ހިތާމަވެރިކަމެވެ. މުޅި ކެންޕަސްވަނީ މިލާ އަނދިރިވެފައެވެ. އަހަރެން މާލަސްތަކެއް ނުކޮށް އަހަރެންނަށް ލިބިފައިވާ ގުރޫޕުގެ މީހުންނަށް ކާންދިނުމުގެ ވާޖިބާއެކު އަވަސްވެގަތީމެވެ. އެމީހުންވަނީ ހާންތިވެފައެވެ. ކާއެއްޗެހި ތަށިތައްޓަށް އަޅައިދިނުމަށްފަހު ފަހަރަކު މީހަކަށް އަހަރެން ތަށި ދެމުންދިޔައީމެވެ. މިގޮތަށް ސަފު ފުރިހަމަ ކުރަކުން ދަނިކޮށް އަހަރެން ހުއްޓުމަކަށް އަންނަން ޖެހުނެވެ. ” ކޮއްކޯ..! ” އަހަރެންގެ އަތުގައި ހިފަމުން އަންއެނަކު ގޮވާލިއެވެ. އޭނަގެ ދެލޯވަނީ ރަތްވެފައެވެ. ރޮއެރޮއެ އޭނާގެ މަލަމަތިވަނީ މަރުވެފައެވެ. ޒަޙަމްވެފައިވާ އެދައްތައަށް އަހަރެން ކާންއެޅުމަށްފަހު ދައްތަ ކައި ނިމެންދެން އަހަރެން މަޑުކޮށްލީމެވެ. އެދައްތަ އަހަރެންގެ ބޭނުން ޖެހިފައިވާކަން އިނގުމުން އެދައްތަ އެކަނިކޮށްލާ ހިތެއް ނުވިއެވެ. ކާހިތްނުވާކަމަށް އެދައްތަބުނުން އަހަރެން ދައްތައަށް ކާންދިނުމަށް މަސައްކަތްކުރީމެވެ. ނަމަވެސްދައްތަ އަހަރެން ހުއްޓުވަމުން ކިޔާދޭން ފެށިއެވެ.

” އުމުރުން އެންމެ 9 އަހަރުގެ އަހަރެންގެ އެދަރިފުޅު ރުއްދޮށަށް ކޮންމެދުވަހަކުވެސް ކުޅެންދާނެ. އެކަމަކު މިއަދު އަހަރެން ވަރަށް އާދޭސްކުރިން ދަރިފުޅާ ބޭރަށް ނުދާށޭކިޔާ.. އަޑުނާހާ އެސޮރު ދިޔައީ ކުޅެން. ފިރިމީހާ އަންނަވާއިރަށް ހެނދުނުގެ ނާސްތާ ހެދުމަށް އަހަރެން އުޅުނީ ބަލި މަންވެސް ގޮވައިގެން. ރޮށިފިހަން ހުއްޓާ ކުއްލިޔަކަށް އިވުނީ ބޮޑު އަޑިފަށްގަނޑެއް. މާގިނައިރުތަކެއް ނުވަނީސް އަހަރެން ބޭރަށް ނުކުތިން. އޭރު ރަށުގެ ރައްޔިތުން ދުނިޔެ ޤިޔާމަތްވަނީއޭ ކިޔާ އެއްއަޑަކުން ގޮވަމުންދޭ. ގޮޑޮދޮށާ ދިމާލަށް އަހަރެން ދުއްވައިގަތިން. އޭރުވެސް ވެގެން އުޅޭގޮތެއް ނޭނގޭ.. ދެންފެނުނީ ބިޔަ ރާޅުތަކެއް އަހެރެންގެ ކުރިމަތިން އުސްވަމުން އަންނަ މަންޒަރު. ހޭނެތިގެން އަހަރެން ނުވެއްޓުނީ ހަމަކިރިޔާ… ނަމަވެސް ހިތްވަރުކޮށްލާފައި އަހަރެން ދުއްވައިގަތީ ދަރިފުޅު ފެނޭތޯ.. އޭރު ރާޅު އަހަރެންނާ ހަމަކުރަނީ މީހުންތަށް ރާޅާއެކީގައި އަންނަމުންދާ މަންޒަރު ދުށިން. ރަށުގެ ބޮޑުމަގާއަރާ ހަމަވިތަނުން ރާޅު އަހަރެންނާ ހަމަކުރި. އޮޔަހުރީ އަހަރެންނާ ދެކޮޅަށްކަމުން ކުރިޔަދިޔުމަށް އުނދަގޫވި. އެންމެފަހުން އަހަރެން ނައްޓައިގެންގޮސް އޮޔާދިޔަ. އޭރު އަހަރެންގެ ލޮލަށް މަންޒަރުބޮޑުވަމުން އައީ އޮޔާ އަންނަމުންދާ ބޮޑު ތިނުގަނޑެއް ފަތަމުންދާ ދެމައިންނާ އަރާ ހަމަކުރާތަން. ބަލާކަށް ނުހުރެވުނު. އަހަރެން ލޮނުބޮވެމުން އައި ޙާލު ކުރިޔަށް ފަތައިގަތިން. ޓިނުގަނޑު އަޑިޔަށް ދަމައިގަތް ވަގުތު އަހެރެން އެދެމައިންގެ ދެމެދަށް ހަމަ އޮޔާ އަންނަމުންދިޔަ ޖޯލިފަށްޗެއް އަމުނާލިން. އަޑިޔަށް ދަމާލިލެއް ބާރުގަދަކަމުން ޓިނުގަނޑު ނައްޓައިގެން އައިސް އަހަރެންގެ ފަލަމަސްގަނޑަށް އެރި.. ފުރަތަމަ ރާޅާއެކު މުޅިރަށް ހިނދިގެންދިޔަ.. ބަލަން ނުހުރެ އަހަރެން ރުއްގަނޑާ ދިމާލަށް ދުއްވައިގަތިން. ދިޔައިރު އެއްވެސް މީހެއް ފެންނާކަށް ނެތް. އަހެރެންނަށް އަޑުން އަޑުނަގައި ރޯންފެށުނު. ހަމައެވަގުތު އަހަރެންގެ ބަލިމަންމަ މަތިން ހަނދާންވި.. ޒަޙަމްވެފައިވާ ޙާލު އަހަރެން ދުއްވައިގަތީ ގެޔާ ދިމާލަށް. އޭރު ދެވަނަ ރާޅު ރަށަށް ބިންދާލި. އަހަރެންގެ ލޯމަތިން ބޮޑު ޢާއިލާއެއް އޮޔާދިޔަ މަންޒަރު ފެނުނު. ސަލާމަތުގެ އައްސޭރިޔަކަށް އެކުދިން އަތްހޫރަމުން ދިޔަ މަންޒަރު މިދެލޮލުން ދުށިން. ވަރަށް ޙާލުން ގެޔާ ހިސާބަށް އައިއިރު ގެވަނީ ބިމާ ހަމަވެފަ. މަންމަ އޮތީ ފާރުދަށުގައި މަރުވެފަ. ﷲގެ ޙަސްރަތުން މަދަދަށް އެދެމުން އަހަރެން އަހަރެންގެ ކުޑަ ކުޑަ ޢާއިލާ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިން. ދެވަނަ ރާޅުވެސް ހިނދިގެންފިޔަ. ދެން ފެނުނީ މާ ހިތްދަތި މަންޒަރު ތަކެއް. މާމައެއް އޭނގެ މާމަ ދެކުދިން އަތްދަނޑި މަށްޗައް މަރުވެފައިވާ މަންޒަރު. އަހަރެންގެ ދަރިފުޅު ފެންނަންވެސް ނެތް. ބިޔަ ރާޅުތަކާއެކު ކޮންތާކަށް ބާ އެދިޔައީ… މުޅި ޙަޔާތް އޮޔާ ދިޔައީ… ތިންވަނަ ރާޅާއެކު އަހަރެންވެސް އޮޔާ ދިޔައީ… ދެން ހޭލިއިރު އޮތީ މިތާނގަ.. ”

އަހަރެން ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރެވުނީ ހިތްވަރުގަދަ އެދައްތަގެ ދުލުން އެޙާދިސާ ކުރަހާލުމުންނެވެ. ބޭއިޙްތިޔާރުގައި އަހަރެންނަށް ރޮވުނެވެ. ބިރުވެރި އެޙާދިސާ ދައްތަގެ ދުލުން އަހަރެން ތަޖުރިބާކުރީ ހަށިގަނޑަށް ސިހުންގެނުވަމުންނެވެ. ލޯބިވާ ކުޑަކުޑަ ޢާއިލާ ދައްތައާ ބީވުމުން ކުރާނެ އަސަރު އަހަރެންނަށް ވަޒަންކުރެވެއެވެ. އެއީ އެކާރިސާގައި އަހަރެންގެ ދެ ކޮއްކޮއެއްވަނީ މިދުނިޔެއާ ވަކިވެފައެވެ. ކޮންމެޔަކަސް އަހަރެން ދައްތައަށް ވަރަށް ނަސޭހަތް ދިނުމަށްފަހު ތެދުވީމެވެ. ލޯބިން އަހަރެން ދައްތައަށް ހިތްވަރުދެމުން ދިޔައީމެވެ. އަހަރެންނާ ދިމާލަށް ބަލަމުން ދައްތަ ކާންފެށިއެވެ. އޭރުވެސް ދައްތަ ރޮނީއެވެ. އަހަރެން ދައްތައަށް ފުރަގަސްދީ ކުރިޔަށް ހިނގައިގަތީ ތަށިތަށް ދޮންނަން ހަވާލުކުރުމަށެވެ. ކޯތާފަތަށް ޖަމާވެފައިވާ ކަރުނަތަށް ފޮހެލަމުން ވަކި ހިސާބަކަށް ދެވުނުތަނާ އެއްކަލަ ދައްތަ އަހަރެންނަށް ގޮވާލިއެވެ. އަހަރެން ބަލާލުމުން އެދައްތަ ބުނީ ކޮއްކޯއެ، ” އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟ ” އަހަރެންނެނަށް އަޑުން އަޑުނަގައި ރޯންފެށުނެވެ. ދެއަތް ދައްތައަށް ހުޅުވާލީ ލޯބި ލޯބި ދައްތަ އައިސް އަހަރެންގެ ގައިގައި ބައްދާލުމަށެވެ. ދައްތަ ރޮމުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ގަޟޯގަދަރަށް ރުހެންވާނެކަމަށް ވިސްނައިދީ ދުނިޔެއަކީ ވަތުތީ ފާލަމެއްކަން ދައްތައަށް އަންގައިދެމުން އަހަރެން ދައްތަގެ ބޮލުގައި ފިރުމާލީމެވެ. އަދި ދައްތަގެ ދަރިފުޅު ސުވަރުގެއިން ދައްތައާ ބައްދަލުވާނެކަމުގެ އުއްމީދު ދެމުން އަހަރެން ދައްތަގޮވައިގެން ކުރިޔަށް ހިނގައިގަތީމެވެ. އަހަރެންގެ ދުޢާއަކީ ސުނާމީގެ އެބިރުވެރި ޙާދިސާއިން އަހަރެމެންނާ ވަކިވެދިޔަ ހުރިހާ ފުރާނަތަކަކަށް ދާއިމީ ސުވަރުގެ މިންވަރުކުރެއްވުމެވެ. އަދި ރާއްޖެއާ މުސްލިމް ޤައުމުތަށް މިފަދަ މުސީބާތްތަކުން ސަލާމަތްކޮށްދެއްވާ، އަހަރެމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުމެވެ.

( ނިމުނީ )

Share Article

Follow Me Written By

ShaYan YoOsuf

Level 110 Stories

writer since 2010 “ love all, trust few, forgive once “

Other Articles

Previous

ތިޔަ އަސަރު 33

Next

އިންތިހާ – 10

Next
February 15, 2018

އިންތިހާ – 10

Previews
February 14, 2018

ތިޔަ އަސަރު 33

14 Comments!

  1. Sweetie says:
    February 15, 2018 at 1:38 pm

    Asluves lolun karuna hiluvaalaifi. Liyuntherikamah hama 100 dheyvaruvey.

    1. ShaYan YoOsuf says:
      October 30, 2018 at 6:31 pm

      thank you ?

  2. NAAZ says:
    February 15, 2018 at 7:54 pm

    Maasha Allah vv furihama….rovihje mi vaahaka kiyaafa

    1. Jannath says:
      February 15, 2018 at 10:09 pm

      Mashallah vvvv furihama, rovey varuvey

    2. ShaYan YoOsuf says:
      October 30, 2018 at 6:31 pm

      thank you ?

  3. Xxxx says:
    February 16, 2018 at 10:34 pm

    Maasha Allah.. Good job dear

    1. ShaYan YoOsuf says:
      October 30, 2018 at 6:32 pm

      thank you ?

  4. Angel says:
    February 25, 2018 at 4:27 pm

    Masha Allah vvvvv rythi n vvv furihama n varah emotional stry eh

    1. Beauty?? says:
      February 27, 2018 at 2:59 pm

      Yes sissy thi buny rangalhu vaahaka eh

    2. ShaYan YoOsuf says:
      October 30, 2018 at 6:33 pm

      thank you so much one of my fav writer angel ??

  5. Xaya says:
    March 6, 2018 at 8:39 pm

    Verry sensitive made me cry seriously

    1. ShaYan YoOsuf says:
      October 30, 2018 at 6:34 pm

      thank you so much ?

  6. ...... says:
    April 19, 2018 at 6:04 pm

    Is this a true story??

    1. ShaYan YoOsuf says:
      October 30, 2018 at 6:34 pm

      no hama hiyaaly vaahaka eyh ??

Comments are closed.



All Right Reserved!